މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ

އެންމެ ފަހުގެ ލިޔުންތައް

39,356 ޝާއިޢުކުރެވިފައިވާ ލިޔުން

އެންމެ ފަހުގެ ލިޔުންތައް - 2032 ވަނަ ޞަފްޙާ

މަނަދޫން މަސްތުވާތަކެއްޗާއެކު މީހަކު ހައްޔަރުކޮށްފި

މަނަދޫން މަސްތުވާތަކެއްޗާއެކު މީހަކު ހައްޔަރުކޮށްފި

މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ނ. މަނަދޫން މަސްތުވާތަކެއްޗާއެކު މީހަކު ހައްޔަރުކޮށްފިއެވެ. މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ 39 އަހަރުގެ ދިވެހި ފިރިހެނެކެވެ. އޭނާ ހައްޔަރުކޮށްފައިވަނީ މި ހިނގާ ފެބްރުއަރީ މަހުގެ 25 ވަނަ ދުވަހު މަނަދޫ ފުލުހުން ރަށުތެރެ ޕެޓްރޯލް ކުރަމުން ދިޔައިރު އޭނާގެ އަމަލުތައް ހުރި ގޮތުން ހުއްޓުވައި ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ފަސް ކަރުދާސްކޮޅު ފެނުމާ ގުޅިގެންނެވެ. މި މައްސަލަ ނ. މަނަދޫ...

ޔުމްނާ ޢަލީ
މަކުނުދޫއަށް ޚާއްޞަ ޑޮކްޓަރެއް ހަމަޖައްސަވައިދެއްވުމުގެ ވައުދު ނުފުއްދާތީ ރާއީގެ ސުވާލު މިނިސްޓަރ އަމީންއަށް

މަކުނުދޫއަށް ޚާއްޞަ ޑޮކްޓަރެއް ހަމަޖައްސަވައިދެއްވުމުގެ ވައުދު ނުފުއްދާތީ ރާއީގެ ސުވާލު މިނިސްޓަރ އަމީންއަށް

ހދ. މަކުނުދޫއަށް އަންހެނުންނާއި ކުޑަކުދިންނަށް ޚާއްޞަ ޑޮކްޓަރެއް ހަމަޖައްސަވައިދެއްވުމުގެ ވައުދުފުޅު، ވެރިކަމަށް 1 އަހަރު ފުރިގެން ދިޔައިރުވެސް ތަންފީޒުކުރެވިފައި ނުވާތީ އެއީ ކީތްވެގެންތޯ އާއި އަދި އެކިއެކި ތާރީޚްތައް ދެއްވައި އަދިވެސް އެކަން ނުވެ ވަނީ ކީތްވެގެންތޯ މަކުނުދޫ ދާއިރާގެ މެންބަރު މުޙައްމަދު ރާޢީ، މިއަދު ހެލްތު މިނިސްޓަރ އަބްދުﷲ އަމީން އާއި ސުވާލު ކުރައްވައިފިއެވެ. މަކުނުދޫގެ ޞިއްޙީ ނިޒާމުގައި ހުރި ކަންބޮޑުވުންތަކާއި ގުޅިގެން، މިނިސްޓަރާއި ރާއީ ސުވާލުކުރެއްވީ މިއަދު ރައްޔިތުންގެ މަޖިލ...

ޔުމްނާ ޢަލީ
ލާމަރުކަޒީ ދުވަހާ ގުޅިގެން މަޢުލޫމާތު ދިނުމުގެ ޕްރޮގްރާމެއް ހއ އަތޮޅުގައި ހިންގައިފި

ލާމަރުކަޒީ ދުވަހާ ގުޅިގެން މަޢުލޫމާތު ދިނުމުގެ ޕްރޮގްރާމެއް ހއ އަތޮޅުގައި ހިންގައިފި

