އަރާގްޗީ މިރޭ ޕާކިސްތާނަށް، މަޝްވަރާތަކަށް އުއްމީދު ބޮޑު
އީރާނުގެ ޚާރިޖީ ވަޒީރު އައްބާސް އަރާގްޗީ އިސްކޮށް ހުންނަވައިގެން މަތީ ފަންތީގެ ވަފުދެއް ހުކުރު ދުވަހުގެ ރޭ ޕާކިސްތާނުގެ އިސްލާމްއާބާދަށް ވަޑައިގަންނަވާނެކަމަށް މީޑިއާ ރިޕޯޓުތައް ބުނެފިއެވެ. މި ދަތުރުފުޅަކީ ޕާކިސްތާނުގެ އާމީ ޗީފް އާސިމް މުނީރާއި އީރާނުގެ އިސް އޮފިޝަލުންނާ ދެމެދު ފޯނުން ކުރެވުނު މުހިންމު މަޝްވަރާތަކަކަށް ފަހު ކުރަށްވާ ދަތުރުފުޅެކެވެ. ޕާކިސްތާނުގެ އޭއާރުވައި ނިއުސްގެ ޗެއާމަން ކާމްރާން ޚާން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، އާމީ ޗީފް މުނީރާއެކު ކުރެވުނު ‘ފުން’ މަޝްވަރާތަކަކ...