އެމެރިކާއިން އިރާގަށް ނަގުދު ފައިސާގެ ގޮތުގައި 3 ބިލިއަން ޑޮލަރު ފޮނުވަނީ
އެމެރިކާގައި ބަހައްޓާފައިވާ އިރާގުގެ ބޭރު ފައިސާގެ ރިޒާވުން ކުރިއަށް އޮތް މުއްދަތުގައި ތިން ބިލިއަން ޑޮލަރުގެ ނަގުދު ފައިސާ އިރާގަށް ފޮނުވުމަށް އެމެރިކާއިން ނިންމާފައިވާ ކަމަށް އެ ގައުމުގެ ސަރުކާރުން ހާމަކޮށްފިއެވެ. މި ފައިސާ އެ ގައުމަށް ފޮނުވުމަށް ހަމަޖެހިފައިވަނީ ވިދިވިދިގެން ހަ ފަހަރެއްގެ މަތިން، ކޮންމެ ފަހަރަކު 500 މިލިއަން ޑޮލަރެވެ. އެމެރިކާގެ ފެޑެރަލް ރިޒާވުން އިރާގުގެ މަރުކަޒީ ބޭންކަށް ފޮނުވާ މި ފައިސާއަކީ އެމެރިކާ ސަރުކާރުން އެ ގައުމަށް ދޭ މާލީ އެހީއެއް ނުވަތަ […]