މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ރީނދޫ ސަމާލު ހއ. އަތޮޅުން ފެށިގެން އދ. އަތޮޅަށް (06:30 އިން 10:30 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު ކަމަށް ލަފާކުރެވޭ

އެންމެ ފަހުގެ ލިޔުންތައް

39,326 ޝާއިޢުކުރެވިފައިވާ ލިޔުން

އެންމެ ފަހުގެ ލިޔުންތައް - 2100 ވަނަ ޞަފްޙާ

އިރާން މުޒާހަރާ: 200 އަށްވުރެ ގިނަ މަރު، އިންޓަރނެޓް ނެތި 5 ދުވަސް

އިރާން މުޒާހަރާ: 200 އަށްވުރެ ގިނަ މަރު، އިންޓަރނެޓް ނެތި 5 ދުވަސް

ފާއިތުވި ހަފުތާގައި އީރާނު ސަރުކާރުން ޕެޓްރޯލްގެ އަގު ބޮޑުކުރުމުން  އެކަމާ ދެކޮޅަށް އެގައުމުގެ އެކި ރަށްރަށުގައި ފެށި އިހުތިާޖުތައް ބޮޮޑެތި މުޒާހަރާތަކަކަށް ބަދަލުވެ، 21 ރަށެއްގައި 106 މީހުން މަރުވެފައިވާ ކަމަށް އެމްނެސްޓީ އިންޓަނޭޝަނަލްއިން އިއްޔެވަނީ ބުނެފައެވެ. ނަމަވެސް އެގައުމުގެ މީޑިޔާތަކުން ބުނާގޮތުން މިއަދަދު200 އަށްވުރެ މަތިވާނެކަމަށް ބުނެއެވެ. ”މި ޖަމްއިއްޔާއިން ގަބޫލުކުރާ ގޮތުގައި ހަގީގީ އަދަދު މިއަށްވުރެ މާ މަތިވެދާނެ. އެއީ 200 އަށްވުރެ ގިނަ މީހުން މަރުވެފައިވާ ކަމަށް ބައެއް ރިޕޯޓުތަކ...

ޔުމްނާ ޢަލީ
2020 ވަނަ އަހަރު، އެސް.އެމް.އީ ބޭންކު މެދުވެރިކޮށް 450 މިލިއަން ރުފިޔާގެ ލޯނު ދޫކުރަނީ

2020 ވަނަ އަހަރު، އެސް.އެމް.އީ ބޭންކު މެދުވެރިކޮށް 450 މިލިއަން ރުފިޔާގެ ލޯނު ދޫކުރަނީ

ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުގެ އޮނިގަނޑު ހަރުދަނާކޮށް، އެފަދަ ވިޔަފާރިތަކުގެ ޤާބިލުކަން އިތުރުކުރުމަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތުގެ ދަށުން މިފެށޭ 2020 ވަނަ އަހަރުގެ ތެރޭގައި، އެސް.އެމް.އީ ބޭންކު މެދުވެރިކޮށް 450 މިލިއަން ރުފިޔާގެ ލޯނު ދޫކުރުމަށް މިހާރު ބަޖެޓުކޮށްފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ “ފަންނު އެކްސްޕޯ 2019” ހުޅުވުމުގެ ގޮތުން މިރޭ ބޭއްވި ހަފުލާގައި ވާހަކަފުޅު ދައްކަވަމުންނެވެ. ފަންނު...

އިބްރާހިމް އަސްވާޤް
ޤަވާއިދާ ޚިލާފަށް މަސްވެރިކަން ކުރަން އުޅުނު ލަންކާގެ 7 މަސް ބޯޓެއް ހިފަހައްޓައިފި

ޤަވާއިދާ ޚިލާފަށް މަސްވެރިކަން ކުރަން އުޅުނު ލަންކާގެ 7 މަސް ބޯޓެއް ހިފަހައްޓައިފި

