ހޯރަފުށީ ކޯޓުގެ އިމާރާތަށް ބަދަލުތަކެއް ގެނެސްދޭނެ ބަޔަކު ހޯދަނީ
ހއ. ހޯރަފުށީ މެޖިސްޓްރޭޓް ކޯޓުގައި ޖާގަ އިތުރުކުރުމާއި މަރާމާތުގެ މަސައްކަތްތަކެއް ކޮށްދިނުމަށް ޝައުގިވެރިވާ ފަރާތްތަކެއް ހޯދުމަށް އިއުލާން ކޮށްފިއެވެ. އެރަށު ކޯޓުން މިއަދު ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ މެޖިސްޓްރޭޓް ކޯޓުގެ ކޯޓުރޫމާއި، ވެއިޓިންގ އޭރިޔާ އަށް ޖާގަ އިތުރުކޮށް، އިމާރާތް މަރާމާތު ކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކެއް ހޯދަން މީގެކުރިން އެކޯޓުން ކޮށްފައިވާ އިއުލާނާ ގުޅިގެން އެއްވެސް ފަރާތަކުން އަންދާސީ ހިސާބު ހުށަހަޅާފައި ނުވާތީ، އަލުން އެކަމަށް އިއުލާން ކުރާކަމުގައެވެ. އެހެން...