ދިވެހި ވަޠަނީ ޚިދުމަތުގެ ޕްރޮގްރާމުގެ ތެރެއިން ކުރިއަށްގެންދާ ނޭޝަނަލް ސަރވިސް އިނީޝަލް ޓްރޭނިންގގެ ހަތަރުވަނަ ބެޗުގެ ތަމްރީނުތައް 352 ޒުވާނުންނާއެކު މިއަދު ރަސްމީކޮށް އިފުތިތާޙުކޮށްފިއެވެ. މިކަން ހާމަކުރައްވައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަނީ މީސްމީޑިއާގައި ޕޯސްޓެއް ޙިއްޞާކުރައްވާފައެވެ. ރައީސް ވިދާޅުވީ، ރާއްޖޭގެ ހުރިހާ އަތޮޅެއް ހިމެނޭހެން 125 ރަށަކަށް ނިޞްބަތްވާ ޒުވާނުން މި ތަމްރީނުގައި ބައިވެރިވާ ކަމަށެވެ. އެގޮތުން މި ބެޗުގައި 288 ފިރިހެން ޒުވާނުންނާއި 64 އަންހެން ޒުވާނުން ހިމެނެއެވެ. އެމ...
ޔުމްނާ ޢަލީ
ބަޔާން މިއުނިކްގެ ޕްރެކްޓިސް ސެޝަނެއް ކުރިއަށް ދަނިކޮށް ހޭނެތިގެން ވެއްޓުމާ ގުޅިގެން، އެ ޓީމުގެ ކޯޗު ވިންސެންޓް ކޮމްޕެނީ އަވަސް ފަރުވާއަށް ހޮސްޕިޓަލަށް ގެންގޮސްފިއެވެ. ޖަރުމަނުގެ ޗެމްޕިއަން ބަޔާނުން ހުކުރު ދުވަހު މިކަން ހާމަކޮށްފައިވާއިރު، ފާއިތުވި ދުވަސްތަކުގައި ވައިރަލް ރޯގާއެއް ޖެހި އޭނާ ހުރީ ބަލިވެއެވެ. މި ބަލީގެ ސަބަބުން މިދިޔަ ދުވަސްތަކުގައި އޭނާއަށް ޓީމުގެ ބައެއް ޕްރެކްޓިސްތައް ވެސް ވަނީ ގެއްލިފައެވެ. ބަޔާން މިއުނިކުން ނެރުނު ބަޔާނެއްގައި ބުނީ، ކޮމްޕެނީ ހޭނެތިގެން ވެއްޓި ސިއްހީ އެހީތެރިކަ...
އަޙްމަދު ވަހީދު
ފްރާންސްގެ ވެރިރަށް ޕެރިހުގައި ކުރިއަށްދާ ވަރުގަދަ އަދި އަނިޔާވެރި މުޒާހަރާތަކާ ގުޅިގެން ފުލުހުން އެދުމުގެ މަތިން، އާދީއްތަ ދުވަހު ކުޅެން އޮތް ޕެރިސް ސެއިންޓް-ޖާމަން (ޕީއެސްޖީ) އާއި ލިޔޯން ބައްދަލުކުރާ ލީގު 1 ގެ މެޗު ހޯމަ ދުވަހަށް ފަސްކުރުމާ ގުޅިގެން، އެންމެ ފަހުގެ ބެލޮންޑިއޯ އެވޯޑު ހާސިލްކުރި އުސްމާން ޑެމްބެލޭ އަށް ލަންޑަނުގައި ބާއްވާ މި އަހަރުގެ އެވޯޑު ދިނުމުގެ ހަފުލާ ގެއްލިއްޖެއެވެ. ފްރާންސްގެ ލީގު ހިންގާ އިދާރާ (އެލްއެފްޕީ) އިން ހުކުރު ދުވަހު ނެރުނު […]
އަޙްމަދު ވަހީދު
ށ. އަތޮޅު ހޮސްޕިޓަލުން ޑޮކްޓަރަށް ދެއްކުމަށް ނަންނޯޓުކުރާ ނުވަތަ އެޕޮއިންޓްމަންޓް ހަދާ ގަޑިތަކަށް ބަދަލުތަކެއް ގެނެސް، އެކަން އާންމުކޮށް އަންގައި އިއުލާނުކޮށްފިއެވެ. އެ ހޮސްޕިޓަލުން މައުލޫމާތު ދޭ ގޮތުގައި، އަލަށް ގެނައި މި ބަދަލުތަކަށް ބުރާސްފަތި ދުވަހުން ފެށިގެން ވަނީ އަމަލުކުރަން ފަށާފައެވެ. އަލަށް ގެނެވުނު ބަދަލުތަކާ އެކު، ހަފުތާގެ ދުވަސްތަކުގެ ތެރެއިން ހޮނިހިރު ދުވަހުން ފެށިގެން ބުރާސްފަތި ދުވަހުގެ ނިޔަލަށް ޑޮކްޓަރަށް ދެއްކުމަށް ނަންނޯޓު ކުރުމުގެ އިންތިޒާމު ހަމަޖެހިފައިވަނީ މެންދުރުފަހު އެވެ...
