މައި ޚަބަރަށް ދިޔުމަށް

އެންމެ ފަހުގެ ލިޔުންތައް

39,471 ޝާއިޢުކުރެވިފައިވާ ލިޔުން

އެންމެ ފަހުގެ ލިޔުންތައް - 714 ވަނަ ޞަފްޙާ

ތަފާތު ކޮލިޓީ ރަނގަޅު އޮފީސް ފަރުނީޗަރު ހެޔޮ އަގެއްގައި ބެސްޓް ބަޑީއިން

ތަފާތު ކޮލިޓީ ރަނގަޅު އޮފީސް ފަރުނީޗަރު ހެޔޮ އަގެއްގައި ބެސްޓް ބަޑީއިން

ބެސްޓް ބަޑީއިން ތަފާތު ކޮލިޓީ ރަނގަޅު އޮފީސް ފަރުނީޗަރު ހެޔޮ އަގެއްގައި ފޯރުކޮށްދޭން ފަށައިފިއެވެ. މިގޮތުން އޮފީސް މޭޒާއި ކޮންފަރެންސް ޓޭބަލްގެ އިތުރުން ތަފާތު އެކި ޑިޒައިންތަކުގެ އޮފީސް ވޯކްސްޓޭޝަން ބޭނުންވާ ކުލައަކުން، ބޭނުންވާ ސައިޒަކަށް ކަސްޓަމައިޒްކޮށް ތައްޔާރުކޮށް ރާއްޖެ ގެނެސްދޭނެ ކަމަށް އެ ކުންފުނިން ބުނެފައިވެއެވެ. މިހާރު ރާއްޖޭގެ އެކި ކައުންސިލްތަކާއި ސްކޫލްތަކުގެ އިތުރުން އޮފީސްތަކަށްވެސް މި ފަރުނީޗަރު ސަޕްލައި ކުރެވިފައިވާ ކަމަށް ބެސްޓް ބަޑީއިން މަޢުލޫމާތު ދީފައިވެއެވެ. އަދި ޕްރީ އޯޑ...

އަލީ އާދިލް
އުތުރުގައި އަންނަމަހު 20ގައި ބަންކަރިންގެ ހިދުމަތް ފަށަނީ

އުތުރުގައި އަންނަމަހު 20ގައި ބަންކަރިންގެ ހިދުމަތް ފަށަނީ

އުތުރުގައި އަންނަމަހު 20ގައި ބައިނަލްއަގްވާމީ ބަންކަރިންގެ ހިދުމަތް ފެށޭނެކަމަށް އިޤްތިޞާދީ ތަރައްޤީއާއި ބެހޭ ވަޒީރު މުޙައްމަދު ސައީދު ރޭ ވިދާޅުވެއްޖެއެވެ. ސަރުކާރު ހިންގާ ޕްރޮގްރެސިވް ކޮންގްރެސް އިއްތިހާދުގެ މައި ހަރުގޭގައި މި ޖުލައި މަހުގެ 7 ވަނަ ދުހުގެ ރޭ ކުރިއަށް ގެންދިޔަ އެ އިއްތިހާދުގެ ހަރުގެ ޖަލްސާގައި ވާހަކަދައްކަވަމުން ސައީދު ވަނީ އެ ރޭން ފެށިގެން އެއް މަސް ތެރޭގައި ބަންކަރިންގެ ހިދުމަތް ސަރުކާރުން ރަސްމީކޮށް އުތުރުގައި ފައްޓާނެ ކަމަށް ވިދާޅުވެފައެވެ. އެއަށްފަހު ދައުލަތުގެ މީޑިއާ، […]

ޔުމްނާ ޢަލީ
ޒިޔަދަމް މަރާލުމުގައި ބައިވެރިވި މީހެއްގެ ޖަލު ހުކުމް ހައި ކޯޓުން ދަމަހައްޓައިފި

