މައި ޚަބަރަށް ދިޔުމަށް

އެންމެ ފަހުގެ ލިޔުންތައް

39,458 ޝާއިޢުކުރެވިފައިވާ ލިޔުން

އެންމެ ފަހުގެ ލިޔުންތައް - 1143 ވަނަ ޞަފްޙާ

އިހަވަންދޫ ހޮސްޕިޓަލް އަޅަން ހަވާލުކޮށްފި

އިހަވަންދޫ ހޮސްޕިޓަލް އަޅަން ހަވާލުކޮށްފި

ހއ. އިހަވަންދޫގައި ހޮސްޕިޓަލެއް އަޅަން މިއަދު ހަވާލުކޮށްފިއެވެ. ހެލްތު މިނިސްޓްރީގައި މިއަދު އޮތް ރަސްމިއްޔާތެއްގައި މި މަޝްރޫޢު ހަވާލުކޮށްފައި ވަނީ ޑުޕްލެކްސް ޕްރައިވެޓް ލިމިޓެޑާއެވެ. މިއީ 30 އެނދުގެ ހޮސްޕިޓަލެކެވެ. މި މަސައްކަތް ހަވާލުކޮށްފައި ވަނީ 18 މަސްދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ. މި މަޝްރޫޢުއަށް 123،303،792.00 ޚަރަދުވާނެކަމަށް ހެލްތު މިނިސްޓްރީން ވިދާޅުވެއެވެ.  

ޔުމްނާ ޢަލީ
މަރަން ހުކުމްކޮށްފައިވާ ސަމާހު އޭނާގެ ދިފާއީ ވަކީލާ މެދު ހިތްހަމަނުޖެހިއްޖެ

މަރަން ހުކުމްކޮށްފައިވާ ސަމާހު އޭނާގެ ދިފާއީ ވަކީލާ މެދު ހިތްހަމަނުޖެހިއްޖެ

ފުލުހަކު މަރާލި މައްސަލައެއްގައި މަރަން ހުކުމް ކޮށްފައިވާ މުހައްމަދު ސަމާހު އޭނާގެ ދިފާއީ ވަކީލާ މެދު ހިތްހަމަނުޖެހިގެން ސުޕްރީމް ކޯޓުގައި ޝަކުވާ ކުރުމުން ވަކީލު އެ މައްސަލައިން ވަކިކޮށްފި އެވެ. ޖުލައި، 2012 ގައި ޕޮލިސް ސާޖަންޓް އާދަމް ހަލީމް ޑިއުޓީއަށް ދަނިކޮށް އޭނާއަށް ވަޅިއަކުން ހަމަލާދީ މަރާލި މައްސަލާގައި ކ. ކާށިދޫ ސުވާސާގޭ މުހައްމަދު ސަމާހު މެރުމަށް ކުރި ހުކުމް އޮތީ ދަމަހައްޓައިފަ އެވެ. އެ މައްސަލަ ސަމާހުގެ ފަރާތުން އޮތީ ސުޕްރީމް ކޯޓުގައި އިސްތިއުނާފްކޮށްފަ […]

ހުސައިން ހަބީބް
ދަރިވަރުންގެ ވަށައިގެންވާ މާހައުލު އުފާވެރި ތަނަކަށް ހެދުމަށް ކެމްޕެއިނެއް 

ދަރިވަރުންގެ ވަށައިގެންވާ މާހައުލު އުފާވެރި ތަނަކަށް ހެދުމަށް ކެމްޕެއިނެއް 

ދަރިވަރުންގެ ވަށައިގެންވާ މާހައުލު އުފާވެރި ތަނަކަށް ހެދުމަށް މާލޭ ސަރަހައްދުގެ ސްކޫލްތަކުގައި މިއަދު ކެމްޕެއިނެއް ފަށައިފިއެވެ. މިއީ ”ސްމައިލް އޮން” ގެ ނަމުގައި ކުރިއަށްގެންދާ ކެމްޕެއިނެކެވެ. މި ކެމްޕެއިންއަކީ ދަރިވަރުންގެ ވަށައިގެންވާ މާހައުލަކީ އުފާވެރި ފައްސި ތަނަކަށް ހެދުމަށްޓަކައި އަނެކާގެ ރަނގަޅު ސިފަތައް ދެނެގަނެ އެކަންކަން ފާހަގަ ކުރުމަށްޓަކައި، ދަރިވަރުން އިސްނަގައިގެން ކުރިއަށް ގެންދާ ކެމްޕެެއިންއެއްކަމަށް އެޑިޔުކޭޝަން މިނިސްޓްރީން ވިދާޅުވެއެވެ. މި ކެމްޕެއިންގައި މި ކެމްޕެއިނުން ހާސިލ...

