ހއ. ދިއްދޫ ކައުންސިލްގެ ފަރާތުން އެރަށުގެ ގޭބިސީތަކުން ކުނި ނެގުމުގެ ޚިދުމަތް ދޭން ފަށަން ނިންމައިފިއެވެ. ދިއްދޫ ކައުންސިލްގެ ރައީސް އަބްދުﷲ ރަޝީދު “ތިލަދުން” އަށް ވިދާޅުވީ، މިޚިދުމަތް ދޭން ފަށާނެ ވަކި ތާރީޚެއް ފަހުން އަންގާނެ ކަމަށާއި ނަމަވެސް މިހާރު މިޚިދުމަތަށް ރަޖިސްޓްރީވުމުގެ ފުރުސަތު ހުޅުވާލަފައިވާ ކަމަށެވެ. މީގެ ކުރިން އެރަށުގައި މިޚިދުމަތް ދެމުންދިޔައީ ފެނަކައިގެ ފަރާތުންނެވެ. އޭރު މިޚިދުމަތް ދީފައިވަނީ ކޮންމެ ގެއަކުން -/50 (ފަންސާސް ރުފިޔާ) ގެ ފީއެއް ނަގައިގެންނެވެ. ފެނަކައިގެ ފަރާތުން...
އައިޝަތު ނަސާޔާ
މިނިސްޓްރީ އޮފް ފިޝަރީޒް މެރިން ރިސޯސަސް އެންޑް އެގުރިކަލްޗަރއިން ސަރަޙައްދީ ހެޗަރީތައް ޤާއިމްކުރުމަށް ނިންމާފައިވާ ރަށްތަކުގެ ތެރޭގައި ހއ. ފިއްލަދޫ ހިމެނިއްޖެއެވެ. އެގޮތުން އެމިނިސްޓްރީއިން ވަނީ މިރަށްތަކަށް އަމާޒްކޮށްގެން މެރިކަލްޗަރ އެކްސްޕޯޝަރ ޕޮރޮގުރާމްއެއް ކުރިއަށް ގެންގޮސްފައެވެ. އަދި މިޕްރޮގްރާމްގައި ފިއްލަދޫ ކައުންސިލްގެ އިތުރުން ހއ އަތޮޅު ކައުންސިލުންވެސް ވަނީ ބައިވެރިވެފައެވެ. މި ޕްރޮގްރާމްގައި ފިއްލަދު ކައުންސިލުން ބައިވެރިވީ އެ ކައުންސިލްގެ ނައިބު ރައީސް މުޙައްމަދު ރަޒީފްއެވެ. “ތިލަ...
އައިޝަތު ނަސާޔާ
ރާއްޖޭގައި ބާއްވާ ފުރަތަމަ ބާ އެގްޒާމަށް ތައްޔާރުވެ، އެ އިމްތިހާނުގައި ބައިވެރިވާ ކޮންމެ މީހެއްގެ އަތުން ފީއަކަށް 10،000 ރުފިޔާ ނަގަން ބާ ކައުންސިލުން ނިންމި ނިންމުމަކީ އެންމެ އިންސާފުވެރި ނިންމުމެއް ނޫންކަމަށް، މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) އިން ބުނެފިއެވެ. މި އަހަރުގެ ޖޫން މަހު ބާ ކައުންސިލުން ބޭއްވުމަށް އިންތިޒާމު ކުރަމުންދާ ދިވެހިރާއްޖޭގެ ފުރަތަމަ ބާ އިމްތިޙާނު އޮންނާނީ 25 ޖޫން 2022 ވާ ހޮނިހިރު ދުވަހުއެވެ. އަދި ބާ އިމްތިޙާނުގެ ފީ ގެ […]
އަލީ އާދިލް
ދިވެހި ރާއްޖޭގައި މިހާތަނަށް ހިންގާ އިޔާދަކުރަނިވި ހަކަތައިގެ އެންމެ ބޮޑު މަޝްރޫޢުގެ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފިއެވެ. މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީއިން ވިދާޅުވިގޮތުގައި، މިއީ ދިވެހިރާއްޖޭގައި މިހާތަނަށް ޕަވަރ ޕާރޗޭސިންގް އެގްރީމެންޓްގެ ދަށުން ސޮއިކުރެވޭ އެންމެ ބޮޑު ސޯލަރ ޕީވީ އެއްބަސްވުމެވެ. މިއަދު ސޮއިކުރެވުނު ކޮންޓްރެކްޓްގެ ދަށުން ތިން ސިޓީއާއި، ތިން ރަށެއްގައި 11 މެގަވޯޓު ސޯލާ ޕެނަލް ހަރުކުރާނެއެވެ. މި މަޝްރޫޢު ހިންގާ ސިޓީތަކާއި، ރަށްތައް: ހދ....
