އަދަދުތައް ދަށަށް – މިއީ އެންމެ ސަމާލުވާންވީ ވަގުތު
މާލޭގައި ކޮވިޑުގެ ކޮމިއުނިޓީ ސްޕްރެޑެއް ފެށުމާ އެކު އަހަރެމެން އެންމެން ދެ މަހެއްހާ ދުވަހު ފުރަބަންދުގައި ތިބެން ޖެހުނެވެ. އެ ފުރަބަންދުން ވީއްލުމާ އެކު އަހަރެމެންނަށް ހީވީ، މިކަމުން ދެން މި އަރައިގަނެވުނީހެންނެވެ. ސަރުކާރުން ވަރަށް ބޮޑު ލުއިތަކެއް ދިން ވެސް މެ އެވެ. ޕޮޒިޓިވް ކޭސްތަކުގެ އަދަދު މަދުވާން ހަމަ ފެށުމާ އެކު އަހަރެމެންނަށް މާ ބޮޑު ބެލުމެއް ނެތި އުޅެވެން ފެށުނެވެ. އެ ދުވަސްވަރު ރާއްޖޭގެ ކުޅަދާނަ ޑޮކްޓަރަކު ވަރަށް މައުނަވީ ޓްވީޓެއް ކުރެއްވި […]