ޣައްޒާގައި އިޒްރޭލުގެ އަނިޔާވެރިކަން ކިޔައިދޭ "ނާޒާ" އިޓަލީގެ ބޮކްސް އޮފީހުގެ އެއްވަނައަށް، ސިނަމާތައް ފުރިބާރުވެއްޖެ
ޣައްޒާގައި ފަލަސްތީނުގެ އާންމުން ޝަހީދުކުރަމުންދާ ގޮތް ހާމަކޮށްދޭ ޑޮކިއުމެންޓްރީ ފިލްމު “ނާޒާ” އިޓަލީގެ ސިނަމާތަކުގައި ދައްކަން ފެށި ފުރަތަމަ ދެ ދުވަހުގެ ތެރޭގައި އެ ގައުމުގެ ބޮކްސް އޮފީހުގެ އެއްވަނަ ހޯދައިފިއެވެ. އިޓަލީގެ ބޮކްސް އޮފީހުގެ ހިސާބުތައް ބަލަހައްޓާ ސިނެޓެލްއިން ބުދަ ދުވަހު ބުނީ، އަންގާރަ ދުވަހުގެ ނިޔަލަށް މި ފިލްމުގެ ޓިކެޓު ވިކިގެން ގާތްގަނޑަކަށް 1.1 މިލިއަން ޔޫރޯ (1.24 މިލިއަން އެމެރިކާ ޑޮލަރު) ލިބިފައިވާ ކަމަށެވެ. ސިނެޓެލްގެ ހިސާބުތަކުން ދައްކާ ގޮތުގައި، ހޯމަ ދުވަހު […]