މިއަހަރުގެ ލާމަރުކަޒީ ދުވަސް ކުލަގަދަ ގޮތެއްގައި ފާހަގަކުރުމުގެ ގޮތުން ލޯކަލް ގަވަރމަންޓް އޮތޯރިޓީން ކުރިއަށް ގެންދަވާ ޕްރޮގްރާމްގެ ތެރެއިން ” ލާމަރުކަޒީ ނިޒާމާބެހޭ ” މަޢުލޫމާތު ދިނުމުގެ ޕްރޮގްރާމެއް ހއ. އަތޮޅުގައި ކުރިއަށް ގެންގޮސްފިއެވެ. އަންނަ އޭޕްރީލް މަހު ބޭއްވުމަށް ތައްޔާރު ވެފައިވާ ލޯކަލް ކައުންސިލްގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤިއަށް މަސައްކަތްކުރާ ކޮމިޓީއަށް ކުރިމަތި ލައްވާފައިވާ ފަރާތްތައް ހިމެނޭގޮތަށް ބޭއްވި މި ޕްރޮގްރާމަކީ  ” ބޭސިކް ޓްރެއިނިންގ އޮން ޑިސެންޓްރަލައިޒޭޝަންގެ ” ނަމު...

އަލީ އާދިލް
ގޯލްޑް 100ގެ ލައިފްޓައިމް އެޗީވްމަންޓް އެވޯޑު މަރުޙޫމު ރަޝީދަށާއި ސަލާހު ޝިހާބަށް!

ގޯލްޑް 100ގެ ލައިފްޓައިމް އެޗީވްމަންޓް އެވޯޑު މަރުޙޫމު ރަޝީދަށާއި ސަލާހު ޝިހާބަށް!

ކޯޕަރޭޓް މޯލްޑިވްސްގެ ފަރާތުން އިންތިޒާމުކޮށްގެން ބާއްވާ “ގޯލްޑް 100″ގެ ލައިފްޓައިމް އެޗީވްމަންޓް އެވޯޑު މަރުޙޫމު އަބްދުލް ރަޝީދަށާއި، ސަލާހު ޝިހާބަށް ލިބިވަޑައިގެންފިއެވެ. ދަރުބާރުގޭގައި ރޭ ބޭއްވި ގޯލްޑް 100 ގާލާގައި ރަޝީދު ކާޕެންޓަރީ އެންޑް ކޮންސްޓްރަކްޝަން (އާރުސީސީ)ގެ ޗެއާމަން މަރުހޫމު އަބްދުލް ރަޝީދުގެ ފަރާތުން ލައިފްޓައިމް އެޗީވްމަންޓް އެވޯޑާ ހަވާލުވެވަޑައިގެންނެވީ އޭނާގެ ދަރިކަލުން އަދި ރައްޔިތުންގެ މަޖިލީހުގެ ދަނގެތި ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް (ކާނަލް ނާޒިމް) އެވެ. ރަޝީދުގެ އިތު...

ޝިއުނާ އާދަމް
ރޮހިންޔާ މުސްލިމުންގެ ދިފާއުގައި ބައިނަލްއަގުވާމީ ކޯޓުގައި ރާއްޖެއިން ތެދުވަނީ!

ރޮހިންޔާ މުސްލިމުންގެ ދިފާއުގައި ބައިނަލްއަގުވާމީ ކޯޓުގައި ރާއްޖެއިން ތެދުވަނީ!

މިޔަންމާގެ ރޮހިންޔާ ދަރިކޮޅުގެ މުސްލިމުންނާ ދެކޮޅަށް އެޤައުމުގެ ސިފައިން ހިންގަމުންދާ ލާއިންސާނީ އަނިޔާވެރި އަމަލުތައް ހުއްޓުވައި، ރޮހިންޔާ މުސްލިމުން ހިމާޔަތްކުރުމަށް އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސްއަށް ހުށަހަޅާފައިވާ މައްސަލައިގެ ތެރެއަށް ދިވެހިރާއްޖެއިން ވަންނާނެކަން ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު އިޢުލާންކުރައްވައިފިއެވެ. އިސްލާމީ ޤައުމުތަކުގެ ފަރާތުން ގެމްބިއާއިން މިދިޔަ އަހަރުގެ ނޮވެމްބަރު މަހު، އދގެ އެންމެ މަތީ ކޯޓަށް ހުށަހެޅި މިމައްސަލަގެ ތެރެއަށް ރާއްޖެއިން ވަންނާނެކަން މިނިސްޓަރ ޝާހ...

