މަސްތުވާތަކެތީގެ މައްސަލައަކާ ގުޅިގެން ރ. އިނގުރައިދޫއިން 62 އަހަރުގެ މީހަކު ފުލުހުން ހައްޔަރުކޮށްފިއެވެ. ފުލުހުން މައުލޫމާތު ދެއްވާފައިވާ ގޮތުގައި ހައްޔަރުކޮށްފައިވަނީ މާލެ / ދަފްތަރު ނަންބަރު 2689، ޢަލީ ޝަރީފް (62 އަހަރު) އެވެ. އޭނާ ހައްޔަރުކޮށްފައިވަނީ ރަށުތެރޭގައި މަސްތުވާތަކެތި ގެންގުޅެ، އެތަކެތި ބޭނުންކޮށް އަދި ވިޔަފާރިކުރާކަމުގެ މައުލޫމާތު ލިބުމާ ގުޅިގެން މި މަހުގެ 14 ވަނަ ދުވަހު އިނގުރައިދޫގައި މަސައްކަތްކުރާ ފުލުހުން ހިންގި އޮޕަރޭޝަނެއްގައެވެ. ފުލުހުން ހިންގި މި އޮޕަރޭޝަންގައި އޭނާ ހުއް...
އަލީ އާދިލް
ކުޅުދުއްފުށި ސިޓީގައި އަޟްހާ ޢީދު ފާހަގަކުރުމުގެ ގޮތުން ބޭއްވި ޢީދު މުބާރާތުގެ ނަތީޖާ ފާޅުކޮށް އިނާމް ދިނުމުގެ ރަސްމިއްޔާތު މިއަދު ބާއްވައިފިއެވެ. “ކުރުނބާ ޢީދު މުބާރާތް” ގެ ނަމުގައި ކުޅުދުއްފުށީ ސިޓީ ކައުންސިލުން އިސްނަގައިގެން ބޭއްވި މި މުބާރާތުގައި ކުޅުދުއްފުށީގެ 7 ގެއެއް ސަގާފީ އަދި ޒަމާނީ ޒީނަތްތެރިކުރުމަކުން ޒީންތަތެރިކޮށްފައިވާއިރު މި މުބާރާތުގައި ވަނަ ހޮވުމަށް ޖަޖުން ގެ ޕެނަލަކުން އިންސާފުކޮށްފައިވެއެވެ. މި ރަސްމިއްޔާތުގައި، ޒަމާނީ އަދި ސަގާފީ ގޮތުން 1 ވަނަ އާއި 2 ވަނަ […]
އައިޝަތު އައިނީ އާމިރު
މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް)ގެ ހުސްވެފައިވާ މެންބަރުކަމުގެ މަޤާމަށް ޒަމްޢަތު އަހުމަދު ވަޙީދު އައްޔަން ކުރުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ. ބްރޯޑްކޮމް އަށް މެމްބަރަކު ޢައްޔަނުކުރުމަށް ނަމެއް ފާސްކުރުމަށް މިއަދު ކުރިއަށް ދިޔަ މަޖިލީހުގެ ޖަލްސާގައި ނެގުނު ވޯޓުގައި، ވޯޓުގައި ބައިވެރިވި 56 މެންބަރުންގެ އިއްތިފާޤުން ޒަމްޢަތު އައްޔަން ކުރުމަށް ވޯޓުދެއްވިއެވެ. މި މަޤާމަށް ބޭފުޅަކު އައްޔަން ކުރުމަށް ރައީސް މުޢިއްޒު މަޖިލީހަށް ފޮނުއްވާފައިވާ ނަންތައް ދިރާސާކުރުމަށްފަހ...
