ރައީސް އަށް ޕާކިސްތާނުން ރަސްމީ މަރުޙަބާ ދަންނަވައިފި
ޕާކިސްތާނަށް މިހާރު ފުރަމާނަ ދަތުރުފުޅެއް ކުރައްވަމުން ގެންދަވާ ރައީސް ޑރ. މުޙައްމަދު މުޢިއްޒަށް، އެ ޤައުމުގެ ބޮޑުވަޒީރުގެ ރަސްމީ ގެކޮޅުގައި ވަރަށް ހޫނު އަދި ރަސްމީ މަރުޙަބާއެއް ދަންނަވައިފިއެވެ. މި ރަސްމިއްޔާތަށް ރައީސް ވަޑައިގެންނެވުމުން، އެމަނިކުފާނަށް މަރުޙަބާ ދެންނެވީ އިސްލާމިކް ރިޕަބްލިކް އޮފް ޕާކިސްތާނުގެ ބޮޑުވަޒީރު މުޙައްމަދު ޝެހްބާޒް ޝަރީފެވެ. މި ބައްދަލުކުރެއްވުމުގައި ދެ ޤައުމުގެ ލީޑަރުން ވަނީ ސަލާމްކުރައްވައި ކުރު މުލާޤާތެއް ކުރައްވާފައެވެ. އަދި ބޮޑުވަޒީރާއެކު ރަސްމީ ފޮޓޯފުޅެއްގައިވެސ...