ޒިޔަދަމް މަރާލުމުގައި ބައިވެރިވި މީހެއްގެ ޖަލު ހުކުމް ހައި ކޯޓުން ދަމަހައްޓައިފި

ލ. މުންޑޫގައި މަރާލި އަލީ ޒިޔަދަމްގެ މަރާލުމުގައި ބައިވެރިވި މީހާ އުމުރަށް ޖަލަށްލުމަށް ކުރި ހުކުމް ހައި ކޯޓުން މިއަދު ދަމަހައްޓައިފި އެވެ. މުންޑޫގައި 2015 ވަނަ އަހަރު ހިންގި މާރާމާރީއެއްގައި ޒިޔަދަމް މަރާލި މައްސަލާގައި ދައުލަތުން ދައުވާކުރީ އެ ރަށު ހީނާވިލާ މުހައްމަދު ޝަނޫނާއި އެ ރަށު ބީޗްވިލާ ސިފާމްގެ މައްޗަށެވެ. ޝަނޫންގެ މައްޗަށް ގަސްދުގައި މީހަކު މެރުމުގެ ކުށް ސާބިތުވެގެން މަރުގެ ހުކުމް ކްރިމިނަލް ކޯޓުން އިއްވި ނަމަވެސް ސިފާމްގެ މައްޗަށް އިއްވީ އެކަމުގައި […]

ހުސައިން ހަބީބް
ފެރިދޫ ބަނދަރުގެ ބޮޑުބައެއް ނިމިއްޖެ

ފެރިދޫ ބަނދަރުގެ ބޮޑުބައެއް ނިމިއްޖެ

އއ. ފެރިދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ބޮޑުބައެއް ނިމިފައިވާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ. އެ ކުންފުނިން ބުނި ގޮތުގައި މި މަޝްރޫއުގެ ދަށުން، އެއްގަމު ތޮށީގެ ބްލޮކް ޖެހުމުގެ މަސައްކަތް މިހާރު ވަނީ ނިމިފައެވެ. އަދި، އައު ބަނދަރު ފުންކުރުމުގެ މަސައްކަތް މިހާރު ވަނީ 91 އިންސައްތަ ފުރިހަމަކުރެވިފައެވެ. މި މަޝްރޫއުގެ ދަށުން، 23,579 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ އައު ހާބަ ބޭސިން ފުންކުރުމާއި، 7,848 ކިއުބިކް […]

އަޙްމަދު ވަހީދު

ސްކޭމް ކޯލުތަކުން ރައްކާތެރިކުރުވުމަށް ހދ. އަތޮޅުގެ 7 ރަށެއްގައި މަޢުލޫމާތުދީފި

ހދ. އަތޮޅުގެ 7 ރަށެއްގައި ސްކޭމް ކޯލުތަކުން ރައްކާތެރިވުމާ ގުޅޭ މަޢުލޫމާތު ދިނުމުގެ ސެޝަންތަކެއް ކުރިއަށް ގެންގޮސްފިއެވެ. މި ސެޝަންތައް ކުރިއަށް ގެންގޮސްފައިވަނީ މިޖުލައި މަހުގެ 22 އިން 27 އަށެވެ. މި ސެޝަންތަކުގައި މަޢުލޫމާތު ދީފައިވަނީ ކުޅުދުއްފުށި ސިޓީގެ ތިން ސްކޫލުގެ ޓްރެފިކް މޮނިޓަރުންނާއި ބެލެނިވެރިންނަށާއި، ވައިކަރަދޫ، ހަނިމާދޫ، ނޮޅިވަރަންފަރު، ނޮޅިވަރަމް، ނޭކުރެންދޫ އަދި މަކުނުދޫ ސްކޫލުގެ ބެލެނިވެރިންނަށެވެ. މި ސެޝަންތަކުގައި ޖުމްލަ 670 މީހުންނަށް މަޢުލޫމާތު ދެވިފައިވެއެވެ. މީގެ އިތުރުން،...

އިބްރާހިމް އަސްވާޤް
15 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެއްޗާއެކު މެލޭޝިއާ ދެ މީހަކު ހައްޔަރުކޮށްފި

15 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެއްޗާއެކު މެލޭޝިއާ ދެ މީހަކު ހައްޔަރުކޮށްފި

ފުލުހުންނާއި ކަސްޓަމްސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި 15.38 ކިލޯގްރާމްގެ މަސްތުވާތަކެއްޗާއެކު މެލޭޝިއާގެ ދެ މީހަކު ހައްޔަރުކޮށްފިއެވެ. މި އޮޕަރޭޝަނާ ގުޅޭ މައުލޫމާތު ހިއްސާކުރުމަށް މިއަދު ހެނދުނު އިސްކަންދަރު ބިލްޑިންގގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަޢުލޫމާތު ދެއްވަމުން ކަސްޓަމްސްގެ އެސިސްޓަންޓް ކޮމިޝަަނަރ މުޙައްމަދު މަސީޙް ވިދާޅުވީ، މިއީ މިއަހަރު ކަސްޓަމްސްއިން އަތުލައިގަތް އެންމެ ބޮޑު މަސްތުވާތަކެތީގެ މައްސަލަކަމަށެވެ. ޖުލައި 27 ވަނަ ދުވަހު އީކޭ ފްލައިޓުން އައި 44 އަހަރުގެ މެލޭޝިއ...

އިބްރާހިމް އަސްވާޤް
ކުމުންދޫ ސިއްހީ މަރުކަޒުގެ ރަސްމީ ލޯގޯ އިފްތިތާހްކޮށްފި

ކުމުންދޫ ސިއްހީ މަރުކަޒުގެ ރަސްމީ ލޯގޯ އިފްތިތާހްކޮށްފި

ތިލަދުންމަތީ ދެކުނުބުރީ ކުމުންދޫ ސިއްހީ މަރުކަޒުގެ ރަސްމީ ލޯގޯއާއި އެކްޓިވިޓީ ޔުނީފޯމް އިފްތިތާހް ކޮށްފިއެވެ. ލޯގޯއާއި އެކްޓިވިޓީ ޔުނޯފޯމް އިފްތިތާހް ކުރުމަށް އިއްޔެބޭއްވި ރަސްމިއްޔާތު ޝަރަފްވެރި ކޮށްދެއްވައި، ލޯގޯއާއި ޔުނީފޯމް ރަސްމީކޮށް ލޯންޗްކޮށްދެއްވީ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ ޗީފް އެގްޒެކްޓިވް އޮފިސަރ ނާޒިމާ އަލީއެވެ. ލޯގޯގައި ހިމެނޭ މައިގަނޑު ތިންބަޔަށް ބަލައިލާއިރު، ލޯގޯ އެންމެ މަތީބައިގައިވާ ފެހި ކުލައަކީ އެ ސިއްހީ މަރުކަޒުގެ ރަސްމީ ކުލައެވެ. ލޯގޯގަ މީހަކާއިއެކު ވާ އަތްތިލައިން...

އިބްރާހިމް ޚަލީލް
އަލިފާން ރޯވެގެން އުޅުނު ވަގުތު މާރާމާރީ ހިންގި މީހަކު ހައްޔަރުކޮށްފި

އަލިފާން ރޯވެގެން އުޅުނު ވަގުތު މާރާމާރީ ހިންގި މީހަކު ހައްޔަރުކޮށްފި

މާލޭގެ މާފަންނު އޯކިޑްޕްލާޒާގޭގައި ރޭ އަލިފާނުގެ ހާދިސާއެއް ހިނގާފައިވާއިރު، އެ ހާދިސާ ހިނގައިގެން އުޅުނު ވަގުތު، އެ ގޭކައިރީ މާރާމާރީ ހިންގި މީހަކު ހައްޔަރުކޮށްފިއެވެ. ފުލުހުން ބުނީ އޯކިޑްޕްލާޒާގޭގައި އަލިފާން ރޯވެގެން އުޅުނު ވަގުތު އެގޭ ކައިރީ މަގުމަތީ ހުރި މީހަކާ، މީހަކު މާރާމާރީ ހިންގާފައިވާ ކަމަށެވެ. މި މައްސަލާގައި ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެއެވެ. އެ މާރާމާރީއާއިގުޅޭ އިތުރު ތަފްސީލެއް ފުލުހުން ނުދެއެވެ. މާލޭގެ މާފަންނު އޯކިޑްޕްލާޒާގޭގައި އަލިފާނުގެ ހާދިސާއެއް...

ޔުމްނާ ޢަލީ
ކައުންސިލް ބައި-އިލެކްޝަން އަހަރަކު ދެ ފަހަރު ބާއްވާގޮތައް ޤާނޫނު އިސްލާޙްކުރަނީ

ކައުންސިލް ބައި-އިލެކްޝަން އަހަރަކު ދެ ފަހަރު ބާއްވާގޮތައް ޤާނޫނު އިސްލާޙްކުރަނީ

ލޯކަލް ކައުންސިލް ބައި-އިލެކްޝަން އަހަރަކު ދެ ފަހަރު ބާއްވާގޮތައް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޤާނޫނަށް އިސްލާޙް ގެނައުމުގެ ބިލެއް ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހަޅައިފިއެވެ. މި ބިލު މަޖިލީހަށް ހުށަހަޅުއްވާފައި ވަނީ، ސަރުކާރުގެ ފަރާތުން، ކާށިދޫ ދާއިރާގެ މެންބަރު މުންތަޡިމް އިބްރާހީމް އެވެ. މެންބަރު މުންތަޡިމް އިބްރާހީމް ހުށަހެޅުއްވި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޤާނޫނުށް އިޞްލާޙު ގެނައުމުގެ ބިލުގައި ބުނާގޮތުން މި ބިލު ހުށަހެޅުމުގެ ބޭނުމަކީ މިހާރު ޤާނޫނު އޮންނަގޮތުން ލޯކަލް ކަ...

ޔުމްނާ ޢަލީ
ދިވެހި އުފެއްދުންތެރިންގެ ދަފްތަރެއް އެކުލަވައިލުމުގެ މަސައްކަތްފަށައިފި

ދިވެހި އުފެއްދުންތެރިންގެ ދަފްތަރެއް އެކުލަވައިލުމުގެ މަސައްކަތްފަށައިފި

ދިވެހިރާއްޖޭގެ އުފެއްދުންތެރިންގެ ދަފްތަރެއް އެކުލަވައިލުމުގެ މަސައްކަތްފަށައިއެވެ. އިގްތިސާދީ ތަރައްގީއާއި ވިޔަފާރިއާބެހޭ ވުޒާރާއިން ބުނީ ރާއްޖޭގައި ބޭނުންކުރުމަށާއި ރާއްޖެއިންބޭރަށް އެކްސްޕޯޓް ކުރުމަށް ތަފާތު ބާވަތްތައް އުފައްދާފަރާތްތަކުގެ ދަފްތަރެއް އެކުލަވައިލުމުގެ މަސައްކަތް އެ ވުޒާރާއިން ފަށާފައިވާ ކަމަށެވެ. އެ ވުޒާރާއިން ބުނީ ދިވެހި އިގްތިސާދު ސިންދަފާތުކޮށް އުފެއްދުންތެރިކަށް އިތުރުކޮށް އެކްސްޕޯޓު އިތުރުކުރުމަކީ ސަރުކާރުގެ ވަރަށްބޮޑު އަމާޒެއް ކަމަށެވެ. މިގޮތުން މި މިދަފްތަރު އެކުލަވައިލ...

ޔުމްނާ ޢަލީ
އެޕަލްއިން ނެރުމަށް ތައްޔާރުވަމުންދާ އޭއައި ފީޗާތައް ލަސްވެދާނެ

އެޕަލްއިން ނެރުމަށް ތައްޔާރުވަމުންދާ އޭއައި ފީޗާތައް ލަސްވެދާނެ

އެޕަލްއިން ނެރުމަށް ތައްޔާރުވަމުންދާ އާޓިފިޝަލް އިންޓެލިޖެންސް ފީޗަރތައް ލަސްވާނެކަމަށް ބްލޫމްބާގް ނިއުސްއިން ރިޕޯޓުކޮށްފިއެވެ. އެޕަލްއިން ނެރުމަށް ރާވާފައިވާ އައިފޯނާއި އައިޕެޑްގެ ސޮފްޓްވެއަރ އަޕްޑޭޓްތަކުގައި މި ފީޗަރތައް ހިމެނިފައި ނުވާނެކަމަށް އެ ރިޕޯޓުގައި ބުނެފައިވެއެވެ. މައްސަލައާ ގުޅޭގޮތުން މަޢުލޫމާތު ދިން ފަރާތްތަކަކާ ހަވާލާދީ ބްލޫމްބާގް ނިއުސްއިން ބުނެފައިވަނީ “އެޕަލް އިންޓެލިޖެންސް” ކަސްޓަމަރުންނަށް ތަޢާރަފުކުރަން ފަށާނީ އޮކްޓޯބަރު މަހުގެ ތެރޭގައި ކަމަށެވެ. އައިއޯއެސް 18 އަދި އައިޕެޑްއ...

އަޙްމަދު ދާއޫދު
މި އަހަރުގެ މިހާތަނަށް 143 މިލިޔަން ރުފިޔާގެ ޑްރަގް އަތުލައިގަނެވިފައިވޭ: ފުލުހުން

މި އަހަރުގެ މިހާތަނަށް 143 މިލިޔަން ރުފިޔާގެ ޑްރަގް އަތުލައިގަނެވިފައިވޭ: ފުލުހުން

މި އަހަރުގެ ފުރަތަމަ ހަ މަސްދުވަހު 143 މިލިޔަން ރުފިޔާގެ ޑްރަގް އަތުލައިގަނެވިފައިވާކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ. ދިވެހި ފުލުހުންގެ ޚިދުމަތާއި، މޯލްޑިވްސް ކަސްޓަމްސް ސަރވިިސްއިން އިސްކަންދަރުކޮށީގައި ހޮނިހިރު ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ފުލުހުންގެ ޑްރަގު އެންފޯސްމެންޓް ޑިޕާޓްމަންޓުގެ ހެޑް، ސުޕްރިޓެންޑެންޓް އޮފް ޕޮލިސް ނާހިދު ހުސެއިން ވިދާޅުވީ މި އަހަރުގެ ފުރަތަމަ ހަ މަސް ދުވަހު ހިންގި އޮޕަރޭޝަންތަކުގައި 62 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފައިވާ ކަމަށެވެ. އެއީ...

ޔުމްނާ ޢަލީ
އީރާނުގެ ސުޕްރީމް ލީޑަރު އެ ޤައުމުގެ އައު ރައީސް ރަސްމީކޮށް ޤަބޫލުކުރައްވައިފި

އީރާނުގެ ސުޕްރީމް ލީޑަރު އެ ޤައުމުގެ އައު ރައީސް ރަސްމީކޮށް ޤަބޫލުކުރައްވައިފި

އީރާނުގެ ސުޕްރީމް ލީޑަރު އާޔަތުއްލާ އަލީ ޚަމެނީ އާދީއްތަ ދުވަހު ބޭއްވި ރަސްމިއްޔާތެއްގައި، އިންތިޚާބުވި ރައީސް މަސްއޫދު ޕެޒެޝްކިއަން އިސްލާމީ ޖުމްހޫރިއްޔާގެ ވެރިއަކަށް ރަސްމީކޮށް ޤަބޫލުކުރައްވައިފިއެވެ. ޚަމެނީ ވަނީ ޕެޒެޝްކިއަންއަށް “ޤަބޫލުކުރިކަމުގެ ލިޔުން” ހަވާލުކުރައްވައި، އޭނާގެ މަޤާމު ބަލައިގަތްކަން އަންގަވާފައެވެ. ޚަމެނީގެ މި ބަލައިގަތުމަށްފަހު، ދެ ދުވަސް ފަހުން އީރާނުގެ ޕާލިމަންޓުގައި ޕެޒެޝްކިއަންގެ ހުވާ ކުރެއްވުމުގެ ރަސްމިއްޔާތު އޮންނާނެއެވެ. މި ރަސްމިއްޔާތުގައި 70 ބޭރު ޤައުމުތަކާއި ބައިނ...

