މައި ޚަބަރަށް ދިޔުމަށް

އެންމެ ފަހުގެ ލިޔުންތައް

39,315 ޝާއިޢުކުރެވިފައިވާ ލިޔުން

އެންމެ ފަހުގެ ލިޔުންތައް - 2155 ވަނަ ޞަފްޙާ

އިންވެސްޓިގޭޓިވް ޖާނަލިޒަމް ފުޅާކުރުމަކީ ސަރުކާރުގެ މުހިއްމު އެއް ސިޔާސަތު: ނައިބު ރައީސް

އިންވެސްޓިގޭޓިވް ޖާނަލިޒަމް ފުޅާކުރުމަކީ ސަރުކާރުގެ މުހިއްމު އެއް ސިޔާސަތު: ނައިބު ރައީސް

މިހާރު ރާއްޖޭގައި ހިންގާ ޖާނަލިޒަމް ކޯސްތައް ހަރުދަނާކޮށް، އިންވެސްޓިގޭޓިވް ޖާނަލިޒަމް ފުޅާކުރުމަކީ ސަރުކާރުގެ މުހިއްމު އެއް ސިޔާސަތުކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާގެ ނައިބު މިހެން ވިދާޅުވީ ނޫސްވެރިކަމުގެ އެވޯޑް 2018 ދިނުމަށް މިރޭ ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅުގައި ނޫސްވެރިކަން ތަރައްޤީކުރުމަށް މި ސަރުކާރުގެ ސިޔާސަތުތަކެއް ހުރިކަން ފާހަގަކުރައްވައި އެއީ ހެ...

އިބްރާހިމް އަސްވާޤް
​ރިއަލް މެޑްރިޑް އަދި ބާސެލޯނާ މޮޅުވިއިރު އެތްލެޓިކޯ މެޑްރިޑް ބަލިވެއްޖެ.

​ރިއަލް މެޑްރިޑް އަދި ބާސެލޯނާ މޮޅުވިއިރު އެތްލެޓިކޯ މެޑްރިޑް ބަލިވެއްޖެ.

ސްޕެނިޝް ލަލީގާގައި ޗެމްޕިއަން ބާސެލޯނާ އަދި ރިއަލް މެޑްރިޑް ކުޅުނު މެޗުތަކުން މޮޅުވުއިރު ތާވަލުގެ އެއްވަނައިގައި އޮތް އެތްލެޓިކޯ މެޑްރިޑް ބަލިވެއްޖެއެވެ. ފާއިތުވި ސީޒަންގެ ލާލީގާ ޗެމްޕިއަން ބާސެލޯނާ ރޭ ވެލެންސިއާގެ މަށްޗަށް ކުރި ހޯދީ 5-2 ގެ ނަތީޖާއަކުންނެވެ.  މެޗް ފަށައިގެން ދެވަނަ މިނިޓްގައި ބާސެލޯނާ ވަނީ ގޯލް ޖާހަ ލީޑް ނަގާފައެވެ. މި ގޯލް ބާސާއަށް ކާމިޔާބުކޮށްދިނީ ރޭ އަލަށް ލަލީގާގައި ބާސެލޯނާގެ ފުރަތަމަ އެގާރައިގައި ހިމެނުނު އިމުރުން ސޯޅަ އަހަރުގެ ޒުވާން ފޯވަޑް އަންސޫ […]

އަޙްމަދު އަސްފާން
ހޯރަފުށީ ކޯޓުގެ އިމާރާތަށް ބަދަލުތަކެއް ގެނެސްދޭނެ ބަޔަކު ހޯދަނީ