ޔުމްނާ ޢަލީ
މީގެ 11 އަހަރު ކުރިން ވިލިމާލޭގައި ގްރޫޕަކުން ހަމަލާދީ މަރާލި އަހުމަދު މިރުޒާ އިބްރާހިމްގެ ގާތިލަކު މަރަން ހުކުމްކޮށްފައި ވަނިކޮށް އޭނާގެ ވާރިސުން ސުޕްރީމް ކޯޓުގައި މިއަދު ގާތިލަށް މައާފް ދީފި އެވެ. 2011 ވަނަ އަހަރު ހުޅުމާލޭ ކުޑަކުދިންގެ ޕާކް ކައިރީގައި ނ. މާޅެންދޫ ވައިޓްހައުސް، މިރުޒާއަށް ލަކުޑި ބުރިން ހަމަލާދީ މަރާލި މައްސަލާގައި މަރަން ހުކުމްކޮށްފައިވާ ދެ މީހުންގެ ތެރެއިން ޏ. ފުވައްމުުލަކު ޒާވިއާ އަބްދުﷲ ނަޒީފަށް ވާރިސުން މައާފް ދިނީ ސުޕްރީމް ކޯޓަށް […]
ހުސައިން ހަބީބް
ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) އިން ހުޅުމާލޭގައި ގާއިމްކޮށްފައިވާ ޕެޓްރޯލް ޝެޑުގެ ހިދުމަތް 24 ގަޑިއިރަށް ބަދަލު ކުރަން ނިންމައިފިއެވެ. އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރި މުހައްމަދު ގަސަމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެ ބަދަލު ގެންނާނީ އަންނަ ރޯދަ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ކަމަށެވެ. މި ބަދަލާއެކު ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ވަރަށް ބޮޑު ފަސޭހައެއް ވާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ. އެސްޓީއޯގެ ސަބްސިޑިއާރީ ކުންފުންޏެއްގެ ގޮތުގައި ހިންގާ އެފްއެސްއެމުން ހުޅުމާލެ ރަށު މާރ...
އަޙްމަދު ވަހީދު
އަތޮޅުތައް ތަމްޞީލުކުރައްވާ، ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓް (ސީ.އެސް.ޓީ.އައި) ގެ “އެޓޯލް ޓްރެއިނަރުން” ގެ ގޮތުގައި މަސައްކަތްކުރައްވާނެ ފަރާތްތަކަށް އަމާޒުކޮށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ “ޓްރެއިނިންގ އޮފް ޓްރެއިނަރސް ޕްރޮގްރާމް” އިފްތިތާހްކޮށްފިއެވެ. މިޕްރޮގްރާމް އިފްތިތާހް ކޮށްދެއްވީ ސިވިލް ސަރވިސް ކޮމިޝަނުގައި އިއްޔެ ބޭއްވުނު ރަސްމިއްޔާތެއްގައި އެކޮމިޝަނުގެ ރައީސް މުހައްމަދު ނާސިހްއެވެ. އެކޮމިޝަނުން މައުލޫމާތު ދީފައިވާ ގޮތުގައި މިޕްރޮގްރާމަކީ 3 ދުވަހުގެ ނިޔަަލަށް ކުރިއަށް...
