މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ބ. އަތޮޅުން ފެށިގެން ލ. އަތޮޅަށް (08:00 އިން 14:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު ކަމަށް ލަފާކުރެވޭ
Topic Archive

#ރާއްޖޭގެ މޫސުން

359 Stories filed
ކުރިއަށް އޮތް ތިން ދުވަހު މޫސުން ގޯސްވާނެ: މެޓް
Raajje

ކުރިއަށް އޮތް ތިން ދުވަހު މޫސުން ގޯސްވާނެ: މެޓް

ކުރިއަށް އޮތް ތިން ދުވަހުގެ ތެރޭގައި ދިވެހިރާއްޖޭގެ ބައެއް ސަރަޙައްދުތަކަށް ބޯކޮށް ވާރޭވެހި، ގުގުރުމާއެކު ވިއްސާރަވެދާނެކަމަށް ލަފާކޮށްފި އެވެ. މޫސުމާއި ބެހޭ ގައުމީ އދާރާއިން މިއަދު ބުނެފައިވަނީ، މި މޫސުމީ ބަދަލު އަންނަނީ ހުޅަނގު މޫސުމުގެ ފެށުމާ ދިމާކޮށް، މި ސަރަޙައްދުގައި އުފެދިފައިވާ ދަށް ޕްރެޝަރގެ ސަރކިއުލޭޝަނަކާ ގުޅިގެންކަމަށެވެ. ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ރާއްޖޭގެ ގިނަ ސަރަޙައްދުތަކަށް ވިއްސާރަކޮށް، ބައެއް ރަށްރަށަށް ބޯކޮށް ވާރޭވެހިފައިވެއެވެ. މިގޮތުން އެންމެ ގިނައިން ވާރޭވެހުނު ކަމަށް...

ށ.އަތޮޅުން ފެށިގެން ފ.އަތޮޅަށް ރީނދޫ ސަމާލު، ވިލާގަނޑުގައި 50 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ!
Thiladhunmathi News

ށ.އަތޮޅުން ފެށިގެން ފ.އަތޮޅަށް ރީނދޫ ސަމާލު، ވިލާގަނޑުގައި 50 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ!

މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ށ. އަތޮޅުން ފެށިގެން ފ. އަތޮޅަށް ރީނދޫ ސަމާލު ނެރެފިއެވެ. ރާއްޖޭގެ މޫސުމާއި ބެހޭ ގައުމީ އިދާރާ، މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސްގެ މެޓް އޮފީހުން  ށ. އަތޮޅުން ފެށިގެން ފ. އަތޮޅާއި ދެމެދު ސަރަހައްދުތަކަށް ރީނދޫ ސަމާލު ނެރެފައި ވަނީ މިރޭ 19:00 އިން ފެށިގެން 23:00 އާއި ހަމައަށެވެ. މެޓް އޮފީހުގެ ސަމާލުގެ މެސެޖުގައި ބުނެފައިވާ ގޮތުން ސަމާލުގެ ވަގުތުގައި އެ އަތޮޅުތަކަށް ގަޑިއަކު 25 މޭލާއި 30 މޭލާއި […]

ހޯމަ ދުވަހާއި ހިސާބަށް މޫސުން ގޯސް، މިއަދު 61 މޭލަށް ވައި ޖެހުނު
Raajje

ހޯމަ ދުވަހާއި ހިސާބަށް މޫސުން ގޯސް، މިއަދު 61 މޭލަށް ވައި ޖެހުނު

އަންނަ ހޯމަ ދުވަހާ ހަމައަށް ރާއްޖޭގެ ހުރިހާ ހިސާބަކަށް ވެސް މޫސުން ގޯސްވާނެ ކަމަށް މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސްއިން ބުނެފިއެވެ. އެ އިދާރާއިން މިއަދު އާންމުކުރި ބަޔާނުގައި ބުނީ ރާއްޖޭ ސަރަހައްދުގައި ހުޅަނގު މޫސުމުގެ ބާރުގަދަވެ، ރާއްޖެއާއި ދުރުން އުތުރާއި ދެކުނުގައި  ކޮޅިގަނޑެއް އުފެދިފައިވާ ކަމަށާއި، ވޭތުވެދިޔަ ހަތަރު ދުވަހު އުތުރާއި މެދުރާއްޖެ ތެރޭގެ ސަރަހައްދަށް އާންމުވައި ގަދަވެ، ވިލާގަނޑުގައި ވައި ވަރަށް ގަދަވެފައިވާ ކަމަށެވެ. އެ ބަޔާނުގައި ބުނީ ވިލާގަނޑުގައި މިއަދު ހުޅުލެއަށް 61 މޭލު [...

