މި އަހަރުގެ ހައްޖުގެ އަޅުކަމަށް ސައޫދީއަރަބިއާއިން ގިނަގުނަ ތައްޔާރީތައް ވަމުން އަންނައިރު، އެތައްޔާރީތަކުގެ އެންމެފަހު އަޕްޑޭޓްތައް އާއްމުކޮށްފިއެވެ. ދާދި ފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ސައޫދީ އަރަބިއާގެ ހައްޖާއި އުމްރާ މިނިސްޓަރު ޑރ ތައުފީގު އަލް ރާބިއާ ވަނީ ހައްޖުގެ އަޅުކަމަށް ސައުދީ އަރަބިއްޔާއިން ވަމުން އަންނަ ބޮޑު ތައްޔާރީތަކާ ބެހޭ މުހިންމު އަޕްޑޭޓްތަކެއް ދެއްވާފަ އެވެ. އަލް ރާބިއާ ވިދާޅުވީ މިހާތަނަށް ދުނިޔޭގެ އެކި ކަންކޮޅުތަކުން 1.2 މިލިއަން ހައްޖުވެރިން ސައުދީއަށް އައިސްފަ...
އަޙްމަދު ދާއޫދު
ދިވެހި ކަނޑުތަކަކީ ދިވެހިރާއްޖޭގެ އިޤްތިޞާދަކަށް އޮތް އެންމެ ބޮޑު އުންމީދުކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މުޢިއްޒު މިހެން ވިދާޅުވީ މިއަދު ފާހަގަކުރާ ދުނިޔޭގެ ކަނޑުތަކުގެ ދުވަހާ ގުޅިގެން މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ. މިއަދަކީ ދުނިޔޭގެ ކަނޑުތަކުގެ ދުވަހެވެ. މިއަދާއި ގުޅުވައިގެން ރައީސް މުޢިއްޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ދުނިޔޭގެ ޗާޓުގައި ދިވެހި ކަނޑުތައް އޮތް ސަރަޙައްދުގެ މުހިންމުކަމާ، އެކަނޑުތަކުގެ ޤުދުރަތީ ނަލަކަމާ، އެކަނޑުތަކުގައިވާ ރޯއްޖ...
ޔުމްނާ ޢަލީ
ކ. ގުރައިދޫގައި ހުންނަ ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގައި ފަރުވާ ހޯދާ މީހުންނަށް އައު ހަތަރު ކޯހެއް އިފްތިހާހްކޮށްފިއެވެ. މި ކޯސްތައް އިފްތިތާޙްކޮށް ދެއްވީ، ގުރައިދޫ ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގެ 48 ވަނަ އަހަރީ ދުވަސް ކުލަގަދަ ގޮތެއްގައި ފާހަގަކުރުމަށް ރޭ ބޭއްވި ޙަފްލާގައި، އިޖުތިމާއީ އަދި ޢާއިލީ ތަރައްޤީއާއި ބެހޭ ވުޒާރާގެ ވަޒީރު ޑރ. ޢާއިޝަތު ޝިހާމްއެވެ. މި ޙަފްލާގައި ފަރުވާ ހޯދަމުންދާ ފަރާތްތަކަށް ޚާއްސަކޮށް، އަލަށް ފަށަން ހަމަޖެހިފައިވާ އެކި […]
ޔުމްނާ ޢަލީ
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ތިން ވަނަ ދައުރަކަށް ހުވާ ކުރެއްވުމަށް ބާއްވާ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒަށް ފޮނުވި ދައުވަތު އެމަނިކުފާނު ޤަބޫލުފުޅު ކުރައްވައިފިއެވެ. މޯދީ، އަންނަ އާދިއްތަ ދުވަހު ބޮޑުވަޒީރުކަމުގެ ހުވާ އިތުރު ދައުރަކަށް ކުރައްވާ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމުގެ ދައުވަތުގެ ސިޓީ ރައީސް ޑރ. މުއިއްޒަށް އަރުވާފައި ވަނީ ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މުނޫ މަ...