ޤަވާއިދާ ޚިލާފަށް މަސްވެރިކަން ކުރަން އުޅުނު ލަންކާގެ 7 މަސް ބޯޓެއް ހިފަހައްޓައިފި އެވެ. ދިވެހިރާއްޖޭގެ ޚާއްޞަ އިޤްތިޞާދީ ކަނޑުގެ ސަރަޙައްދަށް ވަދެ ޤަވާއިދާ ޚިލާފަށް މަސްވެރިކަން ކުރަން އުޅުނު ލަންކާގެ 7 މަސް ބޯޓެއް، އެމްއެންޑީއެފް ކޯސްޓްގާޑު ޝިޕް ޝަހީދު ޢަލީގެ ބެލުމުގެ ދަށަށް ގެނެސްފިއެވެ. މި ހަތް ބޯޓު ފެނިފައިވަނީ، ރާއްޖޭގެ ކަނޑުގެ ސަރަޙައްދަށް ވަދެ އުޅުނު ކަމުގެ މަޢުލޫމާތު މިމަހުގެ 21 ވަނަ ދުވަހުގެ ފަތިހު “އަސުރުމާ – 3” ނަމަކަށްކިޔާ މަސްދޯންޏަކުން […]

އިބްރާހިމް އަސްވާޤް
ދުނިޔޭގެ ކުޑަކުދިންގެ ދުވަސް ފާހަގަ ކުރުމަަށް ހއ. އަތޮޅުގައި ކުރިއަށް ގެންދިޔަ ހަރަކާތްތައް ނިންމާލައިފި

ދުނިޔޭގެ ކުޑަކުދިންގެ ދުވަސް ފާހަގަ ކުރުމަަށް ހއ. އަތޮޅުގައި ކުރިއަށް ގެންދިޔަ ހަރަކާތްތައް ނިންމާލައިފި

ދުނިޔޭގެ ކުޑަކުދިންގެ ދުވަސް ފާހަގަ ކުރުމަަށް ހއ. އަތޮޅުގައި ކުރިއަށް ގެންދިޔަ ހަރަކާތްތައް ކާމިޔާބު ކަމާއެކު ނިންމާލައިފިއެވެ. ދުނިޔޭގެ ކުޑަކުދިންގެ ދުވަސް ފާހަގަ ކުރުމަަށް ހއ. އަތޮޅުގައި ކުރިއަށް ގެންދިޔަ ހަރަކާތްތަކުގެ ތެރެއިން އެންމެ ފަހުގެ ހަރަކާތްތައް ކުރިއަށް ގެންގޮސްފައިވަނީ ދިއްދޫގައެވެ. އެގޮތުން މި ނޮވެމްބަރު މަހުގެ 20 ވަނަ ދުވަހު ކުޑަކުދިންގެ ހަވީރެއް ކުރިއަށް ގެންގޮސްފައިވެއެވެ. އެ ހަވީރުގައި، ކުޅިވަރުގެ ތަފާތު ހަރަކާތްތައް ކުރިއަށް ގެންގޮސްފައިވެއެވެ. އަދި ކުޑަކުދިންގެ މެދުގައި މަޤު...

ޔުމްނާ ޢަލީ
ޗުއްޓީ އެންމެ ހެޔޮގޮތުގައި

ޗުއްޓީ އެންމެ ހެޔޮގޮތުގައި

ޗުއްޓީ އަކީ ފަހަރެއްގައިވެސް މުސްލިމަކު އޭނާގެ ޢަމަލުން ދުރުވެގެން ހުންނަންޖެހޭ ހުސްވަގުތެއްކަމުގައި ބަލައިގެން ނުވާނެއެވެ. މުސްލިމުން މަސައްކަތުން ޗުއްޓީވާނީ މަރުވާ ހިސާބުން ފެށިގެންނެވެ. ﷲ ތަޢާލާ ވަޙީކުރެއްވިއެވެ. ﴿ يَا أَيُّهَا الْإِنسَانُ إِنَّكَ كَادِحٌ إِلَىٰ رَبِّكَ كَدْحًا فَمُلَاقِيهِ ﴾ މާނައަކީ؛ ”އޭ އިންސާނާއެވެ! ހަމަކަށަވަރުން، ތިބާއީ، ތިބާގެ ވެރިރަސްކަލާނގެ حضرة އަށް ދިޔުމަށް ވަރަށްބޮޑަށް ގަދައަޅައި މަސައްކަތްކުރާ މީހެކެވެ. ފަހެ، ތިބާ (އެ މަސައްކަތާއިގެން) އެކަލާނގެއާ ބައްދަލުވާނެތެވ...

Thiladhun
ޒަމާނީ ޓެކްނޮލޮޖީއަކީ ދެބައޮޑުވުމަށް އޮތް މަގަކަށް ނަހަދަމާ!