ރާއްޖޭގެ ބޮޑުބަޔަކަށް ނެރެފައިވާ މޫސުމީ ސަމާލުގެ ވަގުތު އިތުރުކޮށްފި
Raajje

ރާއްޖޭގެ ބޮޑުބަޔަކަށް ނެރެފައިވާ މޫސުމީ ސަމާލުގެ ވަގުތު އިތުރުކޮށްފި

މޫސުން ގޯސްވާނެކަމަށް ލަފާކޮށް، ރާއްޖޭގެ ބޮޑު ބަޔަކަށް ނެރެފައިވާ ރީނދޫ ސަމާލާއި، ހުދު ސަމާލުގެ ވަގުތު އިތުރުކޮށްފިއެވެ. މޫސުމާބެހޭ ޤައުމީ އިދާރާ، މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސްގެ މެޓް އޮފީހުން ރީނދޫ ސަމާލު ނެރެފައި ވަނީ ހއ. އަތޮޅުން ފެށިގެން ވ. އަތޮޅު ހިމެނޭ ސަރަހައްދުތަކަށެވެ. މި ސަމާލުގެ ވަގުތު ކުރިން ދީފައި އޮތީ މިއަދު ހެނދުނު 7:00 އާއި ހަމައަށެވެ. ނަމަވެސް މިހާރު މިވަގުތު ވަނީ ހެނދުނު 11:00 އާއި ހަމައަށް އިތުރުކޮށްފައެވެ. މި ސަމާލުގެ ވަގުތުގައި […]

މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު
Raajje

މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު

މުޅި ރާއްޖެއަށް މޫސުން ގޯސްވާނެކަމަށް ލަފާކޮށް، ހުދު ސަމާލު ނެރެފިއެވެ. މޫސުމާބެހޭ ޤައުމީ އިދާރާ، މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސްގެ މެޓް އޮފީހުން ނެރުނު ސަމާލުގެ މެސެޖުގައި، މި ސަމާލުގެ ވަގުތުގައި މުޅި ރާއްޖެއަށް ވެސް އާންމުގޮތެއްގައި ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރު މިނުގައި ވައިޖެހި ޖެހޭނެކަމަށް ލަފާކޮށްފައިވެއެވެ. މީގެ އިތުރުން ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވެ، ކަނޑުތައް ގަދަވާނެކަމަށް ވަނީ ލަފާކޮށްފައެވެ. މި ސަމާލުގެ ވަގުތު ދީފައި ވަނީ މިރޭ 19:30 އިން […]

ކުރިއަށް އޮތް ފަސް ދުވަހު ގަދަ ވައިޖެހި، ކަނޑުތައް ގަދަވެ، ބޯ ކެރިވެހޭނެ!
Raajje

ކުރިއަށް އޮތް ފަސް ދުވަހު ގަދަ ވައިޖެހި، ކަނޑުތައް ގަދަވެ، ބޯ ކެރިވެހޭނެ!

ކުރިއަށް އޮތް ފަސް ދުވަހު ރާއްޖޭގެ ބޮޑު ބަޔަކަށް ވަރަށް ބޮޑަށް މޫސުން ގޯސްވާނެކަމަށް މޫސުމާބެހޭ ޤައުމީ އިދާރާ، މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސްގެ މެޓް އޮފީހުން މިއަދު ބުނެފިއެވެ. މެޓުން މިއަދު ބުނީ މި ދުވަސްވަރު ރާއްޖެއަށް ކުރަމުން ދަނީ ހުޅަނގު މޫސުމުގެ ވިއްސާރަ ކަމަށެވެ. ރާއްޖެ ސަރަހައްދުގައި ހުޅަނގު މޫސުމުގެ ބާރު ގަދަވެފައިވުމާއެކު އުތުރާއި މެދުރާއްޖޭގެ ސަރަހައްދުތަކަށް ޢާއްމުގޮތެއްގައި ގަޑިއަކު 15 މޭލާއި 25 މޭލު ބާރުމިނުގައި ވައިޖެހޭނެކަމަށް މެޓުން ވަނީ ބުނެފައެވެ. އަދި ދެކުނުގެ ރަށްތަކަށް...

