މަޝްވަރާކުރުމަށް އަވަސް އަރުވައެއްނުލަން، ''ބޯޅަ މިހާރު އޮތީ އެމެރިކާގެ ކޯޓުގައި": އީރާން
އެމެރިކާއާއެކު ކުރިއަށްދިޔަ މަޝްވަރާތަކުގައި އީރާނުން އަވަސްއަރުވާނުލާނެ ކަމަށާއި، މިހާރު “ބޯޅަ އޮތީ އެމެރިކާގެ ކޯޓުގައި” ކަމަށް އީރާނުގެ ތަސްނީމް ނިއުސް އެޖެންސީން މަޢުލޫމާތު ހުރި މަޞްދަރަކާ ހަވާލާދީ ބުނެފިއެވެ. އީރާނުން ވަނީ މަޝްވަރާތަކުގައި ބުއްދިވެރި އިސްނެގުންތަކާއި ހުށަހެޅުންތަކެއް ހުށަހަޅާފައިވާ ކަމަށް ބުނެ، ކަންކަމަށް ހަގީގީ ނަޒަރަކުން ބެލުމަށް އެމެރިކާއަށް ގޮވާލާފައެވެ. އީރާނުގެ މަޞްދަރުން ތުހުމަތުކުރި ގޮތުގައި، ހަނގުރާމައިގައި ކަންކަން ކުރި ފަދައިން މަޝްވަރާތަކުގައި ވެސް އެމެރިކާއިން ވ...