މައި ޚަބަރަށް ދިޔުމަށް

އެންމެ ފަހުގެ ލިޔުންތައް

39,309 ޝާއިޢުކުރެވިފައިވާ ލިޔުން

އެންމެ ފަހުގެ ލިޔުންތައް - 2169 ވަނަ ޞަފްޙާ

ކުޅުދުއްފުށި އަދި ހޯރަފުށިގައި އެއާޕޯޓު އެޅުމަކީ "މޮޔަ ކަމެއް": ރައީސް ނަޝީދު

ކުޅުދުއްފުށި އަދި ހޯރަފުށިގައި އެއާޕޯޓު އެޅުމަކީ "މޮޔަ ކަމެއް": ރައީސް ނަޝީދު

ހދ. ކުޅުދުއްފުށި އަދި ހއ. ހޯރަފުށީގައި އެއާޕޯޓު އެޅުމަކީ “މޮޔަ ކަމެއް” ކަމަށާއި އޭގެ ބަދަލުގައި މަސައްކަތް ކުރަންވީ ހަގީގީ ތަރައްގީ ހޯދަން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ. ރައްޔިތުންނާ ބައްދަލު ކުރުމުން ރަށްރަށުގައި އެއާޕޯޓް އަޅައިދޭން އެދެމުން ދާތީ ނަޝީދު ވަނީ ކުރިން ވެސް އެކަންކަމާ ދެކޮޅަށް ވާހަކަފުޅު ދައްކަވައިފަ އެވެ. އެގޮތުން ރަނގަޅު ފެރީގެ ނިޒާމަކާއި ރާއްޖެއާ ގުޅޭ ތަރައްގީތައް ގެނައުން މާ […]

އަފްރާހް އަބްދުލް ރަޝީދު
މަދު މަހުޖަނުންގެ އިގްތިސާދަކުން ގިނަ ރައްޔިތުން ޝާމިލްވާ އިގްތިސާދަކަށް ބަދަލުކުރުން

މަދު މަހުޖަނުންގެ އިގްތިސާދަކުން ގިނަ ރައްޔިތުން ޝާމިލްވާ އިގްތިސާދަކަށް ބަދަލުކުރުން

މީގެ 40 ހަކަށް އަހަރު ކުރިން ދިވެހިންނަކީ ރަށާއި އަދި ރަށްކައިރީ އޮތް ފަޅުރަށުންނާއި ކަނޑުން ދިރިއުޅުމުގެ އެކި ބޭނުންތަކަށް އެއްޗެހި ހޯދައިގެން، އެއިން ރަށުގައި ތަކެތި އުފައްދައިގެން ބޭރަށް އެކްސްޕޯޓްކޮށް އަތޮޅުތަކުގައި އަމިއްލަ ފުއްދުންތެރި އިގްތިސާދެއް ބިނާކޮށްގެން އުޅެމުން އައި ބައެކެވެ. އެހެންކަމުން ރާއްޖޭގެ އާބާދީވެސް އޭރުވަނީ މުޅިރާއްޖެއަށް ބެހިފައެވެ. ވެރިކަން ކުރާ ރަށޭ ކިޔާ މާލެއަށް ހިޖުރަކުރުމުގެ ފޯރި ހުރިކަމެއް އާބާދީގެ ތަފާސް ހިސާބުތަކަކުން ނުދައްކައެވެ. މި ހަގީގަތްތައް ބަދަލުވެ ކޮންމ...