ޔުމްނާ ޢަލީ
ހުކުރު ޚުޠުބާގެ އިނގިރޭސި ތަރުޖަމާ ޝާއިޢުކުރަން ފަށައިފި

ހުކުރު ޚުޠުބާގެ އިނގިރޭސި ތަރުޖަމާ ޝާއިޢުކުރަން ފަށައިފި

ހުކުރު ޚުޠުބާގެ އިނގިރޭސި ތަރުޖަމާ އިސްލާމިކް މިނިސްޓްރީގެ ވެބްސައިޓުގައި ޝާއިޢުކުރަން ފަށައިފިއެވެ. އެކަން ހާމަކުރައްވަމުން އިސްލާމިކް މިނިސްޓްރީން ވިދާޅުވީ، އެއީ އިސްލާމްދީނަށް ލޯބިޖައްސައި، ދީނީ މަޢުލޫމާތު ފެތުރުމުގެ ގޮތުން ކުރެވޭ މަސައްކަތްތަކުގެ ތެރޭގައި ހިމެނިގެން ކުރިއަށް ގެންދެވޭ މަސައްކަތެއް ކަމަށެވެ. ހުކުރު ޚުޠުބާގެ އިނގިރޭސި ތަރުޖަމާ ވެބްސައިޓުގައި ޝާއިޢުކުރަން ފެށީ ރާއްޖެއަކީ ގިނަ އަދަދެއްގެ ބިދޭސީން މަސައްކަތްކުރާ ޤައުމަކަށްވެފައި، އިސްލާމްދީނުގެ މަޢުލޫމާތު އެފަރާތްތަކަށް ވީހާވެސް ބ...

ޔުމްނާ ޢަލީ
މަޖިލިސް ހުޅުވުން ފެބްރުއަރީ 6 ގައި

މަޖިލިސް ހުޅުވުން ފެބްރުއަރީ 6 ގައި

ރައްޔިތުންގެ މަޖިލިސް މިއަހަރަށް ހުޅުވުމުގެ ޖަލްސާ ބާއްވާ ތާރީހު އިއުލާން ކޮށްފި އެވެ. މަޖިލީހުގެ އިދާރާ އިން ވިދާޅުވީ މި ޖަލްސާ ބޭއްވުމަށް ތާވަލުކޮށްފައިވަނީ އަންނަ ފެބްރުއަރީ މަހުގެ ހަވަނަ ދުވަހު ކަމަށެވެ. ކޮންމެ އަހަރެއްގައި ވެސް މަޖިލިސް ހުޅުވުމަށް ބާއްވާ ޖަލްސާގައި ހަމައެކަނި އޮންނަނީ ރައީސްގެ ރިޔާސީ ބަޔާން އިއްވެވުމެވެ. އެގޮތުން ރައީސް ސާލިހުގެ މިހިނގާ 5 އަހަރުގެ ދައުރުގެ އެންމެފަހު ރިޔާސީ ބަޔާން އިއްވެވުން އޮންނާނީ އެ ދުވަހު އެވެ. ރައްޔިތުންގެ މަޖިލިސް މިއަަހަރަށް […]

މުޙައްމަދު އަފްރާޙް
އެއާޕޯޓު އިންޓަޑިކްޝަން ޓްރެއިނިން ކޯސް ފަށައިފި

އެއާޕޯޓު އިންޓަޑިކްޝަން ޓްރެއިނިން ކޯސް ފަށައިފި

ޤާނޫނު ތަންފީޒުކުރާ އިދާރާތްތަކަށް އަމާޒުކޮށްގެން ކުރިއަށްގެންދާ “އެއާޕޯޓު އިންޓަރޑިކްޝަން ޓްރެއިނިންގ” ކޯސް ފަށައިފިއެވެ. މި ކޯހަކީ ދިވެހި ފުލުހުންގެ ޚިދުމަތުގެ އިންޓަނޭޝަނަލް ރިލޭޝަންސް ޑިޕާޓްމަންޓާއި ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓާއި އެމެރިކާގެ އެންޓި-ޓެރަރިޒަމް އެސިސްޓެންސް އޮފީސް ގުޅިގެން ކުރިއަށްގެންދާ ކޯހެކެވެ. ފުލުހުންގެ ޚިދުމަތުން ވިދާޅުވާގޮތުގައި މި ކޯހުގައި އެއާ އިންޓަޑިކްޝަން އޮޕަރޭޝަންތަކުގައި ކުރިއަރަމުން އަންނަ ތަހުގީގުކުރުމުގެ އުކުޅުތައް އުނގަންނައި ދޭނެއެ...

