އީރާން ސަޕޯޓަރުންނަށް ދޫކުރި ޓިކެޓްތައް ފީފާއިން ކެންސަލްކޮށްފި
އެމެރިކާގައި ބާއްވާ ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖުގައި އީރާން ކުޅޭ ތިން މެޗަށް އެ ގައުމުގެ ސަޕޯޓަރުންނަށް ކަނޑައަޅާފައިވާ ޓިކެޓް އެލޮކޭޝަން ފީފާއިން ބާތިލްކޮށްފައިވާ ކަމަށް އީރާނުގެ ފުޓްބޯޅަ ފެޑެރޭޝަނުން އަންގާރަ ދުވަހު ބުނެފިއެވެ. ވޯލްޑް ކަޕްގައި ބައިވެރިވާ 48 ޓީމުގެ ތެރެއިން ކޮންމެ ފެޑެރޭޝަނަކަށް ވެސް އެ ޓީމެއް ކުޅޭ މެޗުތައް ބާއްވާ ސްޓޭޑިއަމްގެ ޖާގައިގެ 8 އިންސައްތަ ޓިކެޓް ސަޕޯޓަރުންނަށް ބެހުމަށް ލިބިދެއެވެ. މިއީ ކޮންމެ މެޗަކަށް އެތައް ހާސް ޓިކެޓެކެވެ. އީރާނުގެ ފުރަތަމަ […]