ތ. ގުރައިދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ 40 އިންސައްތަ މަސައްކަތް ނިންމާލައިފިއެވެ.

މި މަސައްކަތް ކުރިއަށްގެންދާ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނީ މިހާރު އެއްގަމުތޮށި ލުމަށް ބޭނުންވާ ކޮންކްރީޓްގައު އެތުރުމުގެ މަސައްކަތް ވެސް ނިމިފައިވާ ކަމަށެވެ.

Ad
rt

މި މަޝްރޫޢުގެ ދަށުން 24،485 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި، 325 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމާއި، 185 މީޓަރުގެސަރަހައްދެއްގައި އެއްގަމުތޮށި ލުމާއި، 22 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 1875 އަކަ މީޓަރުގެ ސަރަހައްދެއްގެ ޕޭވްމަންޓް ހެދުމުގެ މަސައްކަތްކުރާނެއެވެ.

މި މަޝްރޫއަކީ 46.01 މިލިއަން ރުފިޔާގެ މަޝްރޫއެއް ކަމަށް އެމްޓީސީސީން ބުނެއެވެ.