ޒަމާނީ ޓެކްނޮލޮޖީއަކީ ދެބައޮޑުވުމަށް އޮތް މަގަކަށް ނަހަދަމާ!

ޒަމާނީ ޓެކްނޮލޮޖީއާއެކު ދެބައޮޑުވުމުގެ ބަލި އިތުރަށް ފެތުރެމުންދާތީ، އެކަމަށް ސަމާލުކަންދީ ރައްކާތެރިވާން ޖެހެއެވެ. ދެބައޮޑުވުމަކީ، ހިތުގެބަލިތަކުގެ ތެރޭގައި ހިމެނޭ ވަރަށް ނުރައްކާތެރި ބައެއްޔެކެވެ. ދުލުގެ އާފާތްތަކުގެ ތެރޭގައި ހިމެނޭ ބޮޑު އާފާތެކެވެ. އަދި އިޖްތިމާޢީ ވަބާތަކުގެތެރޭގައި ހިމެނޭ ބޮޑު އާފާތެކެވެ. ޒަމާނީޓެކްނޮލޮޖީއާއި މުވާޞަލާތީ ތަރައްޤީގެ ބޭނުންކޮށްގެން ދެބައޮޑުވުން ދަނީ ބާރަށް ފެތުރެމުންނެވެ. އެކަމުގެ ނުރައްކާ އިތުރުވެ، އެކަމުގެ ސަބަބުން މުޖުތަމަޢުގެ އަފްރާދުންނަށް ގެއްލުން ލިބި، އ...

ހުސައިން ހަބީބް
ހަނގާކުރުން ހުއްޓުވުމުގެ ސިޔާސަތު ތަންފީޒު ކުރެވުނު، އޭގެ ހެޔޮ ބަދަލު ފެނޭ: ޑރ. ޢާއިޝަތު ޢަލީ

ހަނގާކުރުން ހުއްޓުވުމުގެ ސިޔާސަތު ތަންފީޒު ކުރެވުނު، އޭގެ ހެޔޮ ބަދަލު ފެނޭ: ޑރ. ޢާއިޝަތު ޢަލީ

ތަޢުލީމީ ދާއިރާގައި ހަނގާކުރުން ހުއްޓުވުމަށް އެކުލަވާލެވުނު ސިޔާސަތު މުޅި ރާއްޖޭގައި ތަންފީޒު ކުރެވުނުކަމަށެވެ. އަދި އޭގެ ހެޔޮ ބަދަލު ސްކޫލު މާޙައުލުތަކުން ވެސް ފެންނަން ފަށައިފައިވާ ކަމަށް އެޑިޔުކޭޝަން މިނިސްޓަރ ޑރ. ޢާއިޝަތު ޢަލީ ވިދާޅުވެއްޖެއެވެ. އެކަމަނާ މިގެން ވިދާޅުވެފައިވަނީ ދިރާސީ އަހަރުގެ ކިޔެވުން ނިމުމާ ގުޅިގެން ދެއްވި ޚާއްސަ މެސެއްޖެއްގައެވެ. އެ ކަމަނާގެ މެސެޖުގައި ވިދާޅުވެފައިވަނީ ހުރިހާ ކުދިން ޝާމިލުވާހެން ކިޔަވައި ދިނުމުގެ ސިޔާސަތުގެ ދަށުން، ޚާއްޞަ އެހީއަށް ބޭނުންވާ ކުދިންނަށް ތަޢިލ...

އިބްރާހިމް އަސްވާޤް
އެމްޑީޕީގެ ލީޑަޝިޕް އިންތިޚާބު: ވޯޓް ނަަގަން އެންމެ ފަހުގެ ތައްޔާރީތައް ވެއްޖެ

