ކުރިޔަށް މިއޮތް ބޮޑު ބަންދަށް "ގޯއެއާރ" އިން ދިވެހިރާއްޖެއަށް ދަތުރުކުރާ ޝެޑިއުލް އާންމުކޮށްފިއެވެ.

ޑިސެމްބަރ 1 އިން ފެށިގެން 2020 ޖަނަވަރީ 31 އާއި ހަމައަށް ކޮންމެ ހަފްތާއަކު 5 ދުވަހު، ގޯއެއާރ ގެ ފްލައިޓް ދަތުރުތަށް ރާއްޖެއަށް ކުރުމަށްވަނީ ތާވަލުކޮށްފައެވެ. އިންޑިއާގެ 3 ސިޓީއަކުން ގޯއެއާރ ގެ ދަތުރަތަށް ރާއްޖެއަށް ކުރާނެއެވެ. އެގޮތުން ކޮންމެ އާދިއްތަ، ބުދަ އަދި ބުރާސްފަތި ދުވަހެއްގައި މުމްބާއީ އިން މާލެއަށް އަދި މާލެއިން މުމްބާއީ އަށް ދަތުރުތައް ކުރާއިރު ކޮންމެ ހޯމަ، ބުދަ އަދި ހޮނިހިރު ދުވަހެއްގައި ނިއުދެއްލީ އިން މާލެއަށް އަދި މާލެ އިން ނިއުދެއްލީ އަށް ދަތުރުތައް ކުރާނެއެވެ.

Ad
rt

ކޮންމެ ހަފްތާއެއްގެ ބުދަ އަދި އާދިއްތަ ދުވަހެއްގައި ބެންގަލޫރު އިން މާލެ އަށް އަދި މާލެ އިން ބެންގަލޫރަށް ދަތުރުތަށް ކުރުމަށް ހަމަޖެހިފައިވާ ކަމަށް ގޯއެއާރ އިން ވަނީ ހާމަކޮށްފައެވެ. 3 ފެއާރ އަކަށް ދަތުރުތައް ކުރުމަށް ވަނީ ހަމަޖެހިފައިވާއިރު އެއީ؛

  • މުމްބާއީ-މާލެ-މުމްބާއީ : 11999 ރުޕީސް (169 ޑޮލަރު ނުވަތަ 2608 ދިވެހި ރުފިޔާ)
  • ނިއުދެއްލި-މާލެ-ނިއުދެއްލި : 15999 ރުޕީސް (226 ޑޮލަރު ނުވަތަ 3478 ދިވެހި ރުފިޔާ)
  • ބެންގަލޫރު-މާލެ-ބެންގަލޫރު :9999 ރުޕީސް (141 ޑޮލަރު ނުވަތަ 2174 ދިވެހި ރުފިޔާ)

ގޯއެއާރ އިން ބުނެފައިވަނީ ރާއްޖޭގެ ދޮންވެލި ގޮނޑުދޮއް ތަކަކީ ހަނީމޫން އަށާއި އާއިލާއާއިއެކު ކުރިޔަށް މިއޮތް ބޮޑު ޗުއްޓީގައި ދިއުމަށް އެންމެ ރަނގަޅު އެންމެ ހިތްފަސޭހަ މާހައުލުކަމަށެވެ. އިންޑީއާއިން ރާއްޖެ ދަތުރުކުރާ ފަތުރުވެރިން ގިނަވަމުން އަންނައިރު މިފެށޭ ބޮޑު ޗުއްޓީގައި ފްލައިޓްތަކުގެ ޑިމާންޑް ބޮޑުވެގެން ދާނެއެވެ.