ޔުމްނާ ޢަލީ
“ސަރަހައްދީ އިމެއް ނެތި ބަސްބަސް”

“ސަރަހައްދީ އިމެއް ނެތި ބަސްބަސް”

ބަސްބަހުގައި ވެސް ވަށާ ފާރުތަކާއި ފުޅަށްތަކާއި އިންތައް އޮންނަނީތާއެވެ. ޔުނެސްކޯއިން މި އަހަރު (2020 ވަނަ އަހަރު) ގެ މާދަރީބަހުގެ ދުވަހަށް ކަނޑައެޅި ޝިއާރު “ލޭންގްއޭޖާސް ވިތުއައުޓް ބޯޑާސް” އިން އެކަން ކަށަވަރު ވެއްޖެއެވެ. މި ޝިއާރުގެ ދިވެހި ތަރުޖަމާ އަކީ “ސަރަހައްދީ އިމެއް ނެތި ބަސްބަސް” އެވެ. ބަސްބަހުގައި އިމެއް ނޯންނަ ނަމަ މި ޝިއާރުގެ ބޭނުމެއްނެތެވެ. ދިވެހި ބަހަކީ އެއް ވިސްނުމެއްގައި އެއްވެސް ސަރަހައްދީ އިމެއް، ހިމާޔަތެއް ނެތް ބަހެކެވެ. ބޭރުގެ އެހެން ބަސްބަހުގެ […]

ޢަބްދުﷲ ސަޢީދު
އަޑުއިވުމުން މަހުރޫމު ވެފައިވާ ފަރާތްކަށް ހާއްސަކޮށްގެން އުރީދޫން ކަސްޓަމާ ސާވިސް ޗެނަލެއް ތައާރަފުކޮށްފި

އަޑުއިވުމުން މަހުރޫމު ވެފައިވާ ފަރާތްކަށް ހާއްސަކޮށްގެން އުރީދޫން ކަސްޓަމާ ސާވިސް ޗެނަލެއް ތައާރަފުކޮށްފި

އަޑުއިވުމުން މަހުރޫމު ވެފައިވާ ފަރާތްކަށް ނުވަތަ އަޑުއިވުމުގެ ދަތިތައް ކުރިމަތިވެފައިވާ ފަރާތްތަކަށް ހާއްސަކޮށްގެން އުރީދޫ މޯލްޑިވްސްއިން ކަސްޓަމާ ސާވިސް ޗެނަލެއް ތައާރަފުކޮށްފިއެވެ. މި ޗެނަލް ތައާރަފުކޮށްފައި ވަނީ މިއަދު ޑެފް އެސޯސިއޭޝަން އާއި އުރީދޫ ގުޅިގެން ބޭއްވި ރަސްމިއްޔާތެއްގައެވެ. We're pleased to launch the first Sign Language Hotline in the Maldives, which will allow customers to call us via Viber Video Chat & communicate with customer […]

ޝިއުނާ އާދަމް
މެއި މަސް ނިމުމުގެ ކުރިން އަހަރީ ފީ ނުދައްކާ ކުންފުނިތައް އުވާލެވޭނެ: މިނިސްޓްރީ