އެމްޑީޕީގެ ލީޑަޝިޕް އިންތިޚާބު: ވޯޓް ނަަގަން އެންމެ ފަހުގެ ތައްޔާރީތައް ވެއްޖެ

އެމްޑީޕީގެ ލީޑަޝިޕް އިންތިޚާބުގެ ވޯޓް ނަަގަން އެ ޕާޓީން އެންމެ ފަހުގެ ތައްޔާރީތައް ވެއްޖެ އެވެ. އެމްޑީޕީގެ ލީޑަރޝިޕްގެ ވޯޓްލުން ކުރިއަށްދާނީ މާދަމާގެ މެންދުރު ފަހު 2:00 ފެށިގެން 6:00 އަށެވެ. މި އިންތިޚާބުގައި 87،439 މެންބަރަކަށް ވޯޓް ލުމުގެ ހައްގު ލިބިފައި ވާއިރު މިއީ ސިޔާސީ ޕާޓީއަކުން ބާއްވާ މިފަދަ އިންތިޚާބެއްގައި އެންމެ ގިނަ ބަޔަކަށް ވޯޓްލުމުގެ ހައްގު ލިބިފައިވާ އިންތިޚާބެވެ. އެމްޑީޕީގެ ލީޑާޝިޕް އިންތިޚާބުގެ ވޯޓް ނެގުމަށް ރާއްޖޭގެ ހުރިހާ ރަށެއްގައި ކުރިއަށްގެންދިއުމަށް ނިންމާފައުވާއިރު މާލޭގަ...

ޔުމްނާ ޢަލީ
ހޯރަފުއްޓަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު މީހަކު ހައްޔަރުކޮށްފި

ހޯރަފުއްޓަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު މީހަކު ހައްޔަރުކޮށްފި

މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ހއ. ހޯރަފުށީ ޕޮލިސް ސްޓޭޝަނާއި ފުލުހުންގެ އިންޓެލިޖެންސް ގުޅިގެން ހިންގި ހިންގި އޮޕަރޭޝަނެއްގައި، މަސްތުވާތަކެއްޗާއެކު ހޯރަފުށިން މީހަކު ހައްޔަރުކޮށްފިއެވެ. މިމައްސަލަ އާއި ގުޅިގެން ހައްޔަރުކޮށްފައިވަނީ 32 އަހަރުގެ ފިރިހެނެކެވެ. މިމީހާ ހައްޔަރުކޮށްފައިވަނީ ކުޅުދުއްފުށިން ފުރައިގެން ހޯރަފުއްޓަށް ދަތުރުކުރަމުންދާ ލޯންޗަކުން މަސްތުވާތަކެތި ގެންދާ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނު...

އިބްރާހިމް އަސްވާޤް
މަންދު ކޮލެޖުން ދަރިވަރުންނަށް ހިލޭ ލެޕްޓޮޕް

މަންދު ކޮލެޖުން ދަރިވަރުންނަށް ހިލޭ ލެޕްޓޮޕް

މަންދު ކޮލެޖުން ޖެނުއަރީ 2020 ގައި ފަށާ ކޯސްތަކުގައި ބައިވެރިވުމުގެފުރުޞަތު މިހާރު ވަނީ ހުޅުވައިލައިފައެވެ. ޖެނުއަރީ 2020 އިންޓޭކަކީ މިހާތަނަށް މަންދު ކޮލެޖުން އެންމެ ގިނަ ފުރުސަތުތަކާއިއެކު ހުޅުވާލި އިންޓޭކެވެ. ތަފާތު އެތައް ކަމަކާއެކު ހުޅުވާލާފައިވާ މި އިންޓޭކު ވެގެންދާނީ ދަރިވަރުންގެ ކިޔެވުން ވަރަށް ފަހިވެގެންދާނޭ އިންޓޭކަކަށެވެ. މިގޮތުން އެންމެ ފާހަގަ ކޮއްލެވޭ އެއް ކަމަކީ ޖެނުއަރީ އިންޓޭކަށް ބައިވެރިވާ ކުދިންނަށް ހިލޭ ލެޕްޓޮޕެއް ދިނުމެވެ. ހިލޭ ލެޕްޓޮޕް ލިބޭނީ 15 ޑިސެމްބަރ 2019 ގެ ކުރިން ރެޖި...