އަޙްމަދު ދާއޫދު
އޯކިޑްޕްލާޒާގޭގައި ރޯވުން: 15 ކުޑަކުދިން ހިމެނޭހެން 48 މީހަކަށް ރައްކާތެރިކަން ފޯރުކޮށްދީފި

އޯކިޑްޕްލާޒާގޭގައި ރޯވުން: 15 ކުޑަކުދިން ހިމެނޭހެން 48 މީހަކަށް ރައްކާތެރިކަން ފޯރުކޮށްދީފި

މާލޭގެ މާފަންނު އޯކިޑްޕްލާޒާގޭގައި ރޭ ހިނގި އަލިފާނުގެ ހާދިސާއާއި ގުޅިގެން 15 ކުޑަކުދިން ހިމެނޭހެން 48 މީހަކަށް ރައްކާތެރިކަން ފޯރުކޮށްދެވުނުކަމަށް ނެޝަނަލް ޑިޒާސްޓަރ މެނޭޖްމެންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނެފިއެވެ. އޯކިޑްޕްލާޒާ ގެއަކީ މީހުން ދިރިނޫޅޭ ގެއެކެވެ. އެ ގޭގައި މި ހާދިސާ ހިނގައިގެން މިކަމުގެ ރިޕޯޓު ފުލުހުންނަށް ލިބުނީ ރޭ މެންދަމު 3:32 ހާއިރުކަމަށް އެ އިދާރާއިން ބުނެފަވެއެވެ. އެ ހާދިސާގައި އެއްވެސް މީހަކަށް ގެއްލުންނުވާކަމަށް ފުލުހުން ވަނީ ރޭ ބުނެފައެވެ. މި ހާދިސާއާއި ގުޅިގެން އެމް...

ޔުމްނާ ޢަލީ
ފަލަސްތީނަށް އެހީވުމަށްޓަކައި ތުރުކީ އިސްރާއީލަށް ވަންނަން ޖެހިދާނެ: އުރުދުޣާން

ފަލަސްތީނަށް އެހީވުމަށްޓަކައި ތުރުކީ އިސްރާއީލަށް ވަންނަން ޖެހިދާނެ: އުރުދުޣާން

ފަލަސްތީނަށް އެހީވުމަށްޓަކައި ތުރުކީ އިސްރާއީލަށް ވަންނަން ޖެހިދާނެ ކަމަށް ވިދާޅުވެ ރައީސް އުރުދުޣާން ވަރުގަދަ އިންޒާރެއް އިސްރާއީލަށް ދެއްވައިފިއެވެ. ތުރުކީގެ ރައީސް ރަޖަބު ޠައްޔިބު އުރުދުޣާން ވިދާޅުވީ ލިބިޔާ އަދި ނަގޯރްނޯ-ކަރަބާޚްއަށް މީގެ ކުރިން ވެސް ތުރުކީން ވަދެފައިވާ ފަދައިން އިސްރާއީލަށް ވެސް ވަދެދާނެ ކަމަށެވެ. ނަމަވެސް އެ ވަނުމަކީ ކޮން ބާވަތެއްގެ ވަނުމެއްކަން އެމަނިކުފާނު ސާފުކޮށް ވިދާޅެއް ނުވިއެވެ. “އަހަރުމެން ވަރަށް ވަރުގަދަ ވާން ޖެހޭ. އެއީ އިސްރާއީލުން ފަލަސްޠީނަށް މިކުރާ ބޭއަދަބީ ކަނ...