މޫސުން ގޯސް، މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފި
Raajje

މޫސުން ގޯސް، މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފި

ރާއްޖޭގެ ހުރިހާ ސަރަހައްދުތަކަށް ވެސް މޫސުން ގޯސްވާނެކަމަށް ލަފާކޮށް، މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފިއެވެ. މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސްގެ މެޓް އޮފީހުން ނެރުނު ސަމާލުގެ މެސެޖުގައި ވަނީ މުޅި ރާއްޖެއަށް ވެސް ބޯކޮށް ވާރޭ ވެހި، ގުގުރާނެ ކަމަށް ލަފާކޮށްފައެވެ. މުޅި ރާއްޖެއަށް ނެރެފައިވާ ހުދު ސަމާލުގެ ވަގުތުގައި މުޅި ރާއްޖެއަށް ވެސް އާންމުގޮތެއްގައި ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރު މިނުގައި ވައިޖެހި ޖެހޭނެކަމަށް ލަފާކޮށްފައިވެއެވެ. މީގެ އިތުރުން ވިލާގަނޑުގައި ގަޑިއަކު […]

ބޯކޮށް ވާރޭވެހި ކަނޑު ގަދަވާނެ، ހއ.އަތޮޅުން ފެށިގެން ބ.އަތޮޅަށް ރީނދޫ ސަމާލު!
Raajje

ބޯކޮށް ވާރޭވެހި ކަނޑު ގަދަވާނެ، ހއ.އަތޮޅުން ފެށިގެން ބ.އަތޮޅަށް ރީނދޫ ސަމާލު!

މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ހއ. އަތޮޅުން ފެށިގެން ބ. އަތޮޅަށް ރީނދޫ ސަމާލު ނެރެފިއެވެ. ރާއްޖޭގެ މޫސުމާއި ބެހޭ ގައުމީ އިދާރާ، މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސްގެ މެޓް އޮފީހުން އިން ނެރުނު ސަމާލުގެ މެސެޖްގައި ބުނެފައި ވަނީ، ހއ. އަތޮޅުން ފެށިގެން ބ. އަތޮޅާއި ދެމެދު ސަރަހައްދަށް މޫސުން ގޯސްވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. މެޓް އޮފީހުން މި ސަރަހައްދުތަކަށް ރީނދޫ ސަމާލު ނެރެފައި ވަނީ ހެނދުނު 6:45 އިން ފެށިގެން 10:45 އާއި ހަމައަށެވެ. […]

ބޮޑުތިލަދުންމަތީގެ ހަތަރު ރަށެއްގައި ފެންބޮޑުވެ ގެތަކަށް ފެންވަދެފައިވޭ: އެންޑީއެމްއޭ
Raajje

ބޮޑުތިލަދުންމަތީގެ ހަތަރު ރަށެއްގައި ފެންބޮޑުވެ ގެތަކަށް ފެންވަދެފައިވޭ: އެންޑީއެމްއޭ

ރޭ ކުދި ވިއްސާރާގައި ބޮޑުތިލަދުންމަތީގެ ހަތަރު ރަށެއްގައި ފެންބޮޑުވެ ގެތަކަށް ފެންވަނުމުގެ ހާދިސާ ހިނގާފައިވާ ކަމުގައި ނެޝަނަލް ޑިސާސްޓަރ މެނޭޖްމެންޓް އޮތޯރިޓީން (އެންޑީއެމްއޭ) ބުނެފިއެވެ. އެ އޮތޯރިޓީން ބުނީ ރޭ ކުރި ވިއްސާރާގައި ހއ. ހޯރަފުށީގެ 2 ގެއަކަށް، ހދ  ކުޅުދުއްފުށީގެ 57 ގެއަކަށް، ށ.ފީވަކުގެ 5 ގެއަކަށް އަދި ށ.ނޫމަރާގެ 5 ގެއަކަށް ފެން ވަދެ އެކިވަރިގެ ގެއްލުންތައް ވެފައިވާ ކަމަށާއި، ކުޅުދުއްފުށީގެ 3 ގެއަކުން މީހުން ބަދަލު ކޮށްފައިވާ ކަމަށެވެ. ގުގުރުމާއެކު ބޯކޮށް ވާރޭވެހި […]

