1 މިނިޓު
މޫސުމީ ބަދަލުތަކާ އެކު، ތާރީޚުގައި ވެސް ރެކޯޑުކުރެވޭ އެންމެ ވަރުގަދަ އެލްނީނޯ އިވެންޓްތަކުގެ ތެރޭގައި ހިމެނޭ ފަދަ ވަރުގަދަ އެލްނީނޯއެއް އުފެދި، އޭގެ އެންމެ މައްޗަށް ނުވަތަ ޕީކަށް ޑިސެމްބަރު 2026 ގައި ދާނެ ކަމަށް މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް (މެޓް) އިން ލަފާކޮށްފިއެވެ. މިކަން ހާމަކޮށްފައިވަނީ މެޓް އޮފީހުން ދާދިފަހުން ނެރުނު ރާއްޖޭގެ މޫސުމާ ބެހޭ އަދާހަމަ، އެލްނީނޯ ބުލެޓިން ގައެވެ. މެޓް އޮފީހުގެ ރިޕޯޓުގައި ބަޔާންކޮށްފައިވާ ގޮތުގައި، ސެޕްޓެމްބަރު 2026 ގައި މި އެލްނީނޯ […]
ޔުމްނާ ޢަލީ
ދިވެހިރާއްޖޭގެ ހާއްސަ އިގްތިސާދީ ސަރަހައްދުގައި ގަވާއިދާ ހިލާފަށް މަސްވެރިކަން ކުރަމުން ދަނިކޮށް އަތުލައިގަތް އިންޑިއާގެ ތިން މަސްބޯޓާއި އޭގައި ތިބި 25 ފަޅުވެރިން ސަލާމަތްކޮށް، އަނބުރާ ގައުމަށް ގެނައުމަށް ކަމާބެހޭ އިދާރާތަކުން އަވަސް ފިޔަވަޅުތަކެއް އަޅައިދިނުމަށް އެ ގައުމުގެ މަސްވެރިންގެ އާއިލާތަކުން ގޮވާލައި މުޒާހަރާކޮށްފި އެވެ. މި އުޅަނދުތައް ރާއްޖޭގެ އަސްކަރިއްޔާގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ ސަރަހައްދީ ރޮނގު ހުރަސްކޮށް ރާއްޖޭގެ ސަރަހައްދަށް ވަދެ މަސްވެރިކަން ކުރަމުން ދަނިކޮށެވެ. އެމްއެންޑ...
އަލީ އާދިލް
ހދ. ހަނިމާދޫ ސްކޫލުގެ ދަރިވަރުންނަށް ޚާއްޞަކޮށްގެން މާލީ ހޭލުންތެރިކަމާއި، ކެރިއަރ ބައްޓަންކުރުމާ ގުޅޭގޮތުން މަޢުލޫމާތު ދިނުމުގެ ދެ ސެޝަނެއް ކާމިޔާބުކަމާއެކު ކުރިއަށް ގެންގޮސްފައިވާ ކަމަށް ޕެންޝަން އޮފީހުން މިއަދު ބުނެފިއެވެ. މި ސެޝަންތައް ކުރިއަށް ގެންގޮސްފައިވަނީ ޕެންޝަން އޮފީހުގެ “ކެރިއަރ ކޮމްޕަސް” އަދި “ޑޯނަޓްސް އެންޑް ފައިނޭންސް” ޕްރޮގްރާމްތަކުގެ ތެރެއިންނެވެ. މި ސެޝަންތަކުގެ މައިގަނޑު އަމާޒަކީ ދަރިވަރުންގެ ޕްރޮފެޝަނަލް ހުނަރުތައް ތަރައްޤީކުރުމާއި، އަމިއްލަ މާލީ ކަންކަން ހަރުދަނާ އަދި ދެމެހ...
ޔުމްނާ ޢަލީ
އެއްގަމު ދަތުރުފަތުރުގެ ގަވާއިދުތަކާ ޚިލާފަށް ޕާކުކުރާ އުޅަނދުތަކާމެދު ޑިޖިޓަލް އަދި އިލެކްޓްރޯނިކް ވަސީލަތްތައް މެދުވެރިކޮށް ފިޔަވަޅު އަޅަން ފެށުމަށް މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ޓްރާންސްޕޯޓް އެންޑް ޓްރޭޑުން ނިންމައިފިއެވެ. ޓްރާންސްޕޯޓް މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނީ، މިއީ ގާނޫނު ނަންބަރު 16/2026 (އެއްގަމު ދަތުރުފަތުރުގެ ގާނޫނު) ގެ 93 ވަނަ މާއްދާގެ ދަށުން، އެއްގަމު ދަތުރުފަތުރުގެ ނިޒާމު ވަރުގަދަކޮށް ގާނޫނު ތަންފީޒުކުރުމުގެ މަސައްކަތް އިތުރަށް ހަރުދަނާކުރުމަށްޓަކައި ނިންމި ނ...
