ހުޅުމާލޭގައި، ދޮށީ އުމުރުގެ ދިވެހި އަންހެނަކު މަގު ހުރަސްކުރަނިކޮށް ބިދޭސީއެއް ދުއްވި ސައިކަލަކުން ޖެހި މިއަދު އެކްސިޑެންޓެއް ހިނގައިފިއެވެ.

ފުލުހުންގެ ޚިދުމަތުން މިއަދު ބުނީ، މި އެކްސިޑެންޓު ހިނގާފައިވަނީ މިއަދު ހުޅުމާލެ ފޭސް 1، ބަގީޗާ ހިނގުމުން އުތުރުން ދެކުނަށް ދުއްވަމުންދިޔަ ސައިކަލެއް، ޒެބްރާ ކްރޮސިންގއަކުން މަގު ހުރަސްކުރި މީހެއްގެ ގައިގައި ޖެހިގެން ކަމަށެވެ.

Ad
rt

މި އެކްސިޑެންޓް ހިނގާފައިވާކަމަށް ފުލުހުންނަށް ރިޕޯޓުކޮށްފައި ވަނީ 14:16 ހާއިރުކަމަށް ފުލުހުން ބުންޏެވެ.

މި އެކްސިޑެންޓުގައި ހިމެނޭ ސައިކަލު ދުއްވާފައި ވަނީ އެ ކެޓަގަރީގެ އުޅަނދު ދުއްވުމުގެ ލައިސަންސް ނެތް، ބަންގްލަދޭޝްއަށް ނިސްބަތްވާ ފިރިހެނެކެވެ.

އެކްސިޑެންޓުގައި އަނިޔާވެފައިވަނީ 59 އަހަރުގެ ދިވެހި އަންހެނަކަށެވެ. އޭނާ ވަނީ ހުޅުމާލެ ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދީފައެވެ. ހޮސްޕިޓަލާއި ހަވާލާދީ ފުލުހުން ބުނީ އެ އަންހެން މީހާ އަށް ސީރިއަސް އަނިޔާއެއް ވެފައިނުވާކަމަށެވެ.

މި އެކްސިޑެންޓު ހިނގި ސައިކަލު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް ޓޯކޮށްފައިވާއިރު، މި މައްސަލައިގެ ތަޙުޤީޤު ކުރަމުން އަންނަކަމަށް ފުލުހުން ބުންޏެވެ.