މި ހިނގާ މަޖިލީހުގެ ދައުރު ކުރުކޮށްލައި، މައި ދެ އިންތިޚާބު އެއްކޮށް ބާއްވަން ބިލެއް
ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެއްކޮށް ބޭއްވުމަށްޓަކައި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީއަށް އިސްލާހެއް ހުށަހަޅައިފިއެވެ. މި އިސްލާހު މަޖިލީހަށް ހުށަހެޅުއްވީ ސަރުކާރު ހިންގާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ޕާލަމެންޓަރީ ގްރޫޕްގެ ލީޑަރު، އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާޙެވެ. މަޖިލީހުގެ މެޖޯރިޓީ ލިޑަރުގެ ގޮތުގައި ވެސް ހުންނެވި ފަލާހް ހުށަހެޅުއްވި މި އިސްލާހުގެ ދަށުން، އާ ރައްޔިތުންގެ މަޖިލީހުގެ ދައުރު ފެށޭ ތާރީޚަކީ ކޮންމެ ފަސް އަހަރަކުން އެއ...