ނޮޅިވަރަންފަރު އަހިމާގޭ ޙުސައިން ޢަބްދުﷲ ކަން ހާމަކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ އެރަށު މަދަރުސާގެ އިސްލާމް ޓީޗަރުގެ މަޤާމުގައި ހުންނެވިއަސް ޙަޤީޤަތުގައި އޭނާއަކީ އެ މަދަރުސާގެ ބައްޕަކަމުގައި ސިފަކުރައްވާފައެވެ. ނޮޅިވަރަންފަރުގައި ފުރަތަމަ ކިޔަވައިދޭން ފެށިއިރު މުޅި މަދަރުސާއަކީ ޙުސައިން ޢަބްދުﷲ ކަމަށާއި އޭނާއަކީ ރާއްޖޭގެ މުދައްރިސުންގެ ޢާއިލާގެވެސް ވަރަށް އަގުހުރި މެންބަރެއްކަމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ސިފަކުރައްވާފައެވެ. މިއަދު މެންދުރެއްހާއިރު ހދ. ހަނިމާދޫ ކައިރިން ލޯންޗެއް ބަން...
ޝިއުނާ އާދަމް
ލާންޗު ހާދިސާގައި ނިޔާވި މީހުންގެ ކަށުނަމާދު މިރޭ 1:30 ގައި އޮންނާނެއެވެ. ހަނިމާދޫ ކައުންސިލުން މަޢުލޫމާތު ދޭގޮތުގައި ކަށު ނަމާދު އޮންނާނީ މިރޭ 1.30 ގައި، ހަނިމާދޫ މަސްޖިދު މޫސާ އަލީ މިސްކިތުގައެވެ. މިޔަދު ދިމާވި ހިތާމަވެރި ހާދިސާގައި ނިޔާވެފައިވަނީ: ޙުސައިން އަބްދުﷲ – އަހިމާގެ ހދ. ނޮޅިވަރަންފަރު (55 އަހަރު) މަރިޔަމް މަޢުސޫމާ – އަހިމާގެ ހދ. ނޮޅިވަރަންފަރު (48 އަހަރު) ފާތިމަތު ގުރައިޝާ – އަހިމާގެ – ހދ. ނޮޅިވަރަންފަރު (30 އަހަރު) އިރާ […]
އިބްރާހިމް އަސްވާޤް
ހދ. ނޮޅިވަރަންފަރުން ފުރައިގެން ހދ.ހަނިމާދޫ އަށް ދަތުރުކުރި ލޯންޗެއް ބަންޑުން ޖަހާލުމާ ގުޅިގެން ނިޔާވި ފަސް މީހުންގެ ޖަނާޒާ ހަނިމާދޫގައި ބޭއްވުމަށް ނިންމައިފިއެވެ. މިޒަނާޒާގައި ބައިވެރިވުމަށް އާއިލާގެ މީހުން މިވަގުތު ދަނީ ހަނިމާދޫއަށް ދިއުމަށް ތައްޔާރުވަމުންނެވެ. ހަނިމާދޫއަށް ދަނީ ޕޮލިސް ލޯންޗުގައި ޕޮލިހުންގެ އެހީތެރިކަމާއިއެކު އެވެ. އެ ފަރާތްތަކުގެ ޖަނާޒާ އަށް މިހާރު އަންނަނީ އެންމެފަހުގެ ތައްޔާރީތައް ވަމުންނެވެ. ނޮޅިވަރަންފަރު ކައުންސިލުގެ ރައީސް އަޙްމަދު އިބްރާހިމް މި ނޫހަށް މައުލޫމާތު ދެއްވަ...
