މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން ސ. އައްޑޫ ސިޓީ އަށް (07:30 އިން 13:30 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ

އެންމެ ފަހުގެ ލިޔުންތައް

39,372 ޝާއިޢުކުރެވިފައިވާ ލިޔުން

އެންމެ ފަހުގެ ލިޔުންތައް - 1904 ވަނަ ޞަފްޙާ

މިއީ އިޤްތިޞާދީ ޙަރަކާތްތަކުގައި ޒުވާނުންނާއި އަންހެނުންގެ ބައިވެރިވުން އިތުރުކުރަންވީ ވަގުތު: ރައީސް

މިއީ އިޤްތިޞާދީ ޙަރަކާތްތަކުގައި ޒުވާނުންނާއި އަންހެނުންގެ ބައިވެރިވުން އިތުރުކުރަންވީ ވަގުތު: ރައީސް

މިއީ އިޤްތިޞާދީ ޙަރަކާތްތަކުގައި ޒުވާނުންނާއި އަންހެނުންގެ ބައިވެރިވުން އިތުރުކުރަންވީ ވަގުތުކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، ދިވެހިރާއްޖޭގެ 55 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ޤައުމާއި މުޚާޠަބު ކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ރާއްޖޭގެ އިޤްތިޞާދު މިހާރުވެސް ބިނާވެފައި އޮތީ ދިވެހިން ތަރައްޤީކުރި ދެ ޞިނާޢަތެއްގެ މައްޗަށްކަމަށް ވިދާޅުވެ، މިއީ ދިވެހިންގެ އިޤްތިޞާދީ ޙަރަކާތްތައް ސިންދަފާތ...

ޝިއުނާ އާދަމް
ދުނިޔެއިން ކޯވިޑް ބަލި ޖެހުނު މީހުންގެ އަދަދު 16 މިލިއަން އަށް!

ދުނިޔެއިން ކޯވިޑް ބަލި ޖެހުނު މީހުންގެ އަދަދު 16 މިލިއަން އަށް!

2019 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ފަހުކޮޅު ޗައިނާގެ ވޫހާން ސިޓީއިން ފެތުރެންފެށި ކޯވިޑް-19 ވައިރަސް ދުނިޔޭން ޖެހުނު މީހުންގެ ޢަދަދު މިހާތަނަށް 16 މިލިއަނަށް ވުރެ އިތުރު ވެއްޖެއެވެ. ދުނިޔޭގެ ކަންކޮޅު ތަކުން މިބަލި ޖެހުނު މީހުންގެ ޢަދަދު ހަތަރު ދުވަސް ތެރޭ އިތުރު މިލިއަނަކަށް އަރައި، ޖުމްލަ ޢަދަދު 16 މިލިއަން ފަހަނަ އަޅައި ދިޔައިރު، 9.9 މިލިއަނަށްވުރެ ގިނަ މީހުން ވަނީ އެ ބަލިން ރަނގަޅު ވެފައެވެ. ދުނިޔޭގެ ކަންކޮޅުތަކުގައި ހަލުވި ކަމާއި އެކު […]

އަލީ އާދިލް
މިނިވަން ދުވަހުގެ ދިދަ ނެގުމުގެ ޚާއްޞަ އިޙްތިފާލުގައި ރައީސް ބައިވެރިވެ ވަޑައިގަންނަވައިފި

މިނިވަން ދުވަހުގެ ދިދަ ނެގުމުގެ ޚާއްޞަ އިޙްތިފާލުގައި ރައީސް ބައިވެރިވެ ވަޑައިގަންނަވައިފި

ރާއްޖޭގެ 55 ވަނަ މިނިވަން ދުވަހުގެ މުނާސަބާ ފާހަގަކުރުމުގެ ގޮތުން މިއަދު ހެނދުނު ބޭއްވެވި ދިދަ ނެގުމުގެ ޚާއްޞަ އިޙްތިފާލުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ބައިވެރިވެ ވަޑައިގަންނަވައިފިއެވެ. މިއަދު ހެނދުނު 06:00 ގައި ޖުމްހޫރީ މައިދާނުގައި ބޭއްވެވި ދިދަ ނެގުމުގެ މި ޚާއްޞަ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް ރައީސް ޞާލިޙް ޖުމްހޫރީ މައިދާނަށް ވަޑައިގަތުމުން އެމަނިކުފާނަށް މަރުޙަބާ ދެންނެވީ މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިޔާ އަޙްމަދުދީދީ އާއި، މިނިސްޓަރ އޮފް ހޯމް އ...