ޔުމްނާ ޢަލީ
އަންނަ ރިޔާސީ އިންތިޚާބު ވެސް ކާމިޔާބު ކުރެވޭނީ އަދާލަތާއެކުގައި: އިމްރާން

އަންނަ ރިޔާސީ އިންތިޚާބު ވެސް ކާމިޔާބު ކުރެވޭނީ އަދާލަތާއެކުގައި: އިމްރާން

ކުރިއަށް އޮތް ރިޔާސީ އިންތިޚާބު ވެސް ކާމިޔާބު ކުރެވޭނީ އަދާލަތު ޕާޓީ އާއިއެކުގައި ކަމަށް ހޯމް މިނިސްޓަރު އަދި އަދާލަތު ޕާޓީގެ ރައީސް އިމްރާން ޢަބުދުﷲ ވިދާޅުވެއްޖެއެވެ. އިލެކްޝަން ކޮމިޝަން (އީސީ) އިން އިއްޔެ ވަނީ މި އަހަރު އޮންނަ ރިޔާސީ އިންތިޚާބު އޮންނާނީ މި މިއަހަރުގެ ސެޕްޓެމްބަރު މަހުގެ 9 ވަނަ ދުވަހުގައިކަން އިއްޔެ ޢިއުލާންކުރަށްވާފައެވެ. އީސީއިން ރިޔާސީ އިންތިޚާބުގެ ތާރީޚް ޢިއުލާން ކުރެއްވުމާއި ގުޅިގެން އެކަމަށް އިޝާރާތް ކުރައްވަމުން އިމްރާން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، […]

ޔުމްނާ ޢަލީ
ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުން މާލީ އެހީއަށް އެދި ހުށަހެޅުމަށް ޕޯޓަލެއް

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުން މާލީ އެހީއަށް އެދި ހުށަހެޅުމަށް ޕޯޓަލެއް

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދެވޭ މާލީ އެހީއަށް އެދި ހުށަހެޅުމަށް ހާއްސަ ޑިޖިޓަލް ޕޯޓަލެއް ތައާރަފްކޮށް، އެ ޕޯޓަލް މެދުވެރިކޮށް ރަޖިސްޓަރީވުމަށް ހުޅުވާލައިފި އެވެ. ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ (އެންސްޕާ) އިން ކުރެއްވި ޢިއުލާނެއްގައި ވިދާޅުވެފައި ވަނީ، ރާއްޖޭގެ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ގައުމީ ދަފްތަރު ވަނީ 5 ޖަނަވަރީ 2023 ގައި އެކުލަވާލެވިފަ އެވެ. އަދި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޤައުމީ ދަފްތަރާ ގުޅޭގޮތުން ތައްޔާރުކުރެވިފައިވާ “ނޭޝަނަލް ޑިސްއެބިލިޓީ ރެޖިސްޓްރީ...

މުޙައްމަދު އަފްރާޙް
ކެމްބޯޑިއާގެ ބޮޑުވަޒީރަށް ރަސްމީ މަރުޙަބާ ދަންނަވައިފި

ކެމްބޯޑިއާގެ ބޮޑުވަޒީރަށް ރަސްމީ މަރުޙަބާ ދަންނަވައިފި

ރަސްމީ ދަތުރުފުޅެއްގައި އިއްޔެ ރާއްޖެ ވަޑައިގެންނެވި ކެމްބޯޑިއާގެ ބޮޑުވަޒީރު، ސަމްދެކް އައްކާ މޮހަ ސެނާ ޕަޑައި ޓެކޯ ހުން ސެންއަށް ދިވެހި ސަރުކާރުން ރަސްމީގޮތުން މިއަދު މަރުޙަބާ ދަންނަވައިފިއެވެ. ކެމްބޯޑިއާގެ ބޮޑުވަޒީރު، ސަމްދެކް އައްކާ މޮހަ ސެނާ ޕަޑައި ޓެކޯ ހުން ސެން ރާއްޖެއަށް މި ކުރަށްވާ ދަތުރުފުޅަކީ ރާއްޖޭގެ ރައީސް، އިބްރާހީމް މުޙައްމަދު ޞާލިޙްގެ ދަޢުވަތަކަށް ކުރަށްވާ ދަތުރުފުޅެކެވެ. ދިވެހި ސަރުކާރުން ރަސްމީގޮތުން ކެމްބޯޑިއާގެ ބޮޑުވަޒީރަށް މަރުޙަބާ ދެންނެވުމުގެ ގޮތުން ބޭއްވެވި ޚާއްޞަ ރަސްމިއް...