އިބްރާހިމް އަސްވާޤް
މެދުކެނޑުމަށް ފަހު މޯލްޑިވިއަންގެ ދަތުރުތައް ހަނިމާދޫ އަށް ފަށައިފި އެވެ. މޯލްޑިވިއަނުން ހަނިމާދޫ އަށް ކުރަމުން އައި ދަތުރުތައް ކެންސަލްކޮށްފައިވަނީ މިއަދު ހެނދުނު މޫސުން ގޯސްވުމާ ގުޅިގެންނެވެ. ނަމަވެސް މިހާރު އަލުން ދަތުރުތައް ފަށާފައިވާ ކަމަށް މޯލްޑިވިއަނުން ބުނެއެވެ. ހަނިމާދޫ ދަތުރުތައް މޫސުން ތަންނުދޭތީ މެދުކަނޑާލުމަށްފަހު އަލުން ދަތުރުތައް ފެށި ވާހަކަ ކަސްޓަމަރުންގެ މަޢުލޫމާތައްޓަކައި ދަންނަވާލިން. — Maldivian (@MaldivianAero) August 29, 2019 އިންޑިއާގެ ޓްރިވެންޑްރަމުން ފުރައިގެން ހަނިމާދޫ...
އިބްރާހިމް އަސްވާޤް
ހދ. ނޮޅިވަރަމްފަރުން ފުރައިގެން ހަނީމާދޫއަށް ދަތުރު ކުރި ލޯންޗު ބަންޑުން ޖާހާލައި މަރުވި މީހުންގެ ތެރޭގައި، ގައުމީ ޓީމުގެ ފޯވަޑް އިބްރާހިމް ވަހީދު ހަސަން (އިއްބެ) ގެ އާއިލާގެ ހަތަރު މީހުން ނިޔާވެފައިވާތީ، ގައުމީ ޓީމުގެ ކޭމްޕް ކެންސަލް ކޮށްފި އެވެ. މިހާދިސާ ހިނގި އިރު އިއްބެ ހުރީ ވޯލްޑް ކަޕް ކޮލިފިކޭޝަންގައި އަންނަ މަހު ގުއާމް އާއި ޗައިނާ އާ ދެކޮޅަށް ކުޅުމަށް އެކުލަވާލި ސްކޮޑާއި އެކު ސްރީލަންކާގައި ކޭމްޕް ކޮށްފަ އެވެ. ގައުމީ ޓީމުން މައުލޫމާތު ދޭގޮތުގައި […]
އިބްރާހިމް އަސްވާޤް
އޭނާއަކީ ތައުލީމީ ބޭފުޅެކެވެ. އެތައް ދަރިވަރެއްގެ މުދައްރިސެކެވެ. އިޖްތިމާއީ ހިދުމަތުގެ އިތުރުން އެއީ ދީނީ ކަންކަމުގައި ނަމޫނާ ބޭފުޅެކެވެ. އެންމެންނާއިވެސް ހިނިތުންވުމަކާއެކު ބައްދަލުކުރައްވާ ސަކަ މިޒާޖެއްގެ އެކުވެރިއެކެވެ. އާދެ އެއީ ހދ. ނޮޅިވަރަންފަރު އަހިމާގެ، ހުސެއިން އަބްދުﷲ ނުވަތަ އެންމެން ދަންނަ ނަމުންނަމަ “ޓީޗަރު ހުސެއިން”އެވެ. ނަމަވެސް އެ ހިދުމަތްތެރިއާ މިއަދު ވަނީ އަޅުގަނޑުމެންނާ ތާ އަބަދަށް ވަކިވެފައެވެ. މިޚަބަރު ގިނަ ބަޔަކަށް ވެގެންދިޔައީ ހިތްދަތިކަމުން ފުރިގެން ދިޔަ ޚަބަރަކަށެވެ. ހދ....