ޔުމްނާ ޢަލީ
އެމްއެންޑީއެފުން ށ. ގޮއިދޫގައި މެރިޓައިމް ސޭފްޓީ އާއި ފަޔަރ އެވެއާނެސް ކުލާހެއް ކުރިއަށް ގެންގޮސްފިއެވެ. އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑުން ގޮއިދޫގައި ކުރިއަށްގެންދިޔަ މި ކުލާހުގައި އެ ރަށު ސްކޫލު ދަރިވަރުންނާއި ބެލެނިވެރިން އަދި ފެނަކާގެ މުވައްޒަފުން ހިމެނޭހެން އެ ރަށުގެ 41 ފަރާތެއް ވަނީ ބައިވެރިވެފައެވެ. ފަޔަރ އެވެއާނެސް ކުލާހުގައި، ކައްކާ ގޭހުން ދިމާވެދާނެ ހާދިސާތަކުން ސަލާމަތްވުމަށާއި، އަދި ބަދިގޭގައި ހިނގާފާނެ އަލިފާނުގެ ހާދިސާއަކުން ރައްކާތެރިވުމާ ބެހޭ މަޢުލޫމާތާއި، އަލިފާނުގެ ހާދިސާއ...
ޔުމްނާ ޢަލީ
ޖަޕާނުގައި ދަރިމައިވުމާއި އުފަން ރޭޓް ރެކޯޑް މިންވަރަކަށް އަނެއްކާވެސް ދަށަށްގޮސްފައިވާއިރު، ޓޯކިޔޯއިން އުއްމީދު ކުރަނީ ޑޭޓިން އެޕްލިކޭޝަނަކުން އެކަން ބަދަލުކޮށްލެވޭނެ ކަމަށެވެ. ޖަޕާނުގެ ސިއްހަތާ ބެހޭ ވުޒާރާއިން ހުކުރު ދުވަހު އާންމުކުރި ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި 2023 ވަނަ އަހަރު އުފަންވާ ކުދިންގެ އަދަދު ރެކޯޑް މިންވަރަކަށް ދަށަށް ގޮސްފައިވާއިރު، ގާތްގަނޑަކަށް 124 މިލިއަން މީހުންގެ އާބާދީއެއް އޮންނަ ޖަޕާނުގައި އުފަންވެފައިވަނީ އެންމެ 727،277 ކުދިންނެވެ. އާބާދީ ހަމައަކަށް އެޅުމަށް ބޭނުން...
އަޙްމަދު ދާއޫދު
ފްރާންސުން ޔޫކްރެއިންއަށް ހުރިހާ ގޮތަކުން ވެސް އެއްބާރުލުން ދެއްވާނެކަމަށް ފްރާންސްގެ ރައީސް އިމަނުއެލް މެކްރޮން ވިދާޅުވެއްޖެއެވެ. ފްރާންސްގެ ރައީސް މެކްރޮން ވިދާޅުވީ ރަޝިޔާއާ އެކު ހިނގަމުންދާ ހަމަނުޖެހުންތައް ދެމިއޮތުމުން ފްރާންސުން ހުރިހާ ޕްލެޓްފޯމެއްގައި ވެސް ޔޫކްރެއިންއަށް ފުރިހަމަ އެއްބާރުލުން ދޭނެ ކަމަށެވެ. އޭނާ މިހެން ވިދާޅުވީ ޔޫކްރެއިންގެ ރައީސް ވޮލޮޑިމީރް ޒެލެންސްކީއާ އެކު ޕެރިހުގައި ބޭއްވި ޖޮއިންޓް ޕްރެސް ކޮންފަރެންސްގަ އެވެ. މެކްރޮން ވިދާޅުވީ ޖޫން މަހުގެ ނިޔަލަށް ޔޫރަޕިއަން ޔޫނިއަން (...
