ކޯވިޑް ވެކްސިން ޖަހައިގެން ލިބޭ ގެއްލުމަށް ބަދަލުދޭން މެލޭޝިޔާގައި ފަންޑެއް!
ކޯވިޑް ވެކްސިން ޖެހުމުގެ ސަބަބުން ހާލަތު ގޯސްވާ މީހުންނާއި، ވެކްސިންގެ ސަބަބުން މަރުވާ މީހުންގެ ޢާއިލާތަކަށް މާލީގޮތުން އެހީތެރިވުމަށްޓަކައި މެލޭޝިޔާއިން 10 މިލިއަން ރިންގިޓް (2.4 މިލިއަން ޑޮލަރު)ގެ ފަންޑެއް ގާއިމުކޮށްފިއެވެ. މެލޭޝިޔާގެ ހެލްތު މިނިސްޓަރު ޑރ. އަދުހަމް ބާބާ ވިދާޅުވީ، ކޯވިޑް ވެކްސިން ޖެހުމުގެ ސަބަބުން ހާލު ގޯސްވެ، ވެކްސިންޖެހި މީހަކު ހޮސްޕިޓަލުގައި އެޑްމިޓްކޮށްފިނަމަ ބަދަލުގެގޮތުގައި 50،000 ރިންގިޓް ދެވޭނެ ކަމަށެވެ. އެއީ ގާތްގަނޑަކަށް 12,157 ޑޮލަރެވެ. މި ވެކްސިން ޖެހުމުގެ ސަބަބުން...