ގާސިމްގެ ހަޔާތްޕުޅުގެ މައްޗަށް ބައިނަލްއަގްވާމީ ފެންވަރުގެ ފިލްމެއް ހަދާނަން: ކޮޕީ އިއްސެ
ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ލީޑަރު އަދި ވިލާ ކުންފުނީގެ ބާނީގެ ހަޔާތްޕުޅުގެ މައްޗަށް ބައިނަލް އަގްވާމީ ފެންވަރުގެ ފިލްމެއް ހަދާނެ ކަމަށް އެ ޕާޓީގެ ވީޑިއޯ،އޯޑިއޯ ސްކޮޑްގެ ކޯޗެއާ އަދި މަޝްހޫރު ފަންނާނު އިސްމާއީލް ރަޝީދު (ކޮޕީ އިއްސެ) ބުނެފިއެވެ. ވީޓީވީން ރޭ ގެނެސްދިން “ފަސްމަންޒަރު” ޕްރޮގްރާމްގައި ވާހަކަ ދައްކަމުން އިއްސޭބުނީ ފަންނާނުންނަށް އެންމެ ފަހި ފުރުސަތުތަކެއް އޮތް ޕާޓީއަކީ ޖޭޕީ ކަމަށެވެ. ޖޭޕީއާއި ގުޅެންނިންމައި، ފުރަތަމަ ޤާސިމްއާއި ބައްދަލުވި ދުވަހު ޤާސިމް އޭނާއަށް ކުރެއްވި އިޚްތިރާމާއި، ޖޭޕީއާ...