ކުއްޖަކު ކާމިޔާބީ ހޯދަނީ ބުރަ މަސައްކަތަކުން، އެކަމުގެ ތެރެއަށް ސިޔާސީ ކަންކަން ވެއްދުމަކީ ދަށު ދަރަޖައިގެ އަމަލެއް: ވަހީދު
ކުޅިވަރުގެ ދާއިރާއިން ކުއްޖަކު ކާމިޔާބީ ހޯދަނީ އެ ކުއްޖަކު ކުރާ ބުރަ މަސައްކަތުން ކަމަށާއި، އެކަމުގެ ތެރެއަށް ސިޔާސީ ކަންކަން ވެއްދުމަކީ ވަރަށް ދަށު ދަރަޖައިގެ އަމަލެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އާއިލީ ބޭފުޅެއް ކަމަށްވާ މުހައްމަދު ވަހީދު ވިދާޅުވެއްޖެއެވެ. ސްޕޯޓްސް މިނިސްޓްރީން ބާއްވާ މޯލްޑިވްސް ސްޕޯޓްސް އެވޯޑްސްގެ “އަހަރުގެ ޒުވާން ކުޅުންތެރިޔާ” (ފިރިހެން) ކެޓަގަރީއަށް ރައީސްގެ ދޮށީ ފިރިހެން ދަރިކަލުން އުމައިރު މުހައްމަދު މުއިއްޒު ނޮމިނޭޓްވުމާ ގުޅިގެން ބައެއް ފަރާތްތަކ...