މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ބ. އަތޮޅުން ފެށިގެން ލ. އަތޮޅަށް (08:00 އިން 14:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު ކަމަށް ލަފާކުރެވޭ
Topic Archive

#އިންޓަނޭޝަނަލް އެއިޑް ކެމްޕޭން (އައިއޭސީ)

11 Stories filed
މުހިއްޔުއްދީން ސުކޫލުގެ ދަރިވަރުން ޣައްޒާ އަށް 50،000ރ. ދީފި
Raajje

މުހިއްޔުއްދީން ސުކޫލުގެ ދަރިވަރުން ޣައްޒާ އަށް 50،000ރ. ދީފި

މުހިއްޔުއްދީން ސްކޫލްގެ ދަރިވަރުން ފަލަސްތީނުގެ ޣައްޒާގެ ރައްޔިތުންނަށް 50،000ރ. ދީފިއެވެ. އިންޓަނޭޝަނަލް އެއިޑް ކެމްޕޭން (އައިއޭސީ) އިން މިއަދު އެކްސްގައި ބުނީ މުހިއްޔުއްދީން ސްކޫލްގެ ދަރިވަރުން ޣައްޒާ ރައްޔިތުންނަށް އެހީވުމަށް ހަދިޔާއެއް ދީފައިވާ ކަމަށެވެ. ސްކޫލްތަކުގެ ދަރިވަރުން އިސްނަގައިގެން ކުރާ މިފަދަ ކަންކަން އައިއޭ ސީއިން އަބަދުވެސް ވަރަށް އުފަލާއެކު ބަލައިގަންނަ ކަމަށް އައިއޭސީން ބުންޏެވެ. “ސްކޫލު ދައުރަކީ ކުދިންގެ ހިތުގައި އިންސާނީ އެހީ ފޯރުކޮށްދިނުމާއި، އިންސާނިއްޔަތަށް ލޯބިޖެއްސުމަށ...

އައިއޭސީގެ ޣައްޒާ ފަންޑަށް 23 މިލިއަން ރުފިޔާ އާއި 13000 ޑޮލަރު
Raajje

އައިއޭސީގެ ޣައްޒާ ފަންޑަށް 23 މިލިއަން ރުފިޔާ އާއި 13000 ޑޮލަރު

ފަލަސްތީނުގެ ޣައްޒާގެ އަޚުންނާއި އުޚުތުންނަށް އެހީވުމަށް އިންޓަނޭޝަނަލް އެއިޑް ކެމްޕޭން (އައިއޭސީ)އިން ކުރިއަށް ގެންދާ ”ޣައްޒާ އެމާޖެންސީ ރިލީފް 2023” ފަންޑަށް 23 މިލިއަން ރުފިޔާ އާއި 13000 ޑޮލަރު ލިބިއްޖެއެވެ. އައިއޭސީ މި ފަންޑަށް ރާއްޖޭގެ އެކި ކަންކޮޅުތަކުން ވަނީ ފައިސާ ފޮނުވާފައެވެ. އޭގެ ތެރޭގައި އަމިއްލަ ފަރުދުންނާއި، ޖަމިއްޔާ ޖަމާއަތްތަކާއި، ރަށްރަށުންނާއި، ސިޓީތަކުންނާއި އެކި މުއައްސަސާތަކުން ވެސް ވަނީ އެހީގެ ފައިސާ މި ފަންޑަށް ފޮނުވާފައެވެ. އައިއޭސީން ވަނީ 28 އޮކްޓޯބަރުގެ ނިޔަލަށް އެ […]

ޔަހޫދީންގެ ހަމަލާތަކުގައި އަނިޔާވި ފަލަސްތީނީންނަށް ދިވެހިންގެ އެހީ!
Raajje

ޔަހޫދީންގެ ހަމަލާތަކުގައި އަނިޔާވި ފަލަސްތީނީންނަށް ދިވެހިންގެ އެހީ!