ކުޅުދުއްފުށީ މަގުތަކުން ފެން ހިންދުމުގެ މަސައްކަތް ފަށައިފި
Thiladhunmathi News

ކުޅުދުއްފުށީ މަގުތަކުން ފެން ހިންދުމުގެ މަސައްކަތް ފަށައިފި

މިހާރު ކުރަމުންދާ ވިއްސާރާގައި ކުޅުދުއްފުށީ ސިޓީގެ މަގުތަކުން ފެން ހިންދުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް އެމްއެންޑީއެފުން ބުނެފިއެވެ. ރާއްޖޭގެ އުތުރުގެ 3 އަތޮޅަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހި، ފެންބޮޑުވުމުގެ ފުރުސަތު އޮތް ކަމަށް ލަފާކުރެވޭތީ، މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސް ވަނީ އެ އަތޮޅުތަކަށް އޮރެންޖް އިންޒާރު ނެރެފައެވެ. އެމްއެންޑީއެފުން ބުނީ، ކުޅުދުއްފުށީ ސިޓީގެ މަގުތަކުގައި ފެން ބޮޑުވުމާ ގުޅިގެން ފެން ހިންދުމުގެ މަސައްކަތުގައި އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް، ކުޅުދުއްފުށީ ފަ...

ދަންވަރު 1 ޖަހަންދެން، އުތުރަށް ރީންދޫ ސަމާލު!
Raajje

ދަންވަރު 1 ޖަހަންދެން، އުތުރަށް ރީންދޫ ސަމާލު!

މިރޭ ދަންވަރު 1 ޖަހަންދެން ރާއްޖޭގެ އުތުރު އަތޮޅުތަކަށް ރީންދޫ ސަމާލު ނެރެފި އެވެ. މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސްއިން ނެރުނު މި އިންޒާރުގައި ވިދާޅުވެފައިވަނީ އުތުރުގެ އަތޮޅުތަކަށް ބޯކޮށް ވާރޭވެހި، ގުގުރައި ގަދަ ވައި ޖެހުމުގެ ފުރުސަތު އޮތް ކަމަށެވެ. މޫސުން ގޯސްވުމުގެ ސަބަބުން ވިލާގަނޑުގައި ގަޑިއަކު 45 މޭލުގެ ބާރުމިނުގައި ވައިޖެހި، ކަނޑުތައް ގަދަވާނެ ކަމަށް މޫސުމާބެހޭ އިދާރާއިން ލަފާކުރައްވައެވެ. މި އިންޒާރު ދެމިއޮންނާނީ މިރޭ 8:15 އިން ފެށިގެން މިރޭ ދަންވަރު 1:00 އާ […]

ވިއްސާރާގައި 13 ރަށެއްގެ 77 ގެއަކަށް ގެއްލުންވެގެން ވަނީ ރިޕޯޓްކޮށްފައި: އެންޑީއެމްއޭ
Raajje

ވިއްސާރާގައި 13 ރަށެއްގެ 77 ގެއަކަށް ގެއްލުންވެގެން ވަނީ ރިޕޯޓްކޮށްފައި: އެންޑީއެމްއޭ

މިދިޔަ ހަފުތާއިން ފެށިގެން ރާއްޖެއަށް ކުރަމުން އަންނަ ހުޅަނގު މޫސުމުގެ ވިއްސާރާގައި 13 ރަށެއްގެ 77 ގެއަކަށް ގެއްލުން ލިބިގެން އެސެސްމަންޓް ފޯމު ލިބިފައިވާކަމަށް ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް (އެންޑީއެމްއޭ) އިން ބުނެފިއެވެ. އެންޑީއެމްއޭ އިން ބުނީ، ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރާގައި މިއަދުގެ 14:00 އާ ހަމައަށް 13 ރަށެއްގެ 77 ގެއަކަށް ގެއްލުން ލިބި އެސެސްމަންޓް ފޯމް އެ އޮތޯރިޓީއަށް ހުށަހަޅާފައިވާ ކަމަށެވެ. މި ވިއްސާރާގައި 3 ރަށެއްގެ ދަނޑުބިންތަކަށް ވެސް ބޮޑެތި ގެއްލުން […]