ޔުމްނާ ޢަލީ
ސަލަފު އުވާލަން ކުރާ މަސައްކަތް ވަގުތުން ހުއްޓައިލުމަށް އުތީމު ކައުންސިލުން ގޮވާލައިފި

ސަލަފު އުވާލަން ކުރާ މަސައްކަތް ވަގުތުން ހުއްޓައިލުމަށް އުތީމު ކައުންސިލުން ގޮވާލައިފި

ޑރ. އަފްޝީމު އަލީގެ މަރާ ގުޅުވައިގެން، ޖަމުއިއްޔަތުއް ސަލަފު އުވާލުމަށް ރައްޔިތުންގެ މަޖިލީހުން ކުރަމުންދާ މަސައްކަތް ވަގުތުން ވަގުތަށް ހުއްޓައިލުމަށް ހއ. އުތީމު ކައުންސިލުން ގޮވައިލައިފިއެވެ. އުތީމު ކައުންސިލުން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނީ، ސަލަފު ޖަމުއިއްޔާއަކީ ރާއްޖޭގައި އިސްލާމް ދީން ކުރިއަރުވައި އިސްލާމް ދީނުގެ މެދުމިނުގެ އުސޫލުތަކަށް ތަބާވާ ޖަމުއިއްޔާއެއް ކަމަށެވެ. ނަމަވެސް ޑރ. އަފްރާޝީމުގެ މަރާއި ގުޅިގެން މަރުކޮމިޝަނުން ނެރުނު ރިޕޯޓުގައި ފާހަގަކޮށްފައި ނުވާ އަދި އެފަދަ އެއްވެސް ގ...

އިބްރާހިމް އަސްވާޤް
ބޮޑުޗުއްޓީއާ ދިމާކޮށް ކޯސްޓްގާޑުން "އޮޕަރޭޝަން ނިޔާމަ" ފަށައިފި

ބޮޑުޗުއްޓީއާ ދިމާކޮށް ކޯސްޓްގާޑުން "އޮޕަރޭޝަން ނިޔާމަ" ފަށައިފި

ބޮޑުޗުއްޓީއާ ދިމާކޮށް އެމްއެންޑީއެފް ކޯސްޓްގާޑުން ކަނޑު ދަތުރުކުރާ އުޅަނދުފަހަރު ޗެކް ކުރުމުގެ ގޮތުން “އޮޕަރޭޝަން ނިޔާމަ” މިއަދު ފަށައިފިއެވެ. ކޮންމެ އަހަރެއްގެ ބޮޑުޗުއްޓީއާ ދިމާކޮށް އެމްއެންޑީއެފް ކޯސްޓްގާޑުން ކުރިއަށްގެންދާ މި އޮޕަރޭޝަނަކީ ބޮޑުޗުއްޓީގައި ކަނޑުމަގުން ގިނަ އަދަދެއްގެ ބަޔަކު ކަނޑު ދަތުރުކުރާ ދުވަސްވަރަކަށްވުމާ އެކު، ދަތުރުކުރާ އުޅަނދާއި ޕަސިންޖަރުންގެ ސަލާމަތާއި ރައްކާތެރިކަމަށް އަޅަންޖެހޭ ފިޔަވަޅުތައް އަޅާފައިވޭތޯ ބެލުމުގެ ގޮތުން ކުރިއަށްގެންދާ އޮޕަރޭޝަނެކެވެ. މިގޮތުން، މި އޮޕަރ...

އިބްރާހިމް އަސްވާޤް
ނަބާހާ އަށް މިފަހަރު ފްރެޒިޑެންޓްސް ޗެމްޕިއަންޝިޕްގެ ތަށި

ނަބާހާ އަށް މިފަހަރު ފްރެޒިޑެންޓްސް ޗެމްޕިއަންޝިޕްގެ ތަށި

ލިޓަސް ބެޑްމިންޓަން އެސޯސިއޭޝަންގެ ޕްރެޒިޑެންޓްސް ޗެމްޕިއަންޝިޕްގެ އަންހެން ބައިގެ ތަށި ގައުމީ ޗެމްޕިއަން ފާތިމަތު ނަބާހާ ހޯދައިފިއެވެ. ބެޑްމިންޓަން އެސޯސިއޭޝަނުން މުޅިން އަލަށް ބޭއްވި ޕްރެޒިޑެންޓްސް ޗެމްޕިއަންޝިޕްގައި ވެސް އެންމެ ކާމިޔާބު ކުޅުންތެރިއަކީ ވެސް މިފަހަރުގެ ގައުމީ މުބާރާތުގައި ވާދަކުރި ތިން އިވެންޓުން ޗެމްޕިއަންކަން ހޯދި ނަބާހާ އެވެ. އޭނާ ވަނީ މި ފަހަރުގެ މުބާރާތުގައި ވެސް އަންހެން ސިންގަލްސްގެ އިތުރުން އަންހެން ޑަބަލްސް އާއި މިކްސް ޑަބަލްސް ތަށި އުފުލާލައިފަ އެވެ. އަންހެން ސިންގަލް...