އަޙްމަދު ދާއޫދު
ޑެންމާކުގެ ބޮޑުވަޒީރު މެޓް ފްރެޑެރިކްސަންއަށް ހުކުރު ދުވަހު ކޯޕަންހޭގަންގައި ހަމަލާދީފި ކަމަށް އޭނާގެ އޮފީހުން ބުނެފިއެވެ. ޑެންމާކުގެ ވެރިރަށް ކުލްޓޯވެޓްގައި ފްރެޑްރިކްސަންއަށް މީހަކު ހަމަލާދީފައިވަނީ އޭނާގެ ކައިރިއަށް ގޮސް އޭނައިގެ ގައިގައި ޖަހައިގެން ކަމަށް ޑެންމާކްގެ އެންވައިރެމެންޓް މިނިސްޓަރ މެގްނަސް ހިއުނިކް އެކްސްގައި ބުނެފައިވެއެވެ. އަދި އެ މާރާމާރީ އަކީ ހުތުރު އަދި ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް އޭނާ ސިފަކުރެއްވި އެވެ. ކޯޕަންހޭގަން ފުލުހުން ވެސް އެކްސްގައި ކުރި ޕޯސްޓުން މިކަން ވަނީ ކ...
އަޙްމަދު ދާއޫދު
ހަތަރު މީހުންނާއެކު ދަތުރުކުރަމުން ދިޔަ ދޯންޏަކަށް ދިޔަވެ އަޑިއަށްދާތީ ސިފައިން ހަރަކާތްތެރިވާން ފަށައިފިއެވެ. އެމްއެންޑީއެފުން ބުނީ، ޅ. އަތޮޅަށް ދަތުރު ކުރަމުންދިޔަ “ލޫން 2” ނަމަކަށް ކިޔާ ދޯނި އަޑިއަށްދާތީ، އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑް، ކޯސްގާޑް ސެކަންޑް ސްކޮޑްރަންއިން އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ކަމަށެވެ. މި ދޯނީގައި ހަތަރު މީހުން ތިބިއިރު، މި ހާދިސާގެ ރިޕޯޓް ލިބިފައި ވަނީ މިރޭ 20:52 ހާއިރު ކަމަށް އެ އިދާރާއިން ބުންޏެވެ. މި ހާދިސާގެ އިތުރު ތަފްސީލެއް އަދި […]
ޔުމްނާ ޢަލީ
މި ޖޫން މަހުގެ 20 ވާ ބުރާސްފަތި ދުވަހަކީ، ސަރުކާރު ބަންދު ދުވަހެއްކަމުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ހަމަޖައްސަވައިފިއެވެ. މިކަން އިޢުލާނު ކުރައްވައި ރައީސް އޮފީހުން މިއަދު ނެރުއްވި ދެންނެވުމުގައި ބުނެފައި ވަނީ، ޖޫން މަހުގެ 20 ވަނަ ދުވަސް ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ރައީސް ހަމަޖެއްސެވީ މި 1445 އަހަރުގެ ޛުލްޙިއްޖާމަހުގެ ހަނދު ސާބިތުކުރުމުގެ އުސޫލަށް ރިޢާޔަތްކުރައްވައި ޛުލްޙިއްޖާ މަހުގެ ފުރަތަމަ ދުވަހަކީ 2024 ޖޫން 7 ވީ ހުކުރު ދުވަސްކަމަށް މިނިސްޓްރީ […]
ޔުމްނާ ޢަލީ
ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުގެ ދައުރުގެ ތެރޭގައި 1000 ދިވެހި ރައްޔިތުން، ސަރުކާރުގެ ޚަރަދުގައި، ހައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް ފޮނުވަން ނިންމަވާފައިވާއިރު، އޭގެ ތެރެއިން މިއަހަރު ހައްޖަށް ފޮނުވާ މީހުން މިއަދު ފުރައިފިއެވެ. ޙައްޖަށް ދެވޭނެ ފޯރުންތެރިކަން ލިބިފައިނުވާ 1000 ދިވެހި ރައްޔިތުން، ރިޔާސީ މި ދައުރުގައި ސަރުކާރުގެ ޚަރަދުގައި ޙައްޖަށް ފޮނުއްވުމަކީ ރައީސް މުޢިއްޒުގެ ރިޔާސީ ވަޢުދުފުޅެކެވެ. މި ވަޢުދުފުޅުގެ ދަށުން މިއަހަރު ހައްޖަށް ފޮނުވަނީ 50 މީހުންނެވެ. ރިޔާސީ ފުރަތަމަ...