އަލީ އާދިލް
އެމެރިކާގެ ޑިޕާޓްމަންޓް އޮފް ޖަސްޓިސް (ޑީއޯޖޭ) އިން ހިންގަމުންދާ ޖިނާއީ ތަހުގީގަކާ ގުޅިގެންކަމަށް ބުނެ، އެ ގައުމުގެ ގާނޫނުހަދާ މަޖިލީހުގެ މެންބަރު އިލްހާން އުމަރުގެ ގެކޮޅު ފެޑެރަލް އޭޖެންޓުން ފާސްކުރުމާ ގުޅިގެން، ރައީސް ޑޮނަލްޑް ޓްރަމްޕަށް އޭނާ ވަރުގަދަ ރައްދެއް ދެއްވައިފިއެވެ. ވޮޝިންގްޓަން ސަރަހައްދުގައި ހުންނަ އިލްހާންގެ ގެކޮޅު ކޯޓު އަމުރެއްގެ ދަށުން ފާސްކޮށްފައިވަނީ ހޯމްލޭންޑް ސެކިއުރިޓީ އިންވެސްޓިގޭޝަންސް (އެޗްއެސްއައި) ގެ ފެޑެރަލް އޭޖެންޓުންނެވެ. މި ހާދިސާއާ ގުޅިގެން 2026 އޮކްޓޫބަރު 12 ވީ ދ...
ނާޒިމާ އަލީ
ދިވެހިރާއްޖޭގެ ސަރަޙައްދުގެ އެއްވެސް ބައެއް، އެއްވެސް ޙާލެއްގައި، ބޭރުގެ އަސްކަރީ ނުވަތަ އެނޫންވެސް ބެލެހެއްޓުމުގެ ބާރަކަށް ދިވެހި ސަރުކާރުން ނުދޭނެކަން ހާމަކޮށް، ސަރުކާރުން މިއަދު ބަޔާނެއް ނެރެފިއެވެ. ސަރުކާރުން މިކަން ހާމަކޮށްފައިވަނީ ދިވެހިރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ރައްކައުތެރިކުރުމާ ގުޅޭގޮތުން އާންމުކުރި ޚާއްޞަ ބަޔާނެއްގައެވެ. އެ ބަޔާނުގައި ސަރުކާރުން ބުނީ، ދިވެހިރާއްޖޭގެ ސަރަޙައްދާއި ދިވެހިދައުލަތުގެ ސިޔާދަތަކީ އެމައްޗަށް ދިވެހިރާއްޖޭގެ މިނިވަންކަން ބަރޯސާވާ، ބަދަލުނުކުރެވޭނޭ އަދި...
ޔުމްނާ ޢަލީ
ހދ. ހަނިމާދޫ އިން 2000 އަކަފޫޓްގެ 300 ގޯތި ދޫކުރަން އެރަށު ކައުންސިލުން މިއަދު ފާސްކޮށްފިއެވެ. މިގޮތަށް ފާސްކުރީ މިއަދު އޮތް ހަނިމާދޫ ކައުންސިލްގެ ފަސް ވަނަ ދައުރުގެ 18 ވަނަ ބައްދަލުވުމުގައެވެ. ހަނިމާދޫ ކައުންސިލުން ‘’ތިލަދުން’’ އަށް މައުލޫމާތު ދިންގޮތުގައި ކައުންސިލްގެ މިއަދުގެ ބައްދަލުވުމުގައި އެރަށުން 2000 އަކަފޫޓްގެ 300 ގޯތި ދޫކުރަން ފާސްކުރުމުގެ އިތުރުން ގޯތިތައް ދޫކުރުމުގެ އުސޫލުވެސް ވަނީ ފާސްކޮށްފައެވެ. ހަނިމާދޫ ކައުންސިލުން ބުނީ، ކައުންސިލްގެ މި ނިންމުމާއެކު ހަނިމާދޫން ގޯތި ދޫކުރާނެގޮތުގ...
