ރާއްޖޭގައި އުފެއްދި ފުރަތަމަ ޑިވެލޮޕްމަންޓް ބޭންކު ހިންގުމުގެ ލައިސަންސް ހޯދަން އެދި ދިވެހި ސަރުކާރުން އެމްއެމެއޭގައި އެދިއްޖެއެވެ. މިކަން ހާމަކުރެއްވީ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދުއެވެ. މިނިސްޓަރު ވިދާޅުވީ، ލައިސަންސް ހޯދަން ބޭނުންވާ ފޯމުތައް މަރުކަޒީ ބޭންކަށް މިއަދު ހުށަހަޅާފައިވާ ކަަމަށެވެ. ދިވެހި ސަރުކާރުގެ 100 ޕަސެންޓް ހިއްސާ އޮންނަ ގޮތަށް ފުރަތަމަ ފަހަރަށް “ޑިވެލޮޕްމަންޓް ބޭންކް އޮފް މޯލްޑިވްސް ލިމިޓެޑް” ގެ ނަމުގައި ރައީސުލްޖުމްހޫރިއްޔާ ކުންފުންޏެއް އުފެއްދެވީ މިދިޔަ މޭ މަހުގެ 16...
އަޙްމަދު ވަހީދު
ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ އުތުރު ދާއިރާގެ ބައި-އިލެކްޝަން ކާމިޔާބުކޮށް މެންބަރުކަމަށް އިންތިހާބުވި އިބްރާހީމް އަހްމަދު، ސިޓީ ކައުންސިލްގެ އުތުރު ދާއިރާގެ މެމްބަރުކަމުގެ ހުވާކުރައްވައިފިއެވެ. އިބްރާހީމް އަހްމަދު މަގާމުގެ ހުވާކުރައްވައި އިގުރާރުގައި ސޮއިކުރައްވާފައި ވަނީ މިއަދު ހެނދުނު އެންއޯސީގެ ކޮންފަރެންސް ހޯލުގައި އެކަމަށްޓަކައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ. ހުވާލައިދެއްވީ ހދ. ޖުޑިޝަރީ ހިންގުމާ ވަގުތީގޮތުން ހަވާލުވެހުންނެވި މެޖިސްޓްރޭޓް އަލްއުސްތާޒް މުހައްމަދު އިސްމާއިލެވެ. އަހްމަދު...
އިބްރާހިމް ޚަލީލް
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ބޯޑާއި އިސްވެރިންގެ މުސާރައަކީ ވިޔަފާރީގެ ސިއްރުތަކެއް ކަމަށާއި އެ އެ މައުލޫމާތު ހާމަ ކުރަން ނުޖެހޭނެ ކަމަށް ސުޕްރީމް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ. ބީއެމްއެލްގެ ބޯޑާއި އިސް މުވައްޒަފުންގެ މުސާރަ އާއި އިނާޔަތްތައް ހާމަކުރަން އިންފޮމޭޝަން ކޮމިޝަނަރު އެންގި އެންގުމަށް ހައި ކޯޓުން ކުރިން އޮތީ ތާއީދު ކޮށްފަ އެވެ. އެ މައްސަލަ ބީއެމްއެލްގެ ފަރާތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފްކުރީ އެ ކުންފުނީގެ މުވައްޒަފުންގެ މުސާރަ އާއި އިނާޔަތްތަކަކީ […]
ހުސައިން ހަބީބް
މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ އުސޫލުތައް ދައުލަތުގެ ކުންފުނިތަކުގެ މައްޗަށް ހިނގާ ގޮތަށް މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގަވާއިދުގައި އޮތީ ރަނގަޅަށް ސުޕްރީމް ކޯޓުން ވެސް މިއަދު ހުކުމްކޮށްފި އެވެ. މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގައި، ސަރުކާރުގެ ކުންފުނިތަކުގެ މައްޗަށް އެ ގާނޫނުގެ އުސޫލުތައް ހިނގާނެ ކަމަކަށް ބުނެފައި ނެތް ނަމަވެސް އިންފޮމޭޝަން ކޮމިޝަނަރު އެކުލަވާލެއްވި މައުލޫމާތު ހޯދައި ލިބިގަތުމުގެ ގަވާއިދުގައި ސަރުކާރު ކުންފުނިތަކުގެ މައްޗަށް އެ ގާނޫނުގެ...
