ރައްޔިތުންގެ އިތުބާރު ލިބިފައި ވަނީ ހަތަރު ނޫހަކަށްކަމަށް ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ޕާލަމެންޓަރީ ގްރޫޕްގެ ލީޑަރު އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާހް ވިދާޅުވެއްޖެއެވެ.

މަޖިލީހުގެ މެޖޯރިޓީ ލިޑަރުގެ ގޮތުގައި ވެސް ހުންނެވި ފަލާހް މިފަދައިން ވިދާޅުވީ، މީސްމީޑިއާގައި މިއަދު ކުރެއްވި ޕޯސްޓެއްގައެވެ.

Ad
rt

ފަލާހް ވިދާޅުވެފައި ވަނީ، ސުލްޙައަށްލޯބިކޮށް ތެދުޚަބަރާ މަޢުލޫމާތު ހަޤީޤަތާއި އެއްގޮތަށްގެނެސްދޭ ރައްޔިތުންގެ އިތުބާރުލިބިފައިވަނީ 4 ނޫހަކަށް ކަމަށެވެ. ނަމަވެސް އެއީ ކޮން ނޫސްތަކެއްކަމެއް ފަލާހް ވިދާޅެއްނުވެއެވެ.

ފަލާހް ވަނީ ކުޑަކުޑަ ޤަޢުމެއްގައި އެއްވެސްބަލާލުމެއްނެތި ކަމެއްސާފުނުކޮށް ބުހުތާންދޮގުޚަބަރު ފެތުރުމަކީ ކިހާނުބައިވެގެންވާކަމެއްތޯ ސުވާލުކުރަށްވާފައެވެ. އަދި މިކަމުގެ ސަބަބުން ހެޔޮނުބައި އޮޅި ކުށެއްނެތް އާއިލާތަށްރޫޅި ކުށެއްނެތް އެތައްބައެއްގެ ވަޒީފާގެއްލި ހިނގަމުންދަނީ ''ވަރަށް ދެރަކަންތައްތަކެއްކަމަށް'' އޭނާ ވިދާޅުވެފަވެއެވެ.

''ފައިސާކޮޅެއްދޭ އިރައް ފައިސާދޭމީހާ ބުނާހާގޮތަކަށް ދޮގުޚަ ޚަބަރު ނުލިއެވިދާނެތީތޯ މީޑިއާބިލް ކަމުނުދަނީ! މިގޮތަށްހޯދާފައިސާ މީ ހަލާލުފައިސާތޯ؟ މީޑިއާތަކާއި މީޑިއާތަކުގެ ވެރިން މާލީބަޔާން ހުށަހަޅަންޖެހޭގޮތަށް މީޑިއާބިލްގައި ހިމެނުން ކިހިނެއްތޯ؟'' ފަލާހް ވިދާޅުވެފައެވެ.

ފަލާހް މި މޭރުމުން ވިދާޅުވިއިރު، މީޑިއާ ރެގިއުލޭޓް ކުރުމުގެ ނަމުގައި، ތުޅާދޫ ދާއިރާގެ މިނިވަން މެންބަރު އަބްދުލްހަންނާނު އަބޫބަކުރު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާފައިވާ ''މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަން ބިލު''ގެ މަސައްކަތް މިވަގު މަޖިލީހުގައި ދަނީ ހިނގަމުންނެވެ. މި ބިލަށް ގިނަ އަދަދެއްގެ ނޫސްވެރިންނާއި މީޑިއާތައް ދެކޮޅުހަދައި، އިހްތިޖާޖުކޮށްފައިވާއިރު، ބިލު ބޭރުކުރަންގޮވައިލައި ޕެޓިޝަނެއް ވެސް އިއްޔެ ވަނީ މަޖިލީހަށް ހުށަހަޅާފައެވެ.

ފަލާހް މާލީ ބަޔާނުގެ ވާހަކަ ދައްކަވާފައި މި ވަނީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ މާލީ ބަޔާންތައް އިއްޔެ މަޖިލީހުގެ ވެބްސައިޓަށް ލުމާއި ގުޅިގެން އެ މާލީ ބަޔާންތަކުގެ ކަވަރޭޖް ނޫސްތަކުން ގެނެސްދެމުންދާ ވަގުތެއްގައެވެ.