ހޯރަފުށީ ކޯޓުގެ އިމާރާތަށް ބަދަލުތަކެއް ގެނެސްދޭނެ ބަޔަކު ހޯދަނީ

ހއ. ހޯރަފުށީ މެޖިސްޓްރޭޓް ކޯޓުގައި ޖާގަ އިތުރުކުރުމާއި މަރާމާތުގެ މަސައްކަތްތަކެއް ކޮށްދިނުމަށް ޝައުގިވެރިވާ ފަރާތްތަކެއް ހޯދުމަށް އިއުލާން ކޮށްފިއެވެ. އެރަށު ކޯޓުން މިއަދު ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ މެޖިސްޓްރޭޓް ކޯޓުގެ ކޯޓުރޫމާއި، ވެއިޓިންގ އޭރިޔާ އަށް ޖާގަ އިތުރުކޮށް، އިމާރާތް މަރާމާތު ކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކެއް ހޯދަން މީގެކުރިން އެކޯޓުން ކޮށްފައިވާ އިއުލާނާ ގުޅިގެން އެއްވެސް ފަރާތަކުން އަންދާސީ ހިސާބު ހުށަހަޅާފައި ނުވާތީ، އަލުން އެކަމަށް އިއުލާން ކުރާކަމުގައެވެ. އެހެން...

Thiladhun

ގޯލްޑަން ފުޓްސަލް ޗެލެންޖުގެ ހއ. އަތޮޅު ބުރުގެ މެޗުތައް މާދަމާ ރޭ ފަށަނީ

ގޯލްޑެން ފުޓްސަލް އެސޯސިއޭޝަނުން އިންތިޒާމުކޮށްގެން، ރާއްޖޭގެ ރަށްތަކަށް ހުޅުވާލައިގެން ބާއްވަމުން އަންނަ ގޯލްޑަން ފުޓްސަލް ޗެލެންޖުގެ، އަތޮޅު ބުރުގެ މެޗުތަކުގެ ތެރެއިން ހއ. އަތޮޅު ބުރުގެ މެޗުތައް މާދަމާރޭ ފެށުމަށް ހަމަޖެހިއްޖެއެވެ. ހއ. އަތޮޅުން މި ބުރުގައި ޖުމްލަ ފަސް ރަށަކުން ބައިވެރިވެފައިވެއެވެ. އެއީ މާރަންދޫ، ކެލާ، އިހަވަންދޫ، ތުރާކުނު އަދި ވަށަފަރެވެ. ހއ. އަތޮޅުގެ ބުރުގައި ޖުމްލަ 10 މެޗެއް ކުޅުމަށް ވަނީ ހަމަޖެހިފައެވެ. މާދަމާ ރޭ 21:15 ގައި ހއ. އަތޮޅުގެ ބުރުގެ މެޗުތަށް ފެށުމަށް […]

Thiladhun
ޗެމްޕިއަން މެންޗެސްޓަރ ސިޓީ ބަލިވެއްޖެ

ޗެމްޕިއަން މެންޗެސްޓަރ ސިޓީ ބަލިވެއްޖެ

މި ސީޒަނަށް އީ.އެފް.އެލް ޗެމްޕިއަންޝިޕްއިން ބާކްލޭސް އިނގްލިޝް ޕްރިމިއަރ ލީގަށް ޕްރޮމޯޓްވި ނޯވިޗް ސިޓީ އަތުން އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓަރ ސިޓީ ބަލިވެއްޖެއެވެ. ނޯވިޗް ސިޓީން މެޗް ކާމިޔާބުކުރީ 3-2 ގެ ނަތީޖާއަކުންނެވެ. ނޯވިޗް ސިޓީގެ ދަނޑުގައި ކުޅުނު މެޗްގެ ފުރަަތަމަ ގޯލް ޖާހާ ލީޑް ނެގީވެސް ނޯވިޗްއިންނެވެ. މެޗްގެ 18 ވަނަ މިނިޓގައި މި ގޯލް ކާމިޔާބުކޮށްދިނީ ނޯވިޗްގެ ކެނީ މެކްލެއިންއެވެ. އަދި މެޗްގެ 28 ވަނަ މިނިޓްގައި މިސީޒަންގައި މޮޅު ކުޅުމެއް ދައްކަމުން […]

