އެމްއެންޑީއެފްގެ ކުރީގެ ޗީފް އަބްދުއްރަހީމް ތުރުކީގެ ސަފީރަކަށް ހަމަޖައްސަނީ
ރާއްޖެއިން ތުރުކީއަށް ކަނޑައަޅާ ސަފީރަކަށް ކުރީގެ ޗީފް އޮފް ޑިފެންސް ފޯސް އަބްދުއްރަހީމް އަބްދުއްލަތީފު ހަމަޖައްސަވަން ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފިއެވެ. މިއީ ރާއްޖޭގެ ފަރާތުން ތުރުކީ އަށް ސަފީރަކު ކަނޑައަޅާ ފުރަތަމަ ފަހަރެވެ. ސިފައިންގޭގައި 39 އަހަރު ހިދުމަތް ކުރެއްވުމަށް ފަހުގައި އަބްދުއްރަހީމް ރިޓަޔާ ކުރެއްވީ މިދިޔަ މަހުގެ 17 ގައެވެ. ތުރުކީ ސަފީރަކަށް އަބްދުއްރަހީމް އައްޔަން ކުރައްވަން ނިންމަވާފައިވާ އިރު، މިހާރު އަބްދުއްރަހީމް ހުންނެވީ ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަ...