މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ބ. އަތޮޅުން ފެށިގެން ލ. އަތޮޅަށް (08:00 އިން 14:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު ކަމަށް ލަފާކުރެވޭ
Topic Archive

#އެމެރިކާ

321 Stories filed
ސުލްޙައިގެ މަޝްވަރާތައް ނާކާމިޔާބުވެ އެމެރިކާގެ ވަފުދު ޕާކިސްތާނުން ފުރައިފި
International

ސުލްޙައިގެ މަޝްވަރާތައް ނާކާމިޔާބުވެ އެމެރިކާގެ ވަފުދު ޕާކިސްތާނުން ފުރައިފި

އީރާނާއެކު ޕާކިސްތާނުގެ އިސްލާމްއާބާދުގައި ކުރިއަށްދިޔަ ސުލްޙައިގެ މަޝްވަރާތައް އެއްބަސްވުމަކާ ހަމައަށް ނާދެވި ނާކާމިޔާބުވުމާ ގުޅިގެން، އެމެރިކާގެ މަތީ ފަންތީގެ ވަފުދު އެނބުރި ވޮޝިންޓަނަށް ދިއުމަށްޓަކައި ޕާކިސްތާނުން ފުރައިފިއެވެ. މި މަޝްވަރާތަކަށްފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން އެމެރިކާގެ ނައިބު ރައީސް ޖޭޑީ ވޭންސް ބުނީ، އެމެރިކާއިން ހުށަހެޅި ޝަރުތުތަކާއި ހުށަހެޅުންތަކަށް އީރާނުން އިންކާރުކޮށްފައިވާ ކަމަށެވެ. އަދި މަޝްވަރާތަކުގެ ތެރެއިން އެމެރިކާއިން ވަރަށް ބޮޑަށް...

ހަނގުރާމަ ފެށިފަހުން ފުރަތަމަ ފަހަރަށް އެމެރިކާގެ މަނަވަރުތަކެއް ހޮރްމުޒް ކަނޑުއޮޅި ހުރަސްކޮށްފި
Raajje

ހަނގުރާމަ ފެށިފަހުން ފުރަތަމަ ފަހަރަށް އެމެރިކާގެ މަނަވަރުތަކެއް ހޮރްމުޒް ކަނޑުއޮޅި ހުރަސްކޮށްފި

އެމެރިކާ އާއި އިސްރާއީލުން އީރާނާ ދެކޮޅަށް ފެށި ހަނގުރާމައަށްފަހު ފުރަތަމަ ފަހަރަށް އެމެރިކާގެ މަނަވަރުތަކެއް ހޮރްމުޒް ކަނޑުއޮޅި ހުރަސްކޮށްފި ކަމަށް ރިޕޯޓުތައް ބުނެފިއެވެ. ތުރުކީގެ އަނަދޯލޫ ނިއުސް އެޖެންސީން ރިޕޯޓުކޮށްފައިވާ ގޮތުގައި، ފެބްރުއަރީ 28 ގައި ފެށުނު މި ހަނގުރާމައަށްފަހު، އެމެރިކާގެ ކަނޑުގެ ސިފައިންގެ ބައެއް މަނަވަރުތައް ހޮރްމުޒް ކަނޑުއޮޅި ހުރަސްކޮށްފައިވަނީ މިދިޔަ ހޮނިހިރު ދުވަހުއެވެ. އެމެރިކާގެ ”އެކްސިއޯސް”ގެ ރިޕޯޓަރު ބާރަކް ރަވިޑްއާ ހަވާލާދީ އެމެރިކާގެ އޮފިޝަލަކު ބުނެފައިވާ ގޮތުގައި...