ހުސައިން ހަބީބް
ސަރުކާރު ހިންގާ ޕްރޮގްރެސިވް އިއްތިހާދުގެ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ޕާލަމެންޓަރީ ގްރޫޕް (ޕީޖީ ގްރޫޕް)ގެ ޑެޕިއުޓީ ލީޑަރު ކަމުގެ މަގާމުން މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ތޯރިގު (ޓޮމް) އިސްތިއުފާ ދެއްވައިފި އެވެ. ޓޮމް އެ މަގާމުން އިސްތިއުފާ ދެއްވިކަމާއި އިސްތިއުފާދެއްވި ސަބަބު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ ވިދާޅުވެފައެވެ. އެ ޕޯސްޓްގައި ޓޮމް ވިދާޅުވީ، ޕީއެންސީގެ ޕާލިއަންމަންޓް ގްރޫޕްގެ ޑެޕިއުޓީ ލީޑަރުކަމުންއޭނާ އިސްތިއުފާދެއްވީ، މިވަގުތު އަމިއްލަކަންކަން ހުރިގޮތުން އެ މަސ...
ޔުމްނާ ޢަލީ
ޖިންސީ އަދި ދަރިމައިވުމުގެ ޞިއްޙަތާއި ޙައްޤުތަކާ ބެހޭ ތަމްރީނެއް ހދ. އަތޮޅުގައި ބާއްވައިފި އެވެ. ކުޅުދުއްފުށި ސިޓީގައި ދެ ދުވަހުގެ މުއްދަތަށް ކުރިޔަށް ގެންދެވުނު ޖިންސީ އަދި ދަރިމައިވުމުގެ ޞިއްޙަތާއި ޙައްޤުތަކާ ބެހޭ ތަމްރީނު ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތު ބާއްވާފައި ވަނީ އިއްޔެ އެވެ. މި ރަސްމިއްޔާތުގައި ޝަރަފުވެރި މެހުމާނެއްގެ ގޮތުގައި ބައިވެރިވެ ވަޑައިގަތީ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން (ކޭއާރުއެޗް) ގެ ޗީފް އެގްޒެކެޓިވް އޮފިސަރ ނާޒިމާ ޢަލީއެވެ. 26 އަދި 27 ޖުލައި 2024 ގައި […]
އަލީ އާދިލް
މާލޭގެ ގެއަކަށް މީހަކު ވައްދައި، ބަރަހަނާކޮށް ބިރުދައްކައި އެކައުންޓުގައި ހުރި ފައިސާ ފޭރުނު މައްސަލައިގައި 43 އަހަރުގެ ދިވެހި އަންހެނަކު ހައްޔަރުކޮށްފިކަމަށް ފުލުހުން މިއަދު ބުނެފިއެވެ. މި މައްސަލައިގައި މީގެކުރިން 26 އަހަރާއި 35 އަހަރުގެ ދެ ދިވެހި ފިރިހެނަކު އިއްޔެ ހައްޔަރުކުރެވުނެވެ. ކްރިމިނަލް ކޯޓުން ވަނީ 26 އަހަރުގެ މީހާގެ ބަންދަށް 60 ދުވަހާއި، 35 އަހަރުގެ މީހާގެ ބަންދަށް 30 ދުވަސް ދީފައެވެ. އަދި މިއަދު ހައްޔަރުކުރެވުނު 43 އަހަރުގެ އަންހެން މީހާ ތަޙުޤީޤު […]
އަލީ އާދިލް
ރާއްޖޭގައި އިންފޮމޭޝަން ޓެކްނޮލޮޖީގެ ދާއިރާއިން ފާހަގަކޮށްލެވޭ ބޭފުޅެއްކަމަށްވާ ހާމިދު ޝަފީއު މިއަދު ނިޔާވެއްޖެ އެވެ. ހއ. އިހަވަންދޫ އަށް ނިސްބަތްވާ ހާމިދު ޝަފީއު އަކީ ކުރީގެ ރައީސް، އިބްރާހީމް މުޙައްމަދު ޞާލިޙްގެ ސަރުކާރުގައި ރައީސް އޮފީހުގެ ޗީފް ޓެކްނޮލޮޖީ އޮފިސަރުކަމުގެ މަގާމް ފުރުއްވާފައިވާ، އެ ސަރުކާރުގައި އައިޓީ ދާއިރާ ކުރިއަރުވަން ގިނަ މަސައްކަތްތަކެއް ކުރެއްވި، އެ ދާއިރާގެ ތަޖުރިބާ ކާރެކެވެ. ހާމިދު ޝަފީއު ނިޔާވުމާއި ގުޅިގެން އިހަވަންދޫ ދާއިރާގެ ކުރީގެ މެންބަރު މުޙައްމަދު ޝިފާޢު މީސްމީޑި...