އަޙްމަދު ދާއޫދު
ކުޅުދުއްފުށި ކުޅީގައި ޕްލެޓްފޯމެއް ތަރައްގީ ކުރަނީ

ކުޅުދުއްފުށި ކުޅީގައި ޕްލެޓްފޯމެއް ތަރައްގީ ކުރަނީ

ކުޅުދުއްފުށި މަށި ކުޅީގައި ޕްލެޓްފޯމެއް ތަރައްގީ ކޮށްދޭނެ ފަރާތެއް ހޯދުމަށް އެ ސިޓީ ކައުންސިލުން އިއުލާން ކޮށްފިއެވެ. މި ޕްލެޓްފޯމް ތަރައްގީ ކުރުމަށް އެ ކައުންސިލުން ނިންމާފައި ވަނީ އެ ރަށު ކޮރަލް ދަނޑުގެ އިރުމަތީ އޮންނަ ދަނޑުމަގުގެ އިރުމަތީ ފަރާތު، ކުޅީގެ ސަރަހައްދުގައެވެ. މި ޕްލެޓްފޯމުގައި ޖެޓީއަކާއިއެކު ހަޓެއް ތަރައްގީކުރާނެއެވެ. ޖެޓީގެ އަރިމަތީ ފެންސްސުޖެހުމުގެ އިތުރުން ޖެޓީއަށް އަރާފޭބުމަށް ރޭމްޕެއް އެޅުމަށް ވަނީ ހަމަޖެހިފައެވެ. މީގެއިތުރުން ކުޅީގައި ކެނޯ ދުއްވުމުގެ އިންތިޒާމް ފަސޭހައިން ހަ...

އިބްރާހިމް ޚަލީލް
އިމިގްރޭޝަނުން ހުޅުމާލޭގައި ބޮޑު އޮޕަރޭޝަނެއް، 22 ބިދޭސީއަކު ހައްޔަރު

އިމިގްރޭޝަނުން ހުޅުމާލޭގައި ބޮޑު އޮޕަރޭޝަނެއް، 22 ބިދޭސީއަކު ހައްޔަރު

ހުޅުމާލޭގައި ގަވާއިދާ ޚިލާފަށް ވިޔަފާރިކުރަމުންދިޔަ 22 ބިދޭސީއަކު އިމިގްރޭޝަނުން ހިންގި ބޮޑު އޮޕަރޭޝަނެއްގައި ހައްޔަރުކޮށްފިއެވެ. އިމިގްރޭޝަނުން ބުނީ، މިއީ މިހާތަނަށް ހުޅުމާލޭގައި ހިންގުނު އެންމެ ބޮޑު އެއް އޮޕަރޭޝަން ކަމަށެވެ. ރޭ ހިންގުނު މި އޮޕަރޭޝަނަކީ ސޯޝަލް މީޑިއާގައި ކަންބޮޑުވުން ފާޅުކޮށް، ހިއްސާކޮށްފައިވާ މަޢުލޫމާތާ ގުޅިގެން ކުރިއަށް ގެންދެވުނު އޮޕަރޭޝަނެކެވެ. މި އޮޕަރޭޝަނުގައި ހުޅުމާލެއިން 3 ބުރީގެ އިމާރާތެއް ބަލައި ފާސްކޮށްފައިވެއެވެ. މި އިމާރާތުގައި ކާބޯތަކެތީގެ ވިޔަފާރިކޮށް، ގަވާއިދާ ޚ...

އިބްރާހިމް އަސްވާޤް
ޕީސީބީގެ ނައިބު ފިރާޒް މަގާމުން ވަކިކޮށްފި

ޕީސީބީގެ ނައިބު ފިރާޒް މަގާމުން ވަކިކޮށްފި

ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) ގެ ނައިބު ރައީސްގެ މަގާމުގައި ހުންނެވި މުހައްމަދު ފިރާޒް މަގާމުން ވަކިކޮށްފިއެވެ. އޭނާ މަގާމުން ވަކިކުރެއްވިކަން މިދިޔަ ބުރާސްފަތިދުވަހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ އަންގަވާފައެވެ. އޭނާ ވަކިކޮށްފައިވަނީ މަގާމުގެ ދައުރު ހަމަނުވަނީހެވެ. ޕީސީބީގެ ބޯޑު މެންބަރުންގެ ދައުރަކީ ފަސް އަހަރު ދުވަހެވެ. ފިރާޒް އެ މަގާމުގައި ހުންނަވާތާ މިހާތަނަށްވީ ތިން އަހަރެވެ. ފިރާޒް ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އޭނާ އެ މަގ...

އަޙްމަދު ވަހީދު