މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ބ. އަތޮޅުން ފެށިގެން ލ. އަތޮޅަށް (08:00 އިން 14:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު ކަމަށް ލަފާކުރެވޭ
Topic Archive

#ޤާސިމް އިބްރާޙީމް

129 Stories filed
ދެވަނަ ބުރުގައި ކޯލިޝަން ހަދާނެ ޕާޓީއެއް ވަރަށް އަވަހަށް ނިންމާނަން: ޖޭޕީ
Raajje

ދެވަނަ ބުރުގައި ކޯލިޝަން ހަދާނެ ޕާޓީއެއް ވަރަށް އަވަހަށް ނިންމާނަން: ޖޭޕީ

މި މަހުގެ 30 ގައި އޮންނަ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ޖުމްހޫރީ ޕާޓީ (ޖޭޕީ) އިން ކޯލިޝަން ހަދާނެ ސިޔާސީ ޕާޓީއެއް ކައުންސިލްގައި މަޝްވަރާ ކުރެއްވުމަށް ފަހު، ވަރަށް އަވަހަށް އިއުލާންކުރާނެ ކަމަށް އެ ޕާޓީން މިއަދު ބުނެފިއެވެ. މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގައި ޖޭޕީގެ ރިޔާސީ ކެންޑިޑޭޓު އަދި ލީޑަރު ގާސިމް އިބްރާހިމަށް ލިބިވަޑައިގަތީ 5،000 އަށް ވުރެ ގިނަ ވޯޓެވެ. އެއީ ވޯޓު ދިން މީހުންގެ %2 ވޯޓެވެ. ރިޔާސީ […]

ކައުންސިލުގެ މަޝްވަރާއަށް ފަހު، ދެވަނަ ބުރުގައި ނިންމާގޮތެއް ވަރަށް އަވަހަށް އަންގާނަން: ޖޭޕީ
Raajje

ކައުންސިލުގެ މަޝްވަރާއަށް ފަހު، ދެވަނަ ބުރުގައި ނިންމާގޮތެއް ވަރަށް އަވަހަށް އަންގާނަން: ޖޭޕީ

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރާއި ދޭތެރޭ ގޮތެއް ނިންމާނީ ކައުންސިލުގެ މަޝްވަރާއަށް ފަހު ކަމަށާއި އެ ނިންމުން ވަރަށް އަވަހަށް އިއުލާން ކުރާނެ ކަމަށް ޖުމްހޫރީ ޕާޓީ (ޖޭޕީ) އިން ބުނެފިއެވެ. އެ ޕާޓީން ނެރުނު ބަޔާނެއްގައި ބުނީ ނިމިގެންދިޔަ އިންތިހާބުގައި ކޮންމެ ނަތީޖާއެއް ނުކުތްނަމަވެސް، ގައުމުގެ އިސްލާހަށާއި ރާއްޖޭގެ ރައްޔިތުންގެ ކުރިއެރުމާއި ފާގަތިކަމަށް އެ ޕާޓީން ކުރަމުންދާ މަސައްކަތްތައް ކުރުމުގައި ދެމިތިބޭނެ ކަމަށެވެ. އަދި ގައުމުގެ ހަމަޖެހުމާއި ސަލާމަތަށް ކުރަންޖެހޭ ކޮންމެ ކަމއެއްގައި ވެސް ދެމިތި...

މަޝްރޫއުތައް ހިންގަނީ ކަމަށް ބުނެ ޖީބުތައް ބަރުކުރަނީ ހިޔާނާތުގެ ފައިސާއިން: ގާސިމް
Raajje

މަޝްރޫއުތައް ހިންގަނީ ކަމަށް ބުނެ ޖީބުތައް ބަރުކުރަނީ ހިޔާނާތުގެ ފައިސާއިން: ގާސިމް

ރައީސް އިބްރާޙިމް މުހައްމަދު ސޯލިހްގެ ސަރުކާރުން މަޝްރޫއުތައް ހިންގަނީ ކަމަށް ބުނެ ޖީބުތައް ބަރު ކުރަނީ ހިޔާނާތުގެ ފައިސާ އިން ކަމަށް ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ލީޑަރު އަދި ރިޔާސީ ކެންޑިޑޭޓު ގާސިމް އިބްރާހިމް މިއަދު ވިދާޅުވެއްޖެއެވެ. އަންނަ ހޮނިހިރު ދުވަހު އޮންނަ ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ލ. އަތޮޅަށް ވަޑައިގެން ލ. ގަމުގައި ބޭއްވި ޖަލްސާގައި ގާސިމް ވިދާޅުވީ މިސަރުކާރުގެ އިސް ބޭފުޅުންތައް ރޯމާ ދުވާލު ފާޅުގައި ކޮރަޕްޝަނުގެ އަމަލުތައް ހިިންގަމުންދާ ކަމަށާއި އެ […]