ޔުމްނާ ޢަލީ
ކުރީގެ އަދަދާއި ގުޅޭ: ” ރައު ކީއްވެތަ އަބަދު އަހަންނާ ދެބަސް ވަނީ؟ ރައު ބޭކާރެއް ނުކުރަމެއްނު. ދެން އާދެބަލަ ތި މޫޑު ބަދަލުކޮއްގެން ބޭރަށް. މާ ލަސްނުވައްޗޭ.” ސާމިހް ބުންޏެވެ. ސާމިހް އެހެން ބުނެ، ނިކުތް އިރު ވެސް ރައުދާ ހުރީ ލޯގަނޑު ކުރިމަތީގައެވެ. މަރިޔަމްއާއި ހަސަން ތިބީ ހެވިފައެވެ. ދޮށީ ދަރިފުޅު ސާމިހް އުޅެމުންދާ ތަނަވަސް ދިރިއުޅުން ފެނި އެ މީހުން ތިބީ ނުހަނު އުފާވެސް ވެފައެވެ. ސާމިހް އައިސް ވަކިން ހުރި ސޯފާ […]
ސަލާމާ ޢަބްދުލް ޢަލީމް
އއ. އަތޮޅުން މާލެއަށް ދަތުރުކުރި ލޯންޗެއްގެ ވިންޑްސްކްރީން ތަޅައިގެން ގޮސް، ލޯންޗަށް ދިޔަވަމުން ދަނިކޮށް ފުލުހުން އެ ލޯންޗަށް އެހީވެއްޖެއެވެ. މެރިން ޕޮލިހުން ބުނިިގޮތުގައި މިއަދު ހެނދުނު 8:08 ހާއިރު އއ. އަތޮޅުން މާލެއަށް ދަތުރުކުރި “ސެނޯރާ ވޭކް” ނަމަކަށް ކިޔާ ލޯންޗެއްގެ ވިންޑްސްކްރީން ތަޅައިގެން ދިއުމާ ގުޅިގެން ލޯންޗަށް ރާޅު އަރާތީ އެ ލޯންޗްގައި ތިބި މީހުން ސަލާމަތްކޮށްފައިވާކަމަށެވެ. މި ހާދިސާ ހިނގިއިރު އެ ލޯންޗްގައި 12 މީހުން ތިބިކަމަށާއި، މި ހާދިސާ ހިނގާފައިވަނީ ކ. ގިރާވަރު […]
ޔުމްނާ ޢަލީ
މާލޭގެ ބައެއް ސަރަހައްދުތަކުން މިއަދު ހެނދުނާއި މެންދުރުފަހުގެ ވަގުތުތަކުގައި ކަރަންޓުގެ ހިދުމަތް މެދުކެނޑިދާނެކަމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އިން ބުނެފިއެވެ. ސްޓެލްކޯއިން ކުރި ޕޯސްޓެއްގައި ބުނީ ކަރަންޓު ކެނޑިދާނެ ކަމަށް ލަފާ ކުރެވެނީ، އެ ކުންފުނީގެ ކަރަންޓުގެ ވިއުގަ އަޕްގްރޭޑް ކުރުމުގެ މަސައްކަތް ކުރަމުން އަންނަތީ ކަމަށެވެ. އެގޮތުން މާލޭގެ، ދަނބުރުއް މަގު، އަނޯނާ ގޯޅި އަދި ކުދިމާ ގޯޅި ހިމެނޭ ސަރަޙައްދުން މިއަދު ހެނދުނު ކަރަންޓުގެ ޚިދުމަތް މެދުކެނޑިދާނެ ކަމަށް ވަނީ ލަފާކ...
އަޙްމަދު ވަހީދު
އިރާނުގެ އެންމެ އިސް ލީޑަރު އާޔަތުﷲ އަލީ ހާމަނާއީ އަވަހާރަ ކޮށްލަން އިސްރާއީލުން ރޭވިކަމަށާއި، އެކަން ހުއްޓުވީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްކަމަށް މީޑިއާ ރިޕޯޓްތައް ބުނެފިއެވެ. މީޑިއާ ރިޕޯޓްތައް ބުނެފައިވާގޮތުގައި އިރާނުގެ އިސް ލީޑަރު ހާމަނާއީ އަވަހާރަކޮށްލުމަށް އިސްރާއީލުން ކުރި މަސައްކަތް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ހުއްޓުވާފައެވެ. ރޮއިޓަރސް ނިއުސް އޭޖެންސީން ދެ އެމެރިކާ އޮފިޝަލަކާ ހަވާލާދީ ބުނެފައިވާ ގޮތުގައި، ދާދިފަހުން އިސްރާއީލީ އިސްވެރިން ވަނީ ހާމަނާއީ އަވަހާރަކޮށްލުމުގ...
