މޯލްޑިވްސް ރީފޯމް މޫވްމެންޓް (އެމްއާރުއެމް)ގެ ޒައީމް ކަމުގެ މަގާމަށް ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ކުރިމަތިލައްވައިފިއެވެ.
ރައީސް މައުމޫން ކުރެއްވި ޓުވީޓެއްގައި އެމަނިކުފާނު ވަނީ އެކަން ހާމަކުރައްވާފައެވެ.
އެމްއާރުއެމްގެ މަގާމުތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލީ މި މަހުގެ 9 ވަނަ ދުވަހުއެވެ. އަދި އެންމެ ފަހު ތާރީހެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ މި މަހުގެ 16 ވަނަ ދުވަހެވެ.
ޕާޓީގެ ރައީސް އާއި ނައިބުރައީސް ކަމަށް ކުރިމަތިލުމަށް ވެސް ހުޅުވާލާފައިވާއިރު މި މަގާމުތަކުގެ އިންތިހާބު އޮތީ އަންނަ މަހުގެ 2 ވަނަ ދުވަހުއެވެ.
މަގާމުތަކަށް ކުރިމަތިލާން އެދޭ މެމްބަރުން ފޯމު ހުށައަޅަން ޖެހެނީ ޕާޓީގެ އޮފީހަށެވެ. މި މަގާމުތަކަށް ކުރިމަތިލެވޭނީ އެމްއާރުއެމްގެ ދަފުތަރުގައި ރަޖިސްޓްރީވެފައިވާ މެމްބަރުންނަށެވެ.
ބައެއް މަސްދަރުތަކުން ބުނާގޮތުގައި އެ ޕާޓީގެ ރައީސް ކަމުގެ މަގާމަށް ރައީސް މައުމޫންގެ ދަރިކަލުން ފާރިޝް މައުމޫނު ކުރިމަތި ލެއްވުމުގެ ވިސްނުން ގެންގުޅުއްވައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!