މަކުނުދޫ ގޮނޑުދޮށް ސާފުކުރުން މިއަދު ހަވީރު
ހދ. މަކުނުދޫ ބީޗް ސާފުކުރުމުގެ ހަރަކާތެއް މިއަދު ހަވީރު ބޭއްވުމަށް ނިންމައިފިއެވެ. މި ހަރަކާތާއި ގުޅިގެން އެރަށު ކައުންސިލުގެ ރައީސް އައުޒަމް އާދަމް ‘ތިލަދުން’ އަށް ވިދާޅުވީ މިއީ މިއަހަރު ބާއްވާ މިފަދަ ފުރަތަމަ ހަރަކާތް ކަމަށާއި ކުރިއަށްވެސް މިފަދަ ކަންކަން ރޭވިފައިވާ ކަމަށެވެ. މިއަދުގެ ސާފުކުރުމުގެ ހަރަކާތް ބޮޑަށް އަމާޒު ހިފާފައިވަނީ ބީޗު ސަރަހައްދު ސާފުކުރުމަށް ކަމަށެވެ. އެއީ އެ ސަރަހައްދަކީ ގިނަބަޔަކު ހިތްހަމަ ޖައްސާލައި، އުފާވެރި ވަގުތުކޮޅެއް ހޭދަކޮށްލުމަށް ދާ ތަނަަކަށްވާތީ، އެތަން ވީހާވެސް...