ރޯދަމަހު އިތުރުވާ ކަރަންޓް ޑިމާންޑަށް ސްޓެލްކޯއިން ޚާއްސަ ތައްޔާރީތަކެއް
ކުރިއަށް އޮތް ރަމަޟާންމަހު މާލެ ސަރަހައްދުގައި އިތުރުވާނެ ކަމަށް ލަފާކުރެވޭ ކަރަންޓްގެ ޑިމާންޑަށް ޚިދުމަތް ދިނުމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އިން ޚާއްސަ ތައްޔާރީތަކެއް ވަމުންދާ ކަމަށް އެ ކުންފުނިން މިއަދު ހާމަކޮށްފިއެވެ. ޕީއެސްއެމް ނިއުސްގެ “ރާއްޖެ މިއަދު” ޕްރޮގްރާމްގައި ވާހަކަދައްކަވަމުން، ސްޓެލްކޯގެ ޖެނެރަލް މެނޭޖަރ އިބްރާހިމް ނާޝިދު ވިދާޅުވީ، މިއަހަރުގެ ރަމަޟާންމަސް ދިމާވަނީ ހޫނު މޫސުމާއި ސްކޫލް ބަންދު ދުވަސްވަރަކާ ކަމަށްވުމުން، ކަރަންޓް ބޭނުންކުރާ މިންވަރު ވަރަށް ބޮޑަ...