ފާތިމަތު ސިނާޒާ
ހިތާމަތަކާއި ދަތިއުނދަގުލާއި ބަލިމަޑުކަން ފިލުވުމަށް ކިޔާނެ ޛިކުރު

ހިތާމަތަކާއި ދަތިއުނދަގުލާއި ބަލިމަޑުކަން ފިލުވުމަށް ކިޔާނެ ޛިކުރު

ގިނަ ގިނައިން ކިޔަންވީ ހަ ޛިކުރެއް ސުންނަތުގައި ވާރިދުވެފައިވެއެވެ. ދުނިޔޭގެ ދިރިއުޅުމުގައި ކުރިމަތިވާ ހުރިހާ ނުތަނަވަސްކަމެއްގައި ތިބާގެ ހަތިޔާރަކަށް ހަދަންޖެހޭ މި ހަޛިކުރު ކުރުންމަތީ ދެމިހުރެއްޖެ މީހާގެ ހިތާމަތަކާއި، ހައިހޫނުކަމާއި، ބަލިމާޑުކަން ފިލައިދިޔުމާއި، ފާފަ ފުއްސެވުމުގެ ސަބަބެއްކަށް ވެގެންދާނެތެވެ. އެކެއް: ކީރިތި ރަސޫލާ صلى الله عليه وسلم ގެ މައްޗަށް ޞަލަވާތް ކިޔެވުން ގިނަކުރުން “اللَّهُمَّ صَلِّ عَلَى مُحَمَّدٍ وَعَلَى آلِ مُحَمَّدٍ كَمَا صَلَّيْتَ عَلَى إِبْرَاهِيمَ وَعَلَى آلِ إِبْ...

ތިލަދުން
ކުޑަކުދިންގެ ޙައްޤުތަކާ ގުޅޭ މުހިންމު ދެ ބިލެއް ރައީސުލްޖުމްހޫރިއްޔާ މިއަދު ތަސްދީޤު ކުރައްވައިފި

ކުޑަކުދިންގެ ޙައްޤުތަކާ ގުޅޭ މުހިންމު ދެ ބިލެއް ރައީސުލްޖުމްހޫރިއްޔާ މިއަދު ތަސްދީޤު ކުރައްވައިފި

ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ބިލާއި ކުޑަކުދިންގެ ޢަދުލުގެ ބިލު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިއަދު ތަސްދީޤު ކުރައްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާ މިއަދު ތަސްދީޤުކުރެއްވި ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ބިލާއި ކުޑަކުދިންގެ ޢަދުލުގެ ބިލަކީ 14 ނޮވެންބަރު 2019 ވީ ބުރާސްފަތި ދުވަހު ބޭއްވެވި، ރައްޔިތުންގެ މަޖިލީހުގެ 2019 ވަނަ އަހަރުގެ ތިންވަނަ ދައުރުގެ 65 ވަނަ ޖަލްސާއިން ފާސްކުރެއްވި ދެ ބިލެވެ. ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ބިލުގެ މަޤްޞަދުތަކ...

އިބްރާހިމް އަސްވާޤް
ދިވެހިންގެ ތެރެއިން 68 % މީހުންނަކީ ޑިޖިޓަލް ޕޭމަންޓްގެ ޚިދުމަތް ބޭނުންކުރާ މީހުން

ދިވެހިންގެ ތެރެއިން 68 % މީހުންނަކީ ޑިޖިޓަލް ޕޭމަންޓްގެ ޚިދުމަތް ބޭނުންކުރާ މީހުން