ޓްރަމްޕް ނުރުހޭތީ ޗާގޯސް އެއްބަސްވުން އިނގިރޭސިވިލާތުން މަޑުޖައްސާލައިފި
International

ޓްރަމްޕް ނުރުހޭތީ ޗާގޯސް އެއްބަސްވުން އިނގިރޭސިވިލާތުން މަޑުޖައްސާލައިފި

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ނުރުހުމާ ކުރިމަތިވުމާއި، އެމެރިކާގެ ރަސްމީ ހުއްދަ ލިބުން ލަސްވުމުގެ ސަބަބުން، ޗާގޯސް ޖަޒީރާތަކާ ގުޅޭގޮތުން މޮރިޝަސްއާއެކު ވެފައިވާ އެއްބަސްވުން ކުރިއަށް ނުގެންގޮސް މަޑުޖައްސާލުމަށް އިނގިރޭސި ބޮޑުވަޒީރު ސަރ ކިއަރ ސްޓާމަރ ނިންމަވައިފިއެވެ. މީގެ ކުރިން މި އެއްބަސްވުމަށް ތާއީދުކުރެއްވި ނަމަވެސް، ޓްރަމްޕް ވަނީ މި މުއާމަލާތް ހުއްޓާލުމަށް ސްޓާމަރަށް ބާރުއަޅާފައެވެ. އަދި މިދިޔަ ޖެނުއަރީ މަހު ޓްރަމްޕް ވަނީ މި ރޭވުމަކީ “ބަލިކަށިކަމުގެ އިންތިހާ” ކަމަށް ސިފަކުރައްވައި ވ...

އެމެރިކާ-އީރާންގެ ރަސްމީ މަޝްވަރާތައް އިސްލާމްއާބާދުގައި ފަށައިފި
International

އެމެރިކާ-އީރާންގެ ރަސްމީ މަޝްވަރާތައް އިސްލާމްއާބާދުގައި ފަށައިފި

އެމެރިކާ އާއި އީރާނާ ދެމެދު ދާއިމީ ސުލްޙައެއް ޤާއިމުކުރުމުގެ މަޤްޞަދުގައި ބާއްވާ މަތީ ފަންތީގެ މަޝްވަރާތައް ޕާކިސްތާނުގެ ވެރިރަށް އިސްލާމްއާބާދުގައި ރަސްމީކޮށް ފަށައިފިއެވެ. 2026 އޭޕްރިލް 11 ވާ ހޮނިހިރު ދުވަހުގެ މެންދުރުފަހު ދެ ގައުމުގެ ވަފުދުތައް އިސްލާމްއާބާދަށް ވަޑައިގަތުމާއެކު، މިހާރު ހިނގަމުންދާ 14 ދުވަހުގެ ވަގުތީ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުން ވަނީ ސިޔާސީ މަރުޙަލާއަކަށް ބަދަލުވެފައެވެ. މި މަޝްވަރާތައް ކުރިއަށްދަނީ ޕާކިސްތާނުގެ މެދުވެރިން މެދުވެރިކޮށް ވަކިވަކިން ބާއްވާ “ޕްރޮކްސިމިޓީ ޓޯ...

ސުލްހައިގެ ވާހަކަތަކުގައި އެމެރިކާގެ ފަރާތުން ވިޓްކޮފް އާއި ކުޝްނަރ، އަދި އީރާނުގެ ފަރާތުން އަރާގްޗީ އާއި ގާލީބާފް
International

ސުލްހައިގެ ވާހަކަތަކުގައި އެމެރިކާގެ ފަރާތުން ވިޓްކޮފް އާއި ކުޝްނަރ، އަދި އީރާނުގެ ފަރާތުން އަރާގްޗީ އާއި ގާލީބާފް

އަންނަ ހުކުރު ދުވަހު ޕާކިސްތާނުގެ އިސްލާމްއާބާދުގައި އީރާނާއެކު ބާއްވާ މަޝްވަރާތަކުގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ މެދުއިރުމައްޗަށް ކަނޑައަޅާފައި ހުންނަ ހާއްސަ މަންދޫބު ސްޓީވް ވިޓްކޮފް އާއި ޓްރަމްޕްގެ ދަރިފުޅުގެ ފިރިމީހާ ޖެރެޑް ކުޝްނަރ، ބައިވެރިވާނެ ކަމަށް ބެލެވޭ ކަމަށް ޕާކިސްތާނުގެ އިސް އޮފިޝަލަކާއި ހަވާލާދީ ބައިނަލްއަގްވާމީ މީޑިއާތަކުން ރިޕޯޓުކޮށްފިއެވެ. މި މަޝްވަރާތައް ބޭއްވުމަށް ހަމަޖެހިފައިވަނީ، ހަނގުރާމަވެރި ދެ ފަރާތުގެ މެދުގައި ޕާކިސްތާނުން މެދުވެރިއެއްގެ ދައުރު އަދާކޮށްގެން ހަ...

މިރޭ މުޅި އީރާނު ނައްތާލާނަން: ޓްރަމްޕް
International

މިރޭ މުޅި އީރާނު ނައްތާލާނަން: ޓްރަމްޕް

ހޮރްމޫޒް ކަނޑުއޮޅި ހުޅުވުމަށް އެމެރިކާ އިން ދީފައިވާ މުހުލަތު ހަމަވާން ކައިރިވެފައި ވަނިކޮށް، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އީރާނަށް ވަރުގަދަ އިންޒާރެއް އަނެއްކާވެސް ދީފިއެވެ. ޓްރަމްޕްގެ “ޓްރުތް ސޯޝަލް” ޕްލެޓްފޯމުގައި ކުރި ޕޯސްޓެއްގައި ބުނީ، މިރޭ މުޅި ހަޟާރާތެއް ނެތިގެންދާނެ ކަމަށާއި، އެއީ ދުވަހަކުވެސް އަނބުރާ އިއާދަނުކުރެވޭނެ ފަދަ ގޮތަކަށް ކަމަށެވެ. ޓްރަމްޕް އިތުރަށް ބުނީ، އޭނާ އެފަދަ ކަމެއް ވާކަށް ބޭނުންފުޅު ނުވި ނަމަވެސް، އެކަން އެގޮތަށް ވުމުގެ ފުރުސަތު ބޮޑު ކަމަށެވެ. ނަމަވެސް، […]

އަހަރެން ބޭނުންވަނީ އީރާނުގެ ތެޔޮ، އެކަމަކު ރައްޔިތުން ބޭނުންވަނީ ސިފައިން އަނބުރާ ގައުމަށް ގެންނަން: ޓްރަމްޕް
News

އަހަރެން ބޭނުންވަނީ އީރާނުގެ ތެޔޮ، އެކަމަކު ރައްޔިތުން ބޭނުންވަނީ ސިފައިން އަނބުރާ ގައުމަށް ގެންނަން: ޓްރަމްޕް

އޭނާގެ ނިޔަތަކީ އީރާނުގެ ތެޔޮ ވަޅުތައް ކޮންޓްރޯލް ކުރުން ކަމަށާއި، ނަމަވެސް އެމެރިކާގެ ރައްޔިތުން ބޭނުންވަނީ ހަނގުރާމަ ހުއްޓާލައި ސިފައިން އަނބުރާ ގައުމަށް ގެންނަންކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ. ވައިޓް ހައުސްގައި ހޯމަ ދުވަހު ބޭއްވި “އީސްޓަރ އެގް ރޯލް” ހަރަކާތުގެ ތެރެއިން ނޫސްވެރިންނާ ވާހަކަދައްކަވަމުން، ޓްރަމްޕް ވަނީ އެހެން ވިދާޅުވުމަށްފަހު އެމެރިކާގެ ސިފައިން އަނބުރާ ގެންނަން އެދޭ މީހުންނަކީ ބަދުނަސީބު ބަޔެއްކަމަށް ވިދާޅުވެފައެވެ. ބޮޑު “އީސްޓަރ ބަނީ” މަސްކޮޓެއްގެ ކ...

އީރާނަށް އޮޅުވާލަން ހިންގި ކެމްޕޭނު ފަޅާއަރުވާލުމުން ކޯފާވެ، ޓްރަމްޕްގެ އިންޒާރު ނިއުޔޯކް ޓައިމްސް އަށް
News

އީރާނަށް އޮޅުވާލަން ހިންގި ކެމްޕޭނު ފަޅާއަރުވާލުމުން ކޯފާވެ، ޓްރަމްޕްގެ އިންޒާރު ނިއުޔޯކް ޓައިމްސް އަށް

އީރާނުގައި ވައްޓާލި އެމެރިކާގެ ”އެފް-15 އީ” މަތިންދާބޯޓުގެ ފަޅުވެރިން ސަލާމަތްކުރުމަށް ހިންގި ސިއްރު އޮޕަރޭޝަނުގެ ތަފްސީލީ ރިޕޯޓެއް ޝާއިއުކުރުމާ ގުޅިގެން، ރައީސް ޑޮނަލްޑް ޓްރަމްޕް ނިއުޔޯކް ޓައިމްސްއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ކޯފާވެ ހުންނަވާ އިންޒާރު ދެއްވައިފިއެވެ. ހޯމަ ދުވަހުގެ ރޭ ބޭއްވި ބްރީފިންގްގައި ޓްރަމްޕް ވިދާޅުވީ، އެ ނޫހުން ހާމަކުރި މައުލޫމާތުތަކުގެ ސަބަބުން އީރާނަށް އޮޅުވާލުމަށް ސީ.އައި.އޭ އިން ހިންގަމުންދިޔަ ހާއްސަ ކެމްޕޭނަކަށް ހުރަސް އެޅި، އެކަން އީރާނަށް ފަޅާއެރިކަަމަށް ޓްރަމްޕް...

ސިފައިން ހޯދުމުގެ ނަމުގައި އެމެރިކާއިން އަސްލު އުޅުނީ އީރާނުގެ ޔުރޭނިއަމްތައް ވަގަށް ނަގަން
International

ސިފައިން ހޯދުމުގެ ނަމުގައި އެމެރިކާއިން އަސްލު އުޅުނީ އީރާނުގެ ޔުރޭނިއަމްތައް ވަގަށް ނަގަން

އެމެރިކާގެ ޕައިލެޓަކު ސަލާމަތްކުރުމަށް ހިންގި ހާއްސަ އޮޕަރޭޝަނެއްގެ ތެރޭގައި އެމެރިކާ އަސްކަރިއްޔާގެ 12 މަތިންދާބޯޓު ގެއްލިފައިވާކަމަށް ރިޕޯޓްތައް ބުނާއިރު، ގެއްލުނު ސިފައިންގެ މީހާ ހޯދުމުގެ ނަމުގައި އެމެރިކާއިން އަސްލު އުޅުނީ އީރާނުގެ ޔުރޭނިއަމްތައް ވަގަށް ނަގަންކަމަށް ތަޖުރިބާކާރުން ތުހުމަތުކޮށްފިއެވެ. މި އޮޕަރޭޝަނަކީ ގެއްލުނު ސިފައިން ހޯދުމަށް ހިންގި ހަރަކާތެއް ކަމަށް ވައިޓް ހައުސްއިން ބުނަމުންދިޔަ ނަމަވެސް، މިއީ ހަގީގަތުގައި އީރާނުގެ މުއްސަނދިކޮށްފައިވާ ޔުރޭނިއަމްތައް އަތުލައިގަތުމަށް ހިންގި...

އީރާނުން ހެކި ހާމަކުރުމުން އެމެރިކާގެ އިތުރު ދޮގުތަކެއް ފަޅާއަރައިފި
International

އީރާނުން ހެކި ހާމަކުރުމުން އެމެރިކާގެ އިތުރު ދޮގުތަކެއް ފަޅާއަރައިފި

އީރާނުން ވައްޓާލި އެމެރިކާގެ ”އެފް-15 އީ” ސްޓްރައިކް އީގަލް މަތިންދާބޯޓުގެ ސިފައިންގެ މީހަކު ހޯދުމަށް އެމެރިކާއިން އީރާނުގެ ސަރަހައްދުގައި ހިންގި އޮޕަރޭޝަންގައި އީރާނުން އެމެރިކާގެ އަސްކަރީ މަތިންދާ ދެ ބޯޓު ވައްޓާލާފައިވާ ފޮޓޯތައް އާންމުކުރުމާ ގުޅިގެން، އެމެރިކާއިން މި ހާދިސާއާ ގުޅޭގޮތުން ދޮގު ފަތުރަމުންދާ ކަމަށް ބުނެ ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެއްޖެއެވެ. އީރާނުން އާންމުކުރި ފޮޓޯތަކުން ސާޗް އޮޕަރޭޝަންގައި އުޅުނު އެމެރިކާގެ ސީ-130 މަރުކާގެ ބޯޓުތަކެއް ހަލާކުވެފައިވާ މަންޒަރު ފެންނައިރު، އޭގެ ތ...