ޔުމްނާ ޢަލީ
ށ.ނަރުދޫ ކައުންސިލުން އިންތިޒާމްކޮށްގެން އެރަށުގައި ބާއްވާ ”ނަރުދޫ ކައުންސިލް ސްޕޯޓްސް ފިއެސްޓާ 2024” ފުޓްސަލް މުބާރާތުގެ ސެމީގައި ފިއުރިޔަސްއާއި ބްލެކް ކޯނާ ވާދަކުރަން ޖެހުނުއިރު، ލެއިޓް ވުލްފާއި ދަ ބެންޗް ބައްދަލު ކުރަން ޖެހިއްޖެއެވެ. މި މުބާރާތް ރާވާލާފައި ވަނީ ކޮންމެ ޓީމެއް ކޮންމެ ޓީމަކާއި ބައްދަލުކޮށް އެންމެ ގިނަ ޕޮއިންޓް ހޯދާ ހަތަރު ޓީމަށް ސެމީ ފައިނަލުން ޖާގަ ލިބޭ ގޮތަށެވެ. ސެމީ ފައިނަލުގެ ފުރަތަމަ މެޗުގައި ވާދަކުރާނީ އެއްވަނަ ހޯދާ ޓީމާއި ހަތަރުވަނަ ހޯދާ […]
އިބްރާހިމް ޚަލީލް
ފަލަސްޠީނުގެ ޤުދުސްގައި ހުންނަ އަލްއަޤްޞާ މިސްކިތް، މިނިވަންކުރުމަށް ޓަކައި މަސައްކަތްކުރުމަކީ މުޅި އިސްލާމީ އުންމަތުގެ މައްޗަށް އޮތް ދީނީ ވާޖިބެއްކަން މިއަދުގެ ހުކުރު ޚުޠުބާގައި ހަނދާންކޮށްދީފިއެވެ. މިއަދުގެ ޚުޠުބާގެ މަޢުލޫއަކީ ”ފަލަސްޠީނާ މެދު، އިސްލާމީ އުންމަތުގެ މަސްއޫލިއްޔަތު” އެވެ. މިއަދުގެ ޚުޠުބާގައި އަލްއަޤްޞާ މިސްކިތަކީ މުސްލިމުންގެ ފުރަތަ ޤިބްލަކަން ބަޔާންކޮށްދީ، އެ މިސްކިތުގެ މަތިވެރިކަމާއި އިސްލާމްދީނާއި އެ މިސްކިތް ގުޅިލާމެހިފައިވާ މިންވަރު ވަނީ ބަޔާންކޮށްދީފައެވެ. މިއަދުގެ ޚުޠުބާގަ...
ޔުމްނާ ޢަލީ
ހދ. އަތޮޅު ކައުންސިލުން ރައްޔިތުންގެ މަޖިލީހުގެ ރައީސް، ޢަބްދުއްރަޙީމް ޢަބްދުﷲ އާ ބައްދަލުކުރަށްވައިފިއެވެ މި ބައްދަލުވުން ބާއްވާފައި ވަނީ އިއްޔެ ރައްޔިތުން މަޖިލިސްކުރާ ގޭގައެވެ. މި ބައްދަލުވުމުގައި އަތޮޅު ކައުންސިލްގެ މެމްބަރުންގެ އިތުރުން ކުޅުދުއްފުށީ އުތުރު ދާއިރާގެ ރައްޔިތުން މަޖިލީހުގެ މެމްބަރ މުހައްމަދު ދާއޫދު، އަދި ކުޅުދުއްފުށީ ދެކުނު ދާއިރާގެ ރައްޔިތުން މަޖިލީހުގެ މެމްބަރ ފަރުހަތު މުހައްމަދު ވަނީ ބައިވެރިވެލައްވާފައެވެ. މި ބައްދަލުވުމުގައި މަޝްވަރާ ކުރެވުނު ކަންކަމާއި ގުޅޭގޮތުން މައުލޫމ...