ޔުމްނާ ޢަލީ
ހއ. އުލިގަމުގައި އަންހެން ކަނބަލުންނަށް ޚާއްޞަކޮށްގެން ބޭއްވުނު ފަހާކޯސް ނިމި، ބައިވެރިންނަށް ސެޓްފިކެޓް ދީފި އެވެ. އުލިގަމު ކައުންސިލް ސެކްރެޓޭރިއެޓުން މަޢުލޫމާތު ދެއްވިގޮތުގައި، މި ކޯހަކީ ހއ. އުލިގަމު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާއި އުލިގަމު ކައުންސިލާއި ޚިދުމަތް ޖަމިއްޔާއާއި ހޯޕް ޖަމިއްޔާއާއި ޓޮޕްސީ ޓްރެއިނިންގ ސެންޓަރާއި އަދި ތުރުކީގެ އުންމަޖައްޔާއާ ގުޅިގެން ބޭއްވުނު ކޯހެކެވެ. މި ކޯހުގައި ޖުމްލަ 60 އަންހެން ކަނބަލުން ބައިވެރިވެފައިވާކަމަށް މަޢުލޫމާތުލިބެ އެވެ. ކޯހުގެ ބައި...
އަލީ އާދިލް
ހދ. މަކުނުދޫ، 15 ޑިސެމްބަރ 2023 – ސޮނޭވާ ސީކްރެޓް ރިސޯޓުން ހދ. މަކުނުދޫ ކޮމިއުނިޓީ ސެންޓަރަށް 12 މޭޒާއި 26 ގޮނޑި ހަދިޔާކޮށްފިއެވެ. މި ހަދިޔާ ބަލައިގަތުމަށްފަހު، މަކުނުދޫ ކައުންސިލްގެ އިދާރާއިން ވަނީ ސޮނޭވާ ސީކްރެޓް ރިސޯޓަށް ޝުކުރު ދަންނަވާފައެވެ. ކައުންސިލުން ޝުކުރު ދެންނެވުމުގައި، ސޮނޭވާ ސީކްރެޓް ރިސޯޓުން މަކުނުދޫގެ ރައްޔިތުންގެ ކުރިއެރުމަށް ކޮށްދެއްވާ މަސައްކަތަށް ޝުކުރު ދަންނަވާފައިވެއެވެ. އަދި ޚާއްޞަކޮށް ރިސޯޓުގެ ޖެނެރަލް މެނޭޖަރ ޖޯ އަދި އެންތޮނީއަށް ޚާއްޞަ ޝުކުރެއް ދަންނަވާފައިވެއެވެ. ސޮނޭވ...
އަލީ އާދިލް
ރާއްޖޭގައި ޓިކްޓޮކާއި ޔޫޓިއުބުން ފައިސާ ލިބޭނެ ގޮތް ހަދަން މަޝްވަރާތައް މިހާރު ފަށާފައިވާ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ. ދައުލަތުގެ މީޑިއާގައި ވާހަކަދައްކަވަމުން މިނިސްޓަރު ސައީދު ވިދާޅުވީ، ރާއްޖޭގައި ގިނަ އަދަދެއްގެ އުފެއްދުންތެރިން ތިބި ކަމަށާއި، ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމްތަކަކީވެސް އާމްދަނީ ހޯދޭނެ ވަސީލަތްތަކެއްކަމަށެވެ. ނަމަވެސް ރާއްޖޭގައި މިކަން ނުކުރެވޭ ސަބަބަކީ މިހާރު އޮތް ނިޒާމުގެ ތެރޭގައި ފައިސާ ލިބޭނެ ފަސޭހަ ގޮތްތަކެއް ނެތުން ކަމަށް ވަޒީރު ފާހަގަ...