ޑިޖިޓަލްކޮށް ތަކެއްޗާއި ޚިދުމަތްތަކަށް ފައިސާ ދެއްކޭ ހިދުމަތްތައް ބޭނުންކުރާ ނިސްބަތް، ދެކުނު އޭޝިއާ ސަރަހައްދުގައި އެންމެ މަތީގައި އުޅެނީ ރާއްޖޭގައި ކަަމަށް ވޯލްޑް ބޭންކުން ކޮށްފައިވާ ސާވޭ “ފައިނޭންޝަލް އިންކްލޫޝަން އިން މޯލްޑިވްސް 2018” އިން ދައްކައިފިއެވެ. މި ސާވޭއިން ދެއްކިގޮތުގައި ދިވެހިންގެ ތެރެއިން 68 ޕަސެންޓް މީހުންނަކީ ޑިޖިޓަލް ޕޭމަންޓްގެ ހިދުމަތް ބޭނުންކުރާ މީހުންނެވެ. މިއީ ދެކުނު އޭޝިއާގެ އެހެން ގައުމުތަކާ އަޅާބަލާއިރު ވަަރަށް ބޮޑު ކުރިއެރުމެއް ކަމަށް އެ ސާވޭއިން ވަނީ ދައްކާފައެވެ. ޑި...

ފާތިމަތު ސިނާޒާ
ކުޑަަކުދިންނަށް ކުރާ އަނިޔާ ހުއްޓުވުން ފާހަގަކުރުމުގެ ގޮތުން ޙާއްސަ ހަރަކާތެއް މަކުނުދޫގައި ކުރިއަށް ގެންގޮސްފި

ކުޑަަކުދިންނަށް ކުރާ އަނިޔާ ހުއްޓުވުން ފާހަގަކުރުމުގެ ގޮތުން ޙާއްސަ ހަރަކާތެއް މަކުނުދޫގައި ކުރިއަށް ގެންގޮސްފި

ކުޑަަކުދިންނަށް ކުރާ އަނިޔާ ހުއްޓުވުން ފާހަގަކުރުމުގެ ގޮތުން ޙާއްސަ ހަރަކާތެއް މަކުނުދޫގައި ކުރިއަށް ގެންގޮސްފި އެވެ. 19 ނޮވެމްބަރ އަކީ ކުޑަކުދިންނަށް ކުރާ އަނިޔާ ހުއްޓުވުމުގެ ގޮތުން ފާހަގަ ކުރާ ދުވަހެވެ. މިކަން ފާހަގަ ކުރުމުުގެ ގޮތުން އިއްޔެ ވަނީ މަކުނުދޫ ކައުންސިލާއި އެރަށުގެ އުންމީދީ ޕުރީސުކޫލާއި ގުޅިގެން ޙާއްސަ އަތު ގުޅާލުމުގެ ހަރަކާތެއް ހިންގާފައެވެ. މިޙަރަކާތް ކުރިއަށް ގެންގޮސްފައިވަނީ އުންމީދީ ޕުރީސުކޫލުގެ މިއަހަރު ޕޯޓުފޯލިއޯ ހަވާލުކުރުމުގެ ޙަފުލާއަށް ފަހު ސުކޫލުގެ ގޯތި ތެރޭގައެވެ. މިޙަރަ...

އިބްރާހިމް އަސްވާޤް
ހިތާނީ ކޭމްޕް ފެށުމުގެ ރަސްމިއްޔާތު ހދ.ކުޅުދުއްފުށީގައި

ހިތާނީ ކޭމްޕް ފެށުމުގެ ރަސްމިއްޔާތު ހދ.ކުޅުދުއްފުށީގައި

އަންނަ މަހު 24ގައި 19 އަތޮޅެއްގައި ހިތާނީ ކޭމްޕު ކުރިއަށްދިއުމަށް ހެލްތު މިނިސްޓްރީން ނިންމާފައިވާއިރު ރަސްމީކޮށް މި ކޭމްޕް ފެށުމުގެ ރަސްމިއްޔާތު ހދ.ކުޅުދުއްފުށީގައި ބޭއްވުމަށް ހަމަޖެހިއްޖެއެވެ. މިއަދު ހެލްތު މިނިސްޓްރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ހިތާނީ ކޭމްޕާ ބެހޭގޮތުން މައުލޫމާތު ދެއްވަމުން މިނިސްޓްރީން ބުނެފައިވަނީ މި ރަސްމިއްޔާތުގައި ރައީސުލްޖުމްހުރިއްޔާގެ ނައީބް ފައިސަލް ނަސީމު ވަޑައިގަންނަވާނެ ކަމަށާއި ކުޅުދުއްފުށީގައި ރަސްމީކޮށް އެކޭމްޕު ފެށުމުން ރާއްޖޭގެ ހުރިހާ އަތޮޅެއްގެ...

ފާތިމަތު ސިނާޒާ