އަޙްމަދު ވަހީދު
ކޮންމެ ފަރުދެއްގެ ފަހަތުގައި ފުލުހަކު ނުބެހެއްޓޭނެ، މިކަން ކުރެވޭނީ ޒިންމާ ފުރިހަމައަށް އަދާކޮށްގެން: މިނިސްޓަރ ޝާހިދު

ކޮންމެ ފަރުދެއްގެ ފަހަތުގައި ފުލުހަކު ނުބެހެއްޓޭނެ، މިކަން ކުރެވޭނީ ޒިންމާ ފުރިހަމައަށް އަދާކޮށްގެން: މިނިސްޓަރ ޝާހިދު

ކޯވިޑް-19 އާއި ގުޅިގެން ރާއްޖޭގެ އިޤްތިސާދު މިހާރު މިއޮތް ހިސާބުން ކޮޅަށް ޖެހޭނީ، ސިއްޙީ މާހިރުންގެ އިރުޝާދުތަކަށް ފުރިހަމައަށް ބޯލަނބައިގެން ކަމަށާއި، ކޮންމެ ފަރުދެއްގެ ފަހަތުގައި ފުލުހަކު ބަހައްޓައިގެން މިކަމެއް ނުވާނެ ކަމަށާއި، އަދި މިކަންކުރެވޭނީ ކޮންމެ ފަރުދެއްގެވެސް ޤައުމީ ވާޖިބާއި ޒިންމާ ފުރިހަމައަށް އަދާކޮށްގެން ކަމަށް ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ. މިނިސްޓަރު ޝާހިދު މި މޭރުމުން ހއ. އިހަވަންދޫ އާއި، އައްޑޫ ސިޓީ އަދި ފުވައްމުލަކު ސިޓީގައި ޤާއިމްކުރި ކޯވިޑް-19 އަށް ފަރުވ...

ޔުމްނާ ޢަލީ
މިނިވަންކަމަށް ހުރި ގޮންޖެހުންތަކާމެދު ފަރުވާތެރިވަމާ!

މިނިވަންކަމަށް ހުރި ގޮންޖެހުންތަކާމެދު ފަރުވާތެރިވަމާ!

ދިވެހިންގެ ޒަމާންވީ ދިގުތާރީޚުގައިވެސް މިނިވަންކަން ގެއްލިގެން ގޮސްފައިވަނީ އިގިލިން ގުނާލެވޭހާ މަދު ފަހަރަކުއެވެ. ޕޯޗްގީޒުންނާއި މަލާބާރީންނާއި އަދިވެސް އެނޫން ބޭރުގެ އިސްތިޢްމާރީ ބާރުތަކުން ދިވެހިންގެ ބިމަށް ގަދަބާރުން ވެރިވެ ދިވެހި ރއްޔިތުން އަޅުވެތިކޮށްފައިވާކަން ތާރީޚުން ފެންނަން އެބައޮތެވެ. ނަމަވެސް އެއިންކޮންމެ ފަހަރަކުވެސް ދިވެހިންވަނީ އެފަދަ ބާރުތަކާއި ކުރިމަތިލައި އިސްތިޢްމާރީން ބޭރުކޮށް ޤައުމު މިނިވަންކޮށްފައެވެ. ކުރިން މިދެންނެވުނު ޒަމާނަކީ ދުނިޔޭގެ ކަންކޮޅުތަކުގައި ބޮޑެތި ބާރުތަކުން...