ޔުމްނާ ޢަލީ
މާލެއާއި ހުޅުމާލެ ގުޅުވައިދޭ ބްރިޖުމަތީގެ ޓްރެފިކް ތޮއްޖެހުން ކުޑަކުރުމަށްޓަކައި، އޮފީސް ގަޑިތަކުގައި ހެވީ ވެހިކަލްތައް ނުދުއްވޭ ގޮތަށް ވަކި ގަޑިތަކެއް ކަނޑައެޅުމުގެ މަސައްކަތް ކުރަމުންދާ ކަމަށް މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ޓްރާންސްޕޯޓް އެންޑް ޓްރޭޑް މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ. އަންގާރަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ސަޢީދު ހާމަކުރެއްވި ގޮތުގައި، މި ބަދަލު ގެނައުމަށް ހަމަޖެހިފައިވަނީ ވިޔަފާރިތަކަށާއި ރައްޔިތުންނަށް ދަތިނުވާނޭ...
ޔުމްނާ ޢަލީ
ދުނިޔޭގެ އެކި ގައުމުތަކުގެ ސަރުކާރުތަކުން ދަރަނި ނެގުމަށް ކުރަންޖެހޭ ހޭދަ ބޮޑުވެ، މާލީ ފިއްތުންތައް އިންތިހާއަށް އިތުރުވަމުންދާ ކަމުގެ އިންޒާރު އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) އިން ދީފިއެވެ. އަދި 2030 ވަނަ އަހަރާ ހަމައަށް ދާއިރު މުޅި ދުނިޔޭގެ ޖުމްލަ ދަރަނި، ދުނިޔޭގެ އިގްތިސާދީ އުފެއްދުންތެރިކަމުގެ ނުވަތަ ޖީޑީޕީގެ 100 އިންސައްތައަށް ވުރެ މައްޗަށް އަރާނެ ކަމަށް ލަފާކުރެވޭތީ، ބަޖެޓުގެ ޑެފިސިޓް ކުޑަކުރުމަށް އިތުބާރު ހުރި ފިޔަވަޅުތަކެއް އެޅުމަށް ވެސް އެ ޖަމާއަތުން ވަނީ ބާރުއަޅައިފައެވެ....
ނާޒިމާ އަލީ
ގދ. ތިނަދޫ ސިޓީގައި ސައިކަލަކަށް ފޮއްޓެއް އަރުވައިގެން ދުއްވާލަން އުޅުމުގެ ތެރޭގައި ކޮންޓްރޯލް ނުވެ، ދެ މީހުންނާއެކު ސައިކަލު ބަނދަރު މޫދަށް ވެއްޓޭ ހާދިސާއެއް ހިނގައިފިއެވެ. ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ، ތިނަދޫ ޑީ.އެމް.އެން ކެފޭ ކުރިމަތިން ބަނދަރާ ދިމާލަށް ސައިކަލެއް ކޮންޓްރޯލް ނުވެ ގޮސް މޫދަށް ވެއްޓިފައިވާ ކަމުގެ މައުލޫމާތު ރިޕޯޓުކޮށްފައިވަނީ 2026 އޮކްޓޫބަރު 13 ވަނަ ދުވަހުގެ ހަވީރު 17:28 އެހައިކަންހާއިރު ކަމަށެވެ. މި ހާދިސާ ހިނގަން މެދުވެރިވި ސަބަބާ ގުޅޭގޮތުން ފުލުހުން […]
ޝިއުނާ އާދަމް
ހުޅުމާލެ ފޭސް 2 ގައި ދެ ސައިކަލު ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި ތިން މީހުން އަރުވައިގެން ސައިކަލު ދުއްވި މީހާ ހޮސްޕިޓަލުން ފަރުވާއަށްފަހު ދޫކޮށްލުމާއެކު ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފިއެވެ. މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ އިރުމަތީގެ / ލ. މާމެންދޫ، މުޙައްމަދު ސައިފް (27އ) އެވެ. ފުލުހުން ވިދާޅުވީ ސައިފް ހޮސްޕިޓަލުގައި ފަރުވާދިނުމަށްފަހު ދޫކޮށްލުމުން، އޭނާ ހައްޔަރުކޮށްފައިވަނީ 2026 އޮކްޓޫބަރު 12 ވަނަ ދުވަހު ކަމަށެވެ. އަދި އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމ...