މަސް ކިލޯއެއްގެ އަގު 26ރ. އަށް ހަދަން ގާސިމް ވައުދުވެވަޑައިގެންފި
Raajje

މަސް ކިލޯއެއްގެ އަގު 26ރ. އަށް ހަދަން ގާސިމް ވައުދުވެވަޑައިގެންފި

ރިޔާސީ އިންތިހާބު ކާމިޔާބު ކުރައްވައި ވެރިކަމަށް ވަޑައިގެންފި ނަމަ، ރާއްޖޭގެ ކޮންމެ ހިސާބެއްގައި ބާނާ މަސް ކިލޯއެއް ގަންނާނީ 26ރ. އަށް ކަމަށް ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ރިޔާސީ ކެންޑިޑޭޓު އަދި ލީޑަރު ގާސިމް އިބްރާހިމް ރޭ ވިދާޅުވެއްޖެއެވެ. ގދ. ތިނަދޫ ސިޓީ އަށް ވަޑައިގެން އެ ރަށުގައި ބޭއްވެވި ޖަލްސާގައި ގާސިމް ވިދާޅުވީ އޭނާގެ ވެރިކަމެއްގައި ކަޅު ބިލަ މަހެއް ނުވިއްކާނެ 25ރ.އަށް ވުރެ ދަށް އަގަކަށް ނުވިއްކާނެ ކަމަށެވެ. އަދި ޖޭޕީގެ ވެރިކަމެއްގައި […]

ކާޑެއްދޫ އެއާޕޯޓު 3 މަސް ތެރޭ ތަަރައްގީކުރަން ފަށާނަން: ގާސިމް
Raajje

ކާޑެއްދޫ އެއާޕޯޓު 3 މަސް ތެރޭ ތަަރައްގީކުރަން ފަށާނަން: ގާސިމް

ގދ. ކާޑެއްދޫ އެއާޕޯޓް ތަރައްގީކުރުމުގެ މަސައްކަތް ލަސްވެފައިވަނީ ސަރުކާރުތަކުގެ ސަބަބުން ކަމަށާއި ކުރިއަށް އޮތް ތިން މަސް ތެރޭ އެ މަސައްކަތް ފައްޓަވާނެ ކަމަށް ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ރިޔާސީ ކެންޑިޑޭޓު ގާސިމް އިބްރާހިމް ރޭ ވިދާޅުވެއްޖެއެވެ. ކާާޑެއްދޫ އެއާޕޯޓު ސަރުކާރުން ދީފައި އޮންނަނީ ގާސިމްގެ ވިލާ ކުންފުންޏަށެވެ. ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ތިނަދޫ ސިޓީ އަށް ވަޑައިގެން އެ ރަށުގައި ބޭއްވި ޖަލްސާގައި ގާސިމް ވިދާޅުވީ ކާޑެއްދޫ އެއާޕޯޓު ބައިނަލްއަގުވާމީ ފެންވަރަށް ތަރައްގީނުކުރެވި ފުރަތަމަ […]

މާލެއާއި އަތޮޅުތެރެ ތަފާތެއް ނުކުރާނަށް: ގާސިމް
Raajje

މާލެއާއި އަތޮޅުތެރެ ތަފާތެއް ނުކުރާނަށް: ގާސިމް

މާލެއާއި އަތޮޅުތެރެ ތަފާތެއް ނުކުރައްވާނެ ކަމަށާއި އެއް އަގެއް، އެއްއުސޫލެއް އެއްހަމައެއް ގައި ކަންކަން ކޮށްދެއްވާނެ ކަމަށް ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް، އެ ޕާޓީގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ގދ. ތިނަދޫ ސިޓީގެ ރައްޔިތުންނާއި ބައްދަލުކުރުމަށް ބޭއްވި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ. ގައުމީ ކެންޑިޑޭޓް ވިދާޅުވީ އެމަނިކުފާނުގެ އަރިހުގައި ރާއްޖޭގެ ރައީސްކަން ކުރައްވާފައިވާ ބޭފުޅަކާއި ނައިބު ރައީސްކަން ކުރައްވާފައ...