ޝައިޚް މޫސާ ނިޒާރު
މިނިވަންކަމުގެ އެގްރީމެންޓުގައި އޮތީ ކޮން ވާހަކައެއް؟

މިނިވަންކަމުގެ އެގްރީމެންޓުގައި އޮތީ ކޮން ވާހަކައެއް؟

އުތުރު އަޔަރލެންޑް އަދި ގްރޭޓް ބްރިޓުންގެ ރަސްކަމުގެ ރަނިކަމަނާގެ ސަރުކާރާއި ދިވެހިރާއްޖޭގެ ސަރުކާރާ ދެމެދު 1965 ޖުލައި 26 ވަނަ ދުވަހު ވެފައިވަނީ ތާރީޚީ އެއްބަސްވުމެކެވެ. އެއީ ދިވެހިރާއްޖޭގެ އެންމެ އަގުބޮޑު ލިޔުމެވެ. އެއީ ދިވެހިން މިއަދު މިދެކޭ މިނިވަންކަން ކަށަވަރުކުރެވުނު ލިޔުން ވެސް މެއެވެ. އެ އެއްބަސްވުން ވެވުނީ ސްރީލަންކާގައި އިނގިރޭސި ހައިކޮމިޝަން ހިންގަމުންދިޔަ ވެސްޓްމިންސްޓަރޒް ހައުސް ގައެވެ. ވަގުތަކީ އެ ދުވަހުގެ ހެނދުނު 10 ޖެހި އިރެވެ. މި އެއްބަސްވުމަކީ 14 ފެބުރުވަރީ 1960ގައި […]

ޢަބްދުﷲ ސަޢީދު
ކަރަންޓީނުގައި ތިބެންޖެހޭ ބަޔަކު ބޭރަށް ނުކުމެ އުޅޭތީ އިހަވަންދޫ ރައްޔިތުންގެ ކަންބޮޑުވުން!

ކަރަންޓީނުގައި ތިބެންޖެހޭ ބަޔަކު ބޭރަށް ނުކުމެ އުޅޭތީ އިހަވަންދޫ ރައްޔިތުންގެ ކަންބޮޑުވުން!

އިހަވަންދޫގައި ކަރަންޓީނުގައި ތިބެންޖެހޭ ބަޔަކު ބޭރަށް ނުކުމެ އުޅޭތީ އާންމުންގެ ކަންބޮޑުވުން! ހއ. އިހަވަންދޫގައި ކަރަންޓީނު ކޮށްފައި ތިބެންޖެހޭ ބަޔަކު އެޗްޕީއޭއިން ކަރަންޓީނު ކުރުމަށްފަހު ދޭ ލިޔުން ނުދޭކަމަށް ބުނެ ބޭރަށް ނުކުމެ އުޅެމުންދާތީވެ އެ ރަށުގެ އާންމުންގެ ކަންބޮޑުވުން ވަރަށް ބޮޑަށް އިތުރުވެއްޖެއެވެ. އެރަށުން ވާހަކަ ދެއްކި މީހަކު މި ނޫހަށް މަޢުލޫމާތު ދެމުން ބުނެފައިވަނީ މި މީހުންނަކީ ހއ.އިހަވަންދޫ މަސްދޯންޏެއް ކަމަށްވާ އަނދިރި އަނދިރިން ނަމަކަށް ކިޔާ ދޯނީގައި މަސްވެރިކަމުގައި އުޅުމަށްފަހު...

އިބްރާހިމް ޚަލީލް
ބ.އަތޮޅާއި ޅ.އަތޮޅާ ދޭތެރެއިން ބޯޓެއް އޮޔާދާތީ ސަމާލުވުމަށް އިލްތިމާސްކޮށްފި

ބ.އަތޮޅާއި ޅ.އަތޮޅާ ދޭތެރެއިން ބޯޓެއް އޮޔާދާތީ ސަމާލުވުމަށް އިލްތިމާސްކޮށްފި

ބ.އަތޮޅާއި ޅ.އަތޮޅާ ދޭތެރެއިން ބޯޓެއް އޮޔާދާތީ ސަމާލުވުމަށް އެމްއެންޑީއެފުން އިލްތިމާސްކޮށްފިއެވެ. އެމްއެންޑީއެފުން ބުނީ ކޯސްޓްގާޑަށް މަޢުލޫމާތު ލިބިފައިވާ ގޮތުގައި، އެ އުޅަނދު އޮޔާ ގެންދަނީ އިރުދެކުނަށް ކާށިދޫ ކަނޑު ތެރެއަށް ކަމަށެވެ. އެހެންކަމުން މިސަރަހައްދުން ދަތުރުކުރާ ފަރާތްތަކުން މިކަމަށް ޚާއްޞަ ސަމާލުކަމެއް ދެއްވުމަށާއި ޚާއްޞަކޮށް ރޭގަނޑު މި ސަރަހައްދުން ދަތުރުކުރާ އުޅަނދު ފަހަރުތަކުން މިކަމަށް އިތުރަށް ސަމާލުކަން ދިނުމަށް އެމްއެންޑީއެފުން އިލްތިމާސްކުރެއެވެ. B. Atoll aai Lh. Atoll aa dh...

އިބްރާހިމް އަސްވާޤް
އިހަވަންދޫގައި ޤާއިމުކޮށްފައިވާ ކޯވިޑް މެނޭޖްމަންޓް ފެސިލިޓީ ހުޅުވައިފި

އިހަވަންދޫގައި ޤާއިމުކޮށްފައިވާ ކޯވިޑް މެނޭޖްމަންޓް ފެސިލިޓީ ހުޅުވައިފި

ހއ. އިހަވަންދޫގައި ޤާއިމުކޮށްފައިވާ ކޯވިޑް މެނޭޖްމަންޓް ފެސިލިޓީ މިރޭ ހުޅުވައިފި އެވެ، އިހަވަންދޫގައި ހުންނަ އާމިނާ ދިޔޯ ހެލްތު ސެންޓަރގައި ކޯވިޑް މެނޭޖްމަންޓް ފެސިލިޓީ އިފްތިތާޙް ކޮށްދެއްވީ ވާޗުއަލްކޮށް މިރޭ ބޭއްވި ރަސްމިއްޔާތެއްގައެވެ. މި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ، ފޮރިން މިނިސްޓަރު ޢަބްދުﷲ ޝާހިދުއެވެ. މި ރަސްމިއްޔާތުގައި ހެލްތު މިނިސްޓަރ އަބުދުﷲ އަމީނާއި ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރުގެ އިތުރުން ދާއިރާގެ މަޖިލިސް މެންބަރުންނާއި، ހޮސްޕިޓަލްތަކުގެ މެނޭޖަރުންގ...

ޝިއުނާ އާދަމް
ރައްޔިތުންނަށް ޓަކައި ހިންގާ ސިނާއަތަކަށް ފަތުރުވެރިކަން ބަދަލުވާން ޖެހޭ: ޢަލީ ޙުސައިން

ރައްޔިތުންނަށް ޓަކައި ހިންގާ ސިނާއަތަކަށް ފަތުރުވެރިކަން ބަދަލުވާން ޖެހޭ: ޢަލީ ޙުސައިން

ފަތުރުވެރިކަމުގެ ސިނާއަތު ދެން ރާއްޖޭގައި ހިންގަން ޖެހޭނީ ރައްޔިތުންނަށް ޓަކައި ހިންގާ ސިނާއަތެއްގެ ގޮތުގައި ކަމަށް ކެންދޫ ދާއިރާގެ މަޖިލިސް މެމްބަރު އަލްއުސްތާޛް ޢަލީ ޙުސައިން ވިދާޅުވެއްޖެ އެވެ. “އަލި ރަން މުތް” ފޭސްބުކް ޕޭޖުން ގެނެސްދެމުން ދާ ސިލްސިލާއެއް ކަމަށްވާ ދެމެހެއްޓެނިވި ލާމަރުކަޒީގެ ވާހަކަ ދައްކާލަމާގެ ހަތަރު ވަނަ އެޕިސޯޑުގައި “އާމްދަނީ ލިބޭނެ ފުރުޞަތުތައް އަތޮޅު ތެރޭގައި އުފެއްދުން” މިމައުލޫއަށް ވާހަކަ ދައްކަވަމުން ޢަލީ ވިދާޅުވީ، އެފުށް މިފުށަށް ޖެހޭ ވަރުގެ ބަދަލެއް އަންނަން ޖެހޭ ކަމ...

ޝިއުނާ އާދަމް
މިއަދު ޕޮޒިޓިވްވި 77 މީހުންގެ ތެރޭގައި 56 ދިވެހިން

މިއަދު ޕޮޒިޓިވްވި 77 މީހުންގެ ތެރޭގައި 56 ދިވެހިން

އިތުރު 77 މީހުން މިއަދު ކޯވިޑް-19 އަށް ޕޮޒިޓިވްވެ ރާއްޖޭގައި ބަލިޖެހުނު މީހުންގެ ޢަދަދު 3252 އަށް އަރައިފިކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ބުނެފިއެވެ. ޕޮޒިޓިވްވި މީހުންގެ ތެރެއިން މިއަދުވެސް ގިނައީ ދިވެހިންނެވެ. މިއަދު ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ ދިވެހިންގެ 56 މީހުންނާއި، ބަންގްލަދޭޝްގެ 20 މީހުންނާއި، އިންޑިއާގެ މީހެކެވެ. މިއާއެކު ރާއްޖޭގައި ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ޢަދަދު މީހާރުވަނީ 3252 އަށް އަރާފައެވެ. ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ރާއްޖެއިން މިބަލިން ރަ...

އިބްރާހިމް އަސްވާޤް
ޔުނާންގެ ދަރިފުޅު އަމްރިތާ ހޮސްޕިޓަލަށް ގެންދެވޭނެ އިންތިޒާމް މިދަނީ ހަމަޖައްސަމުން: އާސަންދަ

ޔުނާންގެ ދަރިފުޅު އަމްރިތާ ހޮސްޕިޓަލަށް ގެންދެވޭނެ އިންތިޒާމް މިދަނީ ހަމަޖައްސަމުން: އާސަންދަ

ފިލްމީ ތަރި މުޙައްމަދު ޔުނާންގެ ދަރިފުޅުގެ ފަރުވާއަށް އާސަންދަ ހަމަޖައްސައި ދީފައިވާކަމަށާއި، އަމްރިތާ ހޮސްޕިޓަލަށް ދެވޭނެ އިންތިޒާމް ހަމަޖައްސަމުން އަންނަކަމަށް އާސަންދަ ކުންފުނިން ބުނެފިއެވެ. ފިލްމީތަރި ޔުނާން އާއި އޭނާގެ އަންހެނުން ދަރިފުޅު ގޮވައިގެން މުލިއާ ގޭދޮށަށް ގޮސް އެކަން ސަމާލުކަމަށް އައުމާއި ގުޅިގެން އާސަންދައިން ދެންމެ ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ ޔޫން މުޙައްމަދު ޔުނާންގެ ބެލެނިވެރިން ބޭނުންވަނީ ތުއްތު ކުއްޖާގެ ފަރުވާއަށް އިންޑިއާގެ އަމްރިތާ ހޮސްޕިޓަލަށް ދާންކަމަށެވެ. އެހެނ...

އަލީ އާދިލް
ގާފަރު ކަރަންޓް ވިއުގަ އަޕްގްރޭޑް ކުރުމުގެ މަސައްކަތުގެ ފުރުތަމަ ފިޔަވަހި ނިންމާލައިފި

ގާފަރު ކަރަންޓް ވިއުގަ އަޕްގްރޭޑް ކުރުމުގެ މަސައްކަތުގެ ފުރުތަމަ ފިޔަވަހި ނިންމާލައިފި

ކ.ގާފަރު ކަރަންޓް ވިއުގަ އަޕްގްރޭޑް ކުރުމުގެ މަސައްކަތުގެ ފުރަތަމަ ފިޔަވަހި ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ޕލޓ(ސްޓެލްކޯ) އިން ނިންމާލައިފިއެވެ. މިކަމާއި ގުޅިގެން މިއަދު އެ ކުންފުނިން ވިދާޅުވެފައިވަނީ ކ. ގާފަރުގެ ކަރަންޓް ވިއުގަ އަޕްގްރޭޑް ކުރުމަށް އެ ކުންފުނިން ކުރަމުންގެންދާ މަސައްކަތުގެ ފުރަތަމަ ފިޔަވަހި މިއަދު ނިންމާލެވިފައިވާ ކަމަށެވެ. މި މަސައްކަތް ނިންމާލެވުމާއެކު ގާފަރު ކަރަންޓުގެ ހާލަތު މި ވަނީ ވަރަށް ބޮޑަށް ރަނގަޅު ކުރެވިފައި ކަމަށާއި އަދި މި މަސައްކަތުގެ ސަބަބުން ރައްޔިތުންގެ އުންމީދުތަކ...