މެއި މަސް ނިމުމުގެ ކުރިން އަހަރީ ފީ ނުދައްކާ ކުންފުނިތައް އުވާލެވޭނެ: މިނިސްޓްރީ

މެއި މަސް ނިމުމުގެ ކުރިން އަހަރީ ފީ ނުދައްކާ ކުންފުނިތައް އުވާލެވޭނެ ކަމަށް މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އިން އަންގައިފިއެވެ. އެމިނިސްޓްރީއިން މިއަދު ކުރި އިޢުލާނެއްގައި ބުނެފައި ވަނީ ޤާނޫނު ނަންބަރު 10/96 (ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ޤާނޫނު)ގެ ދަށުން ރަޖިސްޓްރީކޮށްފައިވާ ކޮންމެ ކުންފުންޏަކުންވެސް، މި ޤާނޫނުގެ 7 ވަނަ މާއްދާގެ (ށ) އާއި މިޤާނޫނުގެ ތާވަލް 2 ވަނަ ނަންބަރުގައި ބަޔާންކުރާ އަހަރީ ފީ، ކޮންމެ އަހަރެއްގެ މާރޗް މަސް ނިމުމުގެ ކުރިން ދައްކަންވާނެކަމަށް ބަޔާންކުރާކަމަށެވެ. މިގޮ...

އަލީ އާދިލް
ބޮޑުތަކުރުފާނުގެ ބޮލުފޭލިކޮޅު

ބޮޑުތަކުރުފާނުގެ ބޮލުފޭލިކޮޅު

މިއީ އައްސުލްޠާނުލް ޣާޒީ މުޙައްމަދު ތަކުރުފާނުލް އަޢުޡަމް ސިރީ ސަވާދީއްތަ މަހާރަދުން އާދެ! ބޮޑުތަކުރުފާނު ތުރުކުރެއްވި ބޮލު ފޭލިކޮޅެވެ. ބޮލުފޭއްޔަކީ ކޮބައިތޯއެވެ. އެއީ އަންނަ ފޭއްޔާ އެއްވައްތަރަށް އެއަށްވުރެ، ކުދިކޮށް ހަނިކޮށް ބޮލުގައި އަޅަން ވިޔެފައި ހުންނަ ފޭއްޔެވެ. އަންހެނުންނާއި ފިރިހެނުންގެ ވެސް ބޮލުފޭލި ހުރެއެވެ. ތަފާތަކީ ފިރިހެނުން ބޮލުގައި އަޅާފޭލީގެ މެދު ހުންނަނީ ރަތްކޮށް ކަމަށްވެފައި އަންހެނުން އަޅާފޭލީގެ މެދު ހުންނަނީ ކަޅު ކޮށް ކަމަށްވުމެވެ. ބޮލު ފޭއްޔަކީ ރަސްމީގޮތުން އަޅައި އުޅުނު އެ...

ޢަބްދުﷲ ސަޢީދު
ނ. ފޮއްދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި

ނ. ފޮއްދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި

ނ. ފޮއްދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮންޕެނީ (އެމްޓީސީސީ)އާ ހަވާލުކޮށްފިއެވެ. ޕްލޭނިން މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި ކޮންޓްރެކްޓްގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަރު ޖެނަރަލް ފާތުމަތު ޝާނާ ފާރޫގުއެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ ސީއީއޯ އާދަމް އާޒިމް އެވެ. https://twitter.com/monpimv/status/1232241616955609088?s=21 މިއަދު ސޮއި ކުރި އެއްބަސްވުމުގެ ދަށުން 180 ދުވަހުގެ ތެރޭ މަސައްކަތް ނި...

ޝިއުނާ އާދަމް
ގެމަނަފުށީގައި އަލަށް އިމާރާތްކުރާ ފެނަކަ އޮފީހުގެ ބިންގާ އަޅައިފި

ގެމަނަފުށީގައި އަލަށް އިމާރާތްކުރާ ފެނަކަ އޮފީހުގެ ބިންގާ އަޅައިފި

ގއ.ގެމަނަފުށީގައި އަލަށް އިމާރާތްކުރާ ފެނަކަ އޮފީހުގެ ބިންގާ އަޅައިފި އެވެ. މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެ އިމާރާތުގެ ބިންގާ އަޅުއްވައިދެއްވީ ފެނަކައިގެ އެމްޑީ އަހްމަދު ސައީދު މުހައްމަދު އާއި ރައްޔިތުންގެ މަޖިލީހުގެ ގެމަނަފުށީ ދާއިރާގެ މެމްބަރު އަހްމަދު ސައީދު އެވެ. ގެމަނަފުށީ ފެނަކަ އޮފީސް އިމާރާތް ކުރުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ އަފަމި މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއެވެ. GA. Gemanafushi gai alah imaaraiy kuraa office imaaraathuge bingaa, miadhu MD Ahmed Saeed Mohamed adhi […]

