މިއަދު ދެކުނާއި މެދުރާއްޖޭގެ އެކި ހިސާބަށް ގުގުރުމާއެކު ވިއްސާރަކުރާނެ: މެޓް
ދެކުނާއި މެދުރާއްޖޭގެ އެކި ހިސާބަށް ގުގުރުމާއެކު މިއަދު ވިއްސާރަކުރާނެ ކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާ އިން ވިދާޅުވެއްޖެއެވެ. އެ އިދާރާ އިން ނެރުނު މޫސުމީ ބުލެޓިންގައި ވާގޮތުން ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވާކަމަށް ފާހަގކުރައްވާފައިވެއެވެ. މިއަދުގެ އިރު އޮއްސި 6 ޖެހުމާއި ހަމައަށް ރާއްޖޭގެ މޫސުން ލަފާކުރާގޮތަށް ބަލައިލާ ނެރެފައިވާ މި ބުލެޓިން ގައި އިތުރަށް ވިދާޅުވެފައިވަނީ އުތުރުގެ ބައެއް ރަށްތަކަށް ކެރީގެ އަސަރު ފޯރިނަމަވެސް، އެ ސަރަހައްދަށް މޫސުން އާއްމުގޮތެއްގައި ރަނގަޅުވާނ...