ޔަހޫދީންގެ ފަނާކުރަނިވި ރޮކެޓު ހަމަލާތަކުގައި އަނިޔާވި ފަލަސްތީނީންނަށް ދިވެހިންގެ އެހީ ލިބެންފަށައިފިއެވެ. އެގޮތުން މިއަދު ޣައްޒާގެ އުތުރުގައި ހުންނަ ބޮޑު ހޮސްޕިޓަލެއްކަމަށްވާ “އިންޑޮނީސިއާ ހޮސްޕިޓަލް” އަށް މިވަނީ ދިވެހީންގެ އެހީގައި 20 ވީލްޗެއަރ ހަދިޔާކުރެވިފައެވެ.  ރާއްޖޭގައި ހަރަކާތްތެރިވާ ޖަމިއްޔާއެއް ކަމަށްވާ އިންޓަރނޭޝަނަލް އެއިޑް ކެމްޕޭން މެދުވެރިކޮށް ގެންދަނީ ދިވެހިންގެ އެހީ ޣައްޒާއަށް މި އުނދަގޫ ދަނޑިވަޅުގައިވެސް ފޯރުކޮށްދެމުންނެވެ.  މިދިޔަ ހަފްތާގައި އިންޓަރނޭޝަނަލް އެއިޑް ކެމްޕޭނުން...

އައިއޭސީގެ ސަވައިވިންގް ވިންޓަރ ނިމެނީ
News

އައިއޭސީގެ ސަވައިވިންގް ވިންޓަރ ނިމެނީ

އިންޓަނޭޝަނަލް އެއިޑް ކެމްޕޭން (އައިއޭސީ) ގެ ފަރާތުން މި ފިނި މޫސުމާ ދިމާކޮށް ކުރިޔަށްގެންދާ ސަވައިވިންގް ވިންޓަރ 2020 ނިމުމަކަށް އައުމަށް ކައިރިވެއްޖެއެވެ. ފިނި މޫސުމާދިމާކޮށް ހާލުގައި ޖެހިފައިވާ ޤައުމުތަކުގެ ރައްޔިތުންނަށް އެހީވުމަށްޓަކައި ސަވައިވިންގް ވިންޓަރ ކެމްޕޭން އައިއޭސީގެ ފަރާތުން ލޯންޗުކޮށްފައިވަނީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ 20 ވަނަ ދުވަހުއެވެ. އިންޓަނޭޝަނަލް އެއިޑް ކެމްޕޭނުން ހާމަކުރާ ގޮތުގައި، ކޮވިޑް 19 ގެ ބަލިމަޑުކަމުގެ ތެރޭގައި ދިވެހިންގެ ޖުމުލަ މާލީ ހާލަތު ދަށްވެފައިވީނަމަ...

ޔަމަނުގެ ޙާލަތު އިތުރަށް ގޯސްވެއްޖެ، އެދެނީ އެހީތެރިކަމަށް!
Report

ޔަމަނުގެ ޙާލަތު އިތުރަށް ގޯސްވެއްޖެ، އެދެނީ އެހީތެރިކަމަށް!

ޔަމަނުގެ ހާލަތު އިތުރަށް ގޯސްވުމާއި ގުޅިގެން އިންޓަނޭޝަނަލް އެއިޑް ކެމްޕޭން (އައިއޭސީ) އިން އެ ޤައުމުގެ ނިކަމެތިންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އެމެޖެންސީ ރިލީފް ކެމްޕޭނެއް ފަށައިފިއެވެ. ގާތްގަނޑަކަށް މީގެ ތިން އަހަރު ކުރިން އ.ދ އިން ދުނިޔޭގެ އެންމެ ނިކަމެތިން ގިނަ އަދި ހާލަތު ގޯސް ޤައުމުގެ ގޮތުގައި ކަނޑައަޅާފައިވާ ޔަމަނުގެ ހާލަތު ކޮވިޑް 19 އާއި ގުޅިގެން ވަނީ ބޮއްސުންލާފައެވެ. އެގޮތުން އެ ޤައުމުގެ ހާލަތު ގޯސްވެފައިވާ މި ދަނޑިވަޅުގައި ޔަމަނުގެ ނިކަމެތިންނަށް އެހީތެރިކަން ފޯރުކޮށްދިނުން […]

ހާލުގައިި ޖެހިފައިވާ ކުދިންނަށް ތަޢުލީމް ދިނުމުގެ މާތް ފުރުސަތެއް!
News

ހާލުގައިި ޖެހިފައިވާ ކުދިންނަށް ތަޢުލީމް ދިނުމުގެ މާތް ފުރުސަތެއް!