ޔުމްނާ ޢަލީ
އިސްރާއީލްގެ ޕްލޭނަކީ އީރާންގެ ސަރުކާރު ވައްޓާލުންކަމަށް މީޑިއާ ރިޕޯޓްތައް ބުނެފިއެވެ. އިސްރާއީލުގެ މީޑިއާ ”ޗެނަލް 14” އިން ބުނި ގޮތުގައި، އިސްރާއީލްގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ ވެރިކަމުން އީރާނުގެ ސަރުކާރު ”ފުނޑާލުމަށް އަމާޒުކޮށް” އަންނަނީ މަސައްކަތްކުރަމުންނެވެ. އަދި މިއީ އިސްރާއީލުގެ ހަނގުރާމަވެރި މަސައްކަތްތައް ފުޅާކުރުމުގެ ބޭނުމުގައި ކުރާކަމެއްކަމަށް ވެސް އެޗެނަލުން ބުނެފަވެއެވެ. އެ ޗެނަލްގެ ޑިޕްލޮމެޓިކް ކޮރެސްޕޮންޑެންޓް ތަމީރު މޮރާގް ބުނެފައި ވަނީ އިސްރާއީލުގެ ބޮޑުވަޒީރު ނެތަންޔާހ...
ޔުމްނާ ޢަލީ
ވައިގަދަވުމުގެ ސަބަބުން ކުޅުދުއްފުށީ ސިޓީގައި ޕާކުކޮށްފައި ހުރި ސައިކަލެއްގެ މައްޗަށް ފާރެއް ވެއްޓި ގެއްލުންވެއްޖެއެވެ. މިރޭ ގާތްގަނޑަކަށް 8 ޖަހާ އެހާކަށް ހާއިރު ހިނގި މިހާދިސާގައި ބޯކޮށް ވާރޭވެހި ގެއްލުން ވެފައިވަނީ ޕޭމަންޓް ކައިރީގައި ޕާކުކޮށްފައި ހުރި ސައިކަލަކަށެވެ. މި ހާދިސާގައި ކުޅުދުއްފުށީގައި އަދި އިތުރު އެއް ގެއެއްގެ ވަށާފާރު ވެއްޓިފައިވާކަމަށް މައުލޫމާތު ލިބެއެވެ. އަދި މި ހާދިސާގެ ސަބަބުން އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައިވާކަމަށް މިހާތަނަށް ރިޕޯޓު ކޮށްފައެއް ނުވެއެވެ. މިހާރު މުޅި...
އައިޝަތު އައިނީ އާމިރު
ތެޔޮ އެތެރެކުރާ ކުންފުންޏެއް ކަމަށްވާ ހޯކްސްއަށް ހއ. ހޯރަފުށިން ދޫކޮށްފައިވާ ބިމުގައި މަސައްކަތް ކުރަމުން ދަނީ ގަވާއިދާ ޚިލާފަށް ކަމަށް ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން ބުނެފިއެވެ. އެލްޖީއޭއިން މިހެން ބުނެފައި ވަނީ ހޯކްސްއަށް ބިމެއް ދިން މައްސަލާގައި އަމިއްލަ ފަރާތްކުން މަޖިލީހަށް ހުށަހެޅި މައްސަލައަކާ ގުޅިގެން އެކަން ސާފުކުރުމަށް ރައްޔިތުން މަޖިލީހުގެ މާލިއްޔަތު ކޮމެޓީން އެލްޖީއޭގައި އެދުމުން ދީފައިވާ ޖަވާބުގައެވެ. މިއަދު އޮތް މާލިއްުޔަތު ކޮމެޓީގައި މި މައްސަލަ ކުރިއަށްގެންގޮސްފައިވާ...
ޔުމްނާ ޢަލީ
ޖީ.އެމް.ސީ.އީ ނުވަތަ ޖެމްކިއޫގެ ނަމުގައި ވެބް އެޕްލިކޭޝަނެއް މެދުވެރިކޮށް ހިންގަމުންދާ އިންވެސްޓްމަންޓް ސްކީމަކީ އޮޅުވާލައިގެން ހިންގާ ޕިރަމިޑް ސްކީމެއްކަން ދިވެހި ފުލުހުންގެ ޚިދުމަތުންނާއި ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ (ސީ.އެމް.ޑީ.އޭ) އިން ކަށަވަރުކޮށްދީފި އެވެ. ދިވެހި ފުލުހުން ނާއި ސީއެމްޑީއޭ އިން މިއަދު ގުޅިގެން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ، ދިވެހި ފުލުހުންގެ ޚިދުމަތުން ބޭރު ގައުމުތަކުގެ ކަމާބެހޭ ފަރާތްތަކާ ގުޅިގެން ކުރި ތަޙުޤީޤުތަކުން ދައްކާގޮތުގައި، މި ސްކީމުގައި އާޓިފިޝަލ...
