މަސްވެރިންނަށް ތެޔޮ ފޯރުކޮށްދިނުމަށް ޤާއިމްކުރި ފުރަތަމަ ފިއުލް ޝެޑް ދުވާފަރުގައި ހުޅުވައިފި
ބޮޑު ކަންނެލީގެ މަސްވެރިންނަށް އަގުހެޔޮކޮށް ތެޔޮ ފޯރުކޮށްދިނުމަށް ސަރުކާރުން ޤާއިމްކުރި ފުރަތަމަ އެފްއެސްއެމް ފިއުލް ޝެޑް ރ. ދުވާފަރުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ރަސްމީކޮށް ހުޅުއްވައިދެއްވައިފިއެވެ. މި ފިއުލް ޝެޑް ހުޅުވައިދެއްވީ ރައީސް މިއަދު ދުވާފަރަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައެވެ. މި ފިޔަވަޅަކީ މަސްވެރިންގެ އެންމެ ބޮޑު އެއް ކަންބޮޑުވުން ކަމަށްވާ ތެލުގެ އަގު ބޮޑުވުމުގެ މައްސަލައަށް ޙައްލެއް ހޯދައިދިނުމުގެ ގޮތުން ސަރުކާރުން ފެށި މަސ...