އަލީ އާދިލް
ތިލަދުންމަތީ ދެކުނުބުރީ ނޭކުރެންދޫގައި ބާއްވާ ޖަމާއަތްތެރިކަމުގެ ކޯހުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. މި ކޯހަކީ ޖަނާޒާތަކުގައި ކަށުކަމާކެމީގެ ކަންކަން ކުރުމަށް ޖަމާއަތްތެރިން އުފެއްދުމުގެ މަގުސަދުގައި ނޭކުރެންދޫ ކައުންސިލުން އިންތިޒާމްކޮށް ކުރިއަށް ގެންދާ ކޯހެކެވެ. މި ކޯހުގައި ކިޔަވައިދިނުމަށް ހަމަޖެހިފައިވަނީ “ރޫލްސް އޮފް ޖަނާޒާ ލެވެލް-1” އެވެ. ހަތަރު ހަފްތާގެ މުއްދަތައް ކުރިއަށް ގެންދާ މި ކޯހުގައި ތިއަރީބަޔާއި އަމަލީބައި ހިމެނޭނެއެވެ. އަދި ސެޝަންތައް ނިމުމުން އިމްތިހާނެއް ދިނުމަށ...
އިބްރާހިމް ޚަލީލް
ވ. އާރަށް މައްސަލާގައި ކުރީގެ ރައީސް އަބްދުﷲ ޔާމީނާ ދެކޮޅަށް ހުށަހެޅި އާ ހެކިތައް ބަލައިގަނެވޭނެ ކަމަށް ކަނޑައަޅަން ދައުލަތުން ސުޕްރީމް ކޯޓަށް ހުށަހަޅައިފި އެވެ. ވ. އާރަށް ކުއްޔަށް ދިނުމުގެ މުއާމަލާތާ ގުޅިގެން ރިޝްވަތުގެ ނެންގެވި ކަމަށް ބުނެ ޔާމީން 11 އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުމް ހައި ކޯޓުން ބާތިލްކުރީ ޔާމީނާ ދެކޮޅަށް ދައުލަތުން ފަހުން ހުށަހެޅި އާ ހެކިތަކެއް ބަލައިނުގަނެވޭނެ ކަމަށް ނިންމުމަށް ފަހު އެވެ. އަދި އެ މައްސަލަ އަލުން […]
ހުސައިން ހަބީބް
ގްރޮކް އޭއައި ޗެޓްބޮޓް ތަމްރީނު ކުރުމުގައި އެކްސްގެ ޕޯސްޓްތައް ޔޫޒަރުންގެ ހުއްދަނެތި ބޭނުން ނުކުރަން ނިންމައިފިއެވެ. އީލޮން މަސްކްގެ އެކްސް ޕްލެޓްފޯމުން މީގެ ކުރިން ބުނެފައިވަނީ އެ ކުންފުނީގެ ޔޫޒަރުންގެ ޕޯސްޓްތަކާއި އިންޓަރެކްޝަންތައް ގްރޮކް އޭއައި ޗެޓްބޮޓް ތަމްރީނު ކުރުމަށް ބޭނުން ކުރުމުގެ ފުރުޞަތު ދީފައި ވާނެކަމަށެވެ. ނަމަވެސް، “އެކްސްގެ ހުރިހާ ޔޫޒަރުންނަށްވެސް އެމީހުންގެ ޕަބްލިކް ޕޯސްޓްތައް ގްރޮކް ތަމްރީނު ކުރުމަށް ބޭނުން ކުރަން ހުއްދަ ދިނުމާއި ނުދިނުން މިހާރު އޮންނާނީ ޔޫޒަރުންގެ އަތްމަތީގައި...