އިބްރާހިމް ޚަލީލް
ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރު ކުރުމަކީ މުޅި މުޖުތަމައުގެ ވެސް ޒިންމާއެއް ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަބަލުން ސާޖިދާ މުހައްމަދު ވިދާޅުވެއްޖެއެވެ. އެކަމަނާ މިހެން ވިދާޅުވީ، ދުނިޔޭގެ ކާބޯތަކެތީގެ ރައްކާތެރިކަމުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ކްރޮސްރޯޑް މޯލްޑިވްސްގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންމެވެ. އެ ރަސްމިއްޔާތުގައި ދެއްކެވިވާހަކަފުޅުގައި ފަސްޓްލޭޑީ ސާޖިދާ ވިދާޅުވީ، ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރު ކުރުމަކީ ވަކި އިދާރާއަކުން ނޫނީ ވަކި މުއައްސަސާއަކުން އެކަނ...
ޔުމްނާ ޢަލީ
ޗައިނާއިން ރާއްޖެއަށް ޓިބެޓް ގްލޭޝިއަލް ފެން ހަދިޔާކުރުމުން ފެނާބެހޭ ޤަވާއިދުތަކާ މެދު ބައިނަލްއަޤްވާމީ ބައެއް ފަރާތްތަކުން ކަންބޮޑުވުން ފާޅުކޮށްފިއެވެ. ބޭރުގެ ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި، ގޭގައި ފެން ހިމާޔަތްކުރުމުގެ ހަރުކަށި ގަވައިދުތައް ތަންފީޒު ކުރަމުން އަންނައިރު، ޗައިނާގެ ޓިބެޓުން ރާއްޖެއަށް 3،000 މެޓްރިކް ޓަނުގެ ގްލޭޝިއަލް ފެން ވަނީ ހަދިޔާކޮށްފައެވެ. މާޗް މަހާއި މެއި މަހު ދެ ބެޗަކަށް ބަހާލައިގެން ފެން ހަދިޔާ ކުރި އިރު، ޗައިނާއިން ފެން ހިމާޔަތް ކުރުމުގެ އާ ގަވައިދެއްވަނީ...
އަޙްމަދު ދާއޫދު
އިސްރާއީލަށް ހަތިޔާރު ފޯރުކޮށްދިނުން ހުއްޓާލުމަށް، އެފަދަ އެހީތެރިކަން އިސްރާއީލަށް ވެދެމުން އަންނަ ޤައުމުތަކަށް، ތުރުކީގެ ރައީސް އުރުދުޣާން އިލްތިމާސްކުރައްވައިފިއެވެ. ޣައްޒާގައި ހިންގަމުންދާ “ޖަރީމާތައް” އިތުރުވަމުންދާ ދަނޑިވަޅެއްގައި ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާން ވަނީ އިސްރާއީލަށް ހަތިޔާރު ސަޕްލައި ކުރަމުން އަންނަ ގައުމުތަކުން ޣައްޒާއަށް އެތައް މަހެއްވަންދެން ދެމުން ގެންދާ ނުރައްކާތެރި ހަމަލާތަކުގައި އިސްރާއީލުގެ “ޖަރީމާތަކުގައި ބައިވެރިވުން” ހުއްޓާލުމަށް ގޮވާލައްވައިފައެވެ. އުރު...
އަޙްމަދު ދާއޫދު
ޣައްޒާގެ މެދުތެރޭގައި ގެދޮރު ގެއްލިފައިވާ އެތައް ހާސް އާންމުންނަށް ހިޔާވަހިކަން ފޯރުކޮށްދޭ ސްކޫލަކަށް އިސްރާއީލުން ދިން ވައިގެ ހަމަލާގައި މަރުވި މީހުންގެ އަދަދު 40 އަށް އަރާފައިވާ ކަމަށް ފަލަސްތީނުގެ ކަމާބެހޭ ފަރާތްތަކުން ބުނެފިއެވެ. ޣައްޒާގެ ސަރުކާރުގެ މީޑިއާ އޮފީހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ފަލަސްތީނުގެ ރެފިއުޖީންނާ ބެހޭ އދ.ގެ އެޖެންސީ (ޔޫއެންއާރްޑަބްލިއުއޭ) އިން ހިންގަމުން އަންނަ ސްކޫލަކަށް ބުދަ ދުވަހުގެ ރޭ ދިން ހަމަލާގައި މަރުވި މީހުންގެ ތެރޭގައި 14 ކުޑަކުދިންނާއި ނުވަ އަންހެނުން ހި...
އަޙްމަދު ދާއޫދު