•  
  •  
  •  
  •  
  •  
  •  

ހއ. ހޯރަފުށީގައި ލައިސަންސު ކާޑު ހެއްދުމުގެ ބޭނުންވާ މެޝިނެއް އެ ރަށު ކައުންސިލަށް ހަދިޔަ ކޮށްފިއެވެ.

ހޯރަފުށީގައި ކައުންސިލަށް މި މެޝިން އިއްޔެ ހަދިޔާ ކުރީ އެޓޯލް މާކެޓް ޕްރައިވެޓް ލިމިޓެޑުންނެވެ. މި މެޝިން ކައުންސިލާ ހަވާލުކޮށްދެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ހަފީޒެވެ.

ހޯރަފުށި ކައުންސިލުން ބުނީ ދާދި އަވަހަށް ސީދާ އެ ރަށުން ލައިސަންސު ކާޑު ލިބިގެންދާނެެ ކަމަށެވެ.

މިކަމާއި ގުޅޭ ގޮތުން ހޯރަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ހޯރަފުށީގައި ލައިސަންސު ކާޑު ހެދުމަށް އެޓޯލް މާކެޓްއިން ދެއްވި އެހީތެރިކަމަށް އެ ކުންފުނީގެ އެމްޑީ ހަފީޒު އަށާއި އިސްވެރިންނަށް ޝުކުރު އަދާކުރައްވާ ކަމަށެވެ.

 

ޚިޔާލު

Your email address will not be published.