ދިވެހިންގެ ޒަމާންވީ ކެއުންތައް މިއަދުމިވަނީ ދިވެހިންގެ އަތުން ބީވެގެން ގޮސްފައެވެ. އީދު ދުވަހު މެންދުރު ރަށުފުށުގެ ސުފުރާމަތިން ކާލަން ލިބޭ މީރު ކުކުޅު ރިހަ ގަނޑެއް މިޒަމާނުގައި އިންސާފުކޮށްލައް ލިބުމަކީ ނާދިރުކަމެކެވެ. ހުކުރު ދުވަހުގެ ކެއުންތަކަށްވެސް މިވަނީ ނުހަނު ބޮޑެތި ބަދަލުތަކެއް އައިސްފައެވެ. ދިވެހި ކެއުންތަކުގެ ނަމުގައި ބިދޭސީ ކައްކާއިންގެ މާލިމީ ކަމުގައި ހިންގަމުން އަންނަ ކެފޭތަކާއި ހޮޓާތައް މިވަނީ ގިނަވެފައެވެ.

ރަށްފުށުގެ ރަހަމީރު ކެއުންތައް، ހާއްސަކޮން ދިއްދޫގެ ޒަމާންވީ ކެއުންތައް ވެރިރަށް ހުޅުމާލޭގައި ދިރިއުޅޭ ދިވެހިންނާއި ހަމައަށް ގެނެސްދިނުމަށްޓަކާ "ރަށު ހޮޓާ - ދިއްދޫ" ގެ ނަމުގައި މިވަނީ ހޮޓަލެއް ހުޅުވާފައެވެ.

Ad
rt

"މިތަނުގައި ރޮށި ފިހެފަ ހުންނާނީ ސަންފުލާވާރ އޮއިލްގައެވެ. ގޮދަން ފުއްގަނޑެއް އަތަކު ނުހޭކޭނެއެވެ. ދިއްދޫ މީރު މަސްރީހައިގެ މީރު ކަން އެއަންނަނީ ރޮށިވެސް މީރު ވީމަކަން ޔަޤީނެވެ."

މިތަނުގެ ވާހަކަ ފަށަމުންވެސް އެހޮޓަލުގެ އޮފިސަލަކު ބުނެފައިވެއެވެ.

ހުޅުމާލޭގައި އުޅެމުން އަންނަ ޒުވާނަކު ބުނީ މީ ހުޅުމާލޭ ބީޗުގައި ހިންގަމުން އަންނަ ރަށު ހޮޓަލުން ލިބެން ހުރި ދިއްދޫ ރިހައިގެވާ ދިއްދޫ ގުޅަ އާއި ވަގުތުން ފިހެފަ ދޭ މަސްރޮށީގެ ވާހަކަ ވެސް ރަހަ ބަލާލަން ޖެހޭކަމަށެވެ. މާލޭގައި އުޅެފައި ހުޅުމާލެ ޒިޔާރަތްކުރާނަމަ "ދިއްދޫ ހަވާދު" ލައިގެން ފިހެލާފަދޭ ބޯވާ ފަޔަކާއި ރާކަނި މަސް އަދި މީރު ބާބަކިއު ކުކުޅުގެ ރަހަބަލާލަން ޖެހޭކަމަށެވެ.

"ރަށު ހޮޓާ ދިއްދޫ" ގެ ބަދިގެ ބަލަހައްޓަނީ ދިވެހި ކައްކާ އެކެވެ. ދިއްދޫ ކައްކާ އެކެވެ. އަލީ ރަޝީދު (އަލިބެ) އެވެ. އެ ތަފާތު މިހާރު އެންމެންވެސް ބަލައިގެންފިއެވެ. ކެއްކުމުގެ ދާއިރާގައި 30 އަހަރަށްވުރެ ގިނަ ދުވަހުގެ ތަޖުރިބާގެ އަލީގައި އަލީބެ ކައްކަމުން، ކާންދެމުން އެއަންނަނީ ސީދާ ދިވެހި ރަހައެވެ.

