ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ މެންބަރު ފާތިމަތު ސައުސަން ނިޔާވެއްޖެ
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ މެންބަރު ފާތިމަތު ސައުސަން މިއަދު ހެނދުނު ނިޔާވެއްޖެއެވެ. ސައުސަން ނިޔާވެފައިވަނީ އިންޑިއާގައި ބޭސްފަރުވާއަކަށް ގޮސް ހުންނަވަނިކޮށް ކަމަށް ވަނީ އެނގިފައެވެ. އޭނާ ނިޔާވުމާ ގުޅިގެން ވަޒީފާއާބެހޭ ޓްރައިބިއުނަލުން މީސްމީޑިއާގައި ކުރި ޕޯސްޓެއްގައި ބުނީ، މެންބަރު ސައުސަން މިއަދު ހެނދުނު ނިޔާވުމުގެ ހިތާމައިގައި، އެ ޓްރައިބިއުނަލްގެ މެންބަރުންނާއި މުވައްޒަފުންގެ ނަމުގައި މަރްޙޫމާގެ އާއިލާއަށް ތައުޒިޔާ ފޮނުވާ ކަމަށެވެ. ސައުސަންގެ ވަކިވެދިޔުމުގެ ހިތާމައިގައި ބައިވެރިވެވަޑައިގ...