ޔުމްނާ ޢަލީ
މީހުން ޓްރެފިކްކުރުން ހުއްޓުވުމާ ބެހޭ ނެޝަނަލް އެކްޝަން ޕްލޭން، ވަޒީރުންގެ މަޖިލީހުން މިއަދު ފާސްކުރައްވައިފި

މީހުން ޓްރެފިކްކުރުން ހުއްޓުވުމާ ބެހޭ ނެޝަނަލް އެކްޝަން ޕްލޭން، ވަޒީރުންގެ މަޖިލީހުން މިއަދު ފާސްކުރައްވައިފި

މީހުން ޓްރެފިކްކުރުން ހުއްޓުވުމާ ބެހޭގޮތުން ނެޝަނަލް އެންޓި-ހިއުމަން ޓްރެފިކިންގ ސްޓިއަރިންގ ކޮމިޓީން އެކުލަވާލި ނެޝަނަލް އެކްޝަން ޕްލޭން ވަޒީރުންގެ މަޖިލީހުން މިއަދު ފާސްކުރައްވައިފިއެވެ. ނޭޝަނަލް އެކްޝަން ޕްލޭން ވަޒީރުންގެ މަޖިލީހުން ފާސްކުރެއްވުމުގެ ކުރިން މިއަދުގެ ކެބިނެޓް ވަރކިންގ ސެޝަންގައި މި ޕްލޭނާބެހޭ މަޢުލޫމާތު، މިނިސްޓްރީ އޮފް ޑިފެންސުން ރިޔާސަތު ބަލަހައްޓަމުންދާ ސްޓިއަރިންގ ކޮމިޓީން ވަޒީރުންނާ ޙިއްޞާ ކުރެއްވިއެވެ. ވަޒީރުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރުން ދެއްކެވި ވާހަކަފު...

ޔުމްނާ ޢަލީ
އަތޮޅުތަކުގައި އުޅޭ ބިދޭސީން މޮނީޓާ ކުރާ ސިސްޓަމް ތައާރަފުކޮށް ހޯރަފުށިން ފަށަނީ

އަތޮޅުތަކުގައި އުޅޭ ބިދޭސީން މޮނީޓާ ކުރާ ސިސްޓަމް ތައާރަފުކޮށް ހޯރަފުށިން ފަށަނީ

އަތޮޅުތަކުގައި ދިރިއުޅޭ ބިދޭސީން ދެނެގަނެ ގަވާއިދާ ހިލާފަށް އުޅޭ ފަރާތްތައް ޓްރެކް ކުރެވޭނެ ހާއްސަ ސިސްޓަމެއް އިމިގްރޭޝަނުން މިއަދު ތައާރަފުކޮށްފި އެވެ. “އަތޮޅު މޮޑިއުލް” ގެ ނަމުގައި ތައާރަފުކުރި ސިސްޓަމަކީ ބިދޭސީންގެ ކަންތައްތަކަށް ހައްލު ހޯދުމަށް ލާމަރުކަޒީ ނިޒާމުގެ ދަށުން އެކުލަވާލައިފައިވާ ސިސްޓަމެކެވެ. މިސިސްޓަމު ތައާރަފުކޮށްދެއްވީ އިމިގްރޭޝަނުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ހޯރަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމާއި ކޮންޓްރޯލާ ޖެނެރަލް މުހައްމަދު އަހުމަދު ހުސައިން (ހަނަފީ) އެވެ. ބި...

