މުއްދަތުގައި މާލީ ހިސާބުތައް ހުށަނޭޅުމުން އެމްޓީސީސީ ޖޫރިމަނާކޮށްފި
މިދިޔަ އަހަރުގެ ހަތަރުވަނަ ކުއާޓާގެ މާލީ ހިސާބުތަކާއި އޮޑިޓް ރިޕޯޓް ކަނޑައެޅިފައިވާ މުއްދަތުގައި ހުށަހަޅާފައި ނުވާތީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) 30,000 ރުފިޔާއިން ޖޫރިމަނާކޮށްފިއެވެ. ރާއްޖޭގެ ސެކިއުރިޓީޒް ބާޒާރު ރެގިއުލޭޓްކުރާ އިދާރާ، ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ (ސީއެމްޑީއޭ) އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެމްޓީސީސީ ޖޫރިމަނާކުރަން ނިންމީ ސެކިއުރިޓީޒް ދޫކުރާ ފަރާތްތަކުން މައުލޫމާތު ހާމަކުރުމުގެ ގަވާއިދާ އެ ކުންފުނިން ހިލާފުވުމާ ގުޅިގެން ކ...