އިބްރާހިމް ޚަލީލް
މާޒީގެ ތެރެއިން ތިލަދުންމަތީ ދަނޑުވެރިން (4)

މާޒީގެ ތެރެއިން ތިލަދުންމަތީ ދަނޑުވެރިން (4)

ރަށުންފޭބުން: މިއީ ދަނޑަށް ދިޔުމުގެ އެންމެ ފަހުގެ މަރުޙަލާއެވެ. މިކަންކުރަމުންގެންދާނީ ވަކި އުސޫލަކުން ތަރުތީބުކުރެވިގެން ކުރެވޭ ކަމެކެވެ. ރަށްވެރި ދޯންޏަކީ ދަނޑަށް އެރި ހުރިހާ ބައިވެރީންގެ ދޯންޏަކަށްވީހިނދު ހުރިހާ ބައިވެރީން ސާމިލްވާގޮތެއްގައި އެކަން އިންތިޒާމް ހަމަޖެހުމަކީ އެންމެ ބުއްދި ވެރި ގޮތްކަމަށް ވާއިރު އެހުރު މީހާ އެގޮތްތައް ކަނޑައަޅާނީ ގޮވާން ކަޑައި ނިމޭ ގޮތެއްގެ މައްޗަށެވެ. ފުރަތަމަ ނިމޭ މީހާގެ ގޮވާންތައް ގެންދިއުމަށް ފަޅުވެރީން ހަމަޖައްސައިދޭނީ ވަކި ތަރުތީބަކުންނެވެ. ފުރަތަމަ ބުރުގައ...

އިޙްސާން ޙުސައިން
އަސްލު ރަށުގެ މީރު ރަހަގަނޑު "ރަށު ހޮޓާ - ދިއްދޫ" ހުޅުމާލެ އިން

އަސްލު ރަށުގެ މީރު ރަހަގަނޑު "ރަށު ހޮޓާ - ދިއްދޫ" ހުޅުމާލެ އިން

ދިވެހިންގެ ޒަމާންވީ ކެއުންތައް މިއަދުމިވަނީ ދިވެހިންގެ އަތުން ބީވެގެން ގޮސްފައެވެ. އީދު ދުވަހު މެންދުރު ރަށުފުށުގެ ސުފުރާމަތިން ކާލަން ލިބޭ މީރު ކުކުޅު ރިހަ ގަނޑެއް މިޒަމާނުގައި އިންސާފުކޮށްލައް ލިބުމަކީ ނާދިރުކަމެކެވެ. ހުކުރު ދުވަހުގެ ކެއުންތަކަށްވެސް މިވަނީ ނުހަނު ބޮޑެތި ބަދަލުތަކެއް އައިސްފައެވެ. ދިވެހި ކެއުންތަކުގެ ނަމުގައި ބިދޭސީ ކައްކާއިންގެ މާލިމީ ކަމުގައި ހިންގަމުން އަންނަ ކެފޭތަކާއި ހޮޓާތައް މިވަނީ ގިނަވެފައެވެ. ރަށްފުށުގެ ރަހަމީރު ކެއުންތައް، ހާއްސަކޮން ދިއްދޫގެ ޒަމާންވީ ކެއުންތައް ވެރ...