ޔުމްނާ ޢަލީ
ހދ.ކުޅުދުއްފުށީ އިސްރަށްވެހިންނަށް މައުލޫމާތު ދިނުމަށް ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފި

ހދ.ކުޅުދުއްފުށީ އިސްރަށްވެހިންނަށް މައުލޫމާތު ދިނުމަށް ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފި

ހދ.ކުޅުދުއްފުށީ އިސްރަށްވެހިންނަށް އަމާޒުކޮށްގެން “އިސްރަށްވެހިންގެ މައިޒާން” ގެ ނަމުގައި ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފިއެވެ. މި ހިނގާ ފެބްރުއަރީ މަހުގެ 23 ވަނަ ދުވަހު ކުޅުދުއްފުށީ ޒޯން ސްޓޭޑިއަމްގައި ކުރިއަށް ގެންދިޔަ މި ޕްރޮގްރާމަކީ ޕަބްލިކް އެފެއަރޒް އެންޑް ކްރައިމް ޕްރިވެންޝަން ޑިޕާޓްމަންޓްގެ ފަރާތުން ހިންގާ އަމާންވެށި ޕްރޮގްރާމްގެ ދަށުން ކުޅުދުއްފުށި ޕޮލިސް ސްޓޭޝަނާ ގުޅިގެން ކުރިއަށްގެންދިޔަ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމުގައި ކުޅުދުއްފުށީ އިސްރަށްވެހިންނަށް ތަފާތު ގިނަ މައުލޫމާތުތަކެއް ވަނ...

ޔުމްނާ ޢަލީ
އަމީރު އަމީން ޕްރީ ސްކޫލުގެ ބެލެނިވެރިންނާއި މުދައްރިސުންނަށް މަޢުލޫމާތު ދިނުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފި

އަމީރު އަމީން ޕްރީ ސްކޫލުގެ ބެލެނިވެރިންނާއި މުދައްރިސުންނަށް މަޢުލޫމާތު ދިނުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފި

ހދ. ކުޅުދުއްފުށި އަމީރު އަމީން ޕްރީ ސްކޫލުގެ ބެލެނިވެރިންނާއި މުދައްރިސުންނަށް މަޢުލޫމާތުދިނުމުގެ ޕްރޮގްރާމެއް ކްރައިމް ޕްރިވެންޝަން އެންޑް ޕަބްލިކް އެފެއާޒް ޑިޕާޓްމަންޓާއި، ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަނާއި، ސައިބަރ ކްރައިމް އިންވެސްޓިގޭޝަން ޔުނިޓް ގުޅިގެން ކުރިއަށް ގެންގޮސްފިއެވެ. މި ހިނގާ ފެބްރުއަރީ މަހުގެ 24 ވަނަ ދުވަހުގެ ރޭ އެ ސްކޫލުގައި ކުރިއަށް ގެންދިޔަ މި ޕްރޮގްރާމުގައި، ދަރިން ތަރުބިއްޔަތު ކުރުމުގައި ސަމާލުކަން ދޭންވީ ކަންކަމާއި ދަރިންނާ ދެމެދު އޮންނަ ގުޅުން ހަރުދަނާކުރުމަށް ކުރެވިދާނެ ކަނ...

އިބްރާހިމް އަސްވާޤް
ނޭކުރެއްދޫ ސްކޫލުގެ ދަރިވަރުންނަށް ފަތަން ދަސްކޮށްދިނުމުގެ ޕްރޮގްރާމެއް ފަށައިފި