ޔުމްނާ ޢަލީ
އެމްއެންޕީގެ ސަރުކާރެއްގައި ދިވެހި އެމްބަސީތައް ވާނީ ދިވެހި ރައްޔިތުންގެ މަދަދުގާރުންނަށް: ދުންޔާ

އެމްއެންޕީގެ ސަރުކާރެއްގައި ދިވެހި އެމްބަސީތައް ވާނީ ދިވެހި ރައްޔިތުންގެ މަދަދުގާރުންނަށް: ދުންޔާ

އެމްއެންޕީގެ ސަރުކާރެއްގައި ރާއްޖޭގެ އެމްބަސީތަކުގައި ތިބޭނީ ޕްރޮފެޝަނަލް ޑިޕްލޮމޭޓުން ކަމަށް ކުރީގެ ފޮރިން މިނިސްޓަރ އަދި މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ ނައިބު ރައީސް، އޯވަރސީސް ދުންޔާ މައުމޫން ވިދާޅުވެއްޖެ އެވެ. އެމްއެންޕީގެ ޖަގަހަ ޖަލްސާގައި ވާހަކަ ދައްކަވަމުން ދުންޏާ ވިދާޅުވީ އެ ޕާޓީގެ ސަރުކާރެއްގައި ރާއްޖޭގެ އެމްބަސީތަކުގައި ތިބޭނީ، ރާއްޖޭގެ ދިފާއުގައި ވަކާލާތުކުރަން ކެރޭ، ވަކާލާތުކުރަން އެނގޭ އަދި ކިޔަވާ ތަމްރީނު ލިބިފައިވާ ދިވެހިން ކަމަށެވެ. ރާއްޖެއިން ބޭރުގަ ހުންނަ ރާއްޖޭގެ އެމް...

މުޙައްމަދު އަފްރާޙް
މަސްތުވާތަކެތީގެ ހާއްސަ އޮޕަރޭޝަނެއްގައި ހަތަރު މީހަކު ހައްޔަރުކޮށްފި

މަސްތުވާތަކެތީގެ ހާއްސަ އޮޕަރޭޝަނެއްގައި ހަތަރު މީހަކު ހައްޔަރުކޮށްފި

ދިވެހި ފުލުހުންގެ ހިދުމަތުން މަސްތުވާތަކެތީގެ ހާއްސަ އޮޕަރޭޝަނެއް ހިންގައި 4 މީހަކު ހައްޔަރުކޮށްފި އެވެ. މި އޮޕަރޭޝަން ހިންގާފައިވަނީ ށ. މިލަންދޫ އެ އަތޮޅު ފޯކައިދޫ އަދި ނ. ހޮޅުދޫގަ އެވެ. މިއީ މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ހިންގި އޮޕަރޭޝަން ތަކެކެވެ. ށ. މިލަންދޫއަށް މަސްތުވާތަކެތި އެތެރެކޮށް އެތަކެތި ބޭނުންކޮށް އަދި އެތަކެތި ވިއްކާ، ވިޔަފާރިކުރާކަމަށް ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން މިލަންދޫ ޕޮލިސް ސްޓޭޝަނުން ހިންގި އެ އޮޕަރޭޝަނުގައި ހައްޔަރުކޮށްފަ...

މުޙައްމަދު އަފްރާޙް
ރެހެންދި އެވޯޑަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވައިލައިފި

ރެހެންދި އެވޯޑަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވައިލައިފި

ރެހެންދި އެވޯޑަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވައިލައިފި އެވެ. ރެހެންދި އެވޯޑަކީ 2014 ވަނަ އަހަރުން ފެށިގެން މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްއިން ކޮންމެ އަހަރަކު ދެމުން އަންނަ އެވޯޑެކެވެ. މި އެވޯޑަށް މި އަހަރު ކުރިމަތިލުމަށް ހުޅުވާލާފައިވަނީ 3 ދާއިރާއަކަށެވެ. އެގޮތުން، ވަކި ވަކި އަންހެނުންނަށާއި ޖަމުޢިއްޔާ/ ޖަމާޢަތްތަކަށް އެވޯޑަށް ހުށަހެޅޭ ދާއިރާގައި 4 ބަޔަކަށް ވަނީ ބަހާލާފައެވެ. ލީޑަޝިޕް އަދި ގަވަރނަންސް، އިޤްތިޞާދީގޮތުން ބާރުވެރިކުރުން، އިޖުތިމާޢީގޮތުން ބާރުވެރިކުރުން އަ...