ޔުމްނާ ޢަލީ
އިނގިރޭސިވިލާތުގެ ލޯކަލް ކައުންސިލަރެއްގެ ފޮޓޯއަކަށް ބަދަލު ގެނެސް، މުސަޅެއްގެ ސިފަ ޖެހޭގޮތަށް ސޯޝަލް މީޑިއާގައި ހިއްސާކުރި 15 އަހަރުގެ ފިރިހެން ކުއްޖަކު ހައްޔަރުކޮށް، އޭނާގެ ފިންގަޕްރިންޓާއި ޑީއެންއޭ ފުލުހުން ނަގައިފިއެވެ. މި މައްސަލައިގައި ވެސްޓް މިޑްލެންޑްސް ފުލުހުން ހައްޔަރުކޮށްފައިވަނީ އިނގިރޭސިވިލާތުގެ “ރިފޯމް ޔޫކޭ” ޕާޓީގެ ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވާ ފްރޭޒާ ނަމަކަށް ކިޔާ ކުއްޖެކެވެ. ފްރޭޒާ އޭނާގެ ފޭސްބުކް މެދުވެރިކޮށް ފާޑުކިޔާފައިވަނީ ވުލްވަހެމްޕްޓަންގެ ކޮންޒަވޭޓިވް ކައުންސިލަރެއް ކ...
ނާޒިމާ އަލީ
އެމެރިކާގެ މިނެސޯޓާ ސްޓޭޓްގެ ސެއިންޓް ޕޯލްގައި ދުއްވަމުންދިޔަ ސްކޫލް ބަހެއްގެ ޑްރައިވަރަށް ސިއްހީ ކުއްލި ހާލަތެއް މެދުވެރިވުމުން، ދުވެފައި ގޮސް އެ ބަހަށް އަރައި، އޭގައި ތިބި 18 ކުދިންގެ ފުރާނަ ސަލާމަތްކޮށްދިން 27 އަހަރުގެ މުސްލިމް ޒުވާނަކަށް ގިނަ ބައެއްގެ ތައުރީފު އޮހެން ފަށައިފިއެވެ. ބަސް ރައްކާތެރިކަމާއެކު ހުއްޓުވައި ދެއްކި ހިތްވަރާ ގުޅިގެން އެ ސަރަހައްދުގެ ގިނަ ބަޔަކު އަންނަނީ އޭނާ އަކީ އަގުހުރި ބަތަލެއްގެ ގޮތުގައި ސިފަކޮށް މީސް މީޑިއާގައި ލިޔަމުންނެވެ. މި ހާދިސާ […]
ނާޒިމާ އަލީ
ސައޫދީ ޕްރޯ ލީގުގައި އަލް ފައިސަލީގެ ދަނޑުގައި ކުޅުނު މެޗު 3-1 އިން ކާމިޔާބުކޮށް، އަލް ނަސްރުން ތާވަލުގެ އެއްވަނައިގައި އޮތް އަލް ގާދިސިއްޔާއާ ޕޮއިންޓުގެ ގޮތުން ވަގުތީ ގޮތުން ހަމަހަމަކޮށްފިއެވެ. މި މެޗުގައި އަލް ނަސްރުގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ވަނީ އޭނާގެ ފުޓްބޯޅަ ކެރިއަރުގައި ޖެހި 982 ވަނަ ލަނޑު ކާމިޔާބުކޮށްފައެވެ. ކޯޗު އެންޖީ ޕޮސްޓެކޮގްލޫގެ އިރުޝާދުގެ ދަށުން ކުޅެމުން އަންނަ އަލް ނަސްރަށް މި މެޗުގައި ފުރަތަމަ ލީޑު ނަގައިދިނީ އަބްދުﷲ އަލް […]
އަޙްމަދު ވަހީދު
1 މިނިޓު
ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ބޮޑު ތިލަދުންމަތީގެ އަތޮޅުތަކުގެ އެކި ރަށްރަށުގައި ފެންބޮޑުވެ، ގިނަ ގެތަކަކަށާއި ދަނޑުބިންތަކަށް ބޮޑެތި ގެއްލުންތަކެއް ލިބިއްޖެއެވެ. ވިއްސާރައިގެ ސަބަބުން ބައެއް ރަށްރަށުގެ ގެތަކަށް ފެންވަދެ މީހުން ރައްކާތެރި ތަންތަނަށް ބަދަލުކުރަން ޖެހިފައިވާއިރު، ފެން ހިންދުމަށްޓަކައި ޕަންޕުތައް ބޭނުންކޮށްގެންނާއި މޫދަށް ކޯރު ކަނޑައިގެން ސަލާމަތީ ބާރުތަކާއި ކައުންސިލްތަކާއި، ރައްޔިތުން ގުޅިގެން މިހާރުވެސް ދަނީ ހަރަކާތްތެރިވަމުންނެވެ. މި ވިއްސާރައިގެ އަދާހަމަ ދެމުން ނ...
ޝިއުނާ އާދަމް
މުޅިން އަލަށް ތައާރަފުކުރާ ފީފާ ވިމެންސް ކްލަބް ވޯލްޑް ކަޕް 2028 ވަނަ އަހަރު ބާއްވާ ގައުމަކަށް އެމެރިކާ ހަމަޖައްސައިފިއެވެ. ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ ކަމަށްވާ ފީފާއިން މިކަން ރަސްމީކޮށް އިއުލާނުކުރީ ބުރާސްފަތި ދުވަހުއެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުން އެންމެ މޮޅު 19 އަންހެން ކްލަބް ވާދަކުރާ މި މުބާރާތް ކުރިއަށްދާނީ 2028 ވަނަ އަހަރުގެ ޖެނުއަރީ 5 އިން 30 އަށެވެ. ނަމަވެސް، މުބާރާތުގެ މެޗުތައް ކުޅޭނެ ސިޓީތައް ފީފާއިން އަދި ހާމައެއް ނުކުރެއެވެ. […]
އަޙްމަދު ވަހީދު
އެމެރިކާއާއި އިސްރާއީލުން އީރާނާ ދެކޮޅަށް އަލުން ވައިގެ ހަމަލާތައް ދޭން ފަށައިފިނަމަ، އެމެރިކާގެ އަސްކަރީ ތަންތަން ހުރި ގަލްފުގެ އަވައްޓެހި ގައުމުތަކުގައި ހުރި އެއާޕޯޓްތަކާއި، ތެޔޮ ހޮޅިތަކާއި އާންމު އެހެނިހެން ވަސީލަތްތަކަށް ހަމަލާދޭނެ ކަމުގެ އިންޒާރު އީރާނުން ދީފިއެވެ. ވޯލް ސްޓްރީޓް ޖާނަލް އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، މި އިންޒާރު އީރާނުން ވަނީ ފާޅުކަން ބޮޑު ގޮތެއްގައާއި ސަރަހައްދީ މެދުވެރިން މެދުވެރިކޮށް ސިއްރު ޑިޕްލޮމެޓިކް ވަސީލަތްތަކުން ދީފައެވެ. މީގެ އިތުރުން، އީރާނުގެ ނިއުކްލިއާ މަރުކަޒު...