ފާއިތުވެގެންދިޔަ 9 އަހަރުގެ ތެރޭގައި ސީރިއާގައި ހިނގަމުންދާ ހަމަނުޖެހުމުގެ ތެރޭގައިތަޢުލީމުގެ އަސާސީ ޙިދުމަތުން މަޙްރޫމްވެފައި ތިބި އެތައް ހާސް ކުދިންނެއް ސީރިއާގައި ދިރިއުޅެމުންދެއެވެ. މިފަދަ ކުދިންނަށް ތަޢުލީމް ފޯރުކޮށްދިނުމުގެ މަގްސަދުގައި އިންޓަނޭޝަނަލް އެއިޑް ކެމްޕޭން (އައިއޭސީ) ގެ އިސްނެގުމުގެ ދަށުން ދިވެހި ރައްޔިތުންގެ އެހީތެރިކަމާއިއެކު އަލޫކާ ނަމަކަށް ކިޔާ ސްކޫލެއް ސީރިއާގެ އިދްލީބުގައި ވަނީ ހުޅުވާފައިވެއެވެ. އެކި އުމުރުފުރާގެ ކުދިންނަށް ތަޢުލީމް ފޯރުކޮށްދޭ މި ބިންގާގައިމިވަގުތުވެސް 249...

ލޯތްބާއިއެކު ކެމްޕޭނަށް 4.7 މިލިއަން ރުފިޔާގެ ބޮޑު ތަރްޙީބެއް!
News

ލޯތްބާއިއެކު ކެމްޕޭނަށް 4.7 މިލިއަން ރުފިޔާގެ ބޮޑު ތަރްޙީބެއް!

ބަރަކާތްތެރި ރަމަޟާން މަހާއި ދިމާކޮށް އިންޓަނޭޝަނަލް އެއިޑް ކެމްޕޭން (އައިއޭސީ) އިން ކުރިޔަށް ގެންދިޔަ ލޯތްބާއިއެކު 2020 ޕެންޑެމިކް ރިލީފް ކެމްޕޭން ކާމިޔާބު ކަމާއިއެކު ނިންމާލައިފިއެވެ. ޖުމުލަ 4.7 މިލިއަން ރުފިޔާގެ އެހީ ލިބިފައިވާ ލޮތްބާއިއެކު ކެމްޕޭން ކާމިޔާބުކަމާއި އެކު ނިންމާލާފައިވަނީ ޝައްވާލް މަހުގެ 6 ރޯދައަށް ފަހުއެވެ. އައިއޭސީއިން މަޢުލޫމާތުދޭގޮތުގައި ޑޮނޭޝަންގެ ގޮތުގައި 4.7 މިލިއަން ރުފިޔާ ލިބިފައިވަނީ ދުނިޔޭގެ 6 ސަރަހައްދެއްގެ ނިކަމެތިންނަށް އެއް މަސް ދުވަހައަށް ވާވަރަށް ކާބޯތަކެތީގެ އެ...

ދިވެހިންގެ ޢީދު ހަދިޔާއާއި އެކު މިކުދިންގެ މޫނުމަތިން އުފާވެރިކަން
International

ދިވެހިންގެ ޢީދު ހަދިޔާއާއި އެކު މިކުދިންގެ މޫނުމަތިން އުފާވެރިކަން

އިންޓަނޭޝަނަލް އެއިޑް ކެމްޕޭން (އައިއޭސީ) ގެ ފަރާތުން ކުރިޔަށް ގެންދާ “ލޯތްބާއެކު” އީދު ހަދިޔާ ބެހުން ކުރިއަށް ގެންގޮސްފިއެވެ. އައިއޭސީއިން ބުނީ ދިވެހިންގެ ދީލަތި އެހީގައި މިފަހަރުގެ “ލޯތްބާއެކު” މަޝްރޫޢްގެ ތެރެއިން ވަނީ ހާލުގައިޖެހި އެހީއަށް ބޭނުންވެފައިވާ އެތަށް އާއިލާއަކަށް ކާބޯތަކެއްޗާއި އެހެނިހެން އެހީތައް ފޯރުކޮށްދެވިފައިކަމަށެވެ. އައިއޭސީ އިން މަޢުލޫމާތުދޭ ގޮތުގައި ލެބަނަންގެ ބޯޑަރު ސަރަހައްދުގައި ތިބި ފަލަސްތީން އާއި ސީރިޔާގެ ރެފިއުޖީ ކޭންޕް ތަކުގައި ތިބި 100 ކުޑަކުއްޖަކަށް އީދު ހަދިޔާގެ...

އައިއޭސީގެ ލޯތްބާއިއެކު 2020 އަށް ބޮޑު ކާމިޔާބީއެއް!
Raajje

އައިއޭސީގެ ލޯތްބާއިއެކު 2020 އަށް ބޮޑު ކާމިޔާބީއެއް!