ނޭކުރެއްދޫ ސްކޫލުގެ ދަރިވަރުންނަށް ފަތަން ދަސްކޮށްދިނުމުގެ ޕްރޮގްރާމެއް ފަށައިފި

ހދ. ނޭކުރެއްދޫ ސްކޫލު ދަރިވަރުންނަށް ފަތަން ދަސްކޮށްދިނުމުގެ ޕްރޮގްރާމެއް އެ ރަށު ޕޮލިސް ސްޓޭޝަނުން ފަށައިފިއެވެ. މި ހިނގާ ފެބުރުއަރީ މަހުގެ 21 ވަނަ ދުވަހުން ފެށިގެން އެއް މަސްދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ މި ޕްރޮގްރާމަކީ ސްކޫލު ކަރިކިއުލަމްގައި ހިމެނޭ ކޮންމެ ކުއްޖަކީ ފަތަން ދަންނަ ކުއްޖަކަށް ހެދުމަށް، އެ ސްކޫލުގެ އެދުމުގެ މަތިން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމުގައި ފްލޯޓް ކުރާނެ ގޮތާއި، ކިކް ޖަހާނެ ގޮތާއި، ފެތުމުގެ ހުނަރުތައް ދަރިވަރުންނަށް ދަސްކޮށްދިނުމަށް ހަމަޖެހިފައިވެއެވެ...

ޔުމްނާ ޢަލީ
ވައިކަރަދޫއާއި އަނގޮޅިތީމުގެ އައު އިންޖީނުގެ އިމާރާތް ކޮށްދޭނެ ބަޔަކު ހޯދަނީ

ވައިކަރަދޫއާއި އަނގޮޅިތީމުގެ އައު އިންޖީނުގެ އިމާރާތް ކޮށްދޭނެ ބަޔަކު ހޯދަނީ

.ހދ. ވައިކަރަދޫއާއި ރ. އަނގޮޅިތީމުގައި ފެނަކައިގެ އައު އިންޖީނުގެ އިމާރާތް ކޮށްދޭނެ ބަޔަކު ހޯދަން ޢިއުލާން ކޮށްފިއެވެ. ފެނަކައިން ކޮށްފައިވާ ޢިއުލާނެއްގައި ބުނެފައިވަނީ އެކުންފުނިން ދޭ ކުރެހުމާއި ބީއޯކިޔު އަދި މަޢުލޫމާތާއި އެއްްގޮތަށް ވައިކަރަދޫ އަދި އަނގޮޅިތީމުގައި އެކުންފުނީގެ އައު އޮފީސް އިމާރާތެއް ކުރަން ފުރުޞަތު ހުޅުވާލާކަމަށެވެ. އެ ދެރަށުގައި ފެނަކައިގެ އައު އޮފީސް އިމާރާތް ކޮށްދޭނެ ބަޔަކު ހޯދަން ޢިއުލާން ކޮށްފައި ވަނީ، އަމިއްލަ ތަކެތީގައި އެމަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށެމަށެވެ. އެ...

ޝިއުނާ އާދަމް
މަސްތުވާތަކެއްޗާއެކު ލަންކާއިން 3 ދިވެހިން ހައްޔަރުކޮށްފި

މަސްތުވާތަކެއްޗާއެކު ލަންކާއިން 3 ދިވެހިން ހައްޔަރުކޮށްފި

ގިނަ އަދަދަކަށް ދިވެހިން ޒިޔާރަތްކުރާ، އަދި ގިނަ އަދަދެއްގެ ދިވެހިން ދިރިއުޅޭ އަވަށްޓެރި ސްރީލަންކާއިން މަސްތުވާތަކެއްޗާއެކު 3 ދިވެހިން ހައްޔަރުކޮށްފި އެވެ. މަސްތުވާތަކެތީގެ ބާވަތެއްކަމަށްވާ ހެރޮއިންއާއިކު ތިން ދިވެހިން ހައްޔަރުކޮށްފައިވަނީ ލަންކާގެ ކަމާއިބެހޭ އިދަރާތަކުން ހިންގި ހާއްސަ އޮޕަރޭޝަނެއްގެ ދަށުން ސްރީލަންކާގައި ގިނަ އަދަދެއްގެ ދިވެހިން އުޅޭ ދެހިވަލަ ސަރަހައްދުން ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ. ލަންކާގެ ބައެއް މީޑިއާތަކުން ރިޕޯޓުކޮށް ބުނާގޮތުން ހައްޔަރުކުރި މީހުންގެ ތެރޭގައި 26 އަހ...

ޝިއުނާ އާދަމް