އެ ރިހަތައް ތައްޔާރު ކުރަމުން އެއަންނަނީ ހަވާދު، ޒަމާންވީ ގޮތަށް ދާއިން ފުނޑައިގެންނެވެ. އަސޭ މިރުސް ވިޔަސް، ލޮނުމިރުސް ވިޔަސް ޕެކެޓު ހަވާދެއް އަލިބެ ބޭނުމެއް ނުކުރެއެވެ. އެ ރަހަތަކާއި ރަހަތައް ގެންނަނީ ނުމުގުރާ ތަކެތި ގެނެސްގެންނެވެ.

އަލިބެ ބުނާ ގޮތުންނަމަ އެއް ފަހަރު އެތަނުން ކައިފިނަމަ، ދެވަނަ ފަހަރު އަންނާނެކަން ކަށަވަރެވެ. މިއީ ކޮންމެ މީހަކަށްވެސް އެމީހެއްގެ ރަށު ހޮޓާ" ކަމުގައި އަލިބެ ސިފަ ކުރެއެވެ.

މަސްހުނީ ހަދާއިރުވެސް ނާޅަން ރީނދުލެއް، އަޖިނަމޮޓޯއެއް، އެއީ ބިދޭސީން ބޭނުންކުރާ ތަކެތި، ކުކުޅު ރީހައަށް ކުކުޅު ރަހަ ގެންނާނީ ކުކުޅުން، މަސް ރިހައަށް މަސްރަހަ ގެންނާނީ މަހުން”

ތަޖުރިބާގެ އަލީގައި އަލިބެ ބުންޏެވެ.

މިހޮޓާ ހުޅުވުމާއި ގުޅިގެން ދިއްދޫ ދާއިރާގެ މަޖިލިސް މެންބަރ އަބްދުﷲ ވަހީދު ދެކެވަޑައިގަންނަވާ ގޮތް ހާމަކުރަމުން ބުނެފައިވަނީ ދިއްދޫގެ އެންމެ ބޮޑު އެއް ފަޚުރަކީ އެފަދަ ދެވަނައެއް ފަދަ ކާބޯތަކެތީގެ މީރު ރަހަތައްކަމަށެވެ.

ދިއްދޫ ހަވާދާއި، ޚާއްޞަ ރިހަތަކާއި ފޮނިކާ ތަކެއްޗެވެ. މިއީ ދިއްދުއަށް ޒިޔާރަތްކުރެއްވި ކިތަންމެ ބޭފުޅުންނަކާއި އެތައް ބީރައްޓެހިންނެއް އަބަދުމެ ފާހަގަކުރައްވާ އެއް ކަންތަކެވެ. ދިއްދޫގެ ރަހަތައް އޭގެ އަޞްލު، ޞައްޙަ ސީދާކޮށް ފޯރުކޮށްދެއްވުމަށް ހުޅުމާލޭގައި "ރަށު ހޮޓާ" ހިންގަވާ އަދި އެ ކަމުގައި ޙަރަކާތްތެރިވެ ވަޑައިގަންނަވާ އެންމެ ބޭފުޅުންނަށް މަރުހަބާ ދަންނަވަމެވެ.

ވަހީދު ބުނެފައިވެއެވެ.

ނިއު ނޯމަލްގައި ރަށު ހޮޓާ ހުޅުވާފައި ހުންނަނީ ފަތިހު 05:30 އިން ފެށިގެން ރޭގަނޑު 10:45 އަށެވެ. 24 ގަޑިއިރަށް ހުއްދަ ދޭން ފެށުމުން އެ ބަދަލުވެސް އެ ހޮޓަލުން ފެނިގެންދާނެ ކަމަށް ރަށު ހޮޓަލުން ބުނެއެވެ.

ރަށު ހޮޓާ – ދިއްދޫ، ހުންނަނީ ހުޅުމާލޭގެ ސީދާ ބޮޑުމަގުން ގޮސް ސެކަންޑް ފޭސް ބުރިޖާ ކައިރިން ކަނާތަށް ބީޗު ކައިރިން ގޮސް އެއް މަގު ދޫކޮށްފައެވެ.