އިންޓަނޭޝަނަލް އެއިޑް ކެމްޕޭން (އައިއޭސީ) އިން ކުރިޔަށް ގެންދާ ލޮތްބާއިއެކު 2020 ޕެންޑެމިކް ރިލީފް ކެމްޕޭނަށް ބޮޑު ތަރްޙީބެއް ލިބިއްޖެއެވެ. ދުނިޔެއަށް ކުރިމަތިވެފައިވާ ކޮވިޑް 19 ގެ މުސީބާތުގެ ދަނޑިވަޅުގައިވެސް ދިވެހިންގެ ހިތްހެޔޮކަން މި ކެމްޕޭން ޒަރިއްޔާއިން ދައްކުވައިދީފިއެވެ. އެގޮތުން މި ރަމަޟާން މަހުގެ ފަހު ދިހައެއްގައި އެކަނިވެސް 2.4 މިލިއަން ރުފިޔާގެ އެހީ މި ކެމްޕޭނަށް ލިބިފައިވެއެވެ. މިއަހަރުގެ ލޯތްބާއިއެކު 2020 ޕެންޑެމިކް ރިލީފް ކެމްޕޭން ކުރިޔަށް ގެންދަނީ 6 ސަރަހައްދަކަށް ބަހާލައިގެންނެވެ...

ދުނިޔޭގެ ކަންކޮޅުތަކުގައި ހާލުގައި ޖެހިފައިވާ ފަރާތްތަކަށް ރޯދަ ވިއްލުމެއްދޭން ބޭނުންތޯ؟
Report

ދުނިޔޭގެ ކަންކޮޅުތަކުގައި ހާލުގައި ޖެހިފައިވާ ފަރާތްތަކަށް ރޯދަ ވިއްލުމެއްދޭން ބޭނުންތޯ؟

ދުނިޔޭގެ އެކިކަންކޮޅުތަކުގައި ހާލުގައި ޖެހިފައިވާ ފަރާތްތަކަށް ރޯދަ ވިއްލުމެއްދިނުމުގެ ފުރުސަތު އިންޓަނޭޝަނަލް އެއިޑް ކެމްޕޭން (އައިއޭސީ) އިން ހުޅުވާލައިފިއެވެ. އިފްތާރު ޕެކޭޖް ހަދިޔާކުރުމާއި ބެހޭގޮތުން މަޢުލޫމާތުދެއްވަމުން އައިއޭސީގެ އިންޓަނޭޝަނަލް ރިލޭޝަން ހެޑް މުހައްމަދު އަލީ ވިދާޅުވީ، ދުނިޔެއަށް ކުރިމަތިވެފައިވާ ޕެންޑެމިކް ހާލަތާއި ގުޅިގެން ވަރަށް އުނދަގޫ ހާލަތެއްގައި ގިނަ ބަޔަކު ދިރިއުޅެމުންދާއިރު، މީގެކުރިން އެތައް އަހަރެއް ވަންދެން ހަމަނުޖެހުމާއި ފަޤީރު ހާލަތުގައި ދިރިއުޅެމުންދިޔަ ފަރާތްތ...

މުސީބާތުގެ ދަނޑިވަޅުގައިވެސް ދިވެހިން އެތަށް ބަޔަކަށް އެހީވެއްޖެ
Column

މުސީބާތުގެ ދަނޑިވަޅުގައިވެސް ދިވެހިން އެތަށް ބަޔަކަށް އެހީވެއްޖެ

އިންޓަނޭޝަނަލް އެއިޑް ކެމްޕޭން (އައިއޭސީ) ގެ ފަރާތުން ކުރިޔަށް ގެންދާ ލޯތްބާއެކު 2020 ޕެންޑެމިކް ރިލީފަށް ދިވެހިންގެ ފަރާތުން އެތަކެއް ބަޔަކަށް އެހީވެއްޖެއެވެ. 2018 ވަނަ އަހަރުގެ ރަމަޟާން މަހުން ފެށިގެން އިންޓަނޭޝަނަލް އެއިޑް ކެމްޕޭން (އައިއޭސީ) ގެ ފަރާތުން ކުރިޔަށް ގެންދާ މި ހަރަކާތައް ބޮޑު ތަރްޙީބެއް މި އަހަރު ލިބިފައިވާއިރު، މި އަހަރުގެ މި ކެމްޕޭނަށް މިހާތަނަށް ޖުމްލަ 827,171.18 ރުފިޔާ ލިބިފައިވެއެވެ. އައިއޭސީއިން ހާމަކުރާ ގޮތުގައި ދިވެހިރާއްޖެއަށްވެސް ކުރިމަތިވެފައިވާ ކޮވިޑް 19 ރޯގާގެ […]