އަލީ އާދިލް
މިހާރު ދައުރުކުރަމުންދާ ފަސް ރުފިޔާގެ ނޫޓުތައް ބާވެ ހަލާކުވުމާ ގުޅިގެން ބާޒާރުގައި އެ ނޫޓު ވަރަށް ބޮޑަށް މަދުވެފައިވާތީ، ފަސް ރުފިޔާގެ އާ ސްޓޮކެއް ގެނެސްފިއެވެ. މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބުނި ގޮތުގައި، އިގްތިސާދުގައި އުފެދޭ ނަގުދު ފައިސާގެ ޑިމާންޑާ އެއްވަރަށް ނޫޓު ފޯރުކޮށްދިނުމަށް ޓަކައި އެ އޮތޯރިޓީން އަބަދުވެސް ދަނީ މަސައްކަތް ކުރަމުންނެވެ. އެގޮތުން ފަސް ރުފިޔާގެ ނޫޓަކީ އެ އޮތޯރިޓީން އާންމުންނަށާއި ވިޔަފާރިތަކަށް ގިނަ އަދަދަކަށް ދޫކުރަމުން އަންނަ ނޫޓެއް ކަމަށް […]
އިބްރާހިމް އަސްވާޤް
އޮކްޓޯބަރު 11 ވަނަ ދުވަހުގެ އަދަދާއި ގުޅޭ: ” ސިއްރު ނުކޮށް ބުނި ނަމަ، އަހަރެމެން އެންމެން އެކުގައި އެ ކަން ހުއްޓުވުނީސް. އެކަމަކު އަހަންނަށް ހީވަނީ މިހާރު މާ ލަސްވެއްޖެހެން.” މާޔާ އެހެން ބުނެ ފޯނު ކަނޑާލިއެވެ. އެއާއެކު ލީނާ އަނެއްކާ ވެސް މާޔާއަށް ގުޅަން ފެށިއެވެ. ނަމަވެސް ލީނާގެ ކޯލަށް މާޔާ ޖަވާބު ދޭ ހިތް ނުވެގެން ފޯނު އޮފްކޮއްލިއެވެ. ވިސްނުންތަކުން މާޔާގެ ސިކުނޑިއަށް ބަރުވަމުން ދިޔައެވެ. ހިފެހެއްޓުމެއްނެތި ލޮލުން ދިޔައީ ކަރުނަ އޮހޮރެމުންނެވެ. […]
ސަލާމާ ޢަބްދުލް ޢަލީމް
ޗައިނާގައި އިތުރުވަމުން އަންނަ އެކަނިވެރިކަން ފިލުވައިދިނުމަށް މީހުން ކުއްޔަށް ހިފުމުގެ ވިޔަފާރި ވަރަށް ބޮޑަށް ފުޅާވެ، މިއީ 7.4 ބިލިއަން ޑޮލަރުގެ ބޮޑު ސިނާއަތަކަށް ބަދަލުވެއްޖެ އެވެ. އުމުރުން ދުވަސްވީ މީހުންނަށް ކާބޯތަކެތި ފޯރުކޮށްދިނުމާއި، އެކަނިވެރިކަން ފިލުވައިދޭނެ “ވަގުތީ ދަރިން” ކުއްޔަށް ހިފުމުގެ އިތުރުން، ބޮޑެތި ހޮސްޕިޓަލްތަކަށް މީހުންނާ އެކު ދިއުމަށާއި ފަރުބަދަތަކަށް އެރުމުގައި ބައިވެރިވުމަށް ވެސް މިހާރު އެ ގައުމުގައި ފައިސާ ދީގެން މީހުން ހޯދަ އެވެ. ބެއިޖިންގެ ރަށްބޭރުގައި ދިރިއުޅޭ އުމުރު...