މޫސުން ގޯސްވެ ލިބެމުންދާ ގެއްލުންތަކަށް އަވަސް ހައްލެއް ހޯދުމަށް ހާއްސަ ޓާސްކްފޯހެއް
Raajje

މޫސުން ގޯސްވެ ލިބެމުންދާ ގެއްލުންތަކަށް އަވަސް ހައްލެއް ހޯދުމަށް ހާއްސަ ޓާސްކްފޯހެއް

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރާގައި ލިބެމުންދާ ގެއްލުންތަކަށް އަވަސް ހައްލެއް ހޯއްދަވައި ދެއްވުމަށް މަސައްކަތް ކުރެއްވުމަށް ރައީސުލް ޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ހާއްސަ ޓާސްކްފޯހެއް އުފައްދަވައިފިއެވެ. ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި އާންމު ރައްޔިތުންގެ ދިރިއުޅުމުގެ ހާލަތަށް ބުރޫ އަރާފައިވާތީ، ވިއްސާރައާއި ގުޅިގެން ކުރިމަތިވަމުންދާ ކަންކަން މޮނިޓަރކޮށް ރައްޔިތުންނަށް ކުރިމަތިވާ ކަންކަމަށް އަވަސް ހައްލު ހޯދައިދިނުމަކީ މި ޓާސްކްފޯސް އުފެއްދުމުގެ މައިގަނޑު މަގުސަދެވެ. މި ޓާ...

ވިއްސާރާގައި ބޮޑުތިލަދުންމަތީގެ ގިނަ ރައްތަކެއްގައި ފެންބޮޑުވެ ގެއްލުންތައްވެއްޖެ
Thiladhunmathi News

ވިއްސާރާގައި ބޮޑުތިލަދުންމަތީގެ ގިނަ ރައްތަކެއްގައި ފެންބޮޑުވެ ގެއްލުންތައްވެއްޖެ

މުޅި ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ބޮޑުތިލަދުންމަތީގައި ހިމެނޭ އެންމެ އުތުރުގެ ދެ އަތޮޅުކަމަށްވާ ހއ. އަދި ހދ. އަތޮޅުގެ ގިނަ ރަށްތަކެއްގައި ފެން ބޮޑުވެ، އެކިވަރުގެ ގެއްލުންތައް ލިބިއްޖެއެވެ. މިގޮތުން ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް (އެންޑީއެމްއޭ) އިން ހާމަކުރައްވާފައިވާ މައުލޫމާތަށް ބަލާއިރު މިރޭ 7:00 އާއި ހަމައަށް މި ދެ އަތޮޅުގެ 16 ރަށަކުން ގެއްލުންތައް ވެގެން ރިޕޯޓުކޮށްފައިވެއެވެ. ގެއްލުންތައް ލިބިގެން ރިޕޯޓުކޮށްފައިވާ ހއ. އަތޮޅުގެ ރަށްތަކަކީ އިހަވަންދޫ، ހޯރަފުށި، ބާރަށް، އުލިގަމް،...

މޫސުން ގޯސްވުމުން، މާދަމާ ސަރުކާރު ބަންދު
Raajje

މޫސުން ގޯސްވުމުން، މާދަމާ ސަރުކާރު ބަންދު

މުޅި ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން މާދަމާއަކީ ސަރުކާރު ބަންދު ދުވަހެއް ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ހަމަޖައްސަވައިފިއެވެ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް ސްޕޯކްސްޕާސަން ހީނާ ވަލީދު މިރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައާއި ގުޅިގެން މާދަމާ (14 އޮގަސްޓް 2024) ސަރުކާރު ބަންދު ދުވަހެއްކަމުގައި ރައީސުލް ޖުމްހޫރިއްޔާ ހަމަޖައްސަވާފައިވާ ކަމަށެވެ. ހީނާ އިތުރަށް ވިދާޅުވީ މާދަމާ ސަރުކާރު ބަންދު ދުވަހެއްކަމުގައި...