އަލީ އަހުސަން
ލޯންޗު ބަންޑުންވި ހާދިސާގައި ނިޔާވި މީހުންގެ އާއިލާތަކަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ އިތުރުން ނައިބު ރައީސް ފައިސަލް ނަސީމް ތައުޒިޔާ ވިދާޅުވެއްޖެ އެވެ. ހދ. ނޮޅިވަރަންފަރުން ފުރައިގެން ހދ. ހަނިމާދު އަށް ދަތުރުކުރި ލޯންޗެއް ބަންޑުން ޖަހާލައި ފަސް މީހުން ނިޔާވި ހާދިސާއާ ގުޅިގެން އެމީހުންގެ އާއިލާތަކަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ތައުޒިޔާ ފޮނުއްވައިފި އެވެ. މިއަދު ހަނިމާދޫ ކައިރިން ލާންޗެއް ބަންޑުންޖަހާލައި 5 ބޭފުޅަކު ނިޔާވި ޚަބަރު އެހީ ފުންހިތާމައާއެކު. އަދި އެބޭފުޅުންގެ […]
ޝިއުނާ އާދަމް
ހދ. ނޮޅިވަރަންފަރުން އެއަތޮޅު ހަނިމާދޫއަށް ދަތުރުކުރި ޑިންގީއެއް ބަންޑުން ޖަހާލި ހާދިސާ ހިނގާފައިވަނީ ކޮޅިގަނޑެއްގައި ޖެހިގެން ކަމަށް އެމްއެންޑީއެފް އިން ބުނެފިއެވެ. އެމްއެންޑީއެފް ކޯސްޓްގާޑުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ކޯސްޓް ގާޑުގެ ޕްރިންސިޕަލް ޑައިރެކްޓަރ މުހައްމަދު ސަލީމް ވިދާޅުވީ، ޑިންގީ ބަންޑުން ޖަހާލައިގެން އުޅޭކަން އެނގުނީ އެ ޑިންގީން ދަތުރުކުރި އެކަކު ފަރާފައި ހަނިމާދު އަށް ގޮސް އެ ވާހަކަ ބުނުމުންކަމަށެވެ. އެމްއެންޑީއެފް އިން ހާމަކުރިގޮތގައި އެކަން އެނގުމާ އެކު ހަނިމ...
އަބްދުﷲ ޝަފީޢު
ހަނިމާދޫ ސިއްހީ މަރުކަޒުގައި ފަރުވާ ދެމުން ދަނީ ހަތަރު މީހުނަށެވެ. އެ މީހުންގެ ހާލު ރަނގަޅު ކަމަށް ސިއްހީ މަރުކަޒު ހިންގުމާ ހަވާލުވެ ހުރިފަރާތުން މައުލޫމާތު ދެ އެވެ. ސަލާމަތްވި ފަސް މީހުން ހޮސްޕިޓަލަށް ގެނައިއިރު ލޮނުބޮވި ހާލު ސީރިއަސް. އެކަމަކު އޮކްސިޖަން ދީގެން އެ މީހުންގެ ހާލު ކުރިއަށް ވުރެ ރަނގަޅުކަމަށް ހަނިމާދޫ ސިއްހީ މަރުކަޒުން ތިލަދުންއަށް މަޢުލޫމާތުދީފައިވެއެވެ. ހދ. ނޮޅިވަރަންފަރުން ހަނިމާދުއަށް ދަތުރުކުރަމުން ދިޔަ ކުޑަ ލޯންޗެއް ބަންޑުންޖަހާލައި، ސަލާމަތްކުރި 10 މީހުންގެ ތެރެއިން […]
އިބްރާހިމް އަސްވާޤް
ވިއްސާރައިގެ ސަބަބުން މޯލްޑިވިއަންގެ ހަނިމާދޫ ދަތުރުތައް ކެންސަލްކޮށްފިއެވެ. މޯލްޑިވިއަން އެއާރލައިން އިން ބުނީ “މިހާރު ކުރަމުންދާ ވިއްސާރައާއި ގުޅިގެން ހަނިމާދުއަށް ކުރަން ހަމަޖެހިފައިވާ ދަތުރުތައް ފަސްކުރިކަން ހުރިހާ ކަސްޓަމަރުންގެ ސަމާލުކަމަށްޓަކައި ދަންނަވާލަންކަމަށެވެ. ދަތުރުތައް އަލުންފެށުނުހާ އަވަހަކަށް އަންގަމުން ގެންދާނެކަމަށް މޯލްޑިވިއަން އިން މައުލޫމާތުދެއެވެ. އިންޑިއާގެ ޓްރިވެންޑްރަމުން ފުރައިގެން ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓަށް ދަތުރުކުރި މޯލްޑިވިއަންގެ ފްލައިޓެއް މޫސުމް ގޯސްވެ،...
