މުދައްރިސުންގެ މަސައްކަތުގެ ބުރަ ލުއިކޮށްދިނުމަށް މި ސަރުކާރުން އިސްކަންދޭނެ: ރައީސް
މުދައްރިސުންގެ ދުޅަހެޔޮކަމަށް އިސްކަންދީ، އެބޭފުޅުން އުފުއްލަވަންޖެހޭ މަސައްކަތުގެ ބުރަ ލުއިކޮށްދިނުމަކީ މި ސަރުކާރުން އަބަދުވެސް އިސްކަންދޭނެ ކަމެއް ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ބައިނަލްއަޤުވާމީ ގޮތުން ފާހަގަކުރަމުންދާ މުދައްރިސުންގެ ދުވަހާ ގުޅުވައިގެން، މީސްމީޑިއާ މެދުވެރިކުރައްވައި ފޮނުއްވި މެސެޖެއްގައި ރައީސް ވިދާޅުވީ، ސަރުކާރުން އަބަދުވެސް މަސައްކަތްކުރާނީ މުދައްރިސުންގެ މަސައްކަތުގެ މާޙައުލު ރަނގަޅުކޮށްދީ، އެންމެން ޝާމިލުވާ ތަޢުލީމީ ނިޒާމެއް ހަރުދަނާކުރުމަށް ކަމަ...