އަޙްމަދު އަސްފާން
ރާއްޖެއިން ފަލަސްތީނަށް ތާއީދުކޮށް، އެއްބާރުލުން ދޭނެކަން ތަކުރާރުކޮށްފި

ރާއްޖެއިން ފަލަސްތީނަށް ތާއީދުކޮށް، އެއްބާރުލުން ދޭނެކަން ތަކުރާރުކޮށްފި

އދ.ގެ އާއްމު މަޖިލީހުގައި، ފަލަސްތީނަށް ފުރިހަމަ އެއްބާރުލުން ދެއްވާނެކަމަށާއި، އެޤައުމާ ގުޅުންހުރި ގަރާރުތަކުގައި، އެޤައުމާ އެއްކޮޅަށް ވޯޓު ދެއްވާ، އެޤައުމަކީ މިނިވަން ދައުލަތެއްގެ ގޮތުގައި ހެދުމަށް މަސައްކަތްޕުޅު ކުރައްވާނެކަމަށް ޚާރިޖީ ވަޒީރު، އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ. ދުނިޔޭގެ އިސްލާމީ ޤައުމުތަކުގެ މައި ޖަމިއްޔާ، އޯއައިސީގެ ޚާރިޖީ ވަޒީރުންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ޝާހިދުވަނީ، ފަލަސްތީނުގެ މިނިވަންކަމަށް ރާއްޖެއިން ގޮވާލާ ގޮވާލުން ތަކުރާރު ކުރައްވާފައެވެ. T...

Thiladhun
ގޯލްޑެން ފުޓްސަލް: ހދ ގެ އެންމެ ތަޖުރިބާކާރު ކުޅުންތެރިން ނޭކުރެންދޫ ޓީމުގައި

ގޯލްޑެން ފުޓްސަލް: ހދ ގެ އެންމެ ތަޖުރިބާކާރު ކުޅުންތެރިން ނޭކުރެންދޫ ޓީމުގައި

މިރޭ ފަށަން ހަމަޖެހިފައިވަ ގޯލްޑެން ފުޓްސަލް މުބާރާތުގައި ހދ އަތޮޅުގެ އެންމެ ތަޖުރިބާކާރު ކުޅުންތެރިން ހިމެނެނީ ނޭކުރެންދޫ ޓީމުގައެވެ. އެގޮތުން މިފަހަރު ނޭކުރެންދޫ ޓީމްގެ ފޯވާޑްއަށް ކުޅޭ އަހްމަދު އިމާޒް އަކީ ރާއްޖޭގެ ގައުމީ ޓީމްއަށް ކުޅެފައިވާ ކުޅުންތެރިއެކެވެ. ގައުމީ ޓީމްއަށް ގޯލްމެޑަލް ހާސިލްކުރި މުބާރާތުގައި އަހްމަދު އިމާޒް އާއްކޮ ވަނީ ކުޅެފައެވެ. ރާއްޖޭގެ ބޮޑެތި ކުލަބްތަކުގެ މެދުތެރެ ބެލެހެއްޓުމުގައި ފާހަގަ ކޮށްލެވޭ އަލީ އިފާޒް އަކީވެސް ނޭކުރެންދޫ ޓީމުގައި ހިމެނޭ ކުޅުންތެރިއެކެވެ. އަލީ އިފާޒ...

އިބްރާހިމް އަސްވާޤް

ކުރިނބީ ފުޓްސަލް ދަނޑު ބޮޑުކޮށްދޭނެ ފަރާތެއް ހޯދަނީ

ހދ. ކުރިނބީ ފުޓްސަލް ދަނޑު ބޮޑުކޮށް ނުނިމިހުރި މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އިއުލާނުކޮށްފިއެވެ. ކުރިނބީ ކައުންސިލުން ކުރި އިއުލާނެއްގައި ބުނެފައިވަނީ މި މަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުން މި މަހުގެ 25 ވަނަ ދުވަހުގެ 10:30 ގައި ކައުންސިލްގެ އިދާރާއަށް ވަޑައިގަތް މައުލޫމާތު ސާފުކުރެއްވުން އެދޭ ކަމަށެވެ. އަދި އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ އަންނަ އޮކްޓޯބަރު މަހުގެ 10 ވަނަ ދުވަހުގެ 10:30 ގައި ކައުންސިލްގެ އިދާރާގައެވެ. އެ ކައުންސިލުން ބުނީ މައުލޫމާތު ސާފުކުރެއްވުމަށާއި އަންދާސީ […]

އަފްރާހް އަބްދުލް ރަޝީދު
މަސްވެރި އުޅަނދުފަހަރުގައި ވެސަލް ލޮކޭޓިންގް ޑިވައިސް ހަރުކޮށްދިނުމަށް އުރީދޫއާއެކު އެއްބަސްވެއްޖެ

މަސްވެރި އުޅަނދުފަހަރުގައި ވެސަލް ލޮކޭޓިންގް ޑިވައިސް ހަރުކޮށްދިނުމަށް އުރީދޫއާއެކު އެއްބަސްވެއްޖެ

އެކްސްޕޯޓްކުރުމަށް ނުވަތަ އެކްސްޕޯޓްކުރާ ފަރާތަކަށް ވިއްކުމަށްޓަކައި މަސްވެރިކަން ކުރުމަށް ފިޝަރީޒް މިނިސްޓްރީން ލައިސަންސް ދީފައިވާ އުޅަނދުފަހަރުގެ ޙަރަކާތްތައް ބެލުމަށް ޤާއިމުކުރާ ވެސަލް މޮނިޓަރިންގެ ސިސްޓަމް ޤާއިމުކޮށް މަސްވެރި އުޅަނދުފަހަރުގައި ވެސަލް ލޮކޭޓިންގް ޑިވައިސް ހަރުކޮށްދިނުމުގެ އެއްބަސްވުމުގައި އުރީދޫ މޯލްޑިވްސްއާއެކު މިއަދު ސޮއިކޮށްފިއެވެ. ވޯލްޑް ބޭންކްގެ ހިލޭ އެހީގެ ދަށުންކުރިއަށް ގެންދާ މިޕްރޮޖެކްޓްގެ ދަށުން ލައިސަންސް ދީގެން މަސްވެރިކަން ކުރާ އުޅަނދުފަހަރުގައި ހަރުކުރުމަށް 700...

އަފްރާހް އަބްދުލް ރަޝީދު

ރ. މަޑުއްވަރީގައި އައިސް ޕްލާންޓް ބަހައްޓަން އަލުން ބީލަމަށް

މަޑުއްވަރީގައި އައިސް ޕްލާންޓް ބަހައްޓައިދޭނެ ބަޔަކު ހޯދަން އަލުން ބީލަމަށް ލައިފި އެވެ. ފިނޭންސް މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނެފައިވަނީ ކ. ގާފަރާއި ރ. މަޑުއްވަރީގައި އައިސް ޕްލާންޓް ގާއިމްކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ބޭނުންވެގެން މިދިޔަ މަހު ބީލަމަށް ހުޅުވާލުމުން ލިބުނު އަގު ބޮޑުކަމަށް ފެންނާތީ މިހާރު ވަނީ އަލުން ބީލަމަށް ލާފަ އެވެ. އިއުލާނުގައިވާ ގޮތުން، ޝައުގުވެރިވާާ ފަރާތްތަކުން 500 ރުފިޔާގެ ނޮން ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަން ޖެހޭނެ އެވެ. މި […]

އިބްރާހިމް އަސްވާޤް
ގޯލްޑަން ފުޓްސަލް ޗެލެންޖު މިރޭ ފަށަނީ، މިރޭ ހދ. އަތޮޅު ބުރުގެ މެޗުތަކެއް

ގޯލްޑަން ފުޓްސަލް ޗެލެންޖު މިރޭ ފަށަނީ، މިރޭ ހދ. އަތޮޅު ބުރުގެ މެޗުތަކެއް

ގޯލްޑެން ފުޓްސަލް އެސޯސިއޭޝަނުން އިންތިޒާމުކޮށްގެން، ރާއްޖޭގެ ރަށްތަކަށް ހުޅުވާލައިގެން ބާއްވަމުން އަންނަ ގޯލްޑަން ފުޓްސަލް ޗެލެންޖުގެ، އަތޮޅު ބުރުގެ މެޗުތަކުގެ ތެރެއިން ހދ. އަތޮޅު ބުރުގެ މެޗުތައް މިރޭ ފެށުމަށް ހަމަޖެހިއްޖެއެވެ. ހދ. އަތޮޅުގެ ފަރާތުން މި މުބާރާތުގައި ހަތް ޓީމަކުން ވަނީ ބައިވެރިވެފައެވެ. އެއީ، ކުމުންދޫ، ނޭކުރެންދޫ، ނައިވާދޫ ނޮޅިވަރަންފަރު، މަކުނުދޫ، ނެއްލައިދޫ އަދި ކުޅުދުއްފުއްޓެވެ. ހދ. އަތޮޅުގެ ބުރު ދެ ގުރޫޕަކަށް ބަހާލައިގެން ކުރިއަށް ގެންދާއިރު، ފުރަތަމަ ގުރޫޕުގައި ހިމެނެނީ ކުމު...

Thiladhun

ރާއްޖޭގައި ޑިމޮކްރެސީ ހަރުދަނާކޮށް ދެމެހެއްޓުމުގައި ސާބިތުކަންމަތީ ސަރުކާރު ދެމިއޮންނާނެ- ރައީސް

ރާއްޖޭގައި ޑިމޮކްރެސީ ހަރުދަނާކޮށް ދެމެހެއްޓުމުގައި ސާބިތުކަންމަތީ ސަރުކާރު ދެމިއޮންނާނެކަމަށާއި، ކޮންމެ ރައްޔިތެއްގެ ކޮންމެ ޙައްޤެއްވެސް ޙިމާޔަތްކޮށްދީ، ރައްކާތެރިކޮށްދޭނެ ކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ދެއްވައިފިއެވެ. އެމަނިކުފާނު ދިވެހި ރައްޔިތުންނަށް މި ޔަޤީންކަން ދެއްވީ 2019 ވަނަ އަހަރުގެ ބައިނަލްއަޤްވާމީ ޑިމޮކްރަސީ ދުވަހުގެ މުނާސަބަތުގައި ދިވެހި އެންމެހާ ރައްޔިތުންނަށް ފޮނުއްވި ތަހުނިޔާގެ ޚިޠާބުގައެވެ. ތިރީގައި އެވަނީ ބައިނަލްއަޤްވާމީ ޑިމޮކްރަސީ ދުވަހުގ...

އިބްރާހިމް އަސްވާޤް

އެންމެ ކުޑަ އުޖޫރަ ކަނޑަ ނޭޅި ފާއިތުވާ ކޮންމެ ދުވަހަކީ މަސައްކަތްތެރިންގެ އަތުން ގެއްލޭ ލާރި

އެންމެ ކުޑަ އުޖޫރަ ނުވަތަ މިނިމަމް ވޭޖަކީ ރައީސް ޞާލިހުގެ ރިޔާސީ ކެމްޕެއިންގަޔާއި، އެމްޑީޕީގެ މަޖިލިސް ކެމްޕެއިންގައިވެސް ކެމްޕެއިން ކުރުމަށް ބޭނުން ކުރެވުނެ ވައުދެކެވެ. ނަމަވެސް ރައީސް ސޯލިހުގެ ސަރުކާރަށް ދިހަ މަސް ވީއިރުވެސް އަދި މަޖިލީހަށް ހަމަސް ވީއިރުވެސް އަދި ހިލަމެއް ނުވެއެވެ. ވަޒީފާގެ ގާނޫނު މިހާރު އޮތްގޮތުން ހަގީގަތުގައި ރައީސް ސޯލިހަށް ފުރަތަމަ ދުވަހު ހުވާ ކުރުމާއި އެކުވެސް އެންމެ ކުޑަ އުޖޫރަ ކަނޑައަޅާ އިއުލާނު ކުރެވުނީހެވެ. ނަމަވެސް ފެނިގެން މިދަނީ އެތަށް މަސްތަކެއް […]

އަބްދުﷲ ފަރާޒް

​ޓޮޓެންހަމް އަދި މެންޗެސްޓަރ ޔުނައިޓެޑްވެސް މޮަޅުވެއްޖެ

ބާކްލޭސް އިނގްލިޝް ޕްރިމިއަަރ ލީގުގައި ރޭ ޓޮޓެންހަމް ހޮޓްސްޕަރސް އަދި މެންޗެސްޓަރ ޔުނައިޓެޑްވެސް ކުޅުނު މެޗްއިން މޮަޅުވެއްޖެއެވެ. ޓޮޓެންހަމްގެ ސްޓޭޑިއަމް ކަމަަށްވާ ވައިޓް ހާޓްލޭންގައި ކްރިސްޓަލް ޕެލަސް އާއި ދެކޮޅަށް ކުޅުނު މެޗް ޓޮޓެންހަމްއިން ކާމިޔާބުކުރީ 4-0 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ. މެޗްގެ ހަތަރު ގޯލްވެސް ފެނިގެންދިޔައީ ފުރަތަމަ ހާފްގައެވެ. މެޗްގެ ފުރަތަމަ ގޯލް ޓޮަޓެންހަމް އަށް ކާމިޔާބު ކޮށްދިނީ ދެކުނު ކޮރެއާގެ ސޮން ހުއެންގް މިންއެވެ. މިގޯލަކީ މެޗްގެ ދިހަވަނަ މިނިޓްގައި ޓޮޓެންހަމްގެ ޑިފ...

އަޙްމަދު އަސްފާން

ހއ. ކެލާ އަދި ބާރަށުގައި ބީއެމްއެލްގެ އޭޓީއެމްއެއް ގާއިމްކޮށްފި

ހއ. ކެލާ އަދި ބާރަށުގައި ސެލްފް ސާވިސް ބޭންކިން ސެންޓަރެއް ގާއިމްކޮށްފި އެވެ. ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަ ޓިމް ސޯޔާ ވިދާޅުވީ މިއަދަކީ މުޅި ރާއްޖެ އަށް އަމާޒުކޮށް ބޭންކިން ހިދުމަތް ފުޅާކޮށް، ފަރުދުންނާއި ވިޔަފާރިތަކަށް ފަސޭހަކަމާ އެކު ހިދުމަތް ލިބޭނެ ގޮތް ހެދުމަށް ބޭންކުން ކުރިއަށްގެންދާ އިންވެސްޓްމަންޓް ޕްރޮގްރާމްގެ ދަށުން މުހިންމު ފިޔަވަޅެއް އެޅުނު ދުވަހެއްކަ މަށެވެ. “ފަތުރުވެރިންނާއި ދިވެހިންގެ މެދުގައި މަގްބޫލްކަން ލިބެމުން އަންނަ ހއ. އަތޮޅަށާއި ފަރުދުންނާއި ވިޔަފާރިތަކާއި މި [...

އިބްރާހިމް އަސްވާޤް

މައްސަލަ ތަހުޤީޤްނުކޮށް ޑީޕޯޓު ކުރުމުން ސަރުކާރަށް ފާޑުކިއުން

ރާއްޖޭގައި ފުޅާ ދާއިރާއެއްގައި މަނީ ލޯންޑާ ކުރާކަމަށް ތުހުމަތު ކުރެވޭ ބަންގްލަދޭޝް މީހެއް ކަމުގައިވާ އަބޫ ހަނީފް، ޑީޕޯޓުކޮށްލި މައްސަލަ ތަހުޤީޤްނުކޮށް ޑީޕޯޓު ކުރުމުން ސަރުކާރަށް ފާޑުކިއުން އަމާޒުވެއްޖެއެވެ. ކުރީގެ އުއްތަމަ ފަނޑިޔާރު އަޙްމަދު ފާއިޒް ހުސައިން މިމައްސަލަ އާއި ގުޅިގެން ވިދާޅުވެފައިވަނީ މިފަދަ ބޮޑެތި ކުށްކުރާ މީހުންގެ މައްޗަށް ތަޙުޤީޤު ނުހިންގާ ފޮނުވާލުމުން އެކަމުގެ އަޑީގައި ތިބީ ކޮންބައެއްކަން ނޭނގި ފަސްއަޅައި ފޮރުވައިލެވުނީކަމަށައި މީނާއަކީ މަނީލޯންޑަރ ކޮށްދޭ މީހާކަށް ވުން ވަރަށް ބ...

ޔުމްނާ ޢަލީ

ސަރުކާރު ހަލާކުކުރަން ރާވަމުންދާކަމަށް ބުނެ މޮސްޓާގެ ތުހުމަތު ނަޝީދަށް

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ސަރުކާރު ހަލާކުކޮށްލަން ކުރީގައި ރައީސް އަދި މިހާރުގެ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ރާވަމުންދާ ކަމަށް ނޮޅިވަރަމް ދާއިރާއިގެ މެމްބަރު މުހައްމަދު ނަޝީދު އަބްދުﷲ (މޮސްޓާ) ތުހުމަތުކުރައްވައިފިއެވެ. މޮސްޓާ މިހެން ވިދާޅުވީ ސަރުކާރުން ތަރައްގީގެ މަޝްރޫއުތައް ހިންގުމުގައި ލަސްކަމެއް އެބަހުރިހެން ހީފުޅުވާކަމަށް ނަޝީދު ވިދާޅުވުމާއި ގުޅިގެންނެވެ. ރައްޔިތުންގެ މަޖިލީހުގައި ނަޝީދު ތަމްސީލުކުރައްވާ މައްޗަންގޮޅި މެދު ދާއިރާގެ ރައްޔިތުންނާ ބައްދަލުކުރަވަމުނ...

އަފްރާހް އަބްދުލް ރަޝީދު

ސައުދީ ތެޔޮ ކުންފުނީގެ ދެ ތަނަކަށް ދިން ޑްރޯން ހަމަލާ ރާއްޖެއިން ކުށްވެރިކޮށްފި

ސައުދީ އަރަބިއާގެ ގައުމީ ތެޔޮ ކުންފުނި އަރާމްކޯ އިން ތެޔޮ ޕްރޮސެސްކުރާ މުހިންމު ދެ ތަނަކަށް ޑްރޯން ހަމަލާހަމަލާތައް ރާއްޖެއިން ކުށްވެރިކޮށްފިއެވެ. ޑްރޯން ހަމަލާދީފައި ވަނީ އަބްގައިގުގައި ހުންނަ ދުނިޔޭގެ އެންމެ ބޮޑު ތެޔޮ ޕްރޮސެސިން ޕްލާންޓަށާއި ސައުދީގެ ދެ ވަނަ އަށް އެންމެ ބޮޑު އޮއިލް ފީލްޑް އޮންނަ ޚުރައިސްއަށެވެ. މި ހަމަލާ ކުށްވެރިކޮށް ރާއްޖޭގެ ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ނާޒުކު ތަންތަނަށް ދޭ މިފަދަ ހަމަލާތަކުގެ ސަބަބުން އެތަކެއް އާންމު ރައްޔިތުންނެއް […]

އަފްރާހް އަބްދުލް ރަޝީދު