އިބްރާހިމް އަސްވާޤް
ބިލެތްފަހިން ގޯއްޗަށް އެދުމުގެ ފުރުސަތު ހުޅުވާލައިފި

ބިލެތްފަހިން ގޯއްޗަށް އެދުމުގެ ފުރުސަތު ހުޅުވާލައިފި

ށ. ބިލެތްފަހިން ގޯއްޗަށް އެދުމުގެ ފުރުސަތު ހުޅުވާލައިފި އެވެ. އެރަށު ކައުންސިލުން ކުރައްވާފައިވާ އާންމު އިއުލާނެއްގައި ވަނީ “ބިންފަހި ޕްރޮގްރާމް” ގެ ދަށުން އެރަށުން ދިރިއުޅުމަށްޓަކައި ބަންޑާރަގޯތި ދޫކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ. މިގޮތުން ދޫކުރުމަށް ހަމަޖެހިފައިވަނީ 3000 އަކަފޫޓުގެ ގޯތި ކަމަށް ވެސް އެ އިއުލާނުގައި ވެއެވެ. މީގެ އިތުރުން ޝަރުތު ފުރިހަމަވާ ފަރާތްތަކުން ގޯއްޗަށް އެދި ފޯމް ހުށަހެޅުމުގެ ފުރުޞަތު މިއަދުން ފެށިގެން 15 ފެބުރުއަރީ 2023 ވަނަ ދުވަހުގެ މެންދުރު ފަހު 2 ޖެހުމުގެ ނިޔަލަށް […...

މުޙައްމަދު އަފްރާޙް
ދަރަވަންދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ މަސައްކަތް ނިމިއްޖެ

ދަރަވަންދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ މަސައްކަތް ނިމިއްޖެ

ބ. ދަރަވަންދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢުގެ މަސައްކަތް ނިމިއްޖެއެވެ. ޕްލޭނިން މިނިސްޓްރީން މި މަޝްރޫއުގެ މަސައްކަތް ހަވާލުކޮށްފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާއެވެ. 1,200 މީހުންގެ އާބާދީގެދަރަވަންދޫ އަކީ ރަށް ގިރުމުގެ ބިރުވެރިކަން ޒަމާނުއްސުރެ ތަހައްމަލުކުރަމުން އައިސްފައިވާ ރަށެކެވެ. އެގޮތުން، ރަށްގިރުމުގެ ސަބަބުން އެ ރަށުގެ އުތުރު ފަރާތާއި ހުޅަނގު ފަރާތުން ބޮޑުބައެއް ގިރައިގެންގޮސް ގޮނދޮށުގައި އޮތް ރީތި ވެލިގަނޑުވެސް ވަނީ ގިރައި ހުސްވެފައެ...

އަޙްމަދު ވަހީދު
''މިއަހަރުގެ ރިޔާސީ އިންތިހާބުގައި 600 ވޯޓު ފޮށި ބަހައްޓާނެ''

''މިއަހަރުގެ ރިޔާސީ އިންތިހާބުގައި 600 ވޯޓު ފޮށި ބަހައްޓާނެ''

މިއަހަރުގެ ރިޔާސީ އިންތިހާބުގައި 600 ވޯޓު ފޮށި ބަހައްޓާނެ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ވިދާޅުވެއްޖެ އެވެ. ރިޔާސީ އިންތިހާބާއި ގުޅޭ މައުލޫމާތު ހިއްސާކުރުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އީސީގެ ރައީސް ފުއާދު ތައުފީގު ވިދާޅުވީ 2018 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިޚާބުގައި 472 ވޯޓު ފޮށި ބެހެއްޓިނަމަވެސް މިއަހަރު އެ އަދަދު 600 އަށް އިތުރުވާނެ ކަމަށެވެ. އެންމެ ބޮޑު އިތުރުވުމެއް، މާލެ ސަރަހައްދުގައި ބަހައްޓާ ވޯޓު ފޮއްޓަށް އަންނައިރު، މިއަހަރު މާލޭގައި 145 […]