އައިޝަތު ނަސާޔާ
ކޮންމެ ދުވަހަކު ހޮވާ އެސްޓްރޮނޮމީ ޕިކްޗާ އޮފް ދަ ޑޭ އަށް ރާއްޖޭގެ ފޮޓޯއެއް ހޮވިއްޖެއެވެ. ރޭގަނޑުގެ ވަގުތެއްގައި ނަގާފައިވާ އެ ފޮޓޯއަކީ ހިތްގައިމު އަދި އެހާމެ ރީތި ފޮޓޯއެކެވެ. އެ ފޮޓޯ ނަގާފައިވަނީ ޗެކް ރިޕަބްލިކްގެ އިބްސްޓިޓިއުޓެއްގެ އެމްބެސެޑަރެއް ކަމަށްވާ ޕީޓާ ހޮރަލެކްްއެވެ. އޭނާ ނަގާފައިވާ ފޮޓޯއިން ފެންނަނީ ޅ. މަޑިވަރު މަލަމައްޗެވެ. އަދި އެއާއެކު މަޑިވަރުގެ މަތިން ޖައްވުގައި ހިމެނޭ ތަރިތައް ފެނެއެވެ. އެ ފޮޓޯއާއެކު ފޮޓޯގައި ފެންނަން ހުރި ތަރިތަކުގެ މައުލޫމާތު ވެސް […]
އަޙްމަދު ވަހީދު
އަނބިމީހާއަށް އަނިޔާކުރި ހއ. ކެލާ މީހަކު 9،000ރ. އިން ޖޫރިމަނާ ކުރަން ހައި ކޯޓުގެ އުތުރު ގޮފިން ހުކުމްކޮށްފި އެވެ. ކެލާއަށް ނިސްބަތްވާ އެ މީހާ އަނިޔާކުރީ އޭނާ 2015 ވަނަ އަހަރު ކައިވެނިކޮށްގެން އުޅުނު ހއ. ތަކަންދޫ އަންހެނަކަށެވެ. އެ މީހުންގެެ ކައިވެނި މިހާރު އޮތީ ރޫޅިފަ އެވެ. އޭނާ އަނބިމީހާގެ ގައިގައި އަތުން ޖަހައި، އަނިޔާކުރީ ދެ މީހުންގެ ދެމެދުގައި 2015 ވަނަ އަހަރުގެ ފަހުކޮޅު ހިނގި ޒުވާބަކަށްފަހު އެވެ. އެކަން ކުރުމަށްފަހު އެހެން […]
ހުސައިން ހަބީބް
ރެންސަމްވެއާ އެޓޭކާއި ގުޅިގެން މިދިޔަ ބުރާސްފަތި ދުވަހު ހިދުމަތް މެދުކެނޑުނު ގޮތަށް އަދިވެސް އެ މައްސަލަ ހައްލު ނުވާ ކަމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އިން ބުނެފިއެވެ. އެ ކުންފުނިން ބުނީ ހިދުމަތްތައް އަލުން ފެށުމަށް އަދިވެސް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން އެ މަސައްކަތުގެ ދަށުން، ބައެއް ހިދުމަތްތައް ހެޑް އޮފީހުން ލިބޭނެގޮތް ހަމަޖައްސާފައިވާ ކަމަށް ވެސް ސްޓެލްކޯއިން ބުންޏެވެ. ހެޑްއޮފީހުން ލިބޭ ހިދުމަތްތަކުގެ ތެރޭގައި ހިދުމަތްތަކަށް އެދި ފޯމް ހުށަހެޅުމާއި، ބިލް...
އަޙްމަދު ވަހީދު
މަޖިލީހުގެ ރައީސް މުހައްްމަދު ނަޝީދަށް ދިން ބޮމުގެ ހަމަލާގެ ޝަރީއަތުގައި، ދިވެހި ބަހުގެ ގަވާއިދާ ޚިލާފަށް ދައުލަތުން ދައުވާ ލިޔެފައިވާ މައްސަލަ ދިފާއީ ވަކީލުން ކޯޓުގައި މިއަދު ފެންމަތިކޮށްފި އެވެ. މިދިޔަ އަހަރުގެ މެއި މަހު ބޮމެއް ގޮއްވާލައިގެން ނަޝީދަށް ދިން ހަމަލާއާ ގުޅިގެން ހަ މީހެއްގެ މައްޗަށް ކުރާ ދައުވާގައި ކްރިމިނަލް ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގައި އެ މައްސަލަ ނެންގެވީ ދައުވާލިބޭ މ. ކުދެހިގޭ އިސްހާގުގެ ވަކީލް އަހުމަދު ޔާމީނެވެ. އެއް ދައުވާގައި ލިޔެފައި […]