އަލީ އާދިލް
ދަރިންނަށް ދެވޭ އެންމެ މުހިންމު އަދި އަގުހުރި ނަސޭހަތްތަކުގެ ތެރޭގައި، ކީރިތި ޤުރުއާނުގައި ބަޔާންކުރައްވާފައިވާ ލުޤްމާނުގެފާނު އެ ބޭކަލުންގެ ދަރިކަލުންނަށް ދެއްވި ނަސޭހަތްތައް ހިމެނެއެވެ. މި ނަސޭހަތްތަކަކީ ކޮންމެ މުސްލިމެއްގެ ދިރިއުޅުމުގައިވެސް ވަރަށް މުހިންމު އަދި ބޭނުންތެރި ނަސޭހަތްތަކެކެވެ. ލުޤްމާނުގެފާނުގެ ނަސޭހަތްތަކުގެ ތެރެއިން އެންމެ މުހިންމު އެއް ނަސޭހަތަކީ ﷲ އަށް ޝަރީކު ނުކުރުމެވެ. ޝިރުކަކީ އެންމެ ބޮޑު ފާފައެވެ. މިކަމުގެ ނުރައްކާތެރިކަން ވަރަށް ސާފުކޮށް ބަޔާންކޮށްދެއްވާފައިވެއެވެ. އެއީ...
އިބްރާހިމް އަސްވާޤް
ފަސޭހައިން ކާޑު ހަވާލުކުރެވޭ ގޮތަށް މެއިލިންގ އެޑްރެސްއަޕްޑޭޓްކުރުމަށް ބީއެމްއެލް އިން އެދިއްޖެއެވެ. މާލޭ ސަރަހައްދުގައި ދިރިއުޅޭ ކަސްޓަމަރުންގެ ކާޑު ބީއެމްއެލުން އަންނަނީ މޯލްޑިވްސް ޕޯސްޓް މެދުވެރިކޮށް ސީދާ ކަސްޓަމަރުންގެ ގެއަށް ޑެލިވަރީ ކުރަމުންނެވެ. ކާޑު ފޮނުވައިދިނުމުގައި ދިމާވާ ދަތިތައް ހައްލުކުރުމުގެ ގޮތުން ކަސްޓަމަރުންގެ މެއިލިން އެޑްރެސް އަދާހަމަކުރުމަށް ބޭންކުން އިލްތިމާސްކުރެއެވެ. ބީއެމްއެލުން ބުނީ ކަސްޓަމަރުންނަށް ވީހާވެސް ފަސޭހަކަމާއި ރައްކާތެރިކަމާއެކު ކާޑު ހަވާލުކޮށްދިނުމަށް ނުހަނު...
އަޙްމަދު ވަހީދު
އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނެތަންޔާހޫ އަކީ “21 ވަނަ ގަރުނުގެ ހިޓްލަރު” ކަމަށް ވެނެޒުއޭލާގެ ރައީސް ނިކޮލަސް މަދޫރޯ ވިދާޅުވެއްޖެއެވެ. ވެނެޒުއެލާގެ ރައީސް މަދޫރޯ ވަނީ އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނެތަންޔާހޫއަށް “21 ވަނަ ގަރުނުގެ ހިޓްލަރު” ގެ ނަން ދެއްވާ، އިސްރާއީލުން އީރާނަށް ފަހަކަށް އައިސް ދިން ހަމަލާތައް ހަރުކަށި އިބާރާތުން ކުށްވެރިކުރައްވައިފައެވެ. މަދޫރޯގެ މި ބަސްފުޅުތަކަކީ މެދުއިރުމަތީގެ ބޭރުގައިވާ ޤައުމެއްގެ އިސްވެރިއަކު އިސްރާއީލުގެ ފަހުގެ ޢަމަލުތަކާ ދެކޮޅަށް ދެއްކެވި އެންމެ ހ...