ހޯރްމޫޒް ކަނޑުއޮޅި ހުޅުވުމަށް ޓްރަމްޕްގެ އިތުރު މުހުލަތެއް
International

ހޯރްމޫޒް ކަނޑުއޮޅި ހުޅުވުމަށް ޓްރަމްޕްގެ އިތުރު މުހުލަތެއް

އެއްބަސްވުމަކަށް އައުމަށް ނުވަތަ ހޯރްމޫޒް ކަނޑުއޮޅި ހުޅުވާލުމަށް ވޮޝިންޓަނުން ހުށަހަޅާފައިވާ ޝަރުތުތަކަށް އަމަލުކުރުމަށް އީރާނަށް 48 ގަޑިއިރުގެ މުހުލަތެއް އޮތް ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ހޮނިހިރު ދުވަހު ވިދާޅުވެއްޖެއެވެ. ޓްރަމްޕްގެ އަމިއްލަ ސޯޝަލް މީޑިއާ ޕްލެޓްފޯމް ކަމަށްވާ ‘ޓްރުތް ސޯޝަލް’ ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އެއްބަސްވުމަކަށް އައުމަށް ނުވަތަ ހޯރްމޫޒް ކަނޑުއޮޅި ހުޅުވާލުމަށް އީރާނަށް ދިހަ ދުވަހުގެ މުހުލަތެއް ދެއްވި ހަނދާން އެބަހުރިތޯ ސުވާލު ކުރައްވާފައެވެ. އަދި މިހ...

އީރާނުގެ ވެރިކަން އޮތީ ބަދަހިކޮށް، ޓްރަމްޕް ހައްދަވަނީ ދޮގުކަން ފަޅާއަރައިފި
International

އީރާނުގެ ވެރިކަން އޮތީ ބަދަހިކޮށް، ޓްރަމްޕް ހައްދަވަނީ ދޮގުކަން ފަޅާއަރައިފި

އީރާނުގެ ވެރިކަން ބަދަލުކުރުމަށް އެމެރިކާއިން ކުރިއަށްގެންދާ މަސައްކަތްތަކާ މެދު ވައިޓް ހައުސް އާއި އެމެރިކާގެ އިންޓެލިޖެންސް އިދާރާތަކާ ދެމެދު ބޮޑެތި ޚިޔާލުތަފާތުވުންތަކެއް އުފެދިފައިވާކަން ހާމަވެއްޖެއެވެ. އެން.ބީ.ސީ ނިއުސްއިން އިއްޔެ ޝާއިޢުކުރި ރިޕޯޓެއްގައިވާ ގޮތުން، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އީރާނުގެ ވެރިކަން “މުޅިން ބަދަލުވެއްޖެ” ކަމަށް އިއުލާނު ކުރެއްވި ނަމަވެސް، އިންޓެލިޖެންސް އިދާރާތަކުގެ ސިއްރު އެސެސްމަންޓްތަކުން ދައްކަނީ އީރާނުގެ އިސްލާމީ ޖުމްހޫރިއްޔާގެ ސާބިތުކަން އަދިވެސް ވަރ...

އެއްގަމު މަގު ހަނގުރާމައަށް ތައްޔާރު، މިތިބީ އެމީހުންގެ އިންތިޒާރުގައި: އީރާން
International