ދަރަނި ނުދެއްކިއްޖެ ނަމަ، ރައްޔިތުން ވާނީ ހަނާ: ގާސިމް
Raajje

ދަރަނި ނުދެއްކިއްޖެ ނަމަ، ރައްޔިތުން ވާނީ ހަނާ: ގާސިމް

ރާއްޖޭގެ ދަރަނި ނުދެއްކިއްޖެ ނަމަ، ރައްޔިތުން “ހަނާ” ވާނެ ކަމަށް ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ރިޔާސީ ކެންޑިޑޭޓު ގާސިމް އިބްރާހިމް އިއްޔެ ވިދާޅުވެއްޖެއެވެ. އަންނަ ހޮނިހިރު ދުވަހު އޮންނަ ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ފުވައްމުލައް ސިޓީ އަށް ވަޑައިގެން އެ ރަށުގައި ބޭއްވެވި ޖަލްސާގައި ގާސިމް ވިދާޅުވީ ރިޔާސީ އިންތިހާބުގައި ކުރިމަތިލައްވަން ނިންމެވީ ގައުމުގެ ސަލާމަތާއި އަމާންކަމާއި އަހުލާގު ގެއްލި، އިސްލާމް ދީނުގެ ހަމަތަކުން ނެއްޓި މުޅި ގައުމު ފަނާވަމުންދާތީ ކަމަށެވެ. އަދި މިނިވަންކަމާއި އިސްތިގްލާލް […]

ހަ މަސް ތެރޭގައި ޝަންގްރިއްލާ އާއި ހެރެތެރެ އޮޕަރޭޝަނަށް ގެންނާނަން: ގާސިމް
Raajje

ހަ މަސް ތެރޭގައި ޝަންގްރިއްލާ އާއި ހެރެތެރެ އޮޕަރޭޝަނަށް ގެންނާނަން: ގާސިމް

އަންނަ ހޮނިހިރު ދުވަހު އޮންނަ ރިޔާސީ އިންތިހާބު ކާމިޔާބުކޮށް، ވެރިކަމަށް ވަޑައިގެންފި ނަމަ، ފުރަތަމަ ހަ މަސް ދުވަހުގެ ތެރޭގައި ޝަންގްރިއްލާ އާއި ހެރެތެރެ ރިސޯޓު ހަދައި ދެއްވާނެ ކަމަށް ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ރިޔާސީ ކެންޑިޑޭޓު ގާސިމް އިބްރާހިމް ރޭ ވިދާޅުވެއްޖެއެވެ. ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް އައްޑޫ ސިޓީ އަށް ވަޑައިގެން ހިތަދޫގައި ބޭއްވި ފޯރިގަދަ، ބޮޑު ޖަލްސާގައި ގާސިމް ވިދާޅުވީ ވޭތުވެދިޔަ ފަސް އަހަރު އައްޑޫ ރައްޔިތުން ހިމެނޭ ގޮތަށް ރާއްޖޭގެ ހުރިހާ […]

އިންތިޚާބަށް ކުރިމަތިލީ ޤައުމު ސަލާމަތް ކުރުމުގެ ބޭނުމުގައި: ޤާސިމް
Raajje

އިންތިޚާބަށް ކުރިމަތިލީ ޤައުމު ސަލާމަތް ކުރުމުގެ ބޭނުމުގައި: ޤާސިމް

އިންތިޚާބަށް ކުރިމަތިލީ ޤައުމު ސަލާމަތް ކުރުމުގެ ބޭނުމުގައި ކަމުގައި ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ރިޔާސީ ކެންޑިޑޭޓް، އެ ޕާޓީގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ. ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް އައްޑޫ ސިޓީ އަށް ވަޑައިގެން ހިތަދޫގައި ބޭއްވި ބޮޑު ޖަލްސާގައި ވާހަކަ ދައްކަވަމުން ގާސިމް ވިދާޅުވީ ރިޔާސީ އިންތިހާބަށް ކުރިމަތިލައްވާފައި ތިއްބެވި ކެންޑިޑޭޓުންގެ ތެރެއިން އޭނާ ޓެސްޓް ކުރަން ރައްޔިތުން ޖެހިވަޑައިނުގަންނަވާނެ ކަމަށެވެ. 1976 ވަނަ އަހަރު އެންމެ 2،000 ޑޮލަރުނ...