ޔުމްނާ ޢަލީ
ދުނިޔޭގެ އެންމެ ބޮޑު އެތެރެވަރީގެ ކަނޑު ކަމުގައިވާ ކެސްޕިއަން ކަނޑުން އައު ޖަޒީރާއެއް ރަޝިޔާގެ ދިރާސާވެރިން ހޯދައިފިއެވެ. ކެސްޕިއަން ކަނޑުގެ އުތުރު ސަރަޙައްދުން އައު ޖަޒީރާއެއް ފެނިފައިވާކަން ރަޝިޔާގެ ދިރާސާވެރިންގެ ޓީމަކުން ވަނީ ކަށަވަރުކޮށްދީފައެވެ. މިހާތަނަށް ނަމެއް ދީފައިނުވާ މި ޖަޒީރާ ފެނުނީ ”މަލީ ޒެމްޗުޒްނީ” ކިޔާ ޖަޒީރާ އާއި 19 މޭލު (30 ކިލޯމީޓަރު) ދުރުން ދެކުނު-ހުޅަނގުންނެވެ. ރަޝިޔާގެ ޓާސް ނޫސް އެޖެންސީން ހާމަކުރި ގޮތުގައި، މި ޖަޒީރާ ފެންމަތިން ފެންނަނީ ތިރިކޮށެވެ. އަދި ދިރާސާވެރިން […]
ޔުމްނާ ޢަލީ
ށ. އަތޮޅުގެ އޮޑިވެރިންނާއި މަސްވެރިންނަށް އަމާޒުކޮށްގެން ކަނޑުމަތީގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭގޮތުން ހޭލުންތެރިކުރުމުގެ ޕްރޮގްރާމެއް މި މަހުގެ 13 ވަނަ ދުވަހު ށ. ފުނަދޫގައި ފަށައިފިއެވެ. މި ޕްރޮގްރާމް ފެށުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ށ. އަތޮޅު ކައުންސިލްގެ ރައީސް މުޙައްމަދު ސިޔާމް އެވެ. މި ރަސްމިއްޔާތުގައި އަޕަރ ޕޮލިސް ރީޖަން ކޮމާންޑަރު ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް އިބްރާހީމް ޒުހުރީ އާއި މެރިން ޕޮލިސްގެ ހެޑް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް ޢަބްދުﷲ ޙަމީދު ޔޫސުފް އަދި ށ. […]
އިބްރާހިމް އަސްވާޤް
ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފްލެޓް ލިބޭނެ ކަމަށް ކުރީގެ ސަރުކާރުން ކަނޑައެޅި ބައެއް މީހުންނާ ފްލެޓްތައް ހަވާލުކުރަން އަމުރެއް ނެރެދެވޭނެ ތަނެއް ނެތް ކަމަށް ސިވިލް ކޯޓުން ނިންމައިފި އެވެ. ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފްލެޓް ލިބޭ މީހުންގެ ލިސްޓް ކުރީގެ ސަރުކާރުން ހަދައި، އޭގެ ތެރެއިން ބައެއް މީހުންނާ އެކު އެއްބަސްވުމެއް ހަދާފައިވެ އެވެ. ނަމަވެސް އެ މީހުންނަށް ފްލެޓްތައް ހަވާލު ނުކުރާތީ އޭގެ ތެރެއިން 15 މީހަކު ވަނީ ސިވިލް ކޯޓަށް މައްސަލައެއް ހުށަހަޅައިފަ […]
އަލީ އާދިލް
ވަގަށް ނަގާފައިވާ ސައިކަލަކާއި ފޯނުތަކަކާއި އިތުރު ސާމާނުތަކަކާއެކު މީހަކު ހައްޔަރުކޮށްފިއެވެ. ފުލުހުންގެ މިއަދު ބުނީ ވަގަށް ނަގާފައިވާ ސައިކަލަކާއި ފޯނުތަކަކާއި އިތުރު ސާމާނުތަކަކާއެކު މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. މި މައްސަލާގަައި ފުލުހުން ހައްޔަރުކޮށްފައި ވަނަި ރ. އަލިފުށި / ހަބީބީހެޕް، އިސްމާޢީލް ސާއިފް (39 އަހަރު) އެވެ. އޭނާ ހައްޔަރުކޮށްފައިވަނީ މި ޖޫން މަހުގެ 13 ވަނަ ދުވަހު މާލެތެރެ ޕެޓްރޯލްކުރަމުންދިޔަ ފުލުހުންނަށް އޭނާގެ އަމަލުތައް ހުރި ގޮތުން ތުހުމަތުކުރެވިގެން ހުއްޓުވައި އޭނާ އެވ...
ޔުމްނާ ޢަލީ