މުނާ މުޙައްމަދު

އިނގިރޭސީންގެ ދުވަސްވަރު ކެލާ

ދިވެހިރާއްޖޭގައި އިނގިރޭސީން އުޅުނުކަމުގެ ނިޝާންތައް ފެންނަކަމަށް އެންމެ މަޝްހޫރުވެފައިވަނީ ރާއްޖޭގެ އެންމެ ދެކުނު ކަމުގައިވާ އައްޑޫއިންނެވެ. ނަމަވެސް، ދުވަސްކޮޅަކަށް ވިޔަސް އިނގިރޭސީންގެ އަސްކަރީ މަރުކަޒެއް ރާއްޖޭގެ އުތުރުގައި ހިންގިކަން ގިނަ ބަޔަކު ހަނދާނެއް ނުހުރެއެވެ. 1945 ވަނަ އަހަރުން ފެށިގެން ދެވަނަ ބޮޑު ހަނގުރާމަ ނިމެންދެން، އައްޑޫގައި ދެކުނުގެ އަސްކަރީ މަރުކަޒު ހިންގި ފަދައިން އުތުރުގައި އަސްކަރީ މަރުކަޒުގެ ގޮތުގައި ހއ.ކެލާގައި “ސްޓޭޖިންގ ޕޯސްޓް”އެއް ހިންގާފައިވެއެވެ. ހއ.ކެލާގެ ކުރީގެ ބ...

Thiladhun
ބީއެމްއެލް ކޮމިޔުނިޓީ ފަންޑުގެ ތިންވަނަ ބުރަށް ކުރިމަތިލުމަށް ހުޅުވާލައިފި

ބީއެމްއެލް ކޮމިޔުނިޓީ ފަންޑުގެ ތިންވަނަ ބުރަށް ކުރިމަތިލުމަށް ހުޅުވާލައިފި

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ކުރިއަށްގެންދާ “އަހަރެންގެ ބޭންކް ކޮމިއުނިޓީ ފަންޑު” ގެ ތިންވަނަ ބުރަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި އެވެ. ޖަމްއިއްޔާތަކުންނާއި އަމިއްލަ ފަރުދުން، ރަށްރަށުގައި ހިންގަން ބޭނުންވާ ޕްރޮޖެކްޓުތަކަށް އެހީދިނުމަށް އުފެއްދި ކޮމިއުނިޓީ ފަންޑުގެ ތިން ވަރަ ބުރަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު އަންނަ މަހުގެ 16 ވަނަ ދުވަހުގެ މެންދުރު 12:00 އާ ހަމައަށް ބީއެމްއެލް އިން ބުންޏެވެ. މިއަހަރުގެ ދެވަނަ ކުއާޓަރުގައި ކޮމިޔުނިޓީ ފަންޑު ޕްރޮގްރާމުން ފަސް ރަށަ...

އަފްރާހް އަބްދުލް ރަޝީދު
ހދ. އަތޮޅު މަދަރުސާގައި 12 ކްލާސް ރޫމް އެޅުމަށް ހަވާލުކޮށްފި

ހދ. އަތޮޅު މަދަރުސާގައި 12 ކްލާސް ރޫމް އެޅުމަށް ހަވާލުކޮށްފި

ހދ. ވައިކަރަދޫގައި ހުންނަ އަތޮޅު މަދަރުސާގައި 12 ކްލާސް ރޫމްގެ ތިންބުރީގެ އިމާރާތް އެޅުމަށް ބަޔަކާ ހަވާލުކޮށްފިއެވެ. 12 ކުލާސް ރޫމް އެޅުމަށް ބަޔަކާ ހަވާލުކޮށް އެއްބަސްވުމުގައި ސޮއި ކޮށްފައިވާއިރު، މި މަސައްކަތް ހަވާލުކުރީ ކިއު.ވަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާ އެވެ. އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ބުރާސްފަތި ދުވަހު މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ. މި އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ފައިނޭންސް އެގްޒެކްޓިވް ނައުޝާދު އިބުރާހިމެވެ. ކިއު.ވަން ޕްރައިވެޓް ލިމިޑެޓްގެ...

