އެމްއާރްއެމްގެ އިސް މަގާމުތަކަށް މެންބަރުން އިންތިހާބުކޮށްފި
ކުރީގެ ރައީސް މައުމޫން އަބުދުލްގައްޔޫމް އިސްވެ އުފައްދަވާފައިވާ، މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރުއެމް)ގެ އިސް މަގާމުތަކަށް މެންބަރުން އިންތިޚާބުކޮށްފިއެވެ. މިގޮތުން އޮންލައިންކޮށް މިއަދު ކުރިއަށްދިޔަ އެމްއާރުއެމްގެ ނެޝަނަލް ކޮންވެންޝަންގައި އެ ޕާޓީގެ ޒައީމަކަށް ކުރީގެ ރައީސް މައުމޫން އަބުދުލްގައްޔޫމް އިންތިޚާބު ކޮށްފައިވާއިރު، ޕާޓީގެ ރައީސަކަށް އިންތިޚާބުކޮށްފައި ވަނީ ރައީސް މައުމޫންގެ ދަރިކަލުން އަދި ކުރީގެ ދިއްގަރު ދާއިރާގެ މެންބަރު ފާރިޝް މައުމޫންނެވެ. އެމްއާރުއެމްގެ ނައިބު ރައީސުންނަށް...