ނާޒިމާ އަލީ
އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ތަރައްގީކޮށް ބޭނުންކުރުމުގައި މިހާރަށް ވުރެ ހަރުދަނާ ފިޔަވަޅުތަކެއް އަވަހަށް ނާޅައިފިނަމަ، ދުނިޔޭގެ މުހިންމު އުމްރާނީ ވަސީލަތްތަކަށް ބޮޑެތި ގެއްލުންތަކެއް ލިބި، ސައިބާ ނުރައްކާތަކާ ކުރިމަތިލާން ޖެހިދާނެ ކަމަށް ދުނިޔޭގެ އެކި ކަންކޮޅުތަކުގެ ސައިންސްވެރިން އިންޒާރު ދީފިއެވެ. މި އިންޒާރު ދީފައިވަނީ ދުނިޔޭގެ 32 ގައުމެއްގެ ޔުނިވަރސިޓީތަކާއި ދިރާސާކުރާ އިދާރާތައް ތަމްސީލުކުރާ 300 އަށް ވުރެ ގިނަ ސައިންސްވެރިން ސޮއިކޮށް، އަންގާރަ ދުވަހު އާންމުކުރި ބަޔާނެއްގައެވެ. ސައިން...
ނާޒިމާ އަލީ
ސަޢޫދީ އިސްވެ އޮންނަ ކޯލިޝަނުން ޔަމަނުގެ ވެރިރަށް ސަންޢާގެ ތެޔޮ ރައްކާކުރާ މަރުކަޒަކަށް ވައިގެ ހަމަލާތަކެއް ދިނުމާ ގުޅިގެން، އޭގެ ބަދަލުހިފުމެއްގެ ގޮތުން ހޫޘީ ހަނގުރާމަވެރިން ސަޢޫދީ އަރަބިއްޔާގެ ގައުމީ ތެޔޮ ކުންފުނި ކަމަށްވާ ސަޢޫދީ އަރަމްކޯގެ އިމާރާތަކަށް ހަމަލާއެއް ދީފިއެވެ. ސަޢޫދީގެ އިރުމަތީ ސިޓީއެއް ކަމަށްވާ ދަހްރާންގައި ހުންނަ އަރަމްކޯގެ އިދާރީ އިމާރާތަކަށް އަމާޒުކޮށް އަންގާރަ ދުވަހު ދިން މި ހަމަލާގެ ސަބަބުން އަލިފާން ރޯވި ނަމަވެސް، އެއްވެސް މީހަކު މަރުވެ ނުވަތަ އަނިޔާވެފައި ނުވާ […]
ނާޒިމާ އަލީ
ތެލުގެ އަގު އުފުލުމާއި ފަތުރުވެރިކަމުން ލިބޭ އާމްދަނީ ދަށްވުމުގެ ސަބަބުން ރާއްޖޭގެ އިގުތިސާދަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކުން އަރައިގަތުމަށާއި، ބޭރު ފައިސާގެ ރިޒާވް ވަރުގަދަކޮށް އިގުތިސާދީ އިސްލާހީ ފިޔަވަޅުތައް ކުރިއަށް ގެންދިއުމަށް ވޯލްޑް ބޭންކާއި ބައިނަލްއަގުވާމީ އެހެން ބައިވެރިންގެ އެހީތެރިކަން ހޯދަމުން އަންނަ ކަމަށް މާލީ ވަޒީރު ހަސަން ޒަރީރު ވިދާޅުވެއްޖެ އެވެ. މި ހަފުތާގައި ބެންކޮކްގައި ބާއްވާ އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) އަދި ވޯލްޑް ބޭންކުގެ އަހަރީ ބައްދަލުވުމުގެ ކުރިން...
ޔުމްނާ ޢަލީ
ހދ. ކުމުންދޫގައި ވިޔަފާރި އުސޫލުން ނުވަތަ ކޮމާޝިއަލްކޮށް ދިގު މުއްދަތަކަށް ދަނޑުވެރިކަން ކުރުމަށްޓަކައި 100،000 (އެއް ލައްކަ) އަކަފޫޓުގެ ބިމެއް 25 އަހަރު ދުވަހުގެ މުއްދަތަށް ކުއްޔަށް ދޫކުރުމަށް އެ ރަށު ކައުންސިލުން އިއުލާނުކޮށް، ބިޑު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. މި ފުރުސަތު ހުޅުވާލަމުން ކުމުންދޫ ކައުންސިލުން ބުނީ، މި ބިން ކުއްޔަށް ދޫކުރުމަށް ބިޑު ހުށަހަޅާ ފޯމު ދޫކުރުމަށް ހަމަޖެހިފައިވަނީ ކުއްޔަށް ނެގުމަށް ބޭނުންވާ ބިމަށް ވަކި ބިޑު ފޮތެއްގެ ގޮތުގައިކަމަށެވެ. އެގޮތުން ބިޑު ހުށަހަޅާ […]
ޔުމްނާ ޢަލީ