ޝިއުނާ އާދަމް
އިންޑިއާގެ ޓްރިވެންޑްރަމުން ފުރައިގެން ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓަށް ދަތުރުކުރި މޯލްޑިވިއަންގެ ފްލައިޓެއް މޫސުމް ގޯސްވެ، ބޯޓް ނުޖެއްސި ވައިގެ ތެރޭގައި ހަތަރު ގަޑިއިރު ހޭދަކުރުމަށްފަހު އެންމެ ފަހު ވެލާނާ އިންޓަނޭޝަން އެއާޕޯޓްގައި ޖައްސައިފި އެވެ. ރޭ ދަންވަރު 2:40 ހާއިރު ޓްރިވެންޑްރަމުން ފުރައިގެން ހަނިމާދުއަށް ދަތުރު ކުރި މި ފްލައިޓުން ދަތުރުކުރި ބައެއް ފަސެންޖަރުންވަނީ އެމީހުންގެ އެ ތަޖުރިބާ “ކުޅުދުއްފުށި އޮންލައިން” އާ ހިއްސާކޮށްފައެވެ. އޭނާ ބުނީ އޭނާގެ އަންހެނުންނާއި 1 އަހަރުގެ ކުޑަ ދަރިފ...
އަފްރާހް އަބްދުލް ރަޝީދު
ހދ. ނޮޅިވަރަންފަރުން ހަނިމާދުއަށް ދަތުރުކުރަމުން ދިޔަ ކުޑަ ލޯންޗެއް ބަންޑުންޖަހާލައި، ސަލާމަތްކުރި 10 މީހުންގެ ތެރެއިން ތިން އަންހެނަކާއި ފިރިހެނެއްގެ އިތުރުން ކުޑަކުއްޖަކު ނިޔާވެއްޖެއެވެ. މި ހާދިސާގައި ނިޔާވި ކުޑަ އަންހެން ކުއްޖާ އަކީ އުމުރުން ގާތްގަނޑަކަށް އެއް އަހަރުގެ ކުއްޖެކެވެ. ނިޔާވި ފިރިހެން މީހާ އަކީ އެކުއްޖާގެ ކާފައެވެ. އެއީ ނޮޅިވަރަންފަރު ސްކޫލުގެ އެންމެ ދުވަސްވީ ޓީޗަރެވެ. އޭނާގެ އިތުރުން ނިޔާވެފައިވަނީ ކުޑަކުއްޖާގެ މަންމަ އާއި މާމަގެ އިތުރުން އެހެން އަންހެނެކެވެ. ދެން މި ހާދިސާގައި [...
އަފްރާހް އަބްދުލް ރަޝީދު
ހދ. ނޮޅިވަރަންފަރުން ފުރައިގެން ހދ. ހަނިމާދޫއަށް ދަތުރުކުރި ލޯންޗެއް ބަންޑުން ޖަހާލައި އޭގެއިން ދަތުރުކުރި ބަޔަކު ކަނޑުވެ، އެއްބަޔަކު ގެއްލިއްޖެ އެވެ. ސިފައިން މީޑިޔާއަށް މަޢުލޫމާތު ދީފައިވާގޮތުގައި، ހދ. ނޮޅިވަރަންފަރުން ފުރައިގެން ހދ. ހަނިމާދޫއަށް ދަތުރުކުރި ކުޑަ ލޯންޗެއް ހަނިމާދޫ ކަންމައްޗަށް ބަންޑުން ޖަހާލާފައިވާކަމަށެވެ. ފުރި ފަހުން ހަބަރެއް ނުވެގެން އެމްއެންޑީއެޕް އަށް ރިޕޯޓް ލިބިފައިވަނީ މިއަދު މެންދުރު 12:25 ހާއިރު އެވެ. މި ލޯންޗުގައި ކުޑަކުއްޖަކާއި 10 މީހުން ތިބިކަމަށް އެމްއެންޑީއެފްއިން...