އެއްގަމު މަގު ހަނގުރާމައަށް ތައްޔާރު، މިތިބީ އެމީހުންގެ އިންތިޒާރުގައި: އީރާން

އެމެރިކާއިން އެއްގަމު މަގުން ހަނގުރާމައެއް ފަށައިފިނަމަ އެކަމަށް އީރާނުން ފުރިހަމައަށް ތައްޔާރުވެފައިވާކަމަށް އީރާނުގެ ޚާރިޖީ ވަޒީރު އައްބާސް އަރާގްޗީ މިއަދު ވިދާޅުވެއްޖެއެވެ. އެއްގަމު މަގުން އަރައިގަތް ނަމަވެސް ދުޝްމަނުންނާއި ކުރިމަތިލުމަށް ތައްޔާރުވެފައިވާކަމަށް އީރާނުން ބުނެފައި މިވަނީ، ހަނގުރާމައަށް ދެވަނަ މަސް ފެށި، ސަރަޙައްދުގައި ތިބި އެމެރިކާ ސިފައިންގެ އަދަދު އިތުރުކުރަމުންދާ ނުތަނަވަސް ދަނޑިވަޅެއްގައެވެ. “އަހަރެމެން މިތިބީ އެމީހުންގެ އިންތިޒާރުގައި” ތެހެރާނާއި ވޮޝިންޓަނާ ދެމެދު އޮތް އިތ...

ފްރާންސުން ވެސް އެމެރިކާ އަށް ނޫނެކޭ ބުނެ ވައިގެ ސަރަހައްދު ނުދިން
International

ފްރާންސުން ވެސް އެމެރިކާ އަށް ނޫނެކޭ ބުނެ ވައިގެ ސަރަހައްދު ނުދިން

އީރާނާ ދެކޮޅަށް އެމެރިކާއިން ކުރިއަށްގެންދާ އަސްކަރީ އޮޕަރޭޝަންތަކުގައި، އެމެރިކާގެ އަސްކަރީ ބޯޓުތަކަށް ފަރަންސޭސިވިލާތުގެ ވައިގެ ސަރަހައްދާއި އަސްކަރީ މަރުކަޒުތައް ބޭނުންކުރުން އެ ގައުމުން މަނާކޮށްފިއެވެ. ސްޕެއިނުން ފެށި މި ހަރަކާތުގައި ފަރަންސޭސިވިލާތުން ބައިވެރިވުމާއެކު، ނޭޓޯ އިއްތިހާދުގެ ތެރޭގައި ބޮޑު ރޫޅުމެއް އުފެދިފައިވާކަން ވަނީ ހާމަވެފައެވެ. ބުދަ ދުވަހު ފެންމަތިވި މި ނިންމުމަކީ “އޮޕަރޭޝަން އެޕިކް ފިއުރީ” ގެ ދެވަނަ މަސް ފެށިގެންދާއިރު އެމެރިކާއަށް ކުރިމަތިވި ބޮޑު ގޮންޖެހުމެކެވެ. އިއްޔެ ފަ...

ގޮސް އަމިއްލަ އަށް ތެޔޮ ހޯދާ، ހަނގުރާމަ ދެތިން ހަފުތާތެރޭ ނިންމާލާނަން: ޓްރަމްޕް
International

ގޮސް އަމިއްލަ އަށް ތެޔޮ ހޯދާ، ހަނގުރާމަ ދެތިން ހަފުތާތެރޭ ނިންމާލާނަން: ޓްރަމްޕް

ކުރިއަށް އޮތް ދެ ހަފްތާއެއް ނުވަތަ ތިން ހަފްތާއެއްގެ ތެރޭގައި އެމެރިކާއިން އީރާނަށް ދެމުންދާ ހަމަލާތައް ހުއްޓާލަފާނެ ކަމަށާއި، ހަކަތަ ފޯރުކޮށްދިނުމަށް ބުރޫއަރައި ދުނިޔޭގެ އިގްތިސާދަށް ލޮޅުން އަރުވާލާފައިވާ މި ހަނގުރާމަ ނިންމުމަށް އެއްބަސްވުމެއް ކޮންމެހެން ބޭނުން ނުވާ ކަމަށް ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ. އޭނާ މިހެން ވިދާޅުވީ، އެމެރިކާއާއި އިސްރާއީލުން އީރާނަށް ހަމަލާދޭން ފެށިތާ ގާތްގަނޑަކަށް ފަސް ހަފްތާ ފަހުން، ސީދާކޮށްނާއި ނުސީދާކޮށް މެސެޖުތައް ބަދަލުކުރެވުނު ނަމަވެސް ވޮޝިންޓަނާއެކު...