އަލީ އާދިލް
ޑަބްލިޔުޓީއެމް ފެއަރ ނޮވެމްބަރުގައި ބާއްވަން އިޢުލާންކޮށްފި

ޑަބްލިޔުޓީއެމް ފެއަރ ނޮވެމްބަރުގައި ބާއްވަން އިޢުލާންކޮށްފި

އިނގިރޭސި ވިލާތުގެ ލަންޑަންގައި ބާއްވާ ދުނިޔޭގެ ޓޫރިޒަމްގެ އެންމެ ބޮޑު އެއް އިވެންޓް ކަމަށްވާ ވޯލްޑް ޓްރެވަލް މާކެޓް (ޑަބްލިއިޓީއެމް) ފެއާ މި އަހަރުގެ ނޮވެމްބަރު މަހު ބާއްވާނެކަން އިއުލާނު ކޮށްފި އެވެ. ފަތުރުވެރިކަމުގެ ސިނާޢަތުގައި ހަރަކާތްތެރިވާ ފަރާތްތަކުން ބައިވެރިވާ އެންމެ ބޮޑު އެއް ފެއަރކަމުގައިވާ، ވޯލްޑް ޓްރެވަލް މާކެޓް ބާއްވަން އިނގިރޭސި ސަރުކާރުން ވަނީ ލަންޑަން ޑަބްލިއުޓީއެމް ފެއާ އޮކްޓޫބަރުގެ ފަހުން ބާއްވަން ހުއްދަ ދީފަ އެވެ. އެހެންވެ ޑަބްލިއުޓީއެމް އިންތިޒާމު ކުރާ ރީޑް އެގްޒިބިޝަން […]

ޔުމްނާ ޢަލީ
ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންނަށް ޤައުމަށް ދެވޭނެ ގޮތް ހަމަޖައްސައިދީފި

ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންނަށް ޤައުމަށް ދެވޭނެ ގޮތް ހަމަޖައްސައިދީފި

ގިނަ އަދަދެއްގެ ބިދޭސީން ރާއްޖެއިން ފުރައިގެން ދިއުމަށް ބޭނުންވާތީވެ، އެފަދަ ފަރާތްތަކަށް ފަސޭހަކަމާއި އެކުގައި ފުރައިގެން ދެވޭނެ އިންތިޒާމު ހަމަޖައްސައި ދިނުމަށް ނިންމާފައިވާކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ހާމަކޮށްފިއެވެ. އިމިގްރޭޝަނުން ހާމަކޮސްފައިވާގޮތުގައި، ކޯވިޑް-19ގެ ޙާލަތާއި ގުޅިގެން ބައިނަލްޢަޤްވާމީ ދަތުރުފަތުރުތަކަށް ވައިގެ ބަނދަރު ބަންދުކުރުމަށްފަހު އަލުން ހުޅުވާލުމުން ރާއްޖޭގައި ވަޒީފާ އަދާކުރާ ފަރާތްތަކާއި އަދި ވިސާ އާއި އެމްޕްލޯއިމަންޓް އެޕްރޫވަލް ހަމަވެފައިވާ ގިނަ އަދަދެއްގެ ބިދޭސ...

އަލީ އާދިލް
މަރޮށި ޖަޒީރާ ތުނޑި ޢާއިލާތަކަށް ފައްކާ ކުރަނީ!

މަރޮށި ޖަޒީރާ ތުނޑި ޢާއިލާތަކަށް ފައްކާ ކުރަނީ!

ށ. މަރޮށީގެ ޢާއިލާތައް ހިތް ހަމަޖައްސާލައި، ވަގުތުތައް ހޭދަ ކޮށްލުމަށް އެރަށުގެ ހުޅަނގު ދެކުނު ތުނޑީގައި ތައްޔާރު ވަމުންދާ މަންޒިލަކީ އެ ރަށުގެ ޢާއިލާތަށް ވަގުތު ހޭދަކޮށް ލުމަށް ލިބޭނެ ބޮޑު ހަދިޔާއެއްކަން ގައިމެވެ. އެރަށުގެ ހުޅަނގު ދެކުނު ތުނޑީގައި ތައްޔާރު ވަމުންދާ އެމަންޒިލަށް އެ މަސައްކަތް ކުރަމުން އަންނަ ޒުވާނުން ދީފައިވާ ނަމަކީ ” މަރޮށި ސަންސެޓް ބީޗް” އެވެ. އެރަށުގެ ހުޅަނގު ދެކުނު ތުނޑިއަކީ ވަރަށް ޗާލު ތުނޑިއެކެވެ. ވަށައިގެންވާ ވެށިން ފެނިގެން ދަނީ […]

ޔުމްނާ ޢަލީ