އަބްދުﷲ ޝަފީޢު
ތިލަދުން
ދިރާގު ޔޫތްލީގް 2019 ގެ 14 އަހަރުން ދަށުގެ އުމުރުފުރާގައި ރޭވެސް ވަނީ ދެމެޗް ކުޅެފައެވެ. ރޭ ކުޅުނު ފުރަތަމަ މެޗްގައި ބައްދަލުކުރީ މާޒިޔާ ފުޓްބޯޅަ އެކެޑެމީ އާއި އީގަލްސް ފުޓްބޯޅަ އެކެޑެމީއެވެ. މިމެޗް 4-1 ގެ ނަތީޖާއަކުން ކާމިޔާބް ކުރީ މާޒިޔާ ފުޓްބޯޅަ އެކެޑެމީންނެވެ. ދެވެނަމެޗްގައި ވިކްޓްރީ ސްޕޯޓްސް ކްލަބް ފޫޓްބޯލް އެކަޑެމީ އަދި ބީޖީ ސްޕޯޓްސް އެކެޑެމީ ބައްދަލުކޮށް 0-1 ގެ ނަތީޖާއަކުން ކުރިހޯދީ ބީޖީ ސްޕޯޓްސް އެކެޑެމީންނެވެ. ރޭ ކުޅުނު ދެ މެޗްގައި […]
އަޙްމަދު އަސްފާން
މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރާގައި ހދ. ނޮޅިވަރަންފަރުގައި ފެންބޮޑުވެއްޖެއެވެ. ނޮޅިވަރަންފަރު ކައުންސިލުގެ ފޭސްބުކް ޕޭޖްގައި ކުރި ޕޯސްޓެއްގައި ބުނީ އެރަށު ޗައިނާ ސައިޓުގައި ފެންބޮޑުވެފައިވާ ކަމަށާއި އެތަނުގައި ދިރިއުޅޭ މީހުންނަށް އެހީވެ، ފެންހިއްކުމުގެ މަސައްކަތް ކުރުމަށް އެ ސަރަހައްދަށް ވީހާވެސް ގިނަ މީހުން ގޮސްދިނުމަށް އެދޭ ކަމަށެވެ. ކައުންސިލްގެ ރައީސް އަހުމަދު އިބްރާހިމް ވިދާޅުވީ ރެޔާއި މިއަދު ހެނދުނު ރަށަށް ބޯކޮށް ވާރޭ ވެހެމުންދާ ކަމަށާއި ރަށުގެ ހުރިހާ ސަރަހައްދެއްގައި ވެސް ފެންބޮޑުވެ...
އަފްރާހް އަބްދުލް ރަޝީދު
ތިލަދުންމަތީ ހޯރަފުއްޓަށް އުފަން މުހައްމަދު އަރުހަމް، ރަހުމް ކުޑަ ގޮތަކަށް މަރާލީ އޭނާގެ އުމުރުން އެންމެ 16 އަހަރުގަ އެވެ. ވަޅިން ދިން ހަމަލާއެއްގެ ޝިކާރައަކަށްވީ އޭނާވީ ލޮރެންޒޯ ޕާކް ތެރޭގަ އެވެ. އެ ހިތާމަ އަރުހަމްގެ އާއިލާއާ ބައްދަލުކުރީ 2012 ވަނަ އަހަރު އެވެ. އަދިވެސް އެމީހުން ތިބީ ހަމަ އެ ހިތާމާގައި އޭނާއަށް އިންސާފު ލިބޭނެ ދުވަހެއްގެ އުއްމީދުގަ އެވެ. އޭނާގެ މަރާ ގުޅިގެން ދައުވާ ކުރީ ހަތަރު މީހަކަށެވެ. ލައްކަ ދުވަހު ކުރިމިނަލް […]
ނ. ހަސަން
ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުން ގޯސްވާނެކަމަށް ލަފާ ކުރެވޭތީ މޫސުމާބެހޭ ގައުމީ އިދާރާއިން ޔެލޯ އެލާޓް ނެރެފިއެވެ. މެޓް އޮފީހުން ބުނީ، ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަކުރުމާއެކު ގުގުރާނެ ކަމަށާއި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އެގޮތުން މިއަދު ހެނދުނު 8:00 އިން ހެނދުނު 11:00 އަށް ހއ އިން ފެށިގެން އދ އަތޮޅާ ދެމެދަށް ބޯކޮށް ވާރޭ ވެހޭނެ ކަމަށާއި ވިލާގަނޑުގައި 50 މޭލަށް ވައިގަދަވާނެ ކަމަށް މެޓް އޮފީހުން ބުނެއެވެ. އެގޮތުން […]
އިބްރާހިމް އަސްވާޤް