އަފްރާހް އަބްދުލް ރަޝީދު
‏ށ.ފީވަކުގައި ވާލާއި މީދާ ފައްސަން ބޭނުންކުރާ ޑިވައިސް ހަރުކޮށްފި

‏ށ.ފީވަކުގައި ވާލާއި މީދާ ފައްސަން ބޭނުންކުރާ ޑިވައިސް ހަރުކޮށްފި

‏ށ.ފީވަކުގައި ވާލާއި މީދާ ފައްސަން ބޭނުންކުރާ ޑިވައިސް ހަރުކޮށްފި އެވެ. ދަނޑުވެރިކަން ކުރާ ފަރާތްތަކަށް އަލްޓްރާ ސައުންޑް ޑިވައިސް ތަޢާރަފުކޮށް އެއެއްޗެހި ބޭނުންކުރާނެގޮތުގެ މަޢުލޫމާތު ދީފައިވެއެވެ. ‏އަލްޓްރާ ސައުންޑް ޑިވައިސް (ވާލާއި މީދާ ފައްސަން ބޭނުންކުރާ) ހަރުކޮށް ޓެސްޓު ކުރުމުގެ މަސައްކަތް ކުރިއަށް ގެންގޮސްފައިވަނީ އިޔެގައެވެ. މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ އިން ކުރިއަށްގެންދާ މިހަރަކާތުގައި ވަނީ ފީވަކު ދަނޑުވެރިންނާއި ސުކޫލް ދަރިވަރުންނަށް މަޢުލޫމާތު ދިނުމު...

އިބްރާހިމް އަސްވާޤް
އަނިޔާއާއި ބޭއިންސާފު ނައްތައިލުމުގައި ސާބިތުވެ ތިބުމަށް ރައީސް ގޮވާލައްވައިފި

އަނިޔާއާއި ބޭއިންސާފު ނައްތައިލުމުގައި ސާބިތުވެ ތިބުމަށް ރައީސް ގޮވާލައްވައިފި

އަނިޔާއާއި ބޭއިންސާފު ނައްތައިލުމުގައި ސާބިތުވެ ތިބުމަށް ރައީސް ގޮވާލައްވައިފިއެވެ. ހިޖުރީ އާއަހަރު ފެށުމުގެ މުނާސަބަތުގައި ދެއްވި ހިތޯބުގައި ރައީސް ވިދާޅުވީ ހިޖުރައިގެ ހާދިސާއިން ލިބިދޭ އެންމެ މުހިންމު އެއް ފިލާވަޅަކީ، އަނިޔާއާއި ބޭއިންސާފު ނައްތައިލުމުގައި ސާބިތުވެ ތިބުމުގެ ބޭނުންތެރިކަމާއި، އިންސާނީ ކަރާމާތް ދަމަހައްޓައި، އިންސާނީ ޙައްޤުތައް ޙިމާޔަތްކުރުމަށް ވަކާލާތު ކުރުމުގެ މުހިންމުކަން ކަމުގައި ވިދާޅުވެފައިވެއެވެ. އަދި، އިންސާނުންގެ މެދުގައި ތަފާތުކުރުން ނައްތާލައި، ހަމަހަމަކަން ޤާއިމްކުރު...

ޝިއުނާ އާދަމް
ކުމުންދޫ ބަނދަރު ސަރަހައްދުގައި ތެޔޮ ވިއްކުމަށް ބިން ކުއްޔަށް ދޫކުރަނީ

ކުމުންދޫ ބަނދަރު ސަރަހައްދުގައި ތެޔޮ ވިއްކުމަށް ބިން ކުއްޔަށް ދޫކުރަނީ

ހދ. ކުމުންދޫ ބަނދަރު ސަރަހައްދުން ތެޔޮ ވިއްކުމަށް ބިން ކުއްޔަށް ދޫކުރުމަށް ހުޅުވާލައިފިއެވެ. ކުމުންދޫ ކައުންސިލުން ކުރި އިއުލާނެއްގައި ބުނެފައި ވަނީ ތެޔޮ ވިއްކުމަށް 15 އަހަރު ދުވަހުގެ މުއްދަތަށް އެއް ބިން ކުއްޔަށް ދޫކުރުމަށް ހުޅުވާލާކަމަށެވެ. ވީމާ މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން އަންނަ މަހުގެ 12 ވަނަ ދުވަހު 11:00 ގެ ކުރިން ކައުންސިލަށް ޕްރޮޕޯސަލް ހުށަހެޅުން އެދޭ ކަމަށް އިއުލާނުގައި ބުނެފައިވެއެވެ. އިއުލާނުގައި ބުނެފައި ވަނީ ކުއްޔަސް ދޫކުރާ ބިމަކީ 1500 އަކަފޫޓުގެ ބިމެއް […]

އަފްރާހް އަބްދުލް ރަޝީދު
ހަނިމާދޫ ރައްޔިތުންގެ ދެއްކި އެއްބައިވަންތަ ކަމަށް ތައުރީފު ހައްގު!

ހަނިމާދޫ ރައްޔިތުންގެ ދެއްކި އެއްބައިވަންތަ ކަމަށް ތައުރީފު ހައްގު!

އިއްޔެ އަކީ މުޅި ރާއްޖޭގެ ރައްޔިތުންނަށް ވެސް ވަރަށް ހިތާމަވެރި ކަޅު ދުވަހެކެވެ. ހދ. ހަނިމާދޫ ކައިރިއަށް، އެ އަތޮޅު ނޮޅިވަރަންފަރުގެ ލޯންޗު ބަންޑުން ޖަހާލައި އޭގައި ތިބި 10 މީހުންގެ ތެރެއިން ފަސް މީހުން މި ދުނިޔެއާ ވަކިވެގެން ދިޔަ ހާދިސާ އިން ދިވެހިން ރޮއްވާލިއެވެ. ނިޔާވި މީހުންގެ ތެރޭގައި އެއް އާއިލާއެއްގެ ހަތަރު މީހުން ހިމެނެއެވެ. ލޯންޗު ބަންޑުން ޖަހާލުމައެކު، ކަނޑުވި މީހުން ހޯދައި، އެމީހުން ހަނިމާދޫ ސިއްހީ މަރުކަޒާ ހަމައަށް ގެންގޮސްދިނީ އެމްއެންޑީއެފާއި […]

އަފްރާހް އަބްދުލް ރަޝީދު
ކުމުންދޫގައި އައިސްޕްލާންޓެއް ތަރައްޤީކުރާނެ ބަޔަކު ހޯދަނީ

ކުމުންދޫގައި އައިސްޕްލާންޓެއް ތަރައްޤީކުރާނެ ބަޔަކު ހޯދަނީ

ހދ.ކުމުންދޫ ބަނދަރުގެ ދެކުނު ފަރާތުގައި އައިސް ޕްލާންޓެއް ތަރައްޤީކުރާނެ ބަޔަކު ހޯދަން އިއުލާނު ކޮށްފިއެވެ. ކުމުންދޫ ކައުންސިލުން ކުރި މި އިއުލާނުގައި ބުނެފައިވަނީ އައިސްޕްލާންޓެއް އެޅުމަށް 2000 އަކަފޫޓުގެ ބިމެއް ކުއްޔަށް ދިނުމަށް ނިންމާފައިވާ ކަމަށެވެ. މި ބިން ކުއްޔަށް ދޫކުރެވޭނެ އެންމެ ކުޑަ އަގަކީ އަކަފޫޓަކަށް މަހަކު 60 ލާރި ކަމަށް ކައުންސިލުން ބުނެއެވެ. އިއުލާނުގައި ބުނެފައި ވަނީ އައިސްޕްލާންޓް އެޅުމަށް ޝައުގުވެރިވާ ފަރާތްތަކުން އަންނަ މަހުގެ 19 ވަނަ ދުވަހުގެ 11:00 ގެ ކުރިން […]

އަފްރާހް އަބްދުލް ރަޝީދު
އެލެކްސިސް ސަންޗޭޒް އިންޓަމިލާނަަށް

އެލެކްސިސް ސަންޗޭޒް އިންޓަމިލާނަަށް

މެންޗެސްޓަރ ޔުނައިޓެޑް އަދި ޗިލީގެ ޤައުމީޓީމްގެ ފޯވާޑް ލޯން އެއްބަސްވުމެއްގެ ދަށުން މިސީޒަންގެ ނިޔަލަށް އިޓަލީގެ އިންޓަމިލާނައް ބަދަލުވެއްޖެއެވެ. ސަންޗޭޒް 2018 ވަނަ އަހަރު އާސެނަލް ދޫކޮށް މެންޗެސްޓަރ ޔުނައިޓެޑްއާއި ގުޅުނުފަހުން މާއެދެވޭ ކުޅުމެއް ދެއްކިފައެއް ނުވެއެވެ. އެގޮތުން ސަންޗޭޒް މެންޗެސްޓަރ ޔުނައިޓެޑްއަށް ކުޅުނު 45 މެޗްއިން ކާމިޔާބް ކުރެވިފައި ވަނީ އެންމެ ފަސް ގޯލާއި ނުވަ އެސިސްޓެވެ. އެހެންނަމަވެސް ސަންޗޭޒްވަނީ ސްޕެއިންގެ ގަދަބާރު ބާސެލޯނާ އަދި އާސެނަލްގައި ކާމިޔާބު ދުވަސްތަކެއް ހޭދަކޮށްފ...

އަޙްމަދު އަސްފާން
ސަލާމަތްވި އެންމެން ފަރުވާ ދިނުމަށްފަހު ދޫކޮށްލައިފި

ސަލާމަތްވި އެންމެން ފަރުވާ ދިނުމަށްފަހު ދޫކޮށްލައިފި

ހދ. ނޮޅިވަރަންފަރުން ފުރައިގެން ހަނިމާދޫ އަށް ދަތުރުކުރަމުން ދިޔަ ޑިންގީ އެއް އިއްޔެ ބަންޑުންޖަހާލި ހާދިސާގައި ސަލާމަތްވި ފަސް މީހުން ވެސް ފަރުވާދިނުމަށް ފަހު ދޫކޮށްލައިފި އެވެ. މަޢުލޫމާތު ލިބިފައިވާ ގޮތުގައި އޭގެ ތެރެއިން ދެ މީހަކަށް ފަރުވާ ދިނުމަށް ފަހު އިއްޔެގެ ވަގުތެއްގައި ވަނީ ދޫކޮށްލާފަ އެވެ. ބާކީ ތިބި ތިން މީހުންނަށް ފަރުވާ ދިނުމަށް ފަހު ދޫކޮށްލާފައި ވަނީ މިއަދު ހެނދުނު 10:45 ހާއިރު އެވެ އިއްޔެ ބަންޑުން ޖަހާލި ލޯންޗުން 10 މީހަކު ދަތުރު ކުރި އިރު، ސަލާމަތްވީ […]

ޝިއުނާ އާދަމް
ކަނޑު ގަދަ ނަމަ ލައިފްޖެކެޓް ބޭނުންކުރައްވާ!

ކަނޑު ގަދަ ނަމަ ލައިފްޖެކެޓް ބޭނުންކުރައްވާ!

ކަނޑުމަތީގެ ހާދިސާތައް ފަހަކަށް އައިސް ގިނަވަމުން އަންނައިރު ސަލާމަތީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގައި ފަރުވާތެރިވާންޖެހެއެވެ. ގޮތުން މޫސުން ގޯސްވުމުގެ ސަބަބުން ކަމާއި ބެހޭ ފަރާތްތަކުން ދެއްވާ އިރުޝާދުތަކަށް ރިއާޔަތްކޮށް ދަތުރު ކުރުމުގައި ސަމާލުވާންޖެހެއެވެ. މިއަދު ނޮޅިވަރަންފަރުން ހަނިމާދޫ އަށް ދަތުރުކުރި ލޯންޗު ބަންޑުން ޖަހާލައި ބަޔަކު ކަނޑުވި ހާދިސާ އާއި ގުޅޭ ގޮތުން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އެމްއެންޑީއެފް ކޯސްޓްގާޑް ޕްރިންސިޕަލް ޑައިރެކްޓަރު ކާނަލް މުޙައްމަދު ސަލީމް ވިދާޅ...

އަލީ އަހުސަން
ކުއްލި 5 މަރާއިއެކު ތިލަދުންމަތި ފުން ހިތާމައެއްގައި!

ކުއްލި 5 މަރާއިއެކު ތިލަދުންމަތި ފުން ހިތާމައެއްގައި!

ކުއްލި ޚަބަރެކެވެ. ލޯންޗު ބަންޑުން ޖަހާލި ވާހަކައެވެ. ހޭދަވާނީ ފަޅި ސިކުންތެކެވެ. ސިފަވީ ހުޅަނގު މޫސުމަށް ނަގާ ބިޔަ ބޮޑެތި ރާޅުތަކެވެ. ފުންމިން ނޭނގޭ ކަނޑެވެ. ރުއިމާއި އާދޭހުގެ އަޑެވެ. ސިހުން ލިބިފައިވާ ހިތްތަކެވެ. ބީރައްޓެހިންނެއް ނޫނެވެ. އެކަކު އަނެކެއްގެ ލޯބިވާ ޢާއިލާގެ މެންބަރުންނެވެ. ދެކެފަރިތަ ރައްޓެހީންނެވެ. މަޢުސޫމު ތުއްތު ފުރާނައެކެވެ. ގަދަ އޮޔާއި ރާޅުތަކުގެ ތެރޭގައި ކުރިމަތިވީ ކޮންފަދަ ވަރުގަދަ ހަނގުރާމައަކާހެއްޔެވެ. ހިތަށް އަރުވާލިއަސް ރޮވޭހާވެއެވެ. ހިތްތައް ކުދިކުދިވާހާ ވެއެވެ. މިއީ...

ޝީޒާ މުހައްމަދު
ބައްޕަ ކައިރިއަށް ތުއްތު އީރާ ކުރި ދަތުރު ވީ ފަހު ދަތުރަށް!

ބައްޕަ ކައިރިއަށް ތުއްތު އީރާ ކުރި ދަތުރު ވީ ފަހު ދަތުރަށް!

ދުނިޔެއަކީ ވަރަށްވެސް އެހެން ކަހަލަ ތަނެކެވެ. ތިމާއަށް ކުރިމަތިވާނެ ކަންކަން ނުއެއް އެނގެއެވެ. ކުރިޔަށް ވާނޭ ކަންކަން އެނގޭނޭ އެކަކުވެސް ނުވާކަން ކަށަވަރެވެ. ތިމާގެ ހަޔާތުގައި ވަނޭ ކަންކަން އެނގޭނަމަ، ހަމަ ގައިމުވެސް އަދު މުޅި ރާއްޖެ ރޮއްވާލިފަދަ ހާދިސާތައް ނުގިނގާނެކަން ކަށަވަރެވެ. އުމުރުން އެންމެ ފަސް އަހަރުގެ އީރާއާއި، އޭނާގެ މަންމަ ގުރައިޝާ އަބްދުﷲ އިއްޔެ ހެނދުނު ނޮޅިވަރަންފަރުން ފުރީ އުފާވެރިކަމާ އެކު ހެވި ދިލިފައި ހުރެއެވެ. ތުއްތު އީރާ ހުރީ އެތަކެއް ދުވަހެއް ފަހުން އޭނާގެ […]

Thiladhun
ޗެމްޕިއަންސް ލީގް: ރެއަލް މެޑްރިޑް އަދި ޕީ.އެސް.ޖީ އެއް ގުރޫޕަކަށް

ޗެމްޕިއަންސް ލީގް: ރެއަލް މެޑްރިޑް އަދި ޕީ.އެސް.ޖީ އެއް ގުރޫޕަކަށް

ޗެމްޕިއަންސް ލީގްގެ ގުރޫޕް ސްޓޭޖްގައި ސްޕެއިންގެ ގަދަބާރު އަދި ޗެމްޕިއަންސް ލީގްގެ އެންމެ ކާމިޔާބް ޓީމް ރިއަލް މެޑްރިޑް އަދި ފްރާންސްގެ ޗެމްޕިއަން ޕީ.އެސް.ޖީ އެއް ގްރޫޕެއްގައި ލައްވާލައިފިއެވެ. ސްޕެއިންގެ ޗެމްޕިއަން ބާސެލޯނާވެސް ލައްވާލާފައި ވަނީ ވަރުގަދަ ގުރޫޕެއްގައެވެ. ބާސެލޯނާއާއިއެކި ޖަރުމަނުގެ ގަދަ ބާރު ބޮރޯސިއާ ޑޯޓްމަންޑް އަދި އިޓަލީގެ އިންޓަމިލާން ވަނީ އެއް ގުރޫޕެއްގައި ހިމެނިފައެވެ. އެންމެ ފަހުގެ ޗެމްޕިއަން ލިވަޕޫލް ހިމެނެނީ ގްރޫޕް އީގައެވެ. މި ގުރޫޕްގައި ދެން ފާހަގަކޮށްލެވޭ ޓީމަކަށް ހިމ...

އަޙްމަދު އަސްފާން
ޔޫރަޕްގެ އެންމެ މޮޅު ކުޅުންތެރިއަކަށް ވާޖިލް ވޭން ޑައިކް

ޔޫރަޕްގެ އެންމެ މޮޅު ކުޅުންތެރިއަކަށް ވާޖިލް ވޭން ޑައިކް

‏ނިމިދިޔަ 2018-2019 ވަނަ ސީޒަންގެ ޔޫރަޕްގެ އެންމެ މޮަޅު ކުޅުންތެރިއަކަށް ބާސެލޯނާގެ ތަރި ލިއޮނެލް މެސީ އަދި ޔުވެންޓަސް ގެ ކްރިސްޓިއާނޯ ރޮނާލްޑޯ އާއި ވާދަކޮށް ޔޫރަޕްގެ ޗެމްޕިއަން ލިވަޕޫލް އަދި ނެދަލެންޑްސްގެ ޑިފެންޑަރ ވާޖިލް ވެން ޑައިކް ހޮވިއްޖެއެވެ . ވެން ޑައިކް އަށް މޮޅު ކުޅުންތެރިޔާގެ އެވޯޑް ހަވާލުކުރީ ޔުއެފާ އެވޯޑް ދިނުމަށާއި މިއަހަރުގެ ޗެމްޕިއަންސް ލީގްގެ ގުރުނެގުމުގެގޮތުން މޮނާކޯގެ ގްރިމަލްޑި ފޯރަމްގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ. ލިވަޕޫލް ފޫޓްބޯލް ކްލަބަށް ފާއިތުވި ޒީޒަންގައި […]

އަޙްމަދު އަސްފާން
ގިނަ ބައެއްގެ ބައިވެރިވުމާއެކު ނިޔާވި ފަސް މީހުންގެ ޖަނާޒާ ބާއްވައިފި

ގިނަ ބައެއްގެ ބައިވެރިވުމާއެކު ނިޔާވި ފަސް މީހުންގެ ޖަނާޒާ ބާއްވައިފި

ގިނަ ބައެއްގެ ބައިވެރިވުމާއެކު ނިޔާވި ފަސް މީހުންގެ ޖަނާޒާ ބާއްވައިފި އެވެ.   ނިޔާވި ފަސް މީހުން ވަޅުލާފައިވަނީ އެކުއެކީގައި އެއް ވަޅެއްގައެވެ. ހަނިމާދޫ މިސްކިތުގައި އޮތް މިކަށު ނަމާދުގައި ވަރަށް ގިނަ އަދަދެއްގެ މީހުން  ބައިވެރިވެފައި ވެއެވެ. މި ޖަނާޒާ އަށް އެ ރަށާއި އަދި ނޮޅިވަރަމްފަރުގެ ވަރަށް ގިނަ ބަޔަކު ވަނީ ހާޒިރުވެފައެވެ. ހަނިމާދޫގެ ކުދިބޮޑު އެންމެން ކަހަލަ ގޮތަކަށް މިޖަނާޒާގައި ބައިވެރިވެފައިވެއެވެ ޖަނާޒާގައި ބައިވެރިވުމަށް ޓަކައި ވަރަށް ގިނަ ބަޔަކު ނޮޅިވަރަންފަރުން ހަނިމާދޫއަށް ވަނީ ގޮސް...

އިބްރާހިމް އަސްވާޤް