އަޙްމަދު ދާއޫދު
ޣައްޒާގެ ސްކޫލަކަށް އިޒްރޭލު ސިފައިން ހަމަލާދީ ފަލަސްތީނުގެ 30 މީހުން ޝަހީދު ކޮށްލައިފިއެވެ. ހޮނިހިރު ދުވަހު ދިން މި ހަމަލާ ގައި 100ށް ވުރެ ގިނަ މީހުން ވަނީ ޒަޚަމްވެފައި ކަމަށް ޣައްޒާގެ ހެލްތް މިނިސްޓްރީން ބުނެފައިވެއެވެ. މި ސްކޫލަކީ ގެދޮރު ގެއްލިފައިވާ ފަލަސްތީނު މީހުން ވަގުތީ ހިޔަލެއްގެ ގޮތުގައި ބޭނުން ކުރާ އިމާރާތެއް ކަމަށް ޣައްޒާގެ އޮފިޝަލުން ވަނީ ބުނެފައެވެ. ޣައްޒާ ގެ މީޑިއާ އޮފީހުން ބުނެފައިވަނީ އިޒްރޭލުގެ ހަމަލާގައި މަރުވި މީހުންގެ ތެރޭގައި 15 […]
އަޙްމަދު ދާއޫދު
އޮލިމްޕިކްސް އަށް ދިޔަ ސަމޯއާގެ ބޮކްސިން ކޯޗް ހާޓްއެޓޭކެއް ޖެހިގެން މަރުވެއްޖެއެވެ. ދެކުނު ޕެސިފިކްގެ ޖަޒީރާ ގައުމެއް ކަމަށްވާ ސަމޯއާގެ ބޮކްސިންގ ކޯޗް ލަޔަނެލް އެލީކާ މަރުވީ އޮލިމްޕިކްސް ހުޅުވުމުގެ ރަސްމިއްޔާތު ފެށުމަށް ކުޑަ ވަގުތު ކޮޅަކަށް ވެފައި ވަނިކޮށް ހުކުރު ދުވަހުއެވެ. އޮފިޝަލުންނާ ހަވާލާދީ އޭއެފްޕީ އިން ބުނެފައިވަނީ އޭނާ އަށް އިމެޖެންސީ ކޮށް ފަރުވާ ދިން ނަމަވެސް ފުރާނަ ސަލާމަތް ކުރެވޭ ގޮތް ނުވި ކަމަށެވެ. މި އަހަރުގެ އޮލިމްޕިކްސްގެ ބޮކްސިން އިވެންޓްތައް ފެށުނީ […]
އަޙްމަދު ދާއޫދު
ސްޕެއިންގެ އިތުބާރު ޑިފެންޑަރ ރޮބިން ލެނޯމަންޑް އެތުލެޓިކޯ މެޑްރިޑަށް ބަދަލުވާން ނިންމައިފިއެވެ. ފާއިތުވި އަށް އަހަރު ރެއާލް ސޮސިއެޑާޑްއަށް ކުޅުނު އުމުރުން 27 އަހަރުގެ ލެނޯމަންޑް ޓްރާންސްފާގެ ކަންކަމުގައި ދެ ޓީމުގެ ދެމެދު އެއްބަސްވުމަކަށް އާދެވިފައިވާކަން ހާމަކޮށް އެތުލެޓިކޯ މެޑްރިޑްގެ ވެބްސައިޓްގައި ބުނެފައިވަނީ، އޭނާ ޗުއްޓީ ނިންމާފައި އެނބުރި އައުމުން ޓްރާންސްފާގެ ކަންކަން ކުރިއަށް ދުވަސްތަކުގެ ތެރޭގައި ނިމިގެންދާނެ ކަމަށެވެ. ރެއާލް ސޮސިއެޑާޑް އިން ވަނީ އެކްސްގައި ކުރި ޕޯސްޓެއް މެދުވެރިކޮށް ލެ...
އިބްރާހިމް ޚަލީލް
ބްރެޒިލްގެ ޒުވާން ފޯވާޑް އެންޑްރިކް ރެއާލް މެޑްރިޑް ކުޅުންތެރިއެއްގެ ގޮތުގައި ރަސްމީކޮށް ތައާރަފްކޮށްފިއެވެ. އުމުރުން 18 އަހަރުގެ އެންޑްރިކް ރެއާލްގެ ސަންޓިއާގޯ ބާނަބެއު ސްޓޭޑިއަމްގައި ރަސްމީކޮށް ތައާރަފްކޮށްފައި ވަނީ މިއަދު އެކަމަށްޓަކައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ. ބްރެޒިލްގެ ޕަލްމެއިރާސްއަށް ކުޅެމުން އައި އެންޑްރިކްގެ ސޮއި ރެއާލުން ހޯދާފައި ވަނީ 2022 ވަނަ އަހަރުއެވެ. އޭރު އޭނާގެ އުމުރުން އެންމެ 16 އަހަރެވެ. ފާއިތުވި ދެ އަހަރު ޕަލްމެއިރާސްއަށް ކުޅުމަށްފަހު އުމުރުން 18 އަހަރު ފުރުމުން ރ...
އިބްރާހިމް ޚަލީލް