ނާޒިމާ އަލީ
ހއ. ތަކަންދޫގައި އަންހެނުންނަށް ޚާއްޞަކޮށްގެން އެރަށުގައި ބޭއްވި ވޮލީ ކޯޗިން ކޭމްޕް ނިންމާލައި ބައިވެރިންނަށް ސެޓްފިކެޓް ދީފިއެވެ. ތަކަންދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީ (އތމ) އިން އިސްނަގައިގެން، ތަކަންދޫ ކައުންސިލް އާ ތަކަންދޫ ޕޮލިސް އާ ގުޅިގެން ކުރިއަށް ގެންދާ މި ކޭމްޕް ފަށާފައިވަނީ މި މަހުގެ 1 ވަނަ ދުވަހުއެވެ. މި ކޯޗިން ކޭމްޕް ނިންމާލައި، ކޯޗިން ކޭމްޕް ފުރިހަމަކުރި ބައިވެރިންނަށް ބުދަ ދުވަހު ވަނީ ސެޓްފިކެޓް ދީފައެވެ. މި ވޮލީ ކޯޗިން ކޭމްޕްގައި […]
ޔުމްނާ ޢަލީ
3 މިނިޓު
ކުޅުދުއްފުށި ސިޓީއަށް ކުރަމުންދާ ގަދަ ވިއްސާރައިގައި ރަށުގެ އެކި ސަރަހައްދުތަކުގައި ފެންބޮޑުވެ، 100 އަށް ވުރެ ގިނަ ގޭބިސީއަށް ފެން ވަދެ ބޮޑެތި ގެއްލުންތަކެއް ވެއްޖެ އެވެ. މި ހާދިސާއާ ގުޅިގެން ހާލުގައި ޖެހުނު މީހުންގެ ތެރެއިން 100 އަށް ވުރެ ގިނަ މީހުންނަށް މިހާރު ވަނީ ވަގުތީ ބޯހިޔާވަހިކަން ހަމަޖައްސައިދީފަ އެވެ. ވިއްސާރައާ ގުޅިގެން އުފެދުނު މި ހާލަތާ ގުޅިގެން ކުޅުދުއްފުށީ ސިޓީ ކައުންސިލުން ވަނީ އިމަޖެންސީ އޮޕަރޭޝަން ސެންޓަރެއް (އީއޯސީ) ގާއިމުކޮށްފަ އެވެ. ސިޓީ […]
ޔުމްނާ ޢަލީ
ދެ ގައުމުގެ ދެމެދުގައި ވިޔަފާރިއާއި އިންވެސްޓްމަންޓްގެ އާ ފުރުސަތުތައް ހޯދުމަށްޓަކައި ޕާކިސްތާނުގެ ވިޔަފާރިވެރިންނާއި ސަރުކާރުގެ އޮފިޝަލުން ހިމެނޭ ވަފުދެއް އަންނަ ހަފުތާގައި ރާއްޖެއަށް ޒިޔާރަތްކުރާނެ ކަމަށް ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފް އިޢުލާނު ކުރައްވައިފިއެވެ. އެމަނިކުފާނު މިކަން އިޢުލާނު ކުރެއްވީ އިސްލާމްއާބާދުގައި ބޭއްވި “މޯލްޑިވްސް-ޕާކިސްތާން ބިޒްނަސް ފޯރަމް 2026” ގައި ވާހަކަފުޅު ދައްކަވަމުންނެވެ. މި ފޯރަމްގައި ވާހަކަފުޅު ދައްކަވަމުން ބޮޑުވަޒީރު ޝެހްބާޒް ވިދާޅުވީ، ދެ ގައުމުގެ ދެމ...
ޔުމްނާ ޢަލީ
ހުޅުމާލޭގެ ހިޔާ 11 ވަނަ ޓަވަރުގެ އެޕާޓްމަންޓެއްގައި މިއަދު ހަވީރު އަލިފާނުގެ ހާދިސާއެއް ހިނގައި، އެ ގޭގެ ބަދިގެ ބޭނުންނުކުރެވޭ ވަރަށް އަނދައި ގެއްލުން ވެއްޖެ އެވެ. މި ހާދިސާއާ ގުޅިގެން ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނީ، ހިޔާ 11 ވަނަ ޓަވަރުގެ 23 ވަނަ ފަންގިފިލާގެ އެޕާޓްމަންޓެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އެ އޮތޯރިޓީން ހަރަކާތްތެރިވެފައިވާ ކަމަށެވެ. މި ހާދިސާގައި އެޕާޓްމަންޓުގެ ބަދިގެ ބޭނުންނުކުރެވޭ ވަރަށް އަނދައި ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ […]
ޔުމްނާ ޢަލީ
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ އެންމެ ނުފޫޒުގަދަ އަދި އަރިސް އެއް މަދަދުގާރު ކަމަށްވާ ބިލިއަނަރު ޕީޓާ ތީލް، އީރާނާ ދެކޮޅަށް އެމެރިކާއިން ކުރަމުންދާ ހަނގުރާމައަށް ފާޑުވިދާޅުވެ ދެއްކެވި ވާހަކަތަކެއްގެ އޯޑިއޯ ލީކުވެއްޖެއެވެ. ޓެކްނޮލޮޖީ އިންވެސްޓަރު އަދި ޕޭޕަލްގެ ކޯ-ފައުންޑަރު ތީލް މި ހަނގުރާމައާ މެދު ސުވާލު އުފައްދަވާފައިވަނީ ޓެނެސީގެ ނެޝްވިލްގައި މިދިޔަ އޮކްޓޫބަރު 12 ގައި ބޭއްވި ޕްރައިވެޓް ލެކްޗަރެއްގައެވެ. ޚަބަރު ފަތުރާ މަޖައްލާއެއް ކަމަށްވާ “ޕޮލިޓިކޯ” އިން ހޯދި މި އޯޑިއޯގައި ތީލް ވިދާޅުވީ...
ނާޒިމާ އަލީ
ށ. މަރޮށީ ކައުންސިލާއި ގުޅިގެން އަލް އަސްރު ޖަމިއްޔާއިން މަރޮށީގައި ކުރިއަށްގެންދިޔަ “ކޫލްނެސް އޮފް ދި އައިސް” ނަމާދު ވާކްޝޮޕް ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ. ދެ ދުވަހުގެ މުއްދަތަށް ކުރިއަށްގެންދިޔަ މި ވާކްޝޮޕަށް އެ ރަށުން ވަނީ ބޮޑު ތަރުޙީބެއް ލިބިފައެވެ. އަލް އަސްރުން ބުނި ގޮތުގައި މި ޕްރޮގްރާމްގައި 120 އަށް ވުރެ ގިނަ ބައިވެރިން ބައިވެރިވެފައިވެއެވެ. މި ވާކްޝޮޕްގެ ސެޝަންތައް ކުރިއަށްގެންދަވާފައިވަނީ ޝައިޚް ސާޖިދު މުޙައްމަދުގެ ބެއްލެވުމުގެ ދަށުންނެވެ. މި ވާކްޝޮޕް ށ. މަރޮށީގައި ބާއްވާފައިވަނީ...
ޝިއުނާ އާދަމް
ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ، ފީފާގެ ރައީސްކަމުގެ އިތުރު ދައުރަކަށް ޖިއާނީ އިންފަންޓީނޯ އިންތިޚާބު ކުރުމަށް އޭޝިއަން ފުޓްބޯލް ކޮންފެޑެރޭޝަން (އޭއެފްސީ) އިން ރަސްމީކޮށް ތާއީދުކޮށްފިއެވެ. މި ނިންމުން އައިސްފައި މިވަނީ، އިތުބާރު ގެއްލޭ ފަދަ އަމަލުތަކެއް އިންފަންޓީނޯ ކުރެއްވި ކަމަށް ބުނެ މީގެ ދެ މަސް ކުރިން އޭއެފްސީން އޭނާއަށް ވަރަށް ބޮޑަށް ފާޑުކިޔާފައި ވަނިކޮށެވެ. ޖަޕާނުގެ ޓޯކިޔޯގައި ހުކުރު ދުވަހު ބޭއްވި އޭއެފްސީގެ ޚާއްސަ ކޮންގްރެސް ބައްދަލުވުމުގައި، އެ އިދާރާގެ ރައީސް ޝައިޚް ސަލްމާން […]
ނާޒިމާ އަލީ
ހއ. ދިއްދޫގައި އުރަމަތީ ކެންސަރަށް އާންމުން ހޭލުންތެރިކުރުވުމުގެ ގޮތުން ހާއްސަ ސެޝަނެއް މިރޭ ބޭއްވުމަށް ތައްޔާރުވެއްޖެއެވެ. މި ސެޝަނަކީ ދިއްދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީއާއި، ދިއްދޫ ކައުންސިލްގެ އިތުރުން އެ ރަށުގައި ހުންނަ ހއ. އަތޮޅު ހޮސްޕިޓަލް ގުޅިގެން ކުރިއަށް ގެންދާ ހަރަކާތެކެވެ. ދިއްދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީން މައުލޫމާތު ދީފައިވާ ގޮތުގައި، މި ސެޝަނުގައި ބައިވެރިވުމުގެ ފުރުސަތު އެ ރަށުގެ އަންހެނުންނަށް ވަނީ ހުޅުވާލައިފައެވެ. އެގޮތުން ރަށުގެ 18 އަހ...
ޔުމްނާ ޢަލީ