މުޙައްމަދު އަފްރާޙް
ނޫމަރާ ބަނދަރާއި ނެރު ފުންކުރުމުގެ މަސައްކަތް ނިންމާލައިފި

ނޫމަރާ ބަނދަރާއި ނެރު ފުންކުރުމުގެ މަސައްކަތް ނިންމާލައިފި

ށ. ނޫމަރާ ބަނދަރާއި ނެރު ފުންކުރުމުގެ މަޝްރޫއުގެ މަސައްކަތް ނިންމާލައިފިއެވެ. ޕްލޭނިން މިނިސްޓްރީން މި މަސައްކަރް ހަވާލު ކުރީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާއެވެ. އާބާދީގައި 518 މީހުން ދިރިއުޅޭ ނޫމަރާއަކީ ބިމުގެ ޖާގައިގެ ގޮތުން 41 ހެކްޓަރުގެ ބޮޑުމިން ހުރި ރަށެއްކަމުގައި ވީނަމަވެސް، އެ ރަށަކީ ގުދުރަތީ ފަޅު ކުޑަ ގާމަތީ ރަށެކެވެ. އެ ރަށުގައި އާންމު ގޮތެއްގައި ދިރިއުޅުމަށް ކުރާ މަސައްކަތަކީ މޫސުމީ މަސްވެރިކަމާއި ދަނޑުވެރިކަމެވެ. އެގޮތުން ކަނޑު މަހަށްދާ […]

އަޙްމަދު ވަހީދު
ގަވައިދާ ހިލާފަށް ގޮނޑުދޮށުން ވެލި ނެގުމުން ފީވަކު ކައުންސިލަށް 83،525 ރުފިޔާގެ ޖޫރިމަނާއެއް

ގަވައިދާ ހިލާފަށް ގޮނޑުދޮށުން ވެލި ނެގުމުން ފީވަކު ކައުންސިލަށް 83،525 ރުފިޔާގެ ޖޫރިމަނާއެއް

ގަވައިދާ ހިލާފަށް ގޮނޑުދޮށުން ވެލިނެގުމުން ފީވަކު ކައުންސިލަށް 83،525 ރުފިޔާ އިން ޖޫރުމަނާ ކޮށްފި އެވެ. އެންވަޔަރްމެންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން، ފީވަކު ކައުންސިލު ޖޫރިމަނާ ކޮށްފައިވަނީ ރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ޤާނޫނުގެ ދަށުން ނެވެ. އީޕީއޭ އިން ވިދާޅުވީ އެރަށު ގޮނޑުދޮށުން ގިނަ އަދަދެއްގެ ވެއްޔާއި އަކިރި ނެގުމުގެ ޝަކުވާ އެ އެ ޖެންސީއަށް 07 އޮކްޓޯބަރު 2022 ގައި ލިބިފައިވާ ކަމަށެވެ. އެ އެޖެންސީން ބެލި ބެލުންތަކާއި އެއްކުރެވުނު މަޢުލޫމާތުތަކުން، ހާމަވެފައިވަނީ...

މުޙައްމަދު އަފްރާޙް
ސިލްސިލާ ވާހަކަ: ޙައްޤުގައި (17)

ސިލްސިލާ ވާހަކަ: ޙައްޤުގައި (17)

ކުރީގެ ޢަދަދާއިގުޅޭ، ” މުނާއަށް ނޭނގުނަސް އަހަރެން މުނާދެކެ ހާދަ ލޯބިވެޔޭ! ” ޝާމިން އަނެއްކާވެސް ބުނެލިއެވެ. އަދި މުނާގެ އަތުގައި ހިފާލުމަށްފަހު ބޮސްދިނެވެ. ” އެކަމަކު އެ ލޯތްބާއި އެ އުފާތައް ދެބަޔަށް ބަހަން އަހަންނަށް މަޖުބޫރުވެއްޖެ މުނާ! އަހަރެން ކިހިނެއް ހަދާނީ ؟ ” ޝާމިން މުނާގެ ކޮނޑުގައި މޫނު ޖައްސާލުމާއެކު މުނާ އޭނާގެ ބޮލުގައި ފިރުމާލިއެވެ. ” ޝެރީން ވަރިކުރޭ! ” ފަސޭހަ ކަމާއެކު މުނާ ބުނެލި ޖުމްލައިން ޝާމިން ސިހުނެވެ. އަދި ބާރުބާރަށް […]

ސަލާމާ ޢަބްދުލް ޢަލީމް