ޔަހޫދީ ވަޒަންވެރިންގެ ހަމަލާއެއްގައި ނޫސްވެރިޔެއްގެ މައިބަދަ ބިންދާލައިފި، ނަތަންޔާހޫ އުޅެނީ އެކަން އޮއްބާލަން
އިޒްރޭލުން ހިސޯރުކޮށްފައިވާ ހުޅަނގު އައްޑޭރީގައި ޔަހޫދީ ވަޒަންވެރިން ދިން އަނިޔާވެރި ހަމަލާއެއްގައި، އެމެރިކާގެ ދަ ވޮޝިންޓަން ޕޯސްޓް ނޫހަށް މަސައްކަތްކުރާ ފޮޓޯގްރާފަރު ހައިޑީ ލެވީންގެ މައިބަދައިގެ ބައެއް ކަށިތައް ބިންދައިގެން ގޮސް، އޭނާއަށް ސީރިއަސް ޒަޚަމްތަކެއް ވެއްޖެއެވެ. ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ޔަހޫދީން ހިންގަމުންދާ މިފަދަ ހަމަލާތައް ކަވަރުކުރުމުގައި ހަރަކާތްތެރިވަމުން ދަނިކޮށް ދިން މި ހަމަލާގައި ލެވީންގެ މައިބަދައިގެ އިތުރުން ފޫކޮޅަށް ތޫނު އެއްޗަކުން ހަމަލާދީ ޒަޚަމްކޮށްލާފައިވާތީ...