ފިނޭގެ ބަނދަރުގެ މަސައްކަތް ނިންމައިދޭނީ ރައްޔިތުން ބޭނުންވާ ގޮތަށް: ރައީސް
ހދ. ފިނޭގެ ބަނދަރުގެ މަސައްކަތް ނިންމައިދޭނީ ރައްޔިތުން ބޭނުންވާ ބަދަލުތަކާއެކު ރައްޔިތުން އެދުނު ގޮތަށް ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ރައީސް މިފަދައިން ވިދާޅުވީ، އެމަނިކުފާނު ހދ.އަތޮޅުގެ މީހުން އުޅޭ 13 ރަށަށް މިއަދު ފެއްޓެވި ދަތުރުފުޅުގެ ތެރެއިން ފިނޭ އަށް ވަޑައިގެން އެރަށު ރައްޔިތުންނާއި ބައްދަލުކުރަށްވާ ދެއްކެވި ވާހަކަފުޅުގައެވެ. ފިނޭ ރައްޔިތުންނާ މިއަދު ހަވީރު ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައި ރައީސް މުޢިއްޒު ފާހަގަކުރެއްވި ގޮތުގައި، ފިނޭގައި މިވަގުތު...