ބިލިއަން ޑޮލަރުގެ ދަރަނި ދައްކަން 600 މިލިއަންގެ ހިލޭ އެހީ ހޯދާނަން: ގާސިމް
Raajje

ބިލިއަން ޑޮލަރުގެ ދަރަނި ދައްކަން 600 މިލިއަންގެ ހިލޭ އެހީ ހޯދާނަން: ގާސިމް

ދައުލަތުން ނަގާފައިވާ ދަރަނީގެ ތެރެއިން 2026 ވަނަ އަހަރު އެއް ބިލިއަން ޑޮލަރު އަނބުރާ ދައްކަން ޖެހޭ ކަމަށާއި އެ ދަރަނި ދައްކަން 600 މިލިއަން ޑޮލަރުގެ ހިލޭ އެހީއެއް ހޯއްދަވާނެ ކަމަށް ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ރިޔާސީ ކެންޑިޑޭޓު ގާސިމް އިބްރާހިމް މިރޭ ވިދާޅުވެއްޖެއެވެ. އަންނަ ހޮނިހިރު ދުވަހު އޮންނަ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ކެންޑިޑޭޓުންގެ މެދުގައި މިރޭ ކުރިއަށް ގެންދާ ރިޔާސީ ބަހުސްގައި، ގާސިމް ވިދާޅުވީ ރިޔާސީ ދައުރެެއްގައި އާމްދަނީ ހޯދަން ތަފާތު […]

އަޅުގަނޑުމެން ގެންގުޅޭނީ ނާސިރާއި މައުމޫންގެ ހާރިޖީ ސިޔާސަތު: ގާސިމް
Raajje

އަޅުގަނޑުމެން ގެންގުޅޭނީ ނާސިރާއި މައުމޫންގެ ހާރިޖީ ސިޔާސަތު: ގާސިމް

ކުރިއަށް އޮތް ރިޔާސީ އިންތިހާބު ކާމިޔާބުކޮށް ވެރިކަމަށް ވަޑައިގެންފި ނަމަ، ގެންގުޅުއްވާނީ ކުރީގެ ރައީސް އިބްރާހިމް ނާސިރާއި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ހާރިޖީ ސިޔާސަތު ކަމަށް ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ރިޔާސީ ކެންޑިޑޭޓު ގާސިމް އިބްރާހިމް މިރޭ ވިދާޅުވެއްޖެއެވެ. ސަންގު ޓީވީ އިސްވެ، ގިނަ މީޑިއާތަކާ ގުޅިގެން މިރޭ ބޭއްވި “ރިޔާސީ ބަހުސް” ގައި ގާސިމް ވިދާޅުވީ ރައީސް މައުމޫންގެ ހާރިޖީ ސިޔާސަތު ގެންގުޅުއްވި ގޮތް ވަރަށް ކަމުދާ ކަމަށެވެ. އަދި އިތުރު ގައުމަކާ […]

ގާސިމް ވިދާޅުވަނީ އާ ޓެކުހެއް ތައާރަފް ނުކުރައްވާނެ ކަމަށް!
Raajje

ގާސިމް ވިދާޅުވަނީ އާ ޓެކުހެއް ތައާރަފް ނުކުރައްވާނެ ކަމަށް!

ކުރިއަށް އޮތް ރިޔާސީ އިންތިހާބު ކާމިޔާބުކޮށް ވެރިކަމަށް ވަޑައިގެންފި ނަމަ، އާ ޓެކުހެއް ތައާރަފް ނުކުރައްވާނެ ކަމަށާއި މިހާރު ހުރި ޓެކްސްތައް ހާމަނައިޒް ކުރައްވާނެ ކަމަށް ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ލީޑަރު އަދި އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓު ގާސިމް އިބްރާހިމް މިއަދު ވިދާޅުވެއްޖެއެވެ. ސަންގު ޓިވީގެ “ރިޔާސީ ބަހުސް” ގައި ވާހަކަ ދައްކަވަމުން ގާސިމް ވިދާޅުވީ ރިޔާސީ ދައުރެެއްގައި އާމްދަނީ ހޯދަން ތަފާތު މަސައްކަތްތައް ކުރެއްވުމުގެ ވިސްނުން އެބަ ހުރި ކަމަށެވެ. އަދި ވަރަށް […]

ޕީޕީއެމް އާއި އެމްޑީޕީގެ ސަރުކާރު ވީ ބޮޑު ތަނުން ފެއިލް: ގާސިމް
Raajje

ޕީޕީއެމް އާއި އެމްޑީޕީގެ ސަރުކާރު ވީ ބޮޑު ތަނުން ފެއިލް: ގާސިމް

ފެހި ގާނޫނުއަސާސީގެ ދަށުން ރާއްޖޭގައި އުފެދުނު ސަރުކާރުތައް ވީ ބޮޑު ތަނުން ފެއިލް ކަމުގައި ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ރިޔާސީ ކެންޑިޑޭޓު އަދި އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އިއްޔެ ވިދާޅުވެއްޖެއެވެ. ވީޓީވީ އިން ގެނެސްދިން “ހާސްކަނޑާލާ ހަމަޖެހޭނެ” ޕްރޮގްރާމުގައި ގާސިމްގެ އިތުރުން އޭނާގެ ރަނިންމޭޓް އަމީން އިބްރާހިމާއި އިންތިހާބީ އެޖެންޓް އަލީ ވަހީދާއި ގާސިމްގެ ސްޕެޝަލް އެޑްވައިޒަރު އަހުމަދު ނިހާން ވަނީ ފެހި ގާނޫނުއަސާސީގެ ދަށުން އުފެދުނު އެމްޑީޕީގެ ދެ ސަރުކާރާއި ޕީޕީއެމްގެ […]

މިއީ ސުމެއްގެ ސަރުކާރެއް، ދަރަނި އަޅުވައި ދެއްކީ ހުވަފެނެއްގެ މަންޒަރު: ގާސިމް
Raajje

މިއީ ސުމެއްގެ ސަރުކާރެއް، ދަރަނި އަޅުވައި ދެއްކީ ހުވަފެނެއްގެ މަންޒަރު: ގާސިމް

ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރަކީ “ސުމެއްގެ” ސަރުކާރެއް ކަމަށާއި ރައްޔިތުންގެ ބޮލުގަ ދަރަނި އަޅުވައި، ރައްޔިތުންނަށް ދެއްކީ ހުވަފެނެއްގެ މަންޒަރު ކަމަށް ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ރިޔާސީ ކެންޑިޑޭޓު ގާސިމް އިބްރާހިމް މިއަދު ވިދާޅުވެއްޖެއެވެ. ވީޓީވީން ގެނެސްދިން ޕެނަލް ޑިސްކަޝަނެއްގައި ވާހަކަ ދައްކަވަމުން ގާސިމްގެ ސްޕެޝަލްގެ އެޑްވައިޒަރު އަހުމަދު ނިހާން ވިދާޅުވީ މި ސަރުކާރުގެ ފަސް އަހަރުގެ ވެރިކަމެއް ނިމިގެންދާ އިރު، ދައުލަތުގެ ދަރަނި 114 ބިލިއަން ރުފިޔާ އަށް އަރާފައިވާ ކަމަށެވެ. އެ […...

ރައްޔިތުންގެ ފައިސާއަށް ޚިޔާނާތްތެރިވާނެ ކުޑަވެސް ޖާގައެއް ނުދޭނަން: ޤާސިމް
Raajje

ރައްޔިތުންގެ ފައިސާއަށް ޚިޔާނާތްތެރިވާނެ ކުޑަވެސް ޖާގައެއް ނުދޭނަން: ޤާސިމް

ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް، ލީޑަރު ޤާސިމް އިބްރާޙީމްގެ ވެރިކަމެއްގައި ރައްޔިތުންގެ ފައިސާއަށް ޚިޔާނާތްތެރިވާނެ ކުޑަވެސް ޖާގައެއް ނުދެއްވާނެ ކަމަށް ޤާސިމް ރޭ ވިދާޅުވެއްޖެއެވެ. ޤާސިމް މިހެން ވިދާޅުވީ، ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އެމަނިކުފާނުގެ ކެމްޕޭން ޖަގަހަ ހުޅުވުމަށް ރޭ ބޭއްވި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ. ޤާސިމް ވަނީ ވެރިކަން ލިބިއްޖެނަމަ ހުރިހާ އިޖުތިމާއީ ފްލެޓެއް ހިމެނޭހެން ހިޔާ ފްލެޓްތަކާއި، ސިފައިންނާއި، ފުލުހުންގެ ފްލެޓްތަކާއި، ސަރުކާރުތަކުން ދީފައިވާ އެސްއެމްއީ ލޯނުތަ...