ހުސައިން ހަބީބް
އަންނަ ރޯދަ މަހު ބާއްވާ އުރީދޫ މަސް ރޭހުގައި 23 ޓީމަކުން ބައިވެރިވާން ރަޖިސްޓްރީ ކޮށްފިއެވެ. ކޮންމެ އަހަރެއްގެ ރޯދަ މަހު ބާއްވާ މި މަސް ރޭހަކީ ރައްޓެހިންނާއި އާއިލާ މެންބަރުން އަދި އޮފީސްތަކުގައި އެއްކޮށް މަސައްކަތްކުރާ ރައްޓެހިންނާ އެކު ޓީމު ހަދައިގެން އުފާވެރި ވަގުތު ކޮޅެއް ހޭދަކޮށްލަން އުރީދޫ އިން ދޭ ފުރުސަތެކެވެ. ކުރިން ބޭއްވި މުބާރާތްތަކަށްވެސް ބޮޑު ތަރުހީބެއް ވަނީ ލިބިފައެވެ. އުރީދޫ އިން ބުނީ މިއަހަރުގެ މުބާރާތުގައި ބައިވެރިވާން ރަޖިސްޓްރޭޝަނުގެ މުއްދަތު ހަމަވިއިރު […]
އަޙްމަދު ވަހީދު
ޕީޕީއެމް ސަރުކާރުގައި ރައްޔިތުންގެ މަޖިލީހުގައި ހުރީ ބޮޑުތަޅު އަޅުވާފައި ކަމަށާއި، އެހެންވެ މަޖިލީހަށް ހާޒިރުވެ ޖަވާބުދާރީވާން ނުޖެހޭތީ އެ ސަރުކާރުގެ އެއްވެސް ވަޒީރަކަށް މަޖިލީހުގައި ދޮގުހަދަން ވެސް ނުޖެހޭ ކަމަށް ބިލެތްދޫ ދާއިރާގެ މެންބަރު އަޙްމަދު ޙަލީމް (ދޮންބިލެތް އަޙްމަދު) ވިދާޅުވެއްޖެއެވެ. މިއަދު ރައްޔިތުންގެ މަޖިލިސްގެ ޖަލްސާގައި މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް ވަނީ ރައްޔިތުންގެ މަޖިލީހުގައި ވަޒީރުން ދޮގުހައްދަވާފައިވާކަމަށާއި، އެހެންވެ އެ މައްސަލަ ސަރުކާރުގެ ސަމާލުކަމަށް ގެނެސް...
އަލީ އާދިލް
އިސްރަށްވެހިންގެ ހައްގުތައް ރައްކާތެރިކުރުމަށްޓަކައި، ޕެންޝަން އޮފީހާއި ދިވެހިރާއްޖޭގެ އިސްރަށްވެހިންގެ ޖަމުއިއްޔާއާއި ދެމެދު މެމަރަންޑަމް އޮފް އަންޑަސްޓޭންޑިންގް (އެމް.އޯ.ޔޫ) އެއްގައ ސޮއިކޮށްފިއެވެ. ޕެންޝަން އޮފީހުން މައުލޫމާތު ދީފައިވާ ގޮތުގައި މިއެމްއޯޔޫގައި ސޮއިކޮށްފައިވަނީ މިއަދުއެވެ. އެއޮފީހުގެ ފަރާތުން މިއެއްބަސްވުމުގައި ސޮއިކުރެއްވީ އެކްޓިންގ ޗީފް އެގްޒެކްޓިވް އޮފިސަރ ސުޖާތާ ޙަލީމް އެވެ. އަދި ދިވެހިރާއްޖޭގެ އިސްރަށްވެހިންގެ ޖަމުއިއްޔާގެ ފަރާތުން ސޮއިކުރެއްވީ އެ ޖަމުއިއްޔާގެ ރައީސް ޢަބްދު...
އައިޝަތު ނަސާޔާ
އިންސާނުންގެ ހަށިގަނޑުގައި ހުންނަ ލޭގައި ޕްލާސްޓިކުގެ އަސަރު ހުރޭތޯ ބަލަން ފުރަތަމަ ފަހަރަށް ކުރި ދިރާސާ އިން ކޮންމެ 10 މީހަކުން 8 މީހެއްގެ ލެއިން ޕުލާސްޓިކު ފެނިފައިވާކަމަށް ދައްކައިފި އެވެ. ތިމާވެށީގެ ބައިނަލްއަގުވާމީ އެންވައިރަމެންޓް އިންޓަނޭނަލް މަޖައްލާގައި ޝާއިއު ކުރެވިފައި މި ރިސާރޗް އިން ދައްކާ ގޮތުގައި، ޓެސްޓުކޮށް ބެލުން ލޭގެ ސަސާމްޕަލް ތަކުން 77 އިންސައްތަ ލޭގައި ޕުލާސްޓިކުގެ އެތިކޮޅުތައް ހުއްޓެވެ. މި ޕްލާސްޓިކުގެ ތެރޭގައި އެތައް ބާވަތެއް އެއްކޮށްގެން އުފައްދާފައިވާ 4 ވައްތަރެއްގެ […]
އިބްރާހިމް އަސްވާޤް
ދިވެހިރާއްޖޭގައި ތެދުހަދާ ވަޒީރަކު ހުރިކަމަށްވާނަ އެ ވަޒީރަކީ ހޯމް މިނިސްޓަރު ޝައިޚް ޢިމްރާން ޢަބުދުﷲ ކަމަށް ކާށިދޫ ދާއިރާގެ މެންބަރު ޢަބްދުﷲ ޖާބިރު ވިދާޅުވެއްޖެއެވެ. މިއަދު ރައްޔިތުންގެ މަޖިލިސްގެ ޖަލްސާގައި މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް ވަނީ ރައްޔިތުންގެ މަޖިލީހުގައި ވަޒީރުން ދޮގުހައްދަވާފައިވާކަމަށާއި، އެހެންވެ އެ މައްސަލަ ސަރުކާރުގެ ސަމާލުކަމަށް ގެނެސް، ފިޔަވަޅު އަޅަން ގޮވައިލާ މައްސަލައެއް ހުށަހަޅުއްވާފައެވެ. އެމްޑީޕީގެ މެންބަރުންގެ ތާއީދާއެކު 18 މެންބަރުންގެ ވޯޓުން އެ މައްސަލަ...
އަލީ އާދިލް
ހދ. ކުޅުދުއްފުށީ ހިރަފުސް ފުޓްބޯޅަ ޓީމުގެ ފަރާތުން އިންތިޒާމް ކޮށްގެން އެ ރަށުގައި ހުރި މުއައްސަސާތަކަށާއި ކުންފުނިތަކަށް ހުޅުވާލައިގެން ކުރިއަށް ގެންދިޔަ “ހިރަފުސް އިންޓަ އޮފީސް ފުޓްސަލް ޗެލެންޖް 2022” ގެ ޗެމްޕިއަންކަން ކުޅުދުއްފުށި ސިޓީ ޕޮލިސް (ކޭސީޕީ) އިން ހޯދައިފިއެވެ. މި މުބާރާތުގެ ފައިނަލް މެޗު ރޭ ކުޅުދުއްފުށީ ސްޕޯޓްސް އެރީނާ ފުޓްސަލް ދަނޑުގައި ކުޅެފައިވާއިރު، މި މެޗުގައި ބައްދަލު ކޮށްފައި ވަނީ ކުޅުދުއްފުށި ސިޓީ ޕޮލިސް (ކޭސީޕީ) އާއި އެސްޓީއޯ ރިކްރިއޭޝަން ކުލަބެވެ. މި […]
އިބްރާހިމް ޚަލީލް
ވ. ރަކީދޫ ގޮނޑުދޮށް ހިމާޔަތް ކުރަން ބޭނުންވާ ބޮޑުހިލައިގެ ފުރަތަމަ ޝިޕްމަންޓް އެ ރަށަށް ގެންގޮސްފިއެވެ. މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނި ގޮތުގައި އެ ޝިޕްމަންޓް ގެންދިޔައީ އިއްޔެއެވެ. މި މަޝްރޫއުގެ ދަށުން، 40 މީޓަރުގެ ގްރޮއިންސް ޖެހުމާއި 200 މީޓަރުގެ ބޭރުތޮށި ލުމުގެ މަސައްކަތް ކުރާނެއެވެ. ވ. ރަކީދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢުގެ މަސައްކަތަށް ބޭނުންވާ ބޮޑުހިލައިގެ ފުރަތަމަ ޝިޕްމަންޓް 27 މާރޗް 2022 ވަނަ ދުވަހު ވަނީ […]
އަޙްމަދު ވަހީދު