ފީފާއިން އިޒްރޭލުގެ ފުޓްބޯޅަ އެސޯސިއޭޝަން ޖޫރިމަނާކޮށްފި
ފީފާގެ އެންޓި-ޑިސްކްރިމިނޭޝަން ނުވަތަ ތަފާތުކުރުންތަކާ ދެކޮޅަށް ކަނޑައަޅާފައިވާ އުސޫލުތަކާ ތަކުރާރުކޮށް ޚިލާފުވުމުގެ ސަބަބުން، އިޒްރޭލުގެ ފުޓްބޯޅަ އެސޯސިއޭޝަން (އައި.އެފް.އޭ) 150,000 ސުވިސް ފްރޭންކް (ގާތްގަނޑަކަށް 190,700 ޑޮލަރު) އިން ޖޫރިމަނާކުރުމަށް ފީފާއިން ބުރާސްފަތި ދުވަހު ނިންމައިފިއެވެ. ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާގެ ޑިސިޕްލިނަރީ ކޮމިޓީގެ ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި، އިޒްރޭލުގެ ކުލަބެއް ކަމަށްވާ ބީޓާރު ގުދުސްގެ ސަޕޯޓަރުންގެ ފަރާތުން ފެންނަމުންދާ ނަސްލީ ތަފާތުކުރުންތަކުގެ އަމ...