ރައީސް އޮފީހުން ކޯޓުތަކަށް އޯޑަރު ދިނުން ނިމުމަކަށް ގެނެސް، ޖުޑީޝަރީ މިނިވަންކޮށްދީފިން: ރައީސް
ރައީސް އޮފީހުން ކޯޓުތަކަށް އޯޑަރު ފޮނުވުމުގެ ސަގާފަތް މިހާރު ނިމުމަކަށް ގެނެސްފައިވާ ކަމަށާއި، ޝަރުޢީ ދާއިރާ މިނިވަންކަމާއެކު ހިންގުމުގެ ފުރުޞަތު ފަހިކޮށްދީފައިވާ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ މިނިވަން ދުވަހުގެ މުނާސަބަތުގައި ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސް ވިދާޅުވީ މީގެކުރިން ރައީސް އޮފީހުން ކޯޓުތަކަށް އޯޑަރު ދިޔަ ނަމަވެސް، މިހާރު އެކަން ނިމުމަކަށް ގެނެސްފައިވާ ކަމަށެވެ. ”މީގެކުރީގައި ވިއްޔާ